Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް

އިނގިރޭސި ރަސްގެފާނު އަޅުގަނޑާ ސަލާން ކުރައްވާފައިވެސް ވިދާޅުވީ މަހުގެ ވާހަކަ: މިނިސްޓަރު ޝިޔާމް

ރާއްޖޭގެ މަހުގެ ބާވަތްތަކުން އިނގިރޭސިވިލާތުން ނަގަމުންދިޔަ ޑިއުޓީ ކަނޑާލުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ކުރެއްވި މަސައްކަތެއްކަން ދެއްކެވުމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވަނީ މަސައްކަތްކޮށްފަ. ނަމަވެސް، މި ޓެރިފް އުވާލުމުގެ ރަސްމީ މަޝްވަރާތައް ކުރީގެ ސަރުކާރުގައި ފަށާފައިވާއިރު، އިނގިރޭސިވިލާތުން މިހާރު ނިންމާފައިވަނީ ރާއްޖެ ހިމެނޭހެން ބައެއް ގައުމުތަކުން އެތެރެކުރާ ކަނޑުމަހުގެ ބާވަތްތަކުން ވަގުތީ ގޮތުން ޑިއުޓީ ކަނޑާލުމަށް. މި ލުޔާއެކު ރާއްޖެއިން އެކްސްޕޯޓްކުރާ މަހުން ނަގަމުންދިޔަ 20 އިންސައްތައިގެ ޓެރިފް ވަނީ ޒީރޯއަށް ދަށްކުރެވިފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 24 ޖޫން 2026 | ބުދަ 18:15
ރާއްޖެއިން އިނގިރޭސިވިލާތައް އެތެރެކުރާ ކަނޑުމަހުން ޓެރިފް ކަނޑާލުމާ ގުޅޭގޮތުން އިނގިރޭސި ރަސްގެފާނާއެކު ބޭއްވިކަމަށް ބުނާ ބައްދަލުވުމުގެ ހިޔާލީ ފޮޓޯ އެއް.

ރާއްޖެއިން އިނގިރޭސިވިލާތައް އެތެރެކުރާ ކަނޑުމަހުން ޓެރިފް ކަނޑާލުމާ ގުޅޭގޮތުން އިނގިރޭސި ރަސްގެފާނާއެކު ބޭއްވިކަމަށް ބުނާ ބައްދަލުވުމުގެ ހިޔާލީ ފޮޓޯ އެއް. | ރާއްޖެއެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ރަސްގެފާނު ޗާލްސް (ތިންވަނަ) ރާއްޖޭގެ ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް އާ ސަލާން ކުރައްވައި އެންމެ ފުރަތަމަވެސް ދެއްކެވީ  މަހުގެ ވާހަކަ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިޔާމް ވަނީ މި ސަރުކާރު ވެރިކަމަށް އައި ފަހުން މަސްވެރިކަމުގެ ސިނާއަތަށް އައި ކުރިއެރުންތައް ފާހަގަކުރައްވާފަ އެވެ. ވަކިން ހާއްސަކޮށް، ޝިޔާމް ވަނީ ރާއްޖޭގެ މަހުގެ ބާވަތްތަކުން ޑިއުޓީ ކަނޑާލަން އިނގިރޭސިވިލާތުން ނިންމި ނިންމުމަކީ ރައީސް މުއިއްޒުގެ ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާކަން ދައްކުވައިދެއްވުމަށް މަސައްކަތްކުރައްވާފަ އެވެ.

ޝިޔާމް ވިދާޅުވީ، މިދިޔަ މޭ މަހުގެ 20 ވަނަ ދުވަހު އިނގިރޭސިވިލާތުން ނަގަމުންދިޔަ ޓެރިފް ސަސްޕެންޑްކޮށް ޒީރޯ ކުރެވިގެން ދިއުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ. އަދި މިކަމަކީ ހަމައެކަނި ރާއްޖެއަށް ލިބުނު ލުޔެއް ނޫން ކަމަށް ބުނެ ސަރުކާރުގެ ވާދަވެރިން ވާހަކަ ދެއްކި ނަމަވެސް، މިއީ ރައީސް މުއިއްޒު ކުރެއްވި މަސައްކަތުގެ ނަތީޖާ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ. 

އެގޮތުން ރައީސް މުއިއްޒު އިނިގިރޭސި ރަސްގެފާނާ ކުރެއްވި ބައްދަލުވުމުގެ އެޖެންޑާގަ މުޅިންވެސް އޮތީ ޓެރިފް ކަނޑާލުމުގެ ވާހަކަ ކަމަށާއި، އަދި ބައްދަލުވުން ނިންމަވާ އެމަނިކުފާނާ ސަލާން ކުރައްވާ، ރަސްގެފާނު އެންމެ ފުރަތަމަވެސް ވިދާޅުވީ މަހުގެ ވާހަކަ ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

ރައީސުލްޖުމްހޫރިއްޔާ އިނގިރޭސި ދައުލަތަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން. އަޅުގަނޑަށް ބައިވެރިވެވުނު އެއް ބައްދަލުވުމެއް ފިޔަވައި ހުރިހާ ބައްދަލުވުމެއްގައި. ރަސްގެފާނާ އެބައްދަލުކުރެވި ބައްދަލުކުރެވުން ފިޔަވައި އަޅުގަނޑަށް ނަސީބު ލިބުނު ޔަގީނުންވެސް ހުރިހާ ބައްދަލުވުމެއްގައި ބައިވެރިވުމުގެ. އެންމެ ފުރަތަމަ އެޖެންޑާގައި ވެސް އޮންނާނީ މަހުގެ ޓެރިފް، ދެވަނަވެސް އޮންނާނީ މަހުގެ ޓެރިފް، ތިންވަނަވެސް އޮންނާނީ މަހުގެ ޓެރިފްް އިނގޭތޯ. އަދި އަޅުގަނޑަށް އެނގޭ އެއްޗަކީ ރަސްގެފާނާ ބައްދަލުކުރައްވާފަ، އިނގިރޭސި ރަސްގެފާނާ ބައްދަލުކުރައްވާފައި ނިކުމެވަޑައިގެން ރަސްގެފާނު ދެން އަޅުގަނޑުމެންނަށް ސަލާމްކޮށްލެއްވި ވަގުތުވެސް އަޅުގަނޑާ ސަލާން ކޮށްލައްވަވާ ވިދާޅުވީ މަހުގެ ވާހަކަ އިނގޭތޯ، ފިޝަރީޒްގެ ވާހަކަ.
ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް 

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ކާމިޔާބީގެ އެންމެ ބޮޑު ހިއްސާއެއް އޮތީ ރައީސް މުއިއްޒު އެކަމަށް ދެއްވި ހާއްސަ އަހައްމިއްޔަތުކަމުގައި ކަމަށެވެ.

ނަމަވެސް، ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުން ނަގާ 20 އިންސައްތައިގެ ޓެރިފް އުވާލުމުގެ ރަސްމީ މަޝްވަރާތައް ފުރަތަމަ ފެށިފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގަ އެވެ. އެ ދުވަސްވަރުގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާއި، އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނެވި ކުރީގެ ހައިކޮމިޝަނަރު ޑރ. ފަރަހަނާޒް ފައިސަލް މިކަމަށް ބޮޑު މަސައްކަތްތަކެއް ކުރެއްވި ކަމަށް، އިނގިރޭސިވިލާތުގެ ކުރީގެ ފޮރިން މިނިސްޓަރު ދަ ލޯޑް ތާރިގް އަހްމަދު ވެސް ވަނީ މީގެ ކުރިން ހާމަކުރައްވާފަ އެވެ.

އިނގިރޭސިވިލާތުން ދާދިފަހުން ނިންމާފައިވަނީ ރާއްޖެ ހިމެނޭހެން ބައެއް ގައުމުތަކުން އެ ގައުމަށް އެތެރެކުރާ ކަނޑުމަހުގެ ބާވަތްތަކުން ވަގުތީ ގޮތުން ޑިއުޓީ ކަނޑާލުމަށެވެ.

އިނގިރޭސިވިލާތްކިންގް ޗާލްސްއަޙްމަދު ޝިޔާމްރާއްޖެ-އިނގިރޭސިވިލާތް ޓެރިފް

އިތުރަށް ކިޔާލަން

24 ޖޫން 2026

މަސްވެރިކަމުގެ ސިނާއަތަށް ޒުވާނުން ޝައުޤުވެރި ނުވާ މައިގަނޑު ސަބަބަކީ ކުރީ ސަރުކާރުން ރަށްރަށުގައި ވަޒީފާތައް ދީފައި ހުރުން: ޝިޔާމް

24 ޖޫން 2026
މަސްވެރިކަމުގެ ސިނާއަތަށް ޒުވާނުން ޝައުޤުވެރި ނުވާ މައިގަނޑު ސަބަބަކީ ކުރީ ސަރުކާރުން ރަށްރަށުގައި ވަޒީފާތައް ދީފައި ހުރުން: ޝިޔާމް
24 ޖޫން 2026

ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބާންހަމް އާއި ސްޓާމާ ބައްދަލު ކުރައްވައިފި

24 ޖޫން 2026
ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބާންހަމް އާއި ސްޓާމާ ބައްދަލު ކުރައްވައިފި
23 ޖޫން 2026

ސްޓާމާގެ އިސްތިއުފާ އިއުލާން ކުރެއްވުމާ އެކު، އީޔޫ އިން ބާއްވަން އޮތް ސަމިޓު ކެންސަލް ކޮށްފި

23 ޖޫން 2026
ސްޓާމާގެ އިސްތިއުފާ އިއުލާން ކުރެއްވުމާ އެކު، އީޔޫ އިން ބާއްވަން އޮތް ސަމިޓު ކެންސަލް ކޮށްފި
23 ޖޫން 2026

ބޮޑު ވަޒީރުގެ ރޭހަށް ނުނިކުންނަވާ، ސްޓްރީޓިންގެ ތާއީދު ބާންހަމް އަށް

23 ޖޫން 2026
ބޮޑު ވަޒީރުގެ ރޭހަށް ނުނިކުންނަވާ، ސްޓްރީޓިންގެ ތާއީދު ބާންހަމް އަށް
23 ޖޫން 2026

ބާންހަމް، ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަމުގެ ހުވާ ކުރައްވައިފި

23 ޖޫން 2026
ބާންހަމް، ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަމުގެ ހުވާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު