Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަނޑުއޮތްގިރި

ކަނޑުއޮތްގިރީގެ އައިސް ޕްލާންޓާ އެކު މަސްވެރިންގެ ކަންބޮޑޮވުންތައް ޙައްލުކޮށްދެވިފައި ވާކަމަށް ސަރުކާރުން ބުނިނަމަވެސް، މިފްކޯއިން ބުނަނީ އެތަނުން މަސް ނުކިރޭކަމަށް އަދި އައިސްވެސް ނުލިބޭކަމަށް!

ކަނޑުއޮތްގިރީގައި އައިސް ޕްލާންޓަކާއި މަސް ކާރުޚާނާއެއް މިމަހު ހުޅުވި ނަމަވެސް، އެތަނުން މަސްކިރުމާއި އައިސް ވިއްކުމުގެ ޚިދުމަތް އަދި ނުފަށާކަމަށް މިފްކޯއިން ބުނެފި. ސަރުކާރުން އެތަނުގައި ކަންނެލި ކިރުވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ބުނި ނަމަވެސް، އެ ޚިދުމަތްތައް ނުލިބޭތީ މަސްވެރިން ދަނީ ޝަކުވާ ކުރަމުން. މިފްކޯއިން ބުނީ އެތަނުގެ ޚިދުމަތްތައް ފެށޭނެ ސީދާ ތާރީޚެއް އަދި ޔަޤީން ނުވާކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 ޖުލައި 2026 | ބުދަ 06:40
މިހާރު ކަނޑުއޮތްގިރިން 15 ކިލޯއިން މަތީގެ ކަންނެލި ކިލޯއަކަށް 25 ރުފިޔާގެ މަގުން ގަންނަން ފަށާފައިވާކަމަށް ޝިޔާމް ވަނީ މީގެ ކުރިން ވިދާޅުވެފައި

މިހާރު ކަނޑުއޮތްގިރިން 15 ކިލޯއިން މަތީގެ ކަންނެލި ކިލޯއަކަށް 25 ރުފިޔާގެ މަގުން ގަންނަން ފަށާފައިވާކަމަށް ޝިޔާމް ވަނީ މީގެ ކުރިން ވިދާޅުވެފައި | މިފްކޯ

ކަނޑުއޮތްގިރިން މިވަގުތު މަސްނުކިރޭ ކަމަށާއި، އައިސްވެސް ނުވިއްކާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑު (މިފްކޯ) އިން ބުނެފި އެވެ.

މިފްކޯއިން އެހެން ބުނީ، ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި އެ ކުންފުނީގެ ހެޑް އޮފީހަށް ގުޅުމުން ދިން ޖަވާބުގަ އެވެ.

މިފްކޯއިން ކަނޑުއޮތްގިރީގައި ޤާއިމްކޮށްފައިވާ އައިސް ޕްލާންޓާއި މަސް ކާރުޚާނާ ހުޅުވާފައިވަނީ މިހިނގާ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ. އެތަން ހުޅުވުމަށްފަހު ސަރުކާރުން ބުނެފައިވަނީ، މިފްކޯއިން ކަނޑުއޮތްގިރީގައި ތަރައްޤީކޮށްފައިވަނީ ދުވާލެއްގެ މައްޗަށް 25 ޓަނުގެ އައިސް އުފައްދާ އައިސް ޕްލާންޓެއް ކަމަށާއި، މިތަނުން ޖުމްލަކޮށް ހުރިހާ މަސްވެރިންނަށް ޚިދުމަތްދޭނެ ކަމަށެވެ.

މިފްކޯއިން ކަނޑުއޮތްގިރީގައި ޤާއިމްކޮށްފައިވާ އައިސް ޕްލާންޓާއި މަސް ކާރުޚާނާ ހުޅުވުން

މިފްކޯއިން ކަނޑުއޮތްގިރީގައި ޤާއިމްކޮށްފައިވާ އައިސް ޕްލާންޓާއި މަސް ކާރުޚާނާ ހުޅުވުން | ޕީއެސްއެމް

މީގެ އިތުރުން، މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވެސް ވަނީ މިފްކޯއަށް ބޮޑުކަންނެލި ކިރުވޭނެ އިންތިޒާމެއް ނެތުމަކީ މަސްވެރިންގެ ވަރަށް ބޮޑު ޝަކުވާއަކަށްވާތީ އެކަން ސަރުކާރުން ޙައްލުކޮށް، މިހާރު ކަނޑުއޮތްގިރިން 15 ކިލޯއިން މަތީގެ ކަންނެލި ކިލޯއަކަށް 25 ރުފިޔާގެ މަގުން ގަންނަން ފަށާފައިވާކަމަށް ވިދާޅުވެފަ އެވެ.

އެހެންނަމަވެސް މަސްވެރިން ބުނަމުންދަނީ އެ ޚިދުމަތްތައް ވަޒީރު އެ ވިދާޅުވި ގޮތަށް ނުލިބޭކަމަށެވެ. އަދި މިކަމުގައި ލަސްވުމުން މަސްވެރިންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާކަމަށް މަސްވެރިންވެސް ބުނެ އެވެ.

އެހެންވެ އެކަން އިތުރަށް ސާފު ކުރުމަށް ބުދަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ރާއްޖެޓީވީން މިފްކޯގެ ހެޑް އޮފީހަށް ގުޅުމުން މިފްކޯއިން ބުނީ، ކަނޑުއޮތްގިރިއަކީ ވަރަށް ފަހުން ހުޅުވި ތަނަކަށްވާތީ އެތަނުގައި އައިސް ވިއްކާކަށް ނުފަށާ ކަމަށާއި އަދި މަސްވެސް ނުކިރާ ކަމަށެވެ. މިވަގުތު ބައެއް އިތުރު ކަންކަން އެތަނުގައި ކުރިއަށްދާކަމަށް މިފްކޯއިން ބުނެފައިވެ އެވެ. އެތަނުގައި އައިސް ވިއްކައި މަސްކިރޭނެ އިރެއް ބުނަން ސީދާ ޔަޤީނެއް ނޫންކަމަށް ވެސް މިފްކޯއިން ބުނެފައިވެ އެވެ.

Your browser does not support the video tag.

ކަނޑުއޮތްގިރިއަކީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހު އެމްއެންޑީއެފާ ހަވާލުކުރި ރަށެކެވެ. ނަމަވެސް 2025 ވަނަ އަހަރުގެ ތެރޭގައި އެ ރަށް ވަނީ އަނެއްކާ ވެސް މިފްކޯއާ ހަވާލުކޮށްފަ އެވެ.

 

އަޙްމަދު ޝިޔާމްމިފްކޯކަނޑުއޮތްގިރި

އިތުރަށް ކިޔާލަން

14 ޖުލައި 2026

މިއަހަރު ނިންމާނެ ކަމަށް ވިދާޅުވި ކަންނެލި ފެކްޓްރީ ނިމެން އަދި ދޮޅު އަހަރު ނަގާނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވެއްޖެ

14 ޖުލައި 2026
މިއަހަރު ނިންމާނެ ކަމަށް ވިދާޅުވި ކަންނެލި ފެކްޓްރީ ނިމެން އަދި ދޮޅު އަހަރު ނަގާނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވެއްޖެ
12 ޖުލައި 2026

މަސްވެރިކަމަށް މ. އަތޮޅުގައި ހަރުކުރި ހުރިހާ ބޮޔެއް ވެސް މިހާރު ހުރީ އެއްގަމުގެ އެކި ތަންތާ!

12 ޖުލައި 2026
މަސްވެރިކަމަށް މ. އަތޮޅުގައި ހަރުކުރި ހުރިހާ ބޮޔެއް ވެސް މިހާރު ހުރީ އެއްގަމުގެ އެކި ތަންތާ!
24 ޖޫން 2026

އިނގިރޭސި ރަސްގެފާނު އަޅުގަނޑާ ސަލާން ކުރައްވާފައިވެސް ވިދާޅުވީ މަހުގެ ވާހަކަ: މިނިސްޓަރު ޝިޔާމް

24 ޖޫން 2026
އިނގިރޭސި ރަސްގެފާނު އަޅުގަނޑާ ސަލާން ކުރައްވާފައިވެސް ވިދާޅުވީ މަހުގެ ވާހަކަ: މިނިސްޓަރު ޝިޔާމް
24 ޖޫން 2026

މަސްވެރިކަމުގެ ސިނާއަތަށް ޒުވާނުން ޝައުޤުވެރި ނުވާ މައިގަނޑު ސަބަބަކީ ކުރީ ސަރުކާރުން ރަށްރަށުގައި ވަޒީފާތައް ދީފައި ހުރުން: ޝިޔާމް

24 ޖޫން 2026
މަސްވެރިކަމުގެ ސިނާއަތަށް ޒުވާނުން ޝައުޤުވެރި ނުވާ މައިގަނޑު ސަބަބަކީ ކުރީ ސަރުކާރުން ރަށްރަށުގައި ވަޒީފާތައް ދީފައި ހުރުން: ޝިޔާމް
22 ޖޫން 2026

މިފްކޯއިން މަސްވެރިންނަށް3.4 ލައްކަ އަށްވުރެ ގިނަ ރުފިޔާ އަދާހަމައަށް ދޫކޮށްފި

22 ޖޫން 2026
މިފްކޯއިން މަސްވެރިންނަށް3.4 ލައްކަ އަށްވުރެ ގިނަ ރުފިޔާ އަދާހަމައަށް ދޫކޮށްފި
11 ޖޫން 2026

މިލަންދޫގައި އާރްޑީސީގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުން އެހެން ރަށްރަށަށް ބަދަލު ކުރަން ޓިޗު ފޮނުވައިފި

11 ޖޫން 2026
މިލަންދޫގައި އާރްޑީސީގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުން އެހެން ރަށްރަށަށް ބަދަލު ކުރަން ޓިޗު ފޮނުވައިފި
01 ޖޫން 2026

މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއެކު، ފަޅުތެރެއިން ގިނަ އަދަދެއްގެ މަސް މަރުވަނީ!

01 ޖޫން 2026
މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއެކު، ފަޅުތެރެއިން ގިނަ އަދަދެއްގެ މަސް މަރުވަނީ!
21 އެޕްރީލު 2026

ފުލުހުންގެ ވަޒީފާއިން ވަކިކުރި ޝިޔާމަށް އަލުން ވަޒީފާ ދޭން ކުރި ހުކުމުގައި ހިމެނޭ 12 އަހަރުގެ މުސާރަ އާއި އިނާޔަތުގެ ބައި އިސްތިއުނާފްކުރަނީ

21 އެޕްރީލު 2026
ފުލުހުންގެ ވަޒީފާއިން ވަކިކުރި ޝިޔާމަށް އަލުން ވަޒީފާ ދޭން ކުރި ހުކުމުގައި ހިމެނޭ 12 އަހަރުގެ މުސާރަ އާއި އިނާޔަތުގެ ބައި އިސްތިއުނާފްކުރަނީ
20 އެޕްރީލު 2026

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުގެ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ބަދަލުގައި، ވަޒީރު ޝިޔާމް މަސައްކަތް ކުރައްވަނީ ޒިންމާއިން ރެކިވަޑައިގަންނަވަންތޯ؟

20 އެޕްރީލު 2026
މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުގެ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ބަދަލުގައި، ވަޒީރު ޝިޔާމް މަސައްކަތް ކުރައްވަނީ ޒިންމާއިން ރެކިވަޑައިގަންނަވަންތޯ؟
19 އެޕްރީލު 2026

2 ދުވަސް ވަންދެން ކޫއްޑޫއިން މަސްވެރިންނަށް ވިއްކާ ތެޔޮ ހުސްވިކަމެއް މިނިސްޓަރ ޝިޔާމަކަށް އެނގިވަޑައިނުގަންނަވާ

19 އެޕްރީލު 2026
2 ދުވަސް ވަންދެން ކޫއްޑޫއިން މަސްވެރިންނަށް ވިއްކާ ތެޔޮ ހުސްވިކަމެއް މިނިސްޓަރ ޝިޔާމަކަށް އެނގިވަޑައިނުގަންނަވާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު