Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިކަން

މަސްވެރިކަމަށް މ. އަތޮޅުގައި ހަރުކުރި ހުރިހާ ބޮޔެއް ވެސް މިހާރު ހުރީ އެއްގަމުގެ އެކި ތަންތާ!

12 ޖުލައި 2026 | އާދީއްތަ 07:41

މ. އަތޮޅުގައި މަސްވެރިންނަށް ޚާއްސަކޮށްފައިވާ ތިން ބޮއިވެސް ކަނޑައިގެން ގޮސްފައިވާއިރު، އެކަމުގެ ސަބަބުން މަސްވެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ ތެލަށް ކުރާ ހޭދަ ވަނީ އިތުރުވެފައި. މި މައްސަލަ ފިޝަރީޒް މިނިސްޓްރީގެ ސަމާލުކަމަށް ގެނައި ނަމަވެސް، އެދެވޭ ހައްލެއް ނުލިބޭތީ މަސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 12 ޖުލައި 2026 | އާދީއްތަ 07:41
މ.އަތޮޅުގެ ބޮއި ކަނޑައިގެން ގޮސް އެއްގަމަށް އަރުވާފައި.

މ.އަތޮޅުގެ ބޮއި ކަނޑައިގެން ގޮސް އެއްގަމަށް އަރުވާފައި. | ރާއްޖެއެމްވީ

މ.އަތޮޅުގެ މަސްވެރިން މަސްވެރިކަން ކުރުމަށް ބޭނުންކުރާ ތިން ބޮއިވެސް ކަނޑައިގެންގޮސް، އެ އަތޮޅުގެ މަސްވެރިކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާތީ މަސްވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

މ.އަތޮޅުގައި މަސްވެރިންނަށް ޚާއްސަކޮށްގެން އަޅާފައިވާ ތިން ބޮއިވެސް މިވަގުތު އޮތީ ބޭނުންނުކުރެވޭ ހާލަތުގަ އެވެ. 

Advertisement - newsAdvertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި، މ. އަތޮޅުގައި އޮންނަ ތިން ބޮއިގެ ތެރެއިން ވޭވަށާ ދިމާލު ބޭރުގައި އޮންނަ ޖިގިން ބޮއި ކަނޑައިގެން ގޮސް އޮޔާދަނިކޮށް، އެ އަތޮޅުގެ މަސްވެރިން ވަނީ އެ ބޮއި ހޯދައިގެން ކަންނެއްލި ދޯންޏެއްގައި މުލަކަށް ގެނެސްފަ އެވެ. މި ބޮއި މުލަކަށް ގެނެސްފައިވަނީ ޖޫން މަހުގެ ނުވަ ވަނަ ދުވަހު އެވެ. ނަމަވެސް، އެ ބޮއި އެ ރަށު އެއްގަމުގައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރުވެސް، އެ އަލުން އެޅުމުގެ އެއްވެސް މަސައްކަތެއް ކަމާބެހޭ އިދާރާތަކުން ކުރަމުން ނުދާކަމަށް މަސްވެރިން ބުނެ އެވެ.

މީގެ އިތުރުން މުލަކުގެ 12 މޭލު ބޭރުން އޮންނަ ބޮއިވެސް ކަނޑައިގެން ދިއުމާ ގުޅިގެން، ބަޔަކު އެ ނަގައިގެން މިހާރު ވަނީ މާލެ ފޮނުވާފަ އެވެ. އަދި ކޮޅުފުށްޓާ ދިމާލުން އޮންނަ ތިންވަނަ ބޮއިވެސް ކަނޑައިގެން ގޮސްފައިވާއިރު، އެ ބޮއިވީ ތަނެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. މިއާއެކު މުޅި މ. އަތޮޅުގައި މަސްވެރިންނަށް މަސްވެރިކަން ކުރެވޭނެ އެއްވެސް ބޮޔެއް މިވަގުތު ނެތެވެ.

މި މައްސަލައާ ގުޅިގެން މުލަކާއި ނާލާފުށީގެ މަސްވެރިން ބުނަމުންދަނީ، އަތޮޅުގައި ބޮއެއް ނެތުމުގެ ސަބަބުން މަސްވެރިކަން ކުރުމަށް މިހާރު ދާންޖެހެނީ ތާ އަތޮޅާ ދިމާލަށް ކަމަށެވެ. މިކަމުގެ ސަބަބުން ދަތުރުތައް ދިގުވެ، ތެލަށް ކުރަންޖެހޭ ހޭދަ އިންތިހާއަށް ބޮޑުވެފައިވާ ކަމަށް މަސްވެރިން ފާހަގަކުރެ އެވެ. އަދި ދިގު ދަތުރުތައް ކުރަންޖެހުމުން އައިސް ހޯދުމަށާއި މަސް ތާޒާކަންމަތީ ބެހެއްޓުމަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

މ.އަތޮޅުގެ ތިން ބޮއި ކަނޑައިގެން މަސްވެރިކަމަށް ވަނީ ހުރަސްތައް ކުރިމަތިވެފައި.

މަސްވެރިން ބުނާ ގޮތުގައި މި ބޮއިތައް ކަނޑައިގެން ދިޔަ މައްސަލަ ފިޝަރީޒް މިނިސްޓްރީގެ ސަމާލުކަމަށް ވަނީ އެކި ފަހަރުމަތިން ގެނެސްފަ އެވެ.

އެގޮތުން ފޯނުން ގުޅައިގެންނާއި، މެސެޖުގެ ޒަރީއާއިން އަދި ލިޔުމުންވެސް މިނިސްޓަރަށް މިކަން އަންގާފައިވާނެ ކަމަށް މަސްވެރިން ބުނެ އެވެ. ނަމަވެސް، އެއްގަމަށް ގެނެސްފައި އޮތް ބޮއި އަލުން އެޅުމަށް ނުވަތަ އަނެއް ދެ ބޮއިގެ މައްސަލައަށް މިހާތަނަށް އެދެވޭ ހައްލެއް ލިބިފައި ނުވާތީ މަސްވެރިން ތިބީ ވަރަށް ބޮޑު މާޔޫސްކަމެއްގެ ތެރޭގަ އެވެ.

މަސްވެރިކަމަކީ މ. އަތޮޅުގެ ގިނަ ރައްޔިތުންގެ އާމްދަނީއާ ގުޅިފައިވާ މައިގަނޑު މަސައްކަތަށް ވާއިރު، މިފަދަ އަސާސީ ވަސީލަތްތައް ގާއިމުވެފައި ނެތުމަކީ މަސްވެރި އާއިލާތަކަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެއްގެ ގޮތުގައި އެ އަތޮޅުގެ މަސްވެރިން ސިފަކުރެ އެވެ. މަސްވެރިން އެދެނީ ވީހާވެސް އަވަހަކަށް މި ބޮއިތައް މަރާމާތުކޮށް، އަލުން ކަނޑަށް އެޅުމުގެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދިނުމަށެވެ.

މީގެ އިތުރުން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މަސްވެރިންނަށް އެއްވެސް ދައްޗެއް ކުރިމަތިނުވާނެ ކަމަށާއި، މައްސަލަތަކަށް އަވަހަށް ހައްލު ހޯދައިދޭ ކަމަށެވެ. އަދި މިސަރުކާރުގައި ހުރިހާ އަތޮޅަކުން އައިސް އަދި ތެޔޮ ލިބޭ ކަމަށް ވެސް މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ. ނަމަވެސް މ.އަތޮޅުން އައިސް އާއި ތެޔޮ ނުލިބޭތީ ވެސް މަސްވެރިން ވަނީ ކަންބޮޑުވުންފާޅު ކޮށްފަ އެވެ. 

މ އަތޮޅުއަޙްމަދު ޝިޔާމްމަސްވެރިކަންމުއިއްޒު ސަރުކާރު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

11 ޖުލައި 2026

އާންމުންގެ ޝަކުވާގެ ރާޅެއް: ތަކެތީގެ އަގު އުޑަށް، ބޭސްލިބުން ދަތިވެއްޖެ، ކަރަންޓު ބިލްތައް ދެގުނަ!

11 ޖުލައި 2026
އާންމުންގެ ޝަކުވާގެ ރާޅެއް: ތަކެތީގެ އަގު އުޑަށް، ބޭސްލިބުން ދަތިވެއްޖެ، ކަރަންޓު ބިލްތައް ދެގުނަ!
11 ޖުލައި 2026

ނައިވާދޫ ސްކޫލުގެ މަލްޓި ޕަރޕޯސް ހޯލްގެ މަސައްކަތް ނިންމަން ޙަވާލުކޮށްފައިވާ މުއްދަތަށް ނިންމޭނެކަމުގެ ޔަޤީންކަމެއް ނެތް!

11 ޖުލައި 2026
ނައިވާދޫ ސްކޫލުގެ މަލްޓި ޕަރޕޯސް ހޯލްގެ މަސައްކަތް ނިންމަން ޙަވާލުކޮށްފައިވާ މުއްދަތަށް ނިންމޭނެކަމުގެ ޔަޤީންކަމެއް ނެތް!
11 ޖުލައި 2026

މިސަރުކާރުން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓަކީ ރައީސް މުއިއްޒުއަށް ސަޕޯޓުކޮށް ޓްވީޓް ކުރާ މީހުންނަށް ވަޒީފާ ދިނުން: ޙުސައިން

11 ޖުލައި 2026
މިސަރުކާރުން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓަކީ ރައީސް މުއިއްޒުއަށް ސަޕޯޓުކޮށް ޓްވީޓް ކުރާ މީހުންނަށް ވަޒީފާ ދިނުން: ޙުސައިން
11 ޖުލައި 2026

75 އިންސައްތަ ނިންމާފައި އޮތް މުރައިދޫ ބަނދަރުގެ މަސައްކަތް މިސަރުކާރާއެކު ހުއްޓުމަކަށް

11 ޖުލައި 2026
 75 އިންސައްތަ ނިންމާފައި އޮތް މުރައިދޫ ބަނދަރުގެ މަސައްކަތް މިސަރުކާރާއެކު ހުއްޓުމަކަށް
11 ޖުލައި 2026

އަތޮޅު ކައުންސިލްތައް އުވާލުމަކީ ލާމަރުކަޒީ ނިޒާމު ކަފުން ކުރުން: މުލަކު ކައުންސިލްގެ ރައީސް

11 ޖުލައި 2026
އަތޮޅު ކައުންސިލްތައް އުވާލުމަކީ ލާމަރުކަޒީ ނިޒާމު ކަފުން ކުރުން: މުލަކު ކައުންސިލްގެ ރައީސް
11 ޖުލައި 2026

ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވިޔަކަސް މ. އަތޮޅުން މަސްވެރިންނަށް ތެލެއް، އައިސް އެއް ނުލިބޭ

11 ޖުލައި 2026
ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވިޔަކަސް މ. އަތޮޅުން މަސްވެރިންނަށް ތެލެއް، އައިސް އެއް ނުލިބޭ
10 ޖުލައި 2026

ކެންސަލް ކުރަމުންކުރަމުން ގޮސް ދެން ކެންސަލް ކޮށްލަންވީ ރައީސް މުއިއްޒު

10 ޖުލައި 2026
ކެންސަލް ކުރަމުންކުރަމުން ގޮސް ދެން ކެންސަލް ކޮށްލަންވީ ރައީސް މުއިއްޒު
09 ޖުލައި 2026

ކުރީ ސަރުކާރުގައި ބާރަށުގެ ރިންގްރޯޑުގެ މަސައްކަތް ފެށި ސަރަހައްދު މިހާރު ވައުވެއްޖެ

09 ޖުލައި 2026
ކުރީ ސަރުކާރުގައި ބާރަށުގެ ރިންގްރޯޑުގެ މަސައްކަތް ފެށި ސަރަހައްދު މިހާރު ވައުވެއްޖެ
09 ޖުލައި 2026

ރައީސް މުއިއްޒުގެ ސަރުކާރަކީ މަދިރި އަކަށްވުރެ ބަލި ސަރުކާރެއް: މެންބަރު ސަމީރު

09 ޖުލައި 2026
ރައީސް މުއިއްޒުގެ ސަރުކާރަކީ މަދިރި އަކަށްވުރެ ބަލި ސަރުކާރެއް: މެންބަރު ސަމީރު
08 ޖުލައި 2026

މިއަދު ވަޒީފާ ދެނީ ވަކި މީހަކަށް ކޯޓެއް ފަހާ އުސޫލުން، ސަރުކާރުގެ ކުންފުނިތައްވެސް ސިޔާސީ އައްޑާތަކަކަށް ބަދަލުވެއްޖެ: އަހުމަދު ދީދީ

08 ޖުލައި 2026
މިއަދު ވަޒީފާ ދެނީ ވަކި މީހަކަށް ކޯޓެއް ފަހާ އުސޫލުން، ސަރުކާރުގެ ކުންފުނިތައްވެސް ސިޔާސީ އައްޑާތަކަކަށް ބަދަލުވެއްޖެ: އަހުމަދު ދީދީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް