Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ވެރިކަން ނުނިމެނީސް ފޯޅަވެހި ހޯދުމުގެ ވައުދުވެސް ފެނަށް

2 އޯގަސްޓު 2026 | އާދީއްތަ 11:04

ޗާގޯސް މައްސަލައިގައި ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދަކަށް ވީނަމަވެސް، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެކަމުގައި ގެންގުޅުއްވާ ސިޔާސަތު ބަދަލުވެފައިވާ ކަމަށް ބުނެ ފާޑުކިޔުން ވަނީ އަމާޒުވެފައި. މިގޮތުން އެ ސަރަހައްދު މިހާރު އޮތްގޮތަށް އޮތުމަކީ މައްސަލައެއް ނޫން ކަމަށް ރައީސް ވިދާޅުވުމަކީ ރައްޔިތުންނަށް ވީ އޮޅުވާލުމެއް ނޫން ކޮން ކަމެއް ހެއްޔެވެ؟

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 2 އޯގަސްޓު 2026 | އާދީއްތަ 11:04
ނޭޝަންޗެޓް: އެޕިސޯޑް 3 ގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ

ނޭޝަންޗެޓް: އެޕިސޯޑް 3 ގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ | ރައީސް އޮފީސް

ވިއްކާލީ އެވެ. ދިވެހިންގެ މަސްކަނޑު ވިއްކާލީ އެވެ. ދިވެހި މަސްވެރިން މަސް ބާނަ ބާނާ ތިއްބަ އެވެ. ދިވެހިންގެ ބިމުން ބޮޑުބައެއް ވިއްކާލީ އެވެ. ދިވެހި މިލްކުވެރިކަން ދޫކޮށްލާ ބަޔަކަށް ވިއްކާލީ އެވެ.

ނިންމާލީކީ ނޫނެވެ. ގޮވާ ނެގި އެވެ. ހޯދާނަމެވެ. އަލުން އަނބުރާ އަތުލާނަމެވެ. ވިއްކާލި މައްސަލަވެސް ބަލާނަމޭ ބުންޏެވެ. އެކަން ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަޤީންކަން ދިނެވެ.

މިއީ އެއް އިރެއްގައި އެންމެ ބާރަށް ބަޔަކު ދެއްކި ވާހަކަތަކެވެ. މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ފެށިގެންނެވެ. ވަރަށް ގައުމީ ރޫހުގަ އެވެ. ދިވެހި ވަންތަ ޖޯޝުގަ އެވެ. ބަހުން ޖިހާދުކުރާފަދަ މޭރުމަކުންނެވެ.

ތިޔަ ހީވީ ރަނގަޅަށެވެ. މިއަދު ވެރިކަމުގައި ތިބި މީހުންނެވެ. ވެރިކަމަށް އަންނަން ދެއްކި ވާހަކަތަކުގެ ތެރޭގަ އެވެ. މީހުންގެ ތާއީދު ހޯދުމަށެވެ. އޭރު އޮތް ސަރުކާރާމެދު ރައްޔިތުން ނުރުހުން ކުރުވުމަށެވެ. އެ ސަރުކާރަށް ނޫނެކޭ ބުނެ އެ ސަރުކާރު ބަދަލުކުރަން ޖެހޭ ކަމަށް ދެއްކި އެއް ހުއްޖަތުގެ ގޮތުގަ އެވެ.

ވެރިކަން ބަދަލުވެއްޖެ އެވެ. ކަންކުރާން އައި މީހުން ބޭނުންވި ބާރު ލިބިއްޖެ އެވެ. އެކަމަށް މަދުވި ރާއްޖޭގެ ވެރިކަން ރައްޔިތުން ހަވާލުކުރިތާ 3 އަހަރާ ކައިރި ކުރަނީ އެވެ. ރައްޔިތުންނަށް ހޯދައިދޭން ބުނި ކަނޑުގެ ވާހަކަ އޮބިއްޖެވެ. ޗާގޯސްގެ ވާހަކަ އެފުށް މިފުށަށް ޖެހިއްޖެ އެވެ. މިހާރު މުޅި ރާގު ވެސް ބަދަލުކޮށްލައިފި އެވެ. ދެވަނަ ދެމީހެއް ނޫނެވެ. ސީދާ އެކަން ކުރާން ވެރިކަމަށް ވަޑައިގެންނެވި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އެވެ. އެންމެ ގަދައަށް އެވާހަކަ ދެއްކެވި ޑރ މުހައްމަދު މުއިއްޒެވެ.

ވެރިކަމަށް އައުމަށް ދެއްކި ވާހަކަ ރައްޔިތުން ދައްކާން ފެށީމާ މުއިއްޒު އެކިއިރު ވިދާޅުވީ އެކި ވާހަކައެވެ. މަސައްކަތް ކުރިއަށްދާ ވާހަކަ އެވެ. ސިޓީބިޓީ ފޮނުއްވި ވާހަކަ އެވެ. މަޝްހޫރު ޤާނޫނީ ވަކީލުން ނަންގަވައިގެން އެކަން ބާރަށް ކުރިއަށް ގެންދާ ވާހަކަ އެވެ. ހީވީ ދެންމެ ދެންމެ އަނބުރާ ދިވެހިންނަށް ދިވެހިންގެ މަސްކަނޑާއި ދިވެހި ބިން ލިބެނީ ކަމަށެވެ.

ވާހަކަތައް ގިނަވިހާ ބާރަށް އަނެއްކާ ވެސް މަޑުވެލަ އެވެ. ވައި ހިނދޭހެން އެ ވާހަކަ ދެއްކުން މަދުވެގެންދެ އެވެ.

ދެން އައީ އެހެން މަރުހަލާއެކެވެ. ރައްޔިތުންނާ މުޚާތަބު ކުރައްވަ ބަސް ވިދާޅުވާން ޖެހުނު ވަގުތެކެވެ. ވީނުވީއެއް ނޭނގުނެވެ. ހެދި ނުހެދިއެއްވެސް ރޭކާ ނުލި އެވެ. އިވުނީ ދިވެހި ސިފައިން އެ ބުނާ ވިއްކާލި ސަރަހައްދުގައި ދިވެހި ސިފައިން ފޯރިމަރަން ފެށި ވާހަކަ އެވެ. ރާއްޖޭގެ ދެކުނުން އޮތް ޗާގޯސްގެ ސަރަހައްދީ ކަނޑަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް އިން ކަނޑައެޅި ނިންމުމަށް ގޮންޖަހައި، އެ ސަރަހައްދުގެ ކޮންޓްރޯލް ނެގިކަން ޑިފެންސް މިނިސްޓްރީން އިއުލާން ކުރީ އެވެ.

އިޓްލޮސް އިން މޮރިޝަސް އަށް ދިން ސަރަހައްދުގެ ކޮންޓްރޯލް ދިވެހި ސިފައިން ނެގި ކަމާއި އެ ސަރަހައްދު ބަލަހައްޓަމުންދާނެ ކަން އިއުލާނު ކުރީ، ރާއްޖޭގެ ސަރަހައްދު ގުނާނީ "ދޫކޮށްލި ކަނޑުގެ ސަރަހައްދު" ހިމެނޭ ގޮތަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވި ފަހުންނެވެ.

މިއީ ހަމައެކަނި މިއަހަރުގެ ރިޔާސީ ބަޔާނުގައި އެ ބުނާ ކުރީ ސަރުކާރުން ވިއްކާލިތަން އަތުލިކަން ދައްކަން ޖެހި މޮޅު ޗައްކަރެވެ. އަނެއްކާ ވެސް އެ ތަނާ ފެއަށް ދިވެހި ސިފައިން ޖައްސާ އިހުހުރިގޮތައް ރުޖޫއަވުން ފިޔަވައި އިތުރު ކަމެއް ނުވި އެވެ.

ދެން އައީ މިއަހަރުގެ މިނިވަން ދުވަހެވެ. ދިވެހިން ހީކޮށްގެން ތިބީ މިނިވަން ދުވަހު ޗާގޯސް އިން ދިވެހިންނަށް ބިންކަނޑައި، ހަވާލު ކުރާނެ ކަމަށެވެ. އެ ކަނޑުން ބާނަން ފެށި މަހާއެކު ދިވެހި މަސްވެރިން އެތައް ގުނައެއް މައްޗަށް ޖެހިލާނެ ކަމަށެވެ.

އެކަމަކު އެކަމެއް ނުވި އެވެ. އޭގެ ފަހުން މިއިވުނީ މުޅިން އެހެން ވާހަކައެކެވެ. މިހާރު ވެސް އެ އޮތް ގޮތައް އެ ތަން ބޭއްވުމަކީ މައްސަލައެއް ނޫން ކަމަށް ސީދާ މުއިއްޒު ވިދާޅުވީ އެވެ.

"އެހެންވީމަ ފޯޅަވެހި އެހެން ގައުމަކާ ހަވާލުކުރާ ކަމަށްވަންޏާ ހަވާލުކުރުން އެންމެ އައުލާކަން ބޮޑުވާނީ ރާއްޖެއާއޭ. އެހެން ނޫނިއްޔާ ދެން މިހާރު އޮތްގޮތަށް ކުރިއަށްދިޔުން އެއީ ދެން މައްސަލައެއް ނޫން." މިނިވަން ދުވަހުގެ ދެއްކެވި ވާހަކަފުޅަށް އަމާޒުވި ފާޑުކިއުންތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ޓީވީގައި މުއިއްޒު ވިދާޅުވި އެވެ.

ކޮންމެއަކަސް ރައްޔިތުންނަށް އަނެއްކާ ވެސް މިފެނުނީ މުއިއްޒުގެ އަސްލު ސިފައިން ބައެކެވެ. ވެރިކަމަށް ވަޑައިގަންނަވަން ދެއްކެވި ވާހަކަތަކާ ޢަމަލާ ދިމާ ނުވީ އެވެ. މުއިއްޒުގެ ބޮޑު ވައުދު މުޅިން އެހެން ގޮތަކަށް އަނބުރާ ލެއްވީ އެވެ. ދިވެހިންނަށް ދިވެހި ބިމާއި ދިވެހި މަސްކަނޑު ހޯދައިދޭންވި ވައުދު ވެރިކަން ނިމުމުގެ ކުރިން ވެސް ބަދަލު ކޮށްލެއްވީ އެވެ. މުއިއްޒުގެ ބިލާހެއްފަދަ ދޮގު ރައްޔިތުންނަށް ފަޅާއެރީ އެވެ.

ޑރ. މުޙައްމަދު މުޢިއްޒުފޯޅަވަހިއިންޓަރނޭޝަނަލް ޓްރިބިއުނަލް ފޯރ ދި ލޯ އޮފް ދި ސީ

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

02 އޯގަސްޓު 2026

ހާލު ކިހިނެއް؟: ކުޅުދުއްފުށި ސިޓީން ބުނަނީ މުއިއްޒަށް ވެރިކަން ކުރަންވެސް ނޭނގޭކަމަށް، ފައިބައިގެން ދާންވެސް ނޭނގޭކަމަށް، އަދި ބޮލަށްފަސޭހަ އެއްގޮތްވެސް ނެތްކަމަށް!

02 އޯގަސްޓު 2026
ހާލު ކިހިނެއް؟: ކުޅުދުއްފުށި ސިޓީން ބުނަނީ މުއިއްޒަށް ވެރިކަން ކުރަންވެސް ނޭނގޭކަމަށް، ފައިބައިގެން ދާންވެސް ނޭނގޭކަމަށް، އަދި ބޮލަށްފަސޭހަ އެއްގޮތްވެސް ނެތްކަމަށް!
01 އޯގަސްޓު 2026

ޕީއެންސީގެ ނައިބު ރައީސްކަމަށް 5 ބޭފުޅަކު ޝައުޤުވެރިކަން ފާޅުކުރައްވައިފި

01 އޯގަސްޓު 2026
ޕީއެންސީގެ ނައިބު ރައީސްކަމަށް 5 ބޭފުޅަކު ޝައުޤުވެރިކަން ފާޅުކުރައްވައިފި
01 އޯގަސްޓު 2026

ސަރުކާރުގެ ހިންގުމުގެ ޚަރަދު އިންތިހާ އަށް ބޮޑުވެފައިވަނިކޮށް، ކުޑަ މަޖިލިހަކާ ބޮޑު މަޖިލިހެއް ހަދަނީ

01 އޯގަސްޓު 2026
ސަރުކާރުގެ ހިންގުމުގެ ޚަރަދު އިންތިހާ އަށް ބޮޑުވެފައިވަނިކޮށް، ކުޑަ މަޖިލިހަކާ ބޮޑު މަޖިލިހެއް ހަދަނީ
30 ޖުލައި 2026

ރާއްޖޭގެ ބޯޑަރުގެ އެތެރޭގައި އުޅޭ ކޮންމެ މީހެއްގެ އިންސާނީ ޙައްޤުތަކާއި ކަރާމާތް ރައްކާތެރިކުރުމަށް ސަރުކާރުން އިސްކަންދޭނެ: ރައީސް މުއިއްޒު

30 ޖުލައި 2026
ރާއްޖޭގެ ބޯޑަރުގެ އެތެރޭގައި އުޅޭ ކޮންމެ މީހެއްގެ އިންސާނީ ޙައްޤުތަކާއި ކަރާމާތް ރައްކާތެރިކުރުމަށް ސަރުކާރުން އިސްކަންދޭނެ: ރައީސް މުއިއްޒު
30 ޖުލައި 2026

އެމްޑީޕީއަކީ އިސްރާއީލަށް ތާއީދުކުރާނެ ޕާޓީއެއް ނޫން، އަބަދުވެސް ތެދުވެ ތިބޭނީ މިނިވަންކަމަށްޓަކައި މަސައްކަތް ކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނާއެކު: ނަޝީދު

30 ޖުލައި 2026
އެމްޑީޕީއަކީ އިސްރާއީލަށް ތާއީދުކުރާނެ ޕާޓީއެއް ނޫން، އަބަދުވެސް ތެދުވެ ތިބޭނީ މިނިވަންކަމަށްޓަކައި މަސައްކަތް ކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނާއެކު: ނަޝީދު
29 ޖުލައި 2026

އަންނަ އަހަރުގެ ނޮވެންބަރު މަހު މާލޭ ވިޔަފާރި ބަނދަރު ތިލަފުށީގައި އޮޕަރޭޝަނަށް ގެނެވޭނޭކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ދެއްވައިފި

29 ޖުލައި 2026
އަންނަ އަހަރުގެ ނޮވެންބަރު މަހު މާލޭ ވިޔަފާރި ބަނދަރު ތިލަފުށީގައި އޮޕަރޭޝަނަށް ގެނެވޭނޭކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ދެއްވައިފި
29 ޖުލައި 2026

ސާކް ސަމިޓް ބޭއްވުމަށް ރައީސް މުޢިއްޒު ގޮވާލެއްވުމުން، އިންޑިއާއިން ރައްދުގައި ބުނީ ސަރަޙައްދީ އެއްބާރުލުން ގާއިމުކުރެވޭނީ ޓެރަރިޒަމުން ސަލާމަތްވެފައިވާ ހެޔޮނިޔަތް އޮތް މާހައުލެއްގައި ކަމަށް

28 ޖުލައި 2026

އަޑިނޭނގޭ އެއްބަސްވުމެއްގެ ދަށުން ޖިނާއީ ކުށްތައް ކޮށްފައިވާ ކުންފުންޏެއް މެދުވެރިކޮށް ރާއްޖެއިން ބިދޭސީންނަށް ދާއިމީ ރެސިޑެންސީ ވިއްކަން ސަރުކާރުން އުޅޭ މައްސަލަ މަޖިލިހަށް ވައްދައިފި، އެކަން މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފައިވޭ

ޕީއެންސީގެ މަޖިލިސް މެންބަރުންގެ ބަސްމަގާއި އަމަލުތައް، ޖޯކަރެއްގެ ބަސްމަގާއި އަމަލުތަކާ އެއްވެސް ތަފާތެއް ނެތް!

28 ޖުލައި 2026
ޕީއެންސީގެ މަޖިލިސް މެންބަރުންގެ ބަސްމަގާއި އަމަލުތައް، ޖޯކަރެއްގެ ބަސްމަގާއި އަމަލުތަކާ އެއްވެސް ތަފާތެއް ނެތް!
27 ޖުލައި 2026

އޮސްޓްރޭލިއާ އިން ހިލޭދިން ޕެޓްރޯލް ބޯޓު ޚިދުމަތައް ނެރެން ގައުމީ ފެންވަރުގެ ކުލަގަދަ ރަސްމިއްޔާތެއް ބާއްވައިފި

27 ޖުލައި 2026
އޮސްޓްރޭލިއާ އިން ހިލޭދިން ޕެޓްރޯލް ބޯޓު ޚިދުމަތައް ނެރެން ގައުމީ ފެންވަރުގެ ކުލަގަދަ ރަސްމިއްޔާތެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް