Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފޯޅަވަހީގެ މައްސަލަ

ފޯޅަވަހި ދިވެހިންނާ ހަވާލުކުރެވެން ނެތްނަމަ، މިހާރު އޮތްގޮތަށް ކުރިއަށްދިއުމަކީ މައްސަލައެއް ނޫން: ރައީސް މުއިއްޒު

27 ޖުލައި 2026 | ހޯމަ 08:42

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ރާއްޖޭން ކުރިން ބަލައިގަނެފައި އޮތް އޮތުން ބާޠިލްކުރައްވައި، ކަނޑުގެ ސަރަހައްދު ކަނޑައެޅުމާ ގުޅޭގޮތުން އިޓްލޮސްއިން ނިންމާފައިވާ ނިންމުން ގަބޫލުކުރެއްވުމަށް އިންކާރުކުރެއްވުން ފިޔަވާ މިކަމުގައި ލިބުނު ކުރިއެރުމެއް ފެންނާކަށް ނެތް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ޖުލައި 2026 | ހޯމަ 08:42
 ރައީސް ޑރ މުޙައްމަދު މުއިއްޒު

ރައީސް ޑރ މުޙައްމަދު މުއިއްޒު | ރައީސް އޮފީސް

ޗާގޯސް ނުވަތަ ފޯޅަވަހި ރައްޔިތުންނަށް ހަވާލުނުކުރެވިއްޖެނަމަ މިހާރު އޮތްގޮތަށް ކުރިއަށްދިއުމަކީ މައްސަލައެއް ނޫންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ޗާގޯސް ނުވަތަ ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއްކަން ތާރީޚުން ހެކިދޭކަމަށާއި، ނުވަވަނަ ހަސަން ރަސްގެފާނުގެ ލިޔުންކޮޅުން އެކަން ވަރަށް ސާފުކަމަށެވެ. އެހެންކަމުން ހަގީގަތުގައި ފޯޅަވަހީގެ "ރައިޓްފުލް އޯނަރަށް" އެތަން ހަވާލުކުރާނަމަ ކުރަން ޖެހޭނީ ދިވެހިންނާކަން ދިވެހި ރައްޔިތުން ގަބޫލުކުރާކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތަށް އެކަން ވާން ނެތްނަމަ، މިހާރު އޮތްގޮތަށް ކުރިއަށްދިޔުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށާއި، އެކަމުގައި ވެސް ކަމާބެހޭ މަޝްވަރާތައް ގައުމީ ރޫހުގައި ގައުމަށްޓަކައި ކުރަމުންދާކަމަށް ރައީސް ވިދާޅުވި އެވެ.

ޗާގޯސްއަކީ، ނޫނީވިއްޔާ ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއް، ތާރީޚުން ހެކިދޭގޮތުގައި. 9 ވަނަ ޙަސަން ރަސްގެފާނުގެ ލިޔުންކޮޅު އެވަނީ. ވަރަށްސާފު. އެހެންވީމާ، ރައިޓްފުލް އޯނަރއާ ފޯޅަވަހި ބަޔަކާ ހަވާލުކުރަންޏާ ހަވާލުކުރަންޖެހޭނެ ކަމުގައި ދިވެހި ލޮބުވެތި ރައްޔިތުން ގަބޫލުކުރަނީ. އެހެން ނޫނީވިއްޔާ މިހާރު އޮތްގޮތަށް ކުރިއަށްދިޔުމަކީ، އެއްވެސް މައްސަލައެއް ނޫން. އެހެންވީމާ، އެކަމުގައިވެސް އަޅުގަނޑުމެން މިދަނީ ކަމާބެހޭ މަޝްވަރާތައް ޤައުމީ ރޫޙުގައި ޤައުމަށްޓަކައި ކުރަމުން
ރައީސް މުއިއްޒު 

އެހެންނަމަވެސް، މިކަމުގައި ކުރީގެ ސަރުކާރުން ގެންގުޅެފައިވާ ސިޔާސަތަކީ ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާ ފުށުއަރާގޮތަށް އަދި ދިވެހިރާއްޖޭގެ މަސްލަހަތު ގެއްލޭގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ، ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ސާދަ ހަފުތާގެ ތެރޭގައި ފުރިހަމަކުރާނެ މަސައްކަތްތަކުގެ ތެރޭގައި މި މައްސަލާގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބަންޑާރަނައިބުގެ އޮފީހާ ހަވާލުކޮށްފައިވެ އެވެ.

ސަރުކާރުން އޭރު ބުނީ އިޓްލޮސްގެ އެ ނިންމުން ދިރާސާކޮށް، މި މައްސަލައާ ގުޅިގެން ދެން އެޅެންހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން ފަށާފައިވާކަމަށެވެ.

އޭގެ ފަހުން މި މައްސަލައިގައި، ސަރުކާރުން ބުނި ގޮތަށް ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް އެދެވޭ މަސައްކަތެއް ކުރެވެމުންދާތަން ނުފެންނާތީ، ރައީސް އޮފީހުގައި އޮތް ނޫސްކޮންފަރެންސެއްގައި ނޫސްވެރިއަކު ވަނީ ރައީސް މުއިއްޒުއާ ސުވާލެއް ދަންނަވާފަ އެވެ.

އެދުވަހު ވެސް ރައީސް މުއިއްޒު ވިދާޅުވީ، ފޯޅަވަހި ހޯދުމަށްޓަކައި އިނގިރޭސި ސަރުކާރާއެކު ދިވެހިރާއްޖެއިން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން އިނގިރޭސި ސަރުކާރަށް ދެ ސިޓީއެއް ފޮނުވާފައިވާނެކަމަށް ވިދާޅުވި އެވެ. އަދި އިނގިރޭސި ބޮޑުވަޒީރާ ފޯނުން މަޝްވަރާތަކެއް ކުރައްވާފައިވާނެކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ރާއްޖޭން ކުރިން ބަލައިގަނެފައި އޮތް އޮތުން ބާތިލްކުރައްވައި، ކަނޑުގެ ސަރަހައްދު ކަނޑައެޅުމާ ގުޅޭގޮތުން އިޓްލޮސްއިން ނިންމާފައިވާ ނިންމުން ގަބޫލުކުރެއްވުމަށް އިންކާރުކުރެއްވުން ފިޔަވައި މިކަމުގައި ލިބުނު ކުރިއެރުމެއް ފެންނާކަށް ނެތެވެ.

ޑރ. މުޙައްމަދު މުޢިއްޒުފޯޅަވަހިއިޓްލޮސްއިނގިރޭސިވިލާތު-މޮރިޝަސް

އިތުރަށް ކިޔާލަން

27 ޖުލައި 2026

2022 ވަނަ އަހަރު ބިންގާ އެޅި މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވައިފި

27 ޖުލައި 2026
2022 ވަނަ އަހަރު ބިންގާ އެޅި މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވައިފި
26 ޖުލައި 2026

މިނިވަން ދުވަހުގެ މުނާސަބަތުގައި ހެވިކަމާއި ކުޅިވަރުތައް ބާއްވައިފި

26 ޖުލައި 2026
މިނިވަން ދުވަހުގެ މުނާސަބަތުގައި ހެވިކަމާއި ކުޅިވަރުތައް ބާއްވައިފި
26 ޖުލައި 2026

ބޭހުގެ ދަތިކަން ކުރިމަތިވެގެން އުޅެނީ ރާއްޖޭގައި އޮތް ބޭހުގެ މާފިޔާ އިން ގަސްތުގައި ރައްޔިތުން ހާލުގައި ޖައްސަން ކުރި ކަންތައްތަކުން: ރައީސް މުއިއްޒު

26 ޖުލައި 2026
ބޭހުގެ ދަތިކަން ކުރިމަތިވެގެން އުޅެނީ ރާއްޖޭގައި އޮތް ބޭހުގެ މާފިޔާ އިން ގަސްތުގައި ރައްޔިތުން ހާލުގައި ޖައްސަން ކުރި ކަންތައްތަކުން: ރައީސް މުއިއްޒު
26 ޖުލައި 2026

ގިނަ އަދަދެއްގެ ޑިޕްލޮމޭޓުން މިނިވަން ދުވަހުގެ ރަސްމިއްޔާތައް ރާއްޖެ ވަޑައިގަތީ އަދުގެ ސަރުކާރުން ދިވެހީންނަށް އިސްކަން ދިނުމުގެ ޚާރިޖީ ސިޔާސަތު ގެންގުޅޭތީ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

ބޭސް ލިބިމުގައި ދަތިތަކެއް ހުރިކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންފި

26 ޖުލައި 2026
ބޭސް ލިބިމުގައި ދަތިތަކެއް ހުރިކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންފި
26 ޖުލައި 2026

މުއިއްޒުގެ އަސްލު ސިފައިގެ ސްޕީޗެއް މިފަހަރު މިނިވަންދުވަހު

26 ޖުލައި 2026
މުއިއްޒުގެ އަސްލު ސިފައިގެ ސްޕީޗެއް މިފަހަރު މިނިވަންދުވަހު
26 ޖުލައި 2026

"އަޅުގަނޑުމެންގެ ކުރިމަތީގައި އެއްވެސް މީހެއްގެ މޫނެއް ކަނދުރާއެއް މުހިއްމެއް ނޫން": ރައީސް

26 ޖުލައި 2026
"އަޅުގަނޑުމެންގެ ކުރިމަތީގައި އެއްވެސް މީހެއްގެ މޫނެއް ކަނދުރާއެއް މުހިއްމެއް ނޫން": ރައީސް
26 ޖުލައި 2026

ނޫސްވެރިން ޖަލަށްލީ ސަރުކާރުން ބުނީ ނޫސްވެރިކަމުގެ މިނިވަންކަން ޔަގީންކޮށްދީފައިވާ ކަމަށް!

26 ޖުލައި 2026
ނޫސްވެރިން ޖަލަށްލީ ސަރުކާރުން ބުނީ ނޫސްވެރިކަމުގެ މިނިވަންކަން ޔަގީންކޮށްދީފައިވާ ކަމަށް!
26 ޖުލައި 2026

ޖުޑީޝަރީ ހަގީގީ މާނައިގައި މިނިވަން ކޮށްދެއްވޭނީ 2029 ގައި ކަމަށް ރައީސް ވިދާޅުވެއްޖެ!

26 ޖުލައި 2026
ޖުޑީޝަރީ ހަގީގީ މާނައިގައި މިނިވަން ކޮށްދެއްވޭނީ 2029 ގައި ކަމަށް ރައީސް ވިދާޅުވެއްޖެ!
26 ޖުލައި 2026

އިންފޮމޭޝަން ކޮމިޝަނަރަކީ އިދިކޮޅުން އޯޑަރު އަންނަ ސިޔާސީ އިދިކޮޅު ފަރާތެއްކަމަށް ރައީސް ވިދާޅުވެއްޖެ!

26 ޖުލައި 2026
އިންފޮމޭޝަން ކޮމިޝަނަރަކީ އިދިކޮޅުން އޯޑަރު އަންނަ ސިޔާސީ އިދިކޮޅު ފަރާތެއްކަމަށް ރައީސް ވިދާޅުވެއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް