Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ފަޅުރަށްރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލު ބަލައިގަނެފި، ދިރާސާ ކުރާނީ މުޅި މަޖިލީހުގެ ކޮމީޓީ އިން

10 އޯގަސްޓު 2026 | ހޯމަ 06:55

ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކުއްޔަށް ދިނުމާއި ވަރުވާއަށް ލިޔެދިނުމުގެ އުސޫލުތައް ބަޔާންކުރާ ބިލު ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ވަނީ ފޮނުވާފައި. މި ބިލުގައި ރަށްރަށާއި ފަޅުތައް ދޫކުރާނެ ދާއިރާތަކާއި އަކަމީޓަރަކަށް ޖެހޭ ކުލީގެ ރޭޓުތަކުގެ އިތުރުން ގަވާއިދާ ހިލާފުވާ ފަރާތްތައް އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެ އުސޫލުތައް ހިމަނާފައިވޭ. ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މިފަދަ ތަންތަން 50 އަހަރާ ހަމައަށް ކުއްޔަށް ދިނުމުގެ އިހުތިޔާރު މިނިސްޓްރީތަކާއި ކައުންސިލްތަކަށް މި ބިލުން ލިބިދޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 10 އޯގަސްޓު 2026 | ހޯމަ 06:55
ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ފަޅު ރަށްތަކެއް

ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ފަޅު ރަށްތަކެއް | ގއ.ކޮލަމާފުށި ޓްވިޓަރ

ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނު އުވާލައި، ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައެޅުމާއި ކުއްޔަށް ދިނުމާއި ވަކި ބޭނުމަކަށް އެކަަށައެޅިފައި ނުވާ ފަޅުރަށްރަށް ވަރުވާ އަށް ލިޔެދިނުމާއި އެފަދަ ފަޅުރަށްރަށާއި ފަަޅުތަކާ ގުޅޭ އުސޫލު އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަނެފި އެވެ. 

ހޯމަ ދުވަހުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހަޅުއްވާފައިވާ އެ ބިލު ބަލައިގަތުމާމެދު ވޯޓަށް އަހާފައިވެ އެވެ. އެ ބިލު ބަލައިގަތުމަށް މަޖިލީހުން ފާސް ކޮށްފައި ވަނީ 57 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލާ ދެކޮޅަށް 8 މެންބަރުން ވޯޓު ދެއްވި އެވެ. އެއާއެކު އެ ބިލު ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީ އަށް ވަނީ ފޮނުވާފަ އެވެ. 

Advertisement - newsAdvertisement

އެ ބިލުގައި 8 ބާބު ހިމެނޭއިރު 75 މާއްދާ ހިމަނާފައިވެ އެވެ. ބިލުގައި ބުނީ، ފަޅުރަށްރަށް ކުއްޔަށް ދޫކުރެވޭނީ ފަތުރުވެރިކަމާއި ސިނާއީ ބޭނުންތަކާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ އެހެނިހެން ބޭނުންތަކާއި އިޖުތިމާއި ބޭނުންތަކާއި ދައުލަތުގެ ބޭނުމަށް ކަމަށެވެ. 

އެގޮތުން ސިނާއީ ބޭނުންތަކާއި އިގުތިސާދީ ބޭނުމަށް ދޫކުރާ ރަށްރަށުގެ ކުއްޔަކީ އަކަމީޓަރަކަށް އަހަރަކަށް 3 ރުފިޔާ އެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ދޫކުރާ ރަށްރަށުގެ ކުއްޔަކީ އަކަމީޓަރަކަށް 2.50 ރުފިޔާ އެވެ. އަދި އިޖުތިމާއީ ބޭނުމަށް ދޫކުރާ ރަށްރަށުގެ ކުއްޔަކީ އަކަމީޓަރަކަށް 2 ރުފިޔާ އެވެ.

ފަޅު ކުއްޔަށް ދޫކުރެވޭނެ ގޮތް ބަޔާންކޮށް ބިލުގައި ބުނީ ފަޅެއް ކުއްޔަށް ދެވޭނީ ލާޖް-ސްކޭލް ސިނާއީ މަސައްކަތްތަކާއި މީޑިއަމް-ސްކޭލް ސިނާއީ މަސައްކަތްތަކުގެ އިތުރުން، ލާޖް-ސްކޭލް އިގުތިސާދީ މަސައްކަތްތަކާއި އެކުއަކަލްޗަރ ނުވަތަ އެކުއަކަލްޗަރއާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށް ކަމަށެވެ. 

އެފަދަ ބޭނުމަށް ކުއްޔަށް ދޫކުރާ ފަޅުގެ ކުއްޔެއްގެ ގޮތުގައި އޮތީ އަކަމީޓަރަކަށް 3 ރުފިޔާ އެވެ. މަސްވެރިކަމުގެ ބޭނުމަށް ދޫކުރާ ފަޅުތަކުގެ ކުއްޔަކީ އަކަމީޓަރަކަށް 50 ލާރި އެވެ. 

ބިލުގައި ބުނީ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައެޅުމުގެ ބާރު ލިބިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ކަމަށެވެ. އެގޮތުން 21 އަހަރަށް ކުއްޔަށް ދިނުމުގެ ބާރު ދީފައިވާއިރު އެ މުއްދަތު 50 އަހަރަށް އިތުރުކުރުމުގެ އިހުތިޔާރު މިނިސްޓްރީތަކާއި ކައުންސިލްތަކަށް ލިބިގެންވާ ކަމަށް ބިލުގައިވެ އެވެ. 

ކުއްޔަށް ދިނުމުގެ އިތުރުން ރަށްރަށް ވަރުވާއަށް ލިޔެދެވޭނެ ހާލަތްތަކާއި އުސޫލުތައް ވެސް އެ ބިލުގައިވެ އެވެ. 

އެ ބިލުގައި ބުނީ އެ ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ޚިލާފުވާ ފަރާތްތަކާމެދު ކުރި ކަމެއްގެ މިންވަރަށް ބަލައި، ފިޔަވަޅު އެޅުމުގެ ބާރު ކަމާ ބެހޭ މިނިސްޓްރީ އަށް ނުވަތަ ކައުންސިލަށް ލިބިގެންވާ ކަމަށެވެ. 

އެގޮތުން ވަރުވާއަށް ލިޔެފައިވާ ފަޅުރަށަކާ ގުޅޭ ގޮތުންނަމަ، ކުށުގެ ކުޑަބޮޑުމިނަށް ބަލައި، 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ކުއްޔަށް ދީފައިވާ ފަޅެއް ނުވަތަ ފަޅުރަށަކާ ގުޅޭ ގޮތުން ނަމަ، ކުށުގެ ކުޑަބޮޑުމިނަށް ބަލައި، 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށާއި އެ ނޫން ފަޅުރަށްރަށާ ގުޅޭ ގޮތުން ނަމަ، 5 ލައްކާއާ ހަމައަށް އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނުސައުދުﷲ ޙިލްމީރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

23 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ބޭރުކޮށްލަން ގޮވާލާ ޕެޓިޝަނަށް ބެލުމެއް ނެތި ކޮމިޓީ އިން އެ ބިލުގެ މަސައްކަތް ނިންމަނީ!

23 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ބޭރުކޮށްލަން ގޮވާލާ ޕެޓިޝަނަށް ބެލުމެއް ނެތި ކޮމިޓީ އިން އެ ބިލުގެ މަސައްކަތް ނިންމަނީ!
23 އޯގަސްޓު 2026

ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް 10 އިންސައްތަ އިން ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި

23 އޯގަސްޓު 2026
ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް 10 އިންސައްތަ އިން ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި
23 އޯގަސްޓު 2026

ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަން މަޖިލީހުން ފާސްކޮށްފި

23 އޯގަސްޓު 2026
ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަން މަޖިލީހުން ފާސްކޮށްފި
23 އޯގަސްޓު 2026

މިއަދަކީ ސަރުކާރުން ރައްޔިތުންގެ ނިންމުންތަކަށް ގޮންޖަހާ، އެ މީހުންގެ ބާރު ދައްކާލުމުގެ ކުޅަދާނަކަމާއި ކެރުންތެރިކަން ދައްކާލާ ތާރީޚީ ދުވަސް: މެންބަރު އަމީން

23 އޯގަސްޓު 2026
މިއަދަކީ ސަރުކާރުން ރައްޔިތުންގެ ނިންމުންތަކަށް ގޮންޖަހާ، އެ މީހުންގެ ބާރު ދައްކާލުމުގެ ކުޅަދާނަކަމާއި ކެރުންތެރިކަން ދައްކާލާ ތާރީޚީ ދުވަސް: މެންބަރު އަމީން
19 އޯގަސްޓު 2026

ދިގުރަށު އަލިފާނުގެ ހާދިސާ: މަރުވި ބިދޭސީންނަކީ ނުގަވާއިދުން އުޅެމުން ދިޔަ މީހުންނާއި ޕާމިޓް ހަމަވެފައިވާ މީހުން، އެކަކަކީ ގެއްލިގެން ހޯދާ މީހެއް!

19 އޯގަސްޓު 2026
ދިގުރަށު އަލިފާނުގެ ހާދިސާ: މަރުވި ބިދޭސީންނަކީ ނުގަވާއިދުން އުޅެމުން ދިޔަ މީހުންނާއި ޕާމިޓް ހަމަވެފައިވާ މީހުން، އެކަކަކީ ގެއްލިގެން ހޯދާ މީހެއް!
18 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލާއި ސަރުކާރުގެ މަސްލަހަތު ހިމެނޭ ބައެއް ބިލުތައް ނުނިމޭތީ އަނެއްކާ ވެސް ދައުރު ދަންމާލައިފި

18 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލާއި ސަރުކާރުގެ މަސްލަހަތު ހިމެނޭ ބައެއް ބިލުތައް ނުނިމޭތީ އަނެއްކާ ވެސް ދައުރު ދަންމާލައިފި
18 އޯގަސްޓު 2026

ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

18 އޯގަސްޓު 2026
ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
18 އޯގަސްޓު 2026

ސިޔާސީ މަޤާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު މިނިސްޓަރު ޒަރީރު ވިދާޅެއް ނުވި، ވިދާޅުވީ ސިޔާސަތުގެ ބޭރުން އެއްވެސް މުވައްޒަފަކު ނުނަގާ ކަމަށް

18 އޯގަސްޓު 2026
ސިޔާސީ މަޤާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު މިނިސްޓަރު ޒަރީރު ވިދާޅެއް ނުވި، ވިދާޅުވީ ސިޔާސަތުގެ ބޭރުން އެއްވެސް މުވައްޒަފަކު ނުނަގާ ކަމަށް
18 އޯގަސްޓު 2026

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 40،000 އަށް ވުރެ ގިނަ މުވައްޒަފުން، މިނިސްޓަރު ވިދާޅުވީ ވަކިކުރަނީ ވަކި ކުލައަކަށް ބަލައިގެން ނޫން ކަމަށް

18 އޯގަސްޓު 2026
ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 40،000 އަށް ވުރެ ގިނަ މުވައްޒަފުން، މިނިސްޓަރު ވިދާޅުވީ ވަކިކުރަނީ ވަކި ކުލައަކަށް ބަލައިގެން ނޫން ކަމަށް
17 އޯގަސްޓު 2026

ޕެޓިޝަންތައް "ބަލިކަށި" ކުރުމުގެ މަސައްކަތް: ކުރިން ހުށަހަޅާފައިވާ ޕެޓިޝަނަކާ ދެކޮޅު ޕެޓިޝަނެއް ހުށަހެޅޭ ގޮތަށް ގަވާއިދު ބަދަލުކުރަން ކޮމިޓީން ފާސްކޮށްފި

17 އޯގަސްޓު 2026
ޕެޓިޝަންތައް "ބަލިކަށި" ކުރުމުގެ މަސައްކަތް: ކުރިން ހުށަހަޅާފައިވާ ޕެޓިޝަނަކާ ދެކޮޅު ޕެޓިޝަނެއް ހުށަހެޅޭ ގޮތަށް ގަވާއިދު ބަދަލުކުރަން ކޮމިޓީން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް