Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ 60 އިންސަތައަކީ ބިދޭސީން: މިނިސްޓަރު ގީލާ

10 އޯގަސްޓު 2026 | ހޯމަ 06:43

ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ 12،000 އަށް ވުރެ ގިނަ މުވައްޒަފުންގެ ތެރެއިން 3،400 އަށް ވުރެ ގިނަ މީހުންނަކީ ބިދޭސީން ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ. މި ޚިދުމަތަކީ ދިވެހިން އިސްވެ ތިބެ ފޯރުކޮށްދޭ ޚިދުމަތަކަށް ހެދުމަށްޓަކައި މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 10 އޯގަސްޓު 2026 | ހޯމަ 06:43
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެލްތު މިނިސްޓަރު ގީލާ އަލީ ސުވާލުތަކަށް ޖަވާބުދެއްވަނީ

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެލްތު މިނިސްޓަރު ގީލާ އަލީ ސުވާލުތަކަށް ޖަވާބުދެއްވަނީ | ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ސިއްހީ ޚިދުމަތްތެރީންނަށް ބަލާއިރު ގިނަ އަދަދެއްގެ ބިދޭސީން ހިމެނޭ ކަމަށާއި، މަސައްކަތް ކުރާ ޑޮކްޓަރުންގެ 60 އިންސައްތަ އަކީ ވެސް ބިދޭސީން ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް މިނިސްޓަރު ގީލާ ހާޒުރުކޮށްފައިވާއިރު ސުވާލު ކުރުމުގެ ވަގުތުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގީލާ ވަނީ ރާއްޖޭގައި ސިއްހީ ޚިދުމަތް ފޯރުކޮށްދޭ މުވައްޒަފުންގެ ބޮޑު އިންސައްތައެއް ބިދޭސީން ހިއްސާ ކުރަމުންދާކަން ހާމަކުރައްވާފަ އެވެ. 

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ ސިއްހީ ޚިދުމަތަކީ ވަރަށް ގިނަ އަދަދެއްގެ ބިދޭސީންނާއެކު ފޯރުކޮށްދެމުންދާ ޚިދުމަތެއް ކަމަށެވެ.

އަޅުގަނޑު ދަންނަވާނީ 60 ޕަސެންޓް ޑޮކްޓަރުންނަކީ މިހާރު ވެސް ބިދޭސީ ޑޮކްޓަރުންނޭ، އަޅުގަނޑުމެންގެ ޚިދުމަތުގައި މަސައްކަތް ކުރާ. އެހެންވީމާ މި ޚިދުމަތުގައި ތިއްބަވާ ޑޮކްޓަރުން ޚިދުމަތް ދޫކޮށްލައްވާފައި ނޫނީ އެހެން އެއްވެސް ސަބަބަކާ ހުރެ އަޅުގަނޑުމެންގެ ޚިދުމަތުން ވަކިވެގެން ދިޔުމުން މީހަކު ހޯދުމަށްޓަކައި އިދާރީ ގޮތުން ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރި
ގީލާ އަލީ

މިނިސްޓަރު ވިދާޅުވީ 2025 ވަނަ އަހަރުގެ ތަފާސްހިސާބަށް ބަލާއިރު ރާއްޖޭގައި ސިއްހީ ޚިދުމަތް ދިނުމުގައި 12،000 އަށް ވުރެ ގިނަ މީހުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ ތެރެއިން 7،000 އަށް ވުރެ ގިނަ މީހުން އަތޮޅުތެރޭގައި މަސައްކަތް ކުރަމުންދާއިރު މާލޭގައި 5،000 އަށް ވުރެ ގިނަ މީހުން މަސައްކަތް ކުރަމުންދާ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭގެ ތެރޭއިން 3،400 އަށް ވުރެ ގިނަ މީހުންނަކީ ބިދޭސީން ކަމަށެވެ.

މި ސަރުކާރުގެ އުއްމީދަކީ ސިއްހީ ޚިދުމަތަކީ ގިނަ އަދަދެއްގެ ދިވެހީންނާއެކު ފޯރު ކޮށްދެވޭ ޚިދުމަތަކަށް ވެގެން ދިއުން ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، އެކަމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައި މިހާރު ވެސް ތަމްރީނުތައް ފޯރުކޮށްދެމުންދާ ކަމަށެވެ. އެހެންކަމުން އުއްމީދު ކުރައްވަނީ ގިނަ އަދަދެއްގެ ދިވެހީން ކޯސްތަކަށް ކުރިމަތިލައި، މި ޚިދުމަތަކީ ގިނަ އަދަދެއްގެ ދިވެހީންނާއެކު ފޯރުކޮށްދެވެމުންދާ ޚިދުމަތަކަށް ވެގެންދިއުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރު ގީލާ އަލީ ރައްޔިތުންގެ މަޖިލިސްސިއްހީ ޚިދުމަތް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

09 އޯގަސްޓު 2026

ކައުންސިލްތަކުން ބިންތައް އަތުލެވޭ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި، މަޖިލީހަށް ޕެޓިޝަނެއް!

09 އޯގަސްޓު 2026
ކައުންސިލްތަކުން ބިންތައް އަތުލެވޭ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި، މަޖިލީހަށް ޕެޓިޝަނެއް!
08 އޯގަސްޓު 2026

މުލަކުގައި 30 އެނދުގެ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހުއްޓިފައި އޮތުމުން ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް!

08 އޯގަސްޓު 2026
މުލަކުގައި 30 އެނދުގެ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހުއްޓިފައި އޮތުމުން ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް!
06 އޯގަސްޓު 2026

ސަރުކާރަށް ފާޑުކިޔާ ޕީއެންސީގެ މަޖިލީހުގެ މެންބަރުންނަށް ދެވަނަ ފަހަރަށް އެފަދަ ވާހަކައެއް ނުދެއްކޭ ވަރަށް އިންޒާރުދީ، ފިއްތުންތައް ކުރިމަތިކުރުވާ: މެންބަރު ނާޒިލް

06 އޯގަސްޓު 2026
ސަރުކާރަށް ފާޑުކިޔާ ޕީއެންސީގެ މަޖިލީހުގެ މެންބަރުންނަށް ދެވަނަ ފަހަރަށް އެފަދަ ވާހަކައެއް ނުދެއްކޭ ވަރަށް އިންޒާރުދީ، ފިއްތުންތައް ކުރިމަތިކުރުވާ: މެންބަރު ނާޒިލް
05 އޯގަސްޓު 2026

މެންބަރުން ތިބީ އަޅުންގެ ގޮތުގައި ބަނދެވިފައި، އެގޮތުގައި ތިބެ ރައްޔިތުންގެ ޙައްގުގައި ވަކާލާތެއް ނުކުރެވޭނެ: މެންބަރު ޒިޔާދު

05 އޯގަސްޓު 2026
މެންބަރުން ތިބީ އަޅުންގެ ގޮތުގައި ބަނދެވިފައި، އެގޮތުގައި ތިބެ ރައްޔިތުންގެ ޙައްގުގައި ވަކާލާތެއް ނުކުރެވޭނެ: މެންބަރު ޒިޔާދު
05 އޯގަސްޓު 2026

މަސައްކަތް ހަވާލުކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު ވެސް، ކިހާދޫ ކުނީގެ މަރުކަޒުގެ މަސައްކަތް ނުފެށި އޮތީ ޤާބިލު މީހުން ނުލިބިގެންކަމަށް މިނިސްޓަރު ވިދާޅުވެއްޖެ

05 އޯގަސްޓު 2026
މަސައްކަތް ހަވާލުކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު ވެސް، ކިހާދޫ ކުނީގެ މަރުކަޒުގެ މަސައްކަތް ނުފެށި އޮތީ ޤާބިލު މީހުން ނުލިބިގެންކަމަށް މިނިސްޓަރު ވިދާޅުވެއްޖެ
04 އޯގަސްޓު 2026

ދީނަށް ލޯބި ކުރާ މީހުންނާއި ތަނަވަސްކަން ހުރި މީހުން ގިނަވާ ވަރަކަށް ހައްޖު ކިޔު ދިގުވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

04 އޯގަސްޓު 2026
ދީނަށް ލޯބި ކުރާ މީހުންނާއި ތަނަވަސްކަން ހުރި މީހުން ގިނަވާ ވަރަކަށް ހައްޖު ކިޔު ދިގުވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ
04 އޯގަސްޓު 2026

ބިންގަލެއް އަޅާފައި ހުރިއްޔާ މައްޗަށް އަރާނެ، ކުޑަކޮށް ލަސްވެސް ވެދާނެ: މިނިސްޓަރު ޝަހީމް

04 އޯގަސްޓު 2026
ބިންގަލެއް އަޅާފައި ހުރިއްޔާ މައްޗަށް އަރާނެ، ކުޑަކޮށް ލަސްވެސް ވެދާނެ: މިނިސްޓަރު ޝަހީމް
04 އޯގަސްޓު 2026

މަސައްކަތް ހަވާލުކުރިތާ އެއް އަހަރު ފަހުން، ކުޑަރިކިލު މިސްކިތުގެ އަމަލީ މަސައްކަތް އޮގަސްޓު 15 ގައި ފެށޭނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

04 އޯގަސްޓު 2026
މަސައްކަތް ހަވާލުކުރިތާ އެއް އަހަރު ފަހުން، ކުޑަރިކިލު މިސްކިތުގެ އަމަލީ މަސައްކަތް އޮގަސްޓު 15 ގައި ފެށޭނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ
03 އޯގަސްޓު 2026

ފެނަކައިގެ އޮޕަރޭޝަންތައް ފުޅާވުމުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދިޔަ: ނާޒިލް

03 އޯގަސްޓު 2026
ފެނަކައިގެ އޮޕަރޭޝަންތައް ފުޅާވުމުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދިޔަ: ނާޒިލް
03 އޯގަސްޓު 2026

އައްޑޫ ބްރިޖާ ގުޅިގެން ހުޅުދޫ ދާއިރާގެ މެންބަރު ޝާހިދު ކުރެއްވި އުއްމީދީ ސުވާލަށް މިނިސްޓަރު ދެއްވީ ނާއުއްމީދީ ޖަވާބެއް

03 އޯގަސްޓު 2026
އައްޑޫ ބްރިޖާ ގުޅިގެން ހުޅުދޫ ދާއިރާގެ މެންބަރު ޝާހިދު ކުރެއްވި އުއްމީދީ ސުވާލަށް މިނިސްޓަރު ދެއްވީ ނާއުއްމީދީ ޖަވާބެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް