ފަރަށް އެރި އުރަފާ ދޯނީގައި ތިބި 6 މީހުން ނޮޅިވަރަންފަރަށް ގެންގޮސްފި
10 އޯގަސްޓު 2026 | ހޯމަ 21:06އެމްއެންޑީއެފުން ބުނީ، 6 މީހުންނާއެކު ދަތުރުކުރި އުރަފާ ކިޔާ ޑައިވިންގ ދޯންޏެއް ނޮޅިވަރަންފަރު ހުޅަނގު ފަރާތު ފަރަށް އަރައިގެން، ދޯނީގައި ތިބި މީހުން ސަލާމަތް ކޮށްފައިވާ ކަމަށް. އަދި މި މަސައްކަތް ކޮށްފައިވަނީ އެމްްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގުޅިގެން


އެމްއެންޑީއެފްގެ ކޯސްޓްގަރޑް އުޅަނދެއް ކަނޑުމަތީގައި ހަރަކާތްތެރިވަނީ | އެމްއެންޑީއެފް
ފަރަށް އެރި އުރަފާ ދޯނީގައި ތިބި 6 މީހުން ސަލާމަތުން ހދ. ނޮޅިވަރަންފަރަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ހޯމަ ދުވަހުގެރޭ އެމްއެންޑީއެފުން ބުނީ، 6 މީހުންނާ އެކު ދަތުރުކުރި އުރަފާ ކިޔާ ޑައިވިންގ ދޯންޏެއް ނޮޅިވަރަންފަރު ހުޅަނގު ފަރާތު ފަރަށް އަރައިގެން، ދޯނީގައި ތިބި މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ.
މި މަސައްކަތް ކޮށްފައިވަނީ އެމްްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގުޅިގެންނެވެ.
ފަރަށް އެރި ދޯންޏެއްގައި ތިބި 6 މީހުން ސަލާމަތް ކޮށްފައިވާއިރު މިމަހުގެ 5 ވަނަ ދުވަހުގެ ރޭ 10:37 ހާއިރު ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ބަންޑުން ޖަހާލައި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކެޕްޓަން ހުވަދޫ ކަނޑަށް ވަނީ ގެއްލިފަ އެވެ.
މި އޮޕަރޭޝަން ވަރަށް ބޮޑަށް ފުޅާ ކޮށްފައިވާއިރު، ކުރިއަށް އޮތް ދެ ދުވަހު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.
އެހެންކަމުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކޮށްފައިވެ އެވެ.











