Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫއޭއީ

ޔޫއޭއީގެ މުހިންމު ދާއިރާތަކަށް ދިން ވަރުގަދަ ސައިބަރ ހަމަލާތައް ނާކާމިޔާބުކޮށްލައިފި

10 އޯގަސްޓު 2026 | ހޯމަ 13:57

ޔޫއޭއީގެ މުހިންމު ދާއިރާތަކަށް އަމާޒުކޮށް ދިން ވަރުގަދަ ސައިބަރ ހަމަލާތަކެއް އެ ގައުމުގެ ސައިބަރ ސެކިއުރިޓީ ކައުންސިލުން ނާކާމިޔާބުކޮށްލައިފި. ފިޝިންގ އާއި އެކި އުކުޅުތައް ބޭނުންކޮށްގެން ނިޒާމުތަކަށް ވަދެގަންނަން މަސައްކަތް ކުރި ނަމަވެސް، ދުރާލާ އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެއްވެސް ޚިދުމަތަކަށް ބުރޫނާރާ ވަނީ ހަމަލާތައް ކޮންޓްރޯލްކޮށްފައި

ރާއްޖެ އެމްވީ | 10 އޯގަސްޓު 2026 | ހޯމަ 13:57
ޔޫއޭއީގެ މިނިސްޓަރ އޮފް ޑިފެންސް އަދި ދުބާއީގެ ވަލީއަހުދު ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް (ވ)، 2005 ސެޕްޓެމްބަރު 25 ގައި ދުބާއީ އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި ކުރިއަށްދިޔަ 25 ވަނަ ގަލްފް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އެގްޒިބިޝަން (ޖައިޓެކްސް) އަށް ޒިޔާރަތް ކުރައްވަނީ

ޔޫއޭއީގެ މިނިސްޓަރ އޮފް ޑިފެންސް އަދި ދުބާއީގެ ވަލީއަހުދު ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް (ވ)، 2005 ސެޕްޓެމްބަރު 25 ގައި ދުބާއީ އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި ކުރިއަށްދިޔަ 25 ވަނަ ގަލްފް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އެގްޒިބިޝަން (ޖައިޓެކްސް) އަށް ޒިޔާރަތް ކުރައްވަނީ | ގެޓީ އިމޭޖަސް

ޔޫއޭއީގެ އޭވިއޭޝަން، ހަކަތަ އަދި ތަޢުލީމީ ދާއިރާއަށް އަމާޒުކޮށް ދިން ވަރުގަދަ ސައިބަރ ހަމަލާތަކެއް އެ ގައުމުގެ ސައިބަރ ސެކިއުރިޓީ ނިޒާމުތަކުން ދެނެގަނެ، ނާކާމިޔާބުކޮށްލާފައިވާ ކަމަށް އެމިރޭޓްސް ނިއުސް އެޖެންސީ (ވަމް) އިން ހޯމަ ދުވަހު ރިޕޯޓްކޮށްފި އެވެ. ޔޫއޭއީގެ ސައިބަރ ސެކިއުރިޓީ ކައުންސިލާ ހަވާލާދީ އެ އެޖެންސީން ބުނީ، މިއީ ވަރަށް ބޮޑަށް ރޭވިގެން ދީފައިވާ ކުރިއަރާފައިވާ ހަމަލާތަކެއް ކަމަށެވެ.

ސައިބަރ ސެކިއުރިޓީ ކައުންސިލުން ބުނި ގޮތުގައި، މި ހަމަލާތަކަށް ވަގުތުން އިޖާބަދީ، ހަމަލާދިން ފަރާތްތަކުގެ މަގްސަދު ހާސިލްވުމުގެ ކުރިންނާއި، ގައުމުގެ މުހިންމު ނިޒާމުތަކަށާއި ޚިދުމަތްތަކަށް ބުރޫއެރުމުގެ ކުރިން ވަނީ އެކަން ކޮންޓްރޯލްކޮށްފަ އެވެ. މި ހަމަލާތަކާ ދެކޮޅަށް މަސައްކަތް ކުރީ ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށްވެސް އެ ކައުންސިލުން ފާހަގަކުރި އެވެ.

ސައިބަރ ސެކިއުރިޓީ ކައުންސިލުން ހާމަކުރި ގޮތުގައި، މި ހަމަލާތަކުގައި އެކި އުކުޅުތައް ބޭނުންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޑިޖިޓަލް އިންފްރާސްޓްރަކްޗަރާއި ނިޒާމުތަކުގެ ތެރެއަށް ވަދެގަތުމަށް ކުރި މަސައްކަތްތަކާއި، އެކައުންޓްތަކާއި އޮޕަރޭޝަނަލް ޑޭޓާ ނުވަތަ މަސައްކަތްތަކާ ގުޅޭ މައުލޫމާތުތަކަށް އަމާޒުކޮށް ދިން ހަމަލާތައް ހިމެނެ އެވެ.

މީގެ އިތުރުން، ހަމަލާދިން ފަރާތްތަކުން ވަނީ ވަކި ބަޔަކަށް އަމާޒުކޮށްގެން 'ފިޝިންގ' ކެމްޕޭންތައް ހިންގައި، ސިސްޓަމްތަކުގެ ތެރެއަށް ވަނުމަށްޓަކައި ޔޫޒަރުން ނުވަތަ ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް މަސައްކަތް ކޮށްފައި ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.

ގައުމީ ސައިބަރ ސެކިއުރިޓީ ޓީމުތަކުން ވަނީ މި ހަރަކާތްތައް ކާމިޔާބުކަމާއެކު ދެނެގަނެ، އެކަންކަން ހުއްޓުވާފަ އެވެ. އަދި މި ނުރައްކާތައް ނައްތާލައި، އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފަންނީ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ސައިބަރ ސެކިއުރިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

ނަމަވެސް، މި ހަމަލާތަކުގެ ފަހަތުގައިވަނީ ކޮން ބައެއްކަން އެ ކައުންސިލުން ހާމަކޮށްފައެއް ނުވެ އެވެ.

ޔޫއޭއީސައިބަރ ހަމަލާތައް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

މެސީގެ ބައްޕަ މަރުވެއްޖެ

5

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

އިތުރަށް ކިޔާލަން

17 ޖުލައި 2026

300 މިލިއަން ޑޮލަރުގެ ސުޕަރޔޮޓް ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ރާއްޖެއަށް

17 ޖުލައި 2026
300 މިލިއަން ޑޮލަރުގެ ސުޕަރޔޮޓް ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ރާއްޖެއަށް
14 ޖުލައި 2026

އެމެރިކާއިން އަނެއްކާވެސް އީރާނަށް ބޮން އަޅައިފި، ތެހެރާނުން ގަލްފަށާއި ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފި: އެންމެ ފަހުގެ ޚަބަރުތަކަކީ ކޮބާ؟

14 ޖުލައި 2026
އެމެރިކާއިން އަނެއްކާވެސް އީރާނަށް ބޮން އަޅައިފި، ތެހެރާނުން ގަލްފަށާއި ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފި: އެންމެ ފަހުގެ ޚަބަރުތަކަކީ ކޮބާ؟
30 ޖޫން 2026

އިންޑިއާގެ ޓާޓާ ގްރޫޕަށް ދިން ސައިބަރ ހަމަލާއަކުން އައިފޯން 18 ގެ މައުލޫމާތު ލީކުވެއްޖެ

30 ޖޫން 2026
އިންޑިއާގެ ޓާޓާ ގްރޫޕަށް ދިން ސައިބަރ ހަމަލާއަކުން އައިފޯން 18 ގެ މައުލޫމާތު ލީކުވެއްޖެ
25 ޖޫން 2026

ދުބާއީގައި ލޯބިވެރިޔާ މަރާލި ތުހުމަތުގައި ޓިކްޓޮކް އިންފްލުއެންސަރަށް މަރުގެ އަދަބު ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ

25 ޖޫން 2026
ދުބާއީގައި ލޯބިވެރިޔާ މަރާލި ތުހުމަތުގައި ޓިކްޓޮކް އިންފްލުއެންސަރަށް މަރުގެ އަދަބު ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ
14 ޖޫން 2026

އީރާންގެ ހަތަރު ބޭންކަކަށް ސައިބަރ އެޓޭކެއް ދީފި

14 ޖޫން 2026
އީރާންގެ ހަތަރު ބޭންކަކަށް ސައިބަރ އެޓޭކެއް ދީފި
05 ޖޫން 2026

ވަޒީރެއްގެ ފެންވަރުގައި އަނެއްކާވެސް ނާޒިމް ސަރުކާރަށް

05 ޖޫން 2026
ވަޒީރެއްގެ ފެންވަރުގައި އަނެއްކާވެސް ނާޒިމް ސަރުކާރަށް
14 މެއި 2026

އީރާން ހަނގުރާމައިގެ ތެރޭގައި ނަތަންޔާހޫ ސިއްރިޔާތުގައި ޔޫއޭއީ އަށް ވަޑައިގެންނެވި ކަމަށް ހާމަ ކޮށްފި

14 މެއި 2026
އީރާން ހަނގުރާމައިގެ ތެރޭގައި ނަތަންޔާހޫ ސިއްރިޔާތުގައި ޔޫއޭއީ އަށް ވަޑައިގެންނެވި ކަމަށް ހާމަ ކޮށްފި
14 މެއި 2026

މަގާމުން އިސްތިއުފާ ދެއްވި ތޯރިގު ޔޫއޭއީގެ ސަފީރު ކަމަށް، އާދަމް ޝަރީފް ގަތަރުގެ ސަފީރު ކަމަަށް އައްޔަން ކުރަން ހުށަހަޅައިފި

14 މެއި 2026
މަގާމުން އިސްތިއުފާ ދެއްވި ތޯރިގު ޔޫއޭއީގެ ސަފީރު ކަމަށް، އާދަމް ޝަރީފް ގަތަރުގެ ސަފީރު ކަމަަށް އައްޔަން ކުރަން ހުށަހަޅައިފި
05 މެއި 2026

ޔޫއޭއީގެ ފުޖައިރާގެ ތެޔޮ ރައްކާކުރާ މަރުކަޒުތަކުގައި ހިނގި އަލިފާނުގެ ހާދިސާ އަކީ އެމެރިކާގެ ނުރައްކާތެރި އަމަލުތަކުގެ ނަތީޖާ: އީރާން

05 މެއި 2026
ޔޫއޭއީގެ ފުޖައިރާގެ ތެޔޮ ރައްކާކުރާ މަރުކަޒުތަކުގައި ހިނގި އަލިފާނުގެ ހާދިސާ އަކީ އެމެރިކާގެ ނުރައްކާތެރި އަމަލުތަކުގެ ނަތީޖާ: އީރާން
04 މެއި 2026

ހޮރްމޫޒް ކަނޑު އޮޅީގައި ތެޔޮ ޓޭންކަރަކަށް ހަމަލާ ދީފި

04 މެއި 2026
ހޮރްމޫޒް ކަނޑު އޮޅީގައި ތެޔޮ ޓޭންކަރަކަށް ހަމަލާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް