Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އީރާންގެ ހަތަރު ބޭންކަކަށް ސައިބަރ އެޓޭކެއް ދީފި

އީރާންގެ މައިގަނޑު ހަތަރު ބޭންކެއްގެ މުއާސަލާތީ އޮނިގަނޑަށް އަމާޒުކޮށް ދިން މި ސައިބަރ ހަމަލާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައެއް ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލަން ޖެހުނެވެ. ނަމަވެސް މި ހާދިސާގައި ކަސްޓަމަރުންގެ އެއްވެސް މައުލޫމާތެއް ގެއްލިފައި ނުވާކަމުގެ ޔަގީންކަން ބޭންކިންގ ކޯޑިނޭޝަން ކައުންސިލުން ދީފައިވާއިރު، މިހާރު ދަނީ ޚިދުމަތްތައް އާންމު ހާލަތަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. މި ހަމަލާގެ ފަހަތުގައިވަނީ ކޮން ބައެއްކަން އަދި ހާމަކޮށްފައި ނުވިނަމަވެސް، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް އެ ގައުމުން ބުނެއެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖޫން 2026 | އާދީއްތަ 09:51
އިމާރާތެއްގެ ކަައިރިން އީރާންގެ ދިދަ ފެންނަ މަންޒަރެއް.

އިމާރާތެއްގެ ކަައިރިން އީރާންގެ ދިދަ ފެންނަ މަންޒަރެއް. | ރޮއިޓާސް

އީރާންގެ މައިގަނޑު ހަތަރު ބޭންކަކަށް އަމާޒުކޮށް ދިން ސައިބަރ އެޓޭކެއް ނުވަތަ ހެކް ކުރުމުގެ ހާދިސާއަކާ ގުޅިގެން، އެ ބޭންކު ތަކުން ދެމުންދާ ބައެއް ޚިދުމަތް ތަކަށް ބުރޫ އަރާފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓު ކޮށްފި އެވެ.

މި ހަމަލާއާ ގުޅިގެން ބޭންކު ތަކުގެ ޚިދުމަތް ތަކަށް ދަތި ތަކެއް ކުރިމަތިވި ނަމަވެސް، ކަސްޓަމަރުންގެ އެއްވެސް މައުލޫމާތެއް ގެއްލިފައި ނުވާ ކަމަށް އީރާންގެ ބޭންކިންގ ކޯޑިނޭޝަން ކައުންސިލް އިން ވަނީ ހާމަ ކޮށްފައި އެވެ.

އާދީއްތަ ދުވަހު އެ ކައުންސިލް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި ސައިބަރ ހަމަލާ އަމާޒު ކޮށްފައި ވަނީ ބޭންކް މެއްލީ، ބޭންކް ތެޖާރަތު، ބޭންކް ސާދިރާތު އަދި އެކްސްޕޯޓް ޑިވެލޮޕްމަންޓް ބޭންކް އޮފް އީރާން އިން ބޭނުން ކުރާ މުއާސަލާތީ އޮނިގަނޑަކަށް ކަމަށެވެ. މި ހަމަލާއާ ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ބައެއް ޚިދުމަތްތައް ވަގުތީ ގޮތުން މެދު ކަނޑާލަން ޖެހުނު ކަމަށް ވެސް އެ އިދާރާ އިން ބުނެފައިވެ އެވެ.

މި ހާދިސާ ހިނގުމާ އެކު ބޭންކު ތަކުގެ ފަންނީ ޓީމު ތަކުން ވަނީ ހަމަލާ އިން ރައްކާތެރި ވުމަށް އަވަސް ފިޔަވަޅު ތަކެއް އަޅާފައި އެވެ. ބޭންކިންގ ކައުންސިލް އިން ބުނި ގޮތުގައި، ހެކަރުންނަށް ކަސްޓަމަރުންގެ އެއްވެސް އަމިއްލަ މައުލޫމާ ތަކަށް އެކްސެސް ވެވިފައި ނުވެ އެވެ. އަދި ބޭންކު ތަކުގެ އެއްވެސް ޑޭޓާއެއް ނުވަތަ މައުލޫމާތެއް ފޮހެވިފައި ނުވާ ކަމުގެ ޔަގީންކަން ވެސް އެ ކައުންސިލް އިން ވަނީ ދީފައި އެވެ.

މިހާރު ކުރިއަށް ދަނީ ބޭންކު ތަކުގެ ޚިދުމަތްތައް އާންމު ހާލަތަށް ގެނައުމުގެ މަސައްކަތް ކަމަށް އީރާންގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓު ކޮށްފައިވެ އެވެ. މި ހަމަލާގެ ސަބަބުން ބައެއް އޮންލައިން ޚިދުމަތްތަކާއި، ބޭންކިންގ ޓްރާންސެކްޝަން ތަކަށް ވަގުތީ ގޮތުން ބުރޫ އެރި ނަމަވެސް، މާލީ ނިޒާމަށް ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް ކަމާ ބެހޭ ފަރާތް ތަކުން ބުނެ އެވެ.

މި ސައިބަރ ހަމަލާ ދީފައި ވަނީ ކޮން ބައެއްކަން ނުވަތަ ކޮން ގައުމަކުންކަން އީރާންގެ ސަރުކާރުން މިހާތަނަށް ހާމަ ކޮށްފައި ނުވެ އެވެ. ނަމަވެސް ފަހަކަށް އައިސް އީރާންގެ މުހިންމު އިންފްރާސްޓްރަކްޗާ ތަކަށް އަމާޒުކޮށް މިފަދަ ސައިބަރ ހަމަލާތައް ދިނުން ވަނީ އިތުރު ވެފައި އެވެ. މި ހާދިސާއާ ގުޅިގެން އިތުރު ތަހުގީގުތައް ކުރިއަށްދާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

މަސްދަރު: ރޮއިޓާސް

އީރާންބޭންކިންގ ކޯޑިނޭޝަން ކައުންސިލްސައިބަރ ހަމަލާތައް

އިތުރަށް ކިޔާލަން

13 ޖޫން 2026

އިސްލާމްއާބާދު މެމޮރެންޑަމްގައި އާދީއްތަ ދުވަހު ސޮއިނުކުރާނެ: އީރާން

13 ޖޫން 2026
އިސްލާމްއާބާދު މެމޮރެންޑަމްގައި އާދީއްތަ ދުވަހު ސޮއިނުކުރާނެ: އީރާން
13 ޖޫން 2026

ޚާމަނާއީ ފަސްދާނުލުމުގެ ތާވަލު އިއުލާނުކޮށްފި

13 ޖޫން 2026
ޚާމަނާއީ ފަސްދާނުލުމުގެ ތާވަލު އިއުލާނުކޮށްފި
13 ޖޫން 2026

ހަމަލާތައް ހުއްޓާލާ މަތިން ޔޫއޭއީން އީރާނަށް ފައިސާ ފޮނުވި ވާހަކަތައް ދޮގުކޮށްފި

13 ޖޫން 2026
ހަމަލާތައް ހުއްޓާލާ މަތިން ޔޫއޭއީން އީރާނަށް ފައިސާ ފޮނުވި ވާހަކަތައް ދޮގުކޮށްފި
11 ޖޫން 2026

އެމެރިކާގެ ހަމަލާއެއްގައި އިންޑިއާގެ ތިން ފަޅުވެރިއަކު މަރުވެއްޖެ

11 ޖޫން 2026
އެމެރިކާގެ ހަމަލާއެއްގައި އިންޑިއާގެ ތިން ފަޅުވެރިއަކު މަރުވެއްޖެ
10 ޖޫން 2026

ތެޔޮ ޓޭންކަރަކަށް މިސައިލް ހަމަލާއެއްގައި ދެ ފަޅުވެރިން ގެއްލިއްޖެ

10 ޖޫން 2026
ތެޔޮ ޓޭންކަރަކަށް މިސައިލް ހަމަލާއެއްގައި ދެ ފަޅުވެރިން ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު