Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބްރޫކް ޖޯޖް

ދުބާއީގައި ލޯބިވެރިޔާ މަރާލި ތުހުމަތުގައި ޓިކްޓޮކް އިންފްލުއެންސަރަށް މަރުގެ އަދަބު ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ

ދުބާއީގައި އޭނާގެ ލޯބިވެރިޔާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިނގިރޭސިވިލާތުގެ ޓިކްޓޮކް އިންފްލުއެންސަރެއް ކަމަށްވާ ބްރޫކް ޖޯޖް، އެ އަމަލު ހިންގީ އަމިއްލަ ނަފްސު ދިފާއުކުރުމަށް ކަމަށް ބުނޭ. މި ހާދިސާ ހިނގުމުގެ ކުރިން ލޯބިވެރިޔާގެ ފަރާތުން ގެވެށި އަނިޔާ ލިބެމުންދިޔަ ކަމަށް އޭނާގެ އާއިލާއިން ބުނާއިރު، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދަނީ އޭނާއަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމަށް ގޮވާލަމުން.

ރާއްޖެ އެމްވީ | 25 ޖޫން 2026 | ބުރާސްފަތި 18:40
ބްރޫކް އަކީ މީސްމީޑިއާގައި ނުފޫޒުގަދަ ފަރާތެއް.

ބްރޫކް އަކީ މީސްމީޑިއާގައި ނުފޫޒުގަދަ ފަރާތެއް. | ޑިޓެއިންޑް އިން ޑުބާއީ

ދުބާއީގައި އޭނާގެ ލޯބިވެރިޔާ މަރާލި ކަމުގެ ތުހުމަތު ކުރެވޭ ޓިކްޓޮކް އިންފްލުއެންސަރެއް ކަމަށްވާ 23 އަހަރުގެ ބްރޫކް ޖޯޖަށް، މަރުގެ އަދަބު ކުރިމަތިވެދާނެ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތަކުން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ބްރޫކް ޖޯޖްގެ މައްޗަށް ދައުވާކޮށްފައިވަނީ، އިންޓަނެޓް މެދުވެރިކޮށް ދިމާވެގެން އުޅުނު އޭނާގެ ލޯބިވެރިޔާއަށް ވަޅިން ހަމަލާދީ މަރާލި ކަމުގެ ތުހުމަތުގައެވެ. މިކަން ހާމަކޮށްފައިވަނީ "ޑިޓެއިންޑް އިން ދުބާއީ" ނަމަކަށް ކިޔާ އެޑްވޮކަސީ ގްރޫޕަކުންނެވެ.

އެ ޖަމާއަތުން ބުނި ގޮތުގައި، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގައި އޭނާގެ ބައިވެރިޔާ ދިން އަނިޔާވެރި ހަމަލާއަކުން އަމިއްލަ ނަފްސު ދިފާއުކުރުމަށް ވަޅިއެއް ނެގި ކަމަށް ބްރޫކް ބުނެފައިވެއެވެ. އެ ޖަމާއަތުން ވަނީ އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލުމަށާއި، މި މައްސަލައަކީ ގެވެށި އަނިޔާގެ މައްސަލައެއްގެ ގޮތުގައި ބެލުމަށް ގޮވާލާފައެވެ.

އިނގިރޭސިވިލާތުގެ ފޮރިން ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުން ބުނީ، ޔޫއޭއީގައި ބަންދުކޮށްފައިވާ އިނގިރޭސި އަންހެނަކަށާއި އޭނާގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

ބްރޫކް ޖޯޖް ހައްޔަރުކުރީ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ރާވައިގެން މީހަކު މަރާލުމުގެ ދައުވާއެވެ.

މި ކުށް ސާބިތުވެއްޖެ ނަމަ، ޔޫއޭއީގެ ގާނޫނުތަކުގެ ދަށުން އޭނާ މަރަން ހުކުމް ކުރާނެއެވެ.

ދުބާއީއަށް ކުރި ފުރަތަމަ ދަތުރުގައި ބްރޫކް އެ ސިޓީ ސިފަކޮށްފައިވަނީ އޭނާގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސްތަކުގެ ގޮތުގައެވެ. ނަމަވެސް، "ޑިޓެއިންޑް އިން ދުބާއީ" ގެ ޗީފް އެގްޒެކެޓިވް ރާދާ ސްޓާލިން ބުނި ގޮތުގައި، އެ ސިޓީއަށް ކުރި ދެވަނަ ދަތުރުގައި އެ ދެމީހުންގެ ގުޅުން ގޯސްވެ، އަނިޔާވެރިކަމަށް ބަދަލުވިއެވެ.

ސްޓާލިން ބުނީ، ބްރޫކްގެ ބައިވެރިޔާ އޭނާގެ މައްޗަށް ބާރު ފޯރުވައި އަނިޔާކުރަން ފެށި ކަމަށާއި، ބްރޫކް ދުބާއީން ފުރަން މަސައްކަތް ކުރީ އޭނާގެ ގައިގައި ބައިވެރިޔާ ތަޅައި، ޕާސްޕޯޓް އަތުލައި، އަދި އެމީހުން ދިރިއުޅޭ އެޕާޓްމަންޓުގައި ހަމަލާދިނުމުން ކަމަށް ބްރޫކް ބުނެފައިވާ ކަމަށެވެ.

އޭނާގެ ފުރާނައަށް ނުރައްކާވެދާނެ ކަމުގެ ބިރު އޮތުމުން، އަތްފޯރާ ފަށުގައި އޮތް ބަދިގޭގައި ބޭނުންކުރާ ވަޅިއެއް ނަގައި، އަމިއްލަ ނަފްސު ދިފާއުކުރީ ކަމަށް ބްރޫކް ބުނި ކަމަށް ސްޓާލިން އިތުރަށް ބުންޏެވެ.

މަސްދަރު: ބީބީސީ

ބްރޫކް ޖޯޖްދުބާއީޔޫއޭއީޑިޓެއިންޑް އިން ދުބާއީއިނގިރޭސިވިލާތް

އިތުރަށް ކިޔާލަން

25 ޖޫން 2026

ދަރިވަރުން ވިސާ އަށް ފައިސާ ދެއްކުމަށް ޚާއްސަ ލިމިޓެއް ދޫކުރުމަށް ބީއެމްއެލުން ނިންމައިފި

25 ޖޫން 2026
ދަރިވަރުން ވިސާ އަށް ފައިސާ ދެއްކުމަށް ޚާއްސަ ލިމިޓެއް ދޫކުރުމަށް ބީއެމްއެލުން ނިންމައިފި
25 ޖޫން 2026

މެމްބަރެއްގެ ގޮތުގައި ސްޓާމާ ދެމި ހުންނަވާނެ، ބާންހަމްގެ ކެބިނެޓުން މަޤާމެއް ދޭން އުޅޭ ކަމުގެ އަޑު ތަކެއް!

25 ޖޫން 2026
މެމްބަރެއްގެ ގޮތުގައި ސްޓާމާ ދެމި ހުންނަވާނެ، ބާންހަމްގެ ކެބިނެޓުން މަޤާމެއް ދޭން އުޅޭ ކަމުގެ އަޑު ތަކެއް!
25 ޖޫން 2026

ބާންހަމް އަކީ ރަށެއްގެ މޭޔަރެއް، އޭނާ އަކީ ލިބަރަލް ފިކުރުގެ މީހެއް: ޓްރަމްޕް

25 ޖޫން 2026
ބާންހަމް އަކީ ރަށެއްގެ މޭޔަރެއް، އޭނާ އަކީ ލިބަރަލް ފިކުރުގެ މީހެއް: ޓްރަމްޕް
25 ޖޫން 2026

މުޅި ހުޅަނގު ޔޫރަޕަށް ގަދަ ހޫނު ފެތުރި، ފްރާންސް ގައި "ރެޑް ހީޓް އެލާޓް" ނެރެފި

25 ޖޫން 2026
މުޅި ހުޅަނގު ޔޫރަޕަށް ގަދަ ހޫނު ފެތުރި، ފްރާންސް ގައި "ރެޑް ހީޓް އެލާޓް" ނެރެފި
24 ޖޫން 2026

އިނގިރޭސި ރަސްގެފާނު އަޅުގަނޑާ ސަލާން ކުރައްވާފައިވެސް ވިދާޅުވީ މަހުގެ ވާހަކަ: މިނިސްޓަރު ޝިޔާމް

24 ޖޫން 2026
އިނގިރޭސި ރަސްގެފާނު އަޅުގަނޑާ ސަލާން ކުރައްވާފައިވެސް ވިދާޅުވީ މަހުގެ ވާހަކަ: މިނިސްޓަރު ޝިޔާމް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު