Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއައިފޯން 18 ގެ މައުލޫމާތު ލީކުވުން

އިންޑިއާގެ ޓާޓާ ގްރޫޕަށް ދިން ސައިބަރ ހަމަލާއަކުން އައިފޯން 18 ގެ މައުލޫމާތު ލީކުވެއްޖެ

ޓާޓާ އިލެކްޓްރޯނިކްސްގެ ސާވަރތަކަށް ދިން ސައިބަރ ހަމަލާއެއްގައި، 2026 ވަނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ އައިފޯން 18 ޕްރޯ މެކްސްގެ މަދަރބޯޑުގެ ކުރެހުންތަކާއި 2 ނެނޯމީޓަރުގެ ޗިޕްސެޓްގެ ޓެކްނޮލޮޖީގެ މައުލޫމާތުތައް ވަނީ ލީކުވެފަ. މި ހާދިސާގައި ފޯނުގެ އެތެރޭގެ އޮނިގަނޑާއި ކެމެރާ ސިސްޓަމަށް ގެންނަ ބަދަލުތައް ހާމަވުމަކީ އެޕަލްގެ ވިޔަފާރި އާއި ރައްކާތެރިކަމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް މުހައްލިލުން ދެކެ.

ޖިނާ
ޖިނާ | 30 ޖޫން 2026 | އަންގާރަ 06:26
އެޕަލް ކުންފުނީގެ އުފެއްދުންތައް ތައްޔާރުކުރުމުގައި އިންޑިއާގައި ހަރަކާތްތެރިވާ އެންމެ މުހިންމު އެއް ބައިވެރިޔާ ކަމަށްވާ ޓާޓާ އިލެކްޓްރޯނިކްސްއަށް ދިން ސައިބަރ ހަމަލާއަކާ ގުޅިގެން، އައިފޯން 18 ޕްރޯ އަދި އައިފޯން 18 ޕްރޯ މެކްސްއާ ބެހޭ މައުލޫމާތު ލީކުވެއްޖެ

އެޕަލް ކުންފުނީގެ އުފެއްދުންތައް ތައްޔާރުކުރުމުގައި އިންޑިއާގައި ހަރަކާތްތެރިވާ އެންމެ މުހިންމު އެއް ބައިވެރިޔާ ކަމަށްވާ ޓާޓާ އިލެކްޓްރޯނިކްސްއަށް ދިން ސައިބަރ ހަމަލާއަކާ ގުޅިގެން، އައިފޯން 18 ޕްރޯ އަދި އައިފޯން 18 ޕްރޯ މެކްސްއާ ބެހޭ މައުލޫމާތު ލީކުވެއްޖެ | ރޮއިޓާސް

އެޕަލް ކުންފުނިން 2026 ވަނަ އަހަރު ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ އައިފޯން 18 ޕްރޯ މެކްސްގެ މުހިންމު މައުލޫމާތުތަކެއް، އިންޑިއާގެ ޓާޓާ ގްރޫޕަށް ކުރިމަތިވި ސައިބަރ ހަމަލާއަކާ ގުޅިގެން ލީކުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި ހާދިސާއަކީ އެޕަލްގެ ސަޕްލައި ޗެއިންގެ ރައްކާތެރިކަމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިގެންދިޔަ ކަމެއް ކަމަށް ޓެކްނޮލޮޖީގެ ދާއިރާގެ ޚަބަރުތައް ބުނެ އެވެ.

ލީކުވި މި މައުލޫމާތުތަކުގެ ތެރޭގައި އައިފޯން 18 ޕްރޯ މެކްސްގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ މައި ބޯޑު ނުވަތަ މަދަރބޯޑުގެ ކުރެހުންތަކާއި، އެ ފޯނަށް ބޭނުންވާ އެކި ބައިތައް އުފައްދާ ކުންފުނިތަކުގެ ލިސްޓު ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މީގެ އިތުރުން ފޯނުގެ އެތެރޭގެ އޮނިގަނޑު ހުންނާނެ ގޮތުގެ ފޮޓޯތަކެއް ވެސް ވަނީ އާންމުވެފަ އެވެ. މިއީ އާންމުކޮށް އުފެއްދުމެއް ބާޒާރަށް ނެރުމުގެ ކުރިން މިފަދަ ތަފްސީލީ މައުލޫމާތުތަކެއް ހާމަވި ފުރަތަމަ ފަހަރު ކަމަށް މުހައްލިލުން ފާހަގަކުރެއެވެ.

ޓާޓާ އިލެކްޓްރޯނިކްސްއަށް އަމާޒުކޮށް ދިން މި ހަމަލާގައި އެ ކުންފުނީގެ ސާވަރުތަކުން ގިނަ އަދަދެއްގެ ސިއްރު ލިޔެކިޔުންތައް ވަނީ ވަގަށް ނަގާފައެވެ. މި ލިޔެކިޔުންތަކުން ހާމަވާ ގޮތުގައި، އެޕަލްއިން ދަނީ އައިފޯން 18 ސީރީޒްގައި ބޭނުންކުރުމަށްޓަކައި 2 ނެނޯމީޓަރުގެ ޓެކްނޮލޮޖީގެ ޗިޕްސެޓްތަކެއް ތައްޔާރުކުރަމުންނެވެ. މީގެ އިތުރުން ކެމެރާ ސިސްޓަމަށް ގެންނަން ނިންމާފައިވާ ބޮޑެތި ބަދަލުތަކާއި، ބެޓެރީގެ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ވެސް މި ލީކުގައި ހިމެނޭ ކަމަށް އޮފިޝަލުން ބުނެ އެވެ.

މި މައުލޫމާތުތައް ހާމަވުމާ ގުޅިގެން އެޕަލް ކުންފުނިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް، މިފަދަ މައުލޫމާތުތަކަކީ ވިޔަފާރީގެ ގޮތުންނާއި ވާދަވެރިކަމުގެ ގޮތުން ނުހަނު މުހިންމު މައުލޫމާތުތަކަކަށް ވާތީ، މިއީ އެޕަލްއަށް ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި މީޑިއާތަކުން ސިފަކުރެ އެވެ. ޓާޓާ ގްރޫޕަކީ މިހާރު އިންޑިއާގައި އެޕަލްގެ އުފެއްދުންތައް އެސެމްބަލް ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ކުންފުންޏެވެ.

މި ހާދިސާއާ ގުޅިގެން ސައިބަރ ސެކިއުރިޓީގެ މާހިރުން ބުނަނީ، ބޮޑެތި ކުންފުނިތަކުގެ ސަޕްލައި ޗެއިންގައި ހިމެނޭ ކުދި ނުވަތަ މެދު ފަންތީގެ ކުންފުނިތަކަކީ ހެކަރުންގެ މައިގަނޑު އަމާޒަކަށް ވެފައިވާ ކަމަށެވެ. މި ލީކުގެ ސަބަބުން އެޕަލްގެ ކުރިމަގުގެ ރޭވުންތަކަށް ބަދަލުތަކެއް އަތުވެދާނެ ކަމަށް ބެލެވޭއިރު، އިންޑިއާގައި އައިފޯން އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް މިކަމުގެ ސަބަބުން އަސަރުކޮށްފާނެ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.

މަސްދަރު: Reuters

އެޕަލްޓާޓާ ގްރޫޕްޓާޓާ އިލެކްޓްރޯނިކްސްއިންޑިއާސައިބަރ ހަމަލާތައް

އިތުރަށް ކިޔާލަން

29 ޖޫން 2026

ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވައިފި

29 ޖޫން 2026
ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވައިފި
27 ޖޫން 2026

އެއާ އިންޑިއާގެ ފްލައިޓެއް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެވުނު މައްސަލައެއްގައި ޕައިލެޓް ވަޒީފާއިން ސަސްޕެންޑްކޮށްފި

27 ޖޫން 2026
އެއާ އިންޑިއާގެ ފްލައިޓެއް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެވުނު މައްސަލައެއްގައި ޕައިލެޓް ވަޒީފާއިން ސަސްޕެންޑްކޮށްފި
25 ޖޫން 2026

މެމަރީގެ އަގު ބޮޑުވުމުން އެޕަލްއިން ޕްރޮޑަކްޓްތަކުގެ އަގު އުފުލަނީ

25 ޖޫން 2026
މެމަރީގެ އަގު ބޮޑުވުމުން އެޕަލްއިން ޕްރޮޑަކްޓްތަކުގެ އަގު އުފުލަނީ
21 ޖޫން 2026

"ކޮކްރޯޗް ޖަންތާ ޕާޓީ" ގެ ސަޕޯޓަރުން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދިނުމަށް ގޮވާލައި އެ ގައުމުގެ ވެރިރަށް ނިއުދިއްލީގައި ކޭމްޕް ޖަހައިފި

21 ޖޫން 2026
"ކޮކްރޯޗް ޖަންތާ ޕާޓީ" ގެ ސަޕޯޓަރުން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދިނުމަށް ގޮވާލައި އެ ގައުމުގެ ވެރިރަށް ނިއުދިއްލީގައި ކޭމްޕް ޖަހައިފި
20 ޖޫން 2026

80 އަހަރުގެ އަންހެނަކު 60 އަހަރު ވަންދެން ކޮންމެ ދުވަހަކު ވެއްޔާއި ހިލަ ކައިފި

20 ޖޫން 2026
80 އަހަރުގެ އަންހެނަކު 60 އަހަރު ވަންދެން ކޮންމެ ދުވަހަކު ވެއްޔާއި ހިލަ ކައިފި
18 ޖޫން 2026

ދުޅަހެޔޮ ސިއްހަތަކަށް ކެއުމުގައި ހިމެނުން އެންމެ ފައިދާހުރި މޭވާތައް އިނގޭތަ؟

18 ޖޫން 2026
ދުޅަހެޔޮ ސިއްހަތަކަށް ކެއުމުގައި ހިމެނުން އެންމެ ފައިދާހުރި މޭވާތައް އިނގޭތަ؟
17 ޖޫން 2026

1.4 ބިލިއަން އާބާދީ އޮތް އިންޑިއާއަށް ފީފާ ވޯލްޑް ކަޕުން ފުރުސަތެއް ނުލިބެނީ ކީއްވެ؟

17 ޖޫން 2026
1.4 ބިލިއަން އާބާދީ އޮތް އިންޑިއާއަށް ފީފާ ވޯލްޑް ކަޕުން ފުރުސަތެއް ނުލިބެނީ ކީއްވެ؟
16 ޖޫން 2026

މެޑިކަލް ދާއިރާ އަށް ވަނުމަށް ބާއްވާ އިމްތިހާނުގައި މަކަރު ހަދާފާނެތީ އިންޑިއާގައި ޓެލެގްރާމް ބްލޮކްކޮށްފި

16 ޖޫން 2026
މެޑިކަލް ދާއިރާ އަށް ވަނުމަށް ބާއްވާ އިމްތިހާނުގައި މަކަރު ހަދާފާނެތީ އިންޑިއާގައި ޓެލެގްރާމް ބްލޮކްކޮށްފި
14 ޖޫން 2026

އީރާންގެ ހަތަރު ބޭންކަކަށް ސައިބަރ އެޓޭކެއް ދީފި

14 ޖޫން 2026
އީރާންގެ ހަތަރު ބޭންކަކަށް ސައިބަރ އެޓޭކެއް ދީފި
13 ޖޫން 2026

އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓިއްޖެ

13 ޖޫން 2026
އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު