Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ދީނަށް ލޯބި ކުރާ މީހުންނާއި ތަނަވަސްކަން ހުރި މީހުން ގިނަވާ ވަރަކަށް ހައްޖު ކިޔު ދިގުވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

4 އޯގަސްޓު 2026 | އަންގާރަ 17:24

ދީނަށް ލޯބިކުރާ މީހުންނާއި ތަނަވަސްކަން އިތުރުވެ، ހައްޖަށް ދާން ބޭނުންވާ މީހުން އިތުރުވާ ވަރަކަށް ހައްޖަށް ކިޔު ދިގުވަމުންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ. މިނިސްޓަރު ޝަހީމް ވިދާޅުވީ ހައްޖު ކިޔު ދިގުވުމަކީ ތަބީއީ ކަމެއް ކަމަށް. އަދި މިސްރު، އިންޑޮނީޝިއާ، ޕާކިސްތާނު ފަދަ ގައުމުތަކުގައި ވެސް ހައްޖު ކިޔު މިލިއަނުން އޮންނާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 4 އޯގަސްޓު 2026 | އަންގާރަ 17:24
އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ވާހަކަ ދައްކަވަނީ

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ވާހަކަ ދައްކަވަނީ | ރައްޔިތުންގެ މަޖިލިސް

ދީނަށް ލޯބިކުރާ މީހުންނާއި ތަނަވަސްކަން އިތުރުވެ، ހައްޖަށް ދާން ބޭނުންވާ މީހުން އިތުރުވާ ވަރަކަށް ހައްޖު ކިޔު ދިގުވަމުންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވަނީ ދިވެހި ސަރުކާރާއި ސައުދީ ސަރުކާރާ ދެމެދު ގާތް ގުޅުމެއް އުފެދިފައި އޮތްކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވަމުންދާކަމަށާއި އެހެންކަމަށްވާ ނަމަ، ހައްޖު ކޯޓާ އިތުރު ކުރުމުގައި އެއްވެސް އުއްމީދެއް އެބަ އޮތްތޯ ސުވާލު ކުރައްވާފައި އެވެ. 

Advertisement - newsAdvertisement

މެންބަރު ޒިޔާދުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ހައްޖު ކިޔު ދިގުވުމަކީ ތަބީއީ ކަމެއް ކަމަށެވެ. އަދި މިސްރު، އިންޑޮނީޝިއާ، ޕާކިސްތާނު ފަދަ ގައުމުތަކުގައި ވެސް ހައްޖު ކިޔު މިލިއަނުން އޮންނާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ. 

މިނިސްޓަރު ޝަހީމް ވިދާޅުވީ ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުން ކޮށްގެން ހައްޖަށް ދާން ފައިސާ ދައްކާ މީހުންނަކީ މި އަންނަ އަހަރު ހައްޖަށް ދާން ބޭނުންވާ މީހުންނަށް ނުވެދާނެ ކަމަށެވެ. އެގޮތުން ބައެއް މީހުން އެމީހުންގެ ދަރިން މީގެ 10 އަހަރު ފަހުން ހައްޖަށް ދާން މިހާރު ފައިސާ ދައްކާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ. 

މީގެއިތުރުން ހައްޖަށް ދިޔުމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލެއް އަންނާނެ ކަމަށާއި، އެއްވެސް ގައުމަކަށް ހައްޖު ކޯޓާ އިތުރުވެގެން ދާނަމަ ރާއްޖެއަށް ވެސް އިތުރު ވެގެން ދާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ. 

ޕްލޭން ކުރެވިގެން މިހާރު އެ ދަނީ، މިހާރު މިކަން އިންތިޒާމްވެފައި މިއޮތީ ހަގީގަތުގައި ވަރަށް ރަނގަޅަށް ދެން އެހެންނޫނީއާ މުއްސަނދިންނަށް އެކަނި ހައްޖަށް ދެވެނީ ފަގީރު މީހާއަށް ނޯވޭ ހައްޖަށް ދާކަށް، ކޯޓާތައް އަމިއްކަ ކުންފުނިތަކުން މީހުންނަށް ބޮޑު އަގުގައި ވިއްކަމުން ދިޔައީ، އެހެންވީމަ އެ ނިޒާމް އެވަނީ ނިމިފައި 
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު 

ސައުދީ އަރަބިއްޔާގެ ޝޫރާ މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގެންނެވިކަން ފާހަގަ ކުރައްވައި، ރާއްޖެ އާއި ސައުދީއާ ދެމެދު އޮތީ ވަރަށް ރަނގަޅު ގުޅުމެއް ގާއިމު ކުރެވިފައި ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.  

ސަރުކާރުގެ ހަރަދުގައި ހައްޖަށް މީހުން ފޮނުވުމާއި ގުޅިގެން ފައިސާ ދައްކާފައިވާ މީހުން ތިއްބާ އެ މީހުންނަށް ފުރުސަތު ނުދީ ހައްޖު ކިޔުގެ ބޭރުން ބަޔަކަށް ފުރުސަތު ދީފައިވާކަމުގެ ތަހުމަތުތަކެއް ވަނީ މިނިސްޓަރު ޝަހީމަށް އަމާޒުވެފައި އެވެ. ނަމަވެސް މިނިސްޓަރު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާ، ހައްޖު ކިޔުއަށް ނުފޫޒު ނުފޯރުވާ ކަމަށް ވިދާޅުވެފައި އެވެ.  

ޑރ މުޙައްމަދު ޝަހީމް އަލީ ސައީދުހައްޖުރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

04 އޯގަސްޓު 2026

ބިންގަލެއް އަޅާފައި ހުރިއްޔާ މައްޗަށް އަރާނެ، ކުޑަކޮށް ލަސްވެސް ވެދާނެ: މިނިސްޓަރު ޝަހީމް

04 އޯގަސްޓު 2026
ބިންގަލެއް އަޅާފައި ހުރިއްޔާ މައްޗަށް އަރާނެ، ކުޑަކޮށް ލަސްވެސް ވެދާނެ: މިނިސްޓަރު ޝަހީމް
04 އޯގަސްޓު 2026

މަސައްކަތް ހަވާލުކުރިތާ އެއް އަހަރު ފަހުން، ކުޑަރިކިލު މިސްކިތުގެ އަމަލީ މަސައްކަތް އޮގަސްޓު 15 ގައި ފެށޭނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

04 އޯގަސްޓު 2026
މަސައްކަތް ހަވާލުކުރިތާ އެއް އަހަރު ފަހުން، ކުޑަރިކިލު މިސްކިތުގެ އަމަލީ މަސައްކަތް އޮގަސްޓު 15 ގައި ފެށޭނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ
03 އޯގަސްޓު 2026

ފެނަކައިގެ އޮޕަރޭޝަންތައް ފުޅާވުމުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދިޔަ: ނާޒިލް

03 އޯގަސްޓު 2026
ފެނަކައިގެ އޮޕަރޭޝަންތައް ފުޅާވުމުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދިޔަ: ނާޒިލް
03 އޯގަސްޓު 2026

އައްޑޫ ބްރިޖާ ގުޅިގެން ހުޅުދޫ ދާއިރާގެ މެންބަރު ޝާހިދު ކުރެއްވި އުއްމީދީ ސުވާލަށް މިނިސްޓަރު ދެއްވީ ނާއުއްމީދީ ޖަވާބެއް

03 އޯގަސްޓު 2026
އައްޑޫ ބްރިޖާ ގުޅިގެން ހުޅުދޫ ދާއިރާގެ މެންބަރު ޝާހިދު ކުރެއްވި އުއްމީދީ ސުވާލަށް މިނިސްޓަރު ދެއްވީ ނާއުއްމީދީ ޖަވާބެއް
03 އޯގަސްޓު 2026

އިންހައުސް މަސައްކަތުގައި އުޅުނު މީހުންގެ ތެރެއިން އިތުރަށް 2 ލައްކަ ރުފިޔާ ދީފައިވާ މީހުންގެ އަތުން އެ ފައިސާ އަނބުރާ ހޯދަން މަޖިލީހުން ފެނަކަ އަށް އަންގައިފި

03 އޯގަސްޓު 2026
އިންހައުސް މަސައްކަތުގައި އުޅުނު މީހުންގެ ތެރެއިން އިތުރަށް 2 ލައްކަ ރުފިޔާ ދީފައިވާ މީހުންގެ އަތުން އެ ފައިސާ އަނބުރާ ހޯދަން މަޖިލީހުން ފެނަކަ އަށް އަންގައިފި
03 އޯގަސްޓު 2026

ކުނި އުކާލުމުގެ ތެރެއިން ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅި، ފަޅު ހަޑިވަމުންދާ މައްސަލައިގައި މެންބަރު ކުޑޫގެ ސުވާލުތަކެއް ވެމްކޯގެ އެމްޑީ މުޖުތަބާ އަށް!

03 އޯގަސްޓު 2026
ކުނި އުކާލުމުގެ ތެރެއިން ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅި، ފަޅު ހަޑިވަމުންދާ މައްސަލައިގައި މެންބަރު ކުޑޫގެ ސުވާލުތަކެއް ވެމްކޯގެ އެމްޑީ މުޖުތަބާ އަށް!
03 އޯގަސްޓު 2026

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް 2 މެންބަރުން އިތުރު ކުރާ ބިލު ބަލައިގަނެ، ކޮމިޓީ އަށް

03 އޯގަސްޓު 2026
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް 2 މެންބަރުން އިތުރު ކުރާ ބިލު ބަލައިގަނެ، ކޮމިޓީ އަށް
03 އޯގަސްޓު 2026

ރަށްރަށަށް ވަޑައިގެން 6 މަސް ދުވަހުން މަޝްރޫއުތައް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވަނީ މިނިސްޓްރީން ބުނެގެންތޯ ކުރި ސުވާލަށް މިނިސްޓަރު މުއްތަލިބު ޖަވާބެއް ނުދެއްވި

03 އޯގަސްޓު 2026
ރަށްރަށަށް ވަޑައިގެން 6 މަސް ދުވަހުން މަޝްރޫއުތައް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވަނީ މިނިސްޓްރީން ބުނެގެންތޯ ކުރި ސުވާލަށް މިނިސްޓަރު މުއްތަލިބު ޖަވާބެއް ނުދެއްވި
03 އޯގަސްޓު 2026

2025 ވަނަ އަހަރުގެ ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްތަލިބު: "އެޖެންޑާ ކުރެވޭލެއް ލަސްވުމަކީ އަޅުގަނޑު ޒިންމާވާން ޖެހޭ ކަމެއް ނޫން"

03 އޯގަސްޓު 2026
2025 ވަނަ އަހަރުގެ ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްތަލިބު: "އެޖެންޑާ ކުރެވޭލެއް ލަސްވުމަކީ އަޅުގަނޑު ޒިންމާވާން ޖެހޭ ކަމެއް ނޫން"
01 އޯގަސްޓު 2026

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް!

01 އޯގަސްޓު 2026
މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް