Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ސަރުކާރަށް ފާޑުކިޔާ ޕީއެންސީގެ މަޖިލީހުގެ މެންބަރުންނަށް ދެވަނަ ފަހަރަށް އެފަދަ ވާހަކައެއް ނުދެއްކޭ ވަރަށް އިންޒާރުދީ، ފިއްތުންތައް ކުރިމަތިކުރުވާ: މެންބަރު ނާޒިލް

6 އޯގަސްޓު 2026 | ބުރާސްފަތި 06:08

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ ޕީއެންސީގެ މެންބަރުންނަށް އިންޒާރުދީ، މަޖިލީހުގައި ރައްޔިތުންގެ ހައްގުގައި ބަސްބުނުމުގެ ފުރުސަތު މި ސަރުކާރުން ހަނިކުރަމުންދާ ކަމަށް މެންބަރު ނާޒިލް ވިދާޅުވި. އަދި ތަކެތީގެ އަގު އުފުލި އިގްތިސާދީ ދަތިތައް ކުރިމަތިވާއިރު، މެންބަރުންގެ އަޑު ކަނޑުވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މެންބަރު ނާޒިލް ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 6 އޯގަސްޓު 2026 | ބުރާސްފަތި 06:08
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފާޑުކިޔާ ޕީއެންސީގެ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް އިންޒާރުދޭ ކަމަށާއި، ދެވަނަ ފަހަރަށް އެފަދަ ވާހަކައެއް ނުދެއްކޭ ވަރަށް މި ސަރުކާރުން ފިއްތުންތައް ކުރިމަތި ކުރުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު ނާޒިލް ވަނީ އިގްތިސާދީ ހާލަތާއި ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކާ ގުޅޭގޮތުން ވާހަކަދައްކަވައި، ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ. 

Advertisement - newsAdvertisement

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް ލޮޅުން އަންނަކަން ފާހަގަކުރައްވައި މެންބަރު ނާޒިލް ވިދާޅުވީ ރާއްޖޭގައި ކަރަންޓު ބިލްތައް ބޮޑުވެ، ކާބޯތަކެތީގެ އަގުތައް އުފުލެމުންދާއިރު، ރައްޔިތުންގެ އާމްދަނީއަށް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށެވެ.

ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ތިބެ، މިފަދަ ވާހަކަތައް ދެއްކުމަކީ މަޖިލިސް މެންބަރުންގެ ޒިންމާއެއް ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ. ނަމަވެސް މިސަރުކާރުގެ ޕާޓީއަށް ނިސްބަތްވާ ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ރައްޔިތުންގެ ހައްގުގައި އަދި ރައްޔިތުންގެ ހާލަތާމެދު ހަގީގަތާ އެއްގޮތަށް މަޖިލީހުގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ނެތް ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ. 

މިފަހުން ހިނގާދިޔަ ކަންތައްތަކަކަށް އަލިއަޅުއްވާލައްވައި ނާޒިލް ވިދާޅުވީ އެމްއޭސީއެލް ހިންގާ ގޮތާއި ވަޒީފާ ދޭ އުސޫލުތަކާ ގުޅޭގޮތުން ވާހަކަދެއްކެވި މެންބަރަކު އޭނާ ހުރި ކޮމިޓީން ބަދަލުކޮށް، އަނގަބަންދުކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި މުވައްޒަފުން ނުހައްގުން ވަޒީފާއިން ވަކި ކުރިނަމަވެސް ރައްޔިތު މީހާގެ ހައްގުގައި ބަސް ބުނެވެން ނެތް ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ. 

މިއަދު އެ ބޭފުޅުން ކިތަންމެ ވަރަކަށް ރައްޔިތުންގެ މަޖިލީހުގައި އެ ބޭފުޅުންގެ މެންބަރުން އެއްޗެކޭ ބުނަން ބޭނުންވެފައި ތިބިޔަސް ވެސް އެ ބޭފުޅުންނަކަށް ނޭނގެ އެ ވާހަކަ ދެއްކޭކަށް. ހުއްޓުވަނީ. ހަމަ އެންމެ އެއްޗެއް ބުނާއިރަށް އެ ހުއްޓުވަނީ
އިބްރާހީމް ނާޒިލް

މީގެ އިތުރުން މެންބަރު ނާޒިލް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ މެންބަރުންނަށް އިންޒާރުދޭ ކަމަށާއި، ދެވަނަ ފަހަރަށް އެފަދަ ވާހަކައެއް ނުދެއްކޭ ވަރަށް ފިއްތުންތައް ކުރިމަތިކުރުމަކީ މި ސަރުކާރުން އާންމުކޮށް ކުރަމުންދާ ކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ ޝަކުވާތައް މަޖިލީހާ ހަމައަށް އަންނަމުންދާއިރު، ސަރުކާރު މެންބަރުންނަށް އޮތީ ހަމައެކަނި ސަނާކިޔުންތޯ ނާޒިލް ސުވާލު އުފެއްދެވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ވާހަކަދެއްކުމުގެ މިނިވަންކަން މަޖިލިސް މެންބަރުންނަށް އޮންނަންޖެހޭ ކަމަށާއި، ސަރުކާރުގެ ނުފޫޒުން މެންބަރުންގެ އަޑު ކަނޑުވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. 

އެހެންކަމުން މިސަރުކާރާ ދެކޮޅަށް ހުރިހާ ރައްޔިތުން ނުކުމެ އަޑު އުފުލުމަށް ނާޒިލް ގޮވާލެއްވި އެވެ. 

ޕީއެންސީރައްޔިތުންގެ މަޖިލިސްއިބްރާހިމް ނާޒިލް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

05 އޯގަސްޓު 2026

ކައުންސިލްތަކުގެ ބާރު ކަނޑުވާލާއިރު، ޕީއެންސީ ކައުންސިލަރުން ވެސް އެމްޑީޕީއާއެކު އިހުތިޖާޖަށް ނުކުންނާނެ ކަމަށް އުންމީދުކުރަން: ނަޝީދު

05 އޯގަސްޓު 2026
ކައުންސިލްތަކުގެ ބާރު ކަނޑުވާލާއިރު، ޕީއެންސީ ކައުންސިލަރުން ވެސް އެމްޑީޕީއާއެކު އިހުތިޖާޖަށް ނުކުންނާނެ ކަމަށް އުންމީދުކުރަން: ނަޝީދު
05 އޯގަސްޓު 2026

މެންބަރުން ތިބީ އަޅުންގެ ގޮތުގައި ބަނދެވިފައި، އެގޮތުގައި ތިބެ ރައްޔިތުންގެ ޙައްގުގައި ވަކާލާތެއް ނުކުރެވޭނެ: މެންބަރު ޒިޔާދު

05 އޯގަސްޓު 2026
މެންބަރުން ތިބީ އަޅުންގެ ގޮތުގައި ބަނދެވިފައި، އެގޮތުގައި ތިބެ ރައްޔިތުންގެ ޙައްގުގައި ވަކާލާތެއް ނުކުރެވޭނެ: މެންބަރު ޒިޔާދު
05 އޯގަސްޓު 2026

މަސައްކަތް ހަވާލުކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު ވެސް، ކިހާދޫ ކުނީގެ މަރުކަޒުގެ މަސައްކަތް ނުފެށި އޮތީ ޤާބިލު މީހުން ނުލިބިގެންކަމަށް މިނިސްޓަރު ވިދާޅުވެއްޖެ

05 އޯގަސްޓު 2026
މަސައްކަތް ހަވާލުކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު ވެސް، ކިހާދޫ ކުނީގެ މަރުކަޒުގެ މަސައްކަތް ނުފެށި އޮތީ ޤާބިލު މީހުން ނުލިބިގެންކަމަށް މިނިސްޓަރު ވިދާޅުވެއްޖެ
04 އޯގަސްޓު 2026

ދީނަށް ލޯބި ކުރާ މީހުންނާއި ތަނަވަސްކަން ހުރި މީހުން ގިނަވާ ވަރަކަށް ހައްޖު ކިޔު ދިގުވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

04 އޯގަސްޓު 2026
ދީނަށް ލޯބި ކުރާ މީހުންނާއި ތަނަވަސްކަން ހުރި މީހުން ގިނަވާ ވަރަކަށް ހައްޖު ކިޔު ދިގުވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ
04 އޯގަސްޓު 2026

ދައުލަތުގެ މީޑިއާގެ "ނޭޝަން ޗެޓުގައި" ޕީއެންސީގެ މުސްތަޤުބަލާއި ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވާހަކަ!

04 އޯގަސްޓު 2026
ދައުލަތުގެ މީޑިއާގެ "ނޭޝަން ޗެޓުގައި" ޕީއެންސީގެ މުސްތަޤުބަލާއި ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވާހަކަ!
04 އޯގަސްޓު 2026

ބިންގަލެއް އަޅާފައި ހުރިއްޔާ މައްޗަށް އަރާނެ، ކުޑަކޮށް ލަސްވެސް ވެދާނެ: މިނިސްޓަރު ޝަހީމް

04 އޯގަސްޓު 2026
ބިންގަލެއް އަޅާފައި ހުރިއްޔާ މައްޗަށް އަރާނެ، ކުޑަކޮށް ލަސްވެސް ވެދާނެ: މިނިސްޓަރު ޝަހީމް
04 އޯގަސްޓު 2026

މަސައްކަތް ހަވާލުކުރިތާ އެއް އަހަރު ފަހުން، ކުޑަރިކިލު މިސްކިތުގެ އަމަލީ މަސައްކަތް އޮގަސްޓު 15 ގައި ފެށޭނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

04 އޯގަސްޓު 2026
މަސައްކަތް ހަވާލުކުރިތާ އެއް އަހަރު ފަހުން، ކުޑަރިކިލު މިސްކިތުގެ އަމަލީ މަސައްކަތް އޮގަސްޓު 15 ގައި ފެށޭނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ
03 އޯގަސްޓު 2026

ފެނަކައިގެ އޮޕަރޭޝަންތައް ފުޅާވުމުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދިޔަ: ނާޒިލް

03 އޯގަސްޓު 2026
ފެނަކައިގެ އޮޕަރޭޝަންތައް ފުޅާވުމުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދިޔަ: ނާޒިލް
03 އޯގަސްޓު 2026

އައްޑޫ ބްރިޖާ ގުޅިގެން ހުޅުދޫ ދާއިރާގެ މެންބަރު ޝާހިދު ކުރެއްވި އުއްމީދީ ސުވާލަށް މިނިސްޓަރު ދެއްވީ ނާއުއްމީދީ ޖަވާބެއް

03 އޯގަސްޓު 2026
އައްޑޫ ބްރިޖާ ގުޅިގެން ހުޅުދޫ ދާއިރާގެ މެންބަރު ޝާހިދު ކުރެއްވި އުއްމީދީ ސުވާލަށް މިނިސްޓަރު ދެއްވީ ނާއުއްމީދީ ޖަވާބެއް
03 އޯގަސްޓު 2026

އިންހައުސް މަސައްކަތުގައި އުޅުނު މީހުންގެ ތެރެއިން އިތުރަށް 2 ލައްކަ ރުފިޔާ ދީފައިވާ މީހުންގެ އަތުން އެ ފައިސާ އަނބުރާ ހޯދަން މަޖިލީހުން ފެނަކަ އަށް އަންގައިފި

03 އޯގަސްޓު 2026
އިންހައުސް މަސައްކަތުގައި އުޅުނު މީހުންގެ ތެރެއިން އިތުރަށް 2 ލައްކަ ރުފިޔާ ދީފައިވާ މީހުންގެ އަތުން އެ ފައިސާ އަނބުރާ ހޯދަން މަޖިލީހުން ފެނަކަ އަށް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް