Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ސަރުކާރުން ބޭނުންވާއިރަށް ބަދަލެއް ދިނުމެއް ނެތި ރަށްތަކާއި މުދާ ދައުލަތަށް ނެގިގެން ނުވާނެ: ޝަމްހީދު

5 އޯގަސްޓު 2026 | ބުދަ 08:54

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން، އިންވެސްޓްމަންޓެއްގެ ބޮޑު ބައެއް ނިމިފައިވަނިކޮށް ބަދަލަކާ ނުލައި ދައުލަތަށް މުދާ ނެގޭ ގޮތަށް އޮތުމަކީ ގާނޫނުއަސާސީއާ ތަޢާރުޒުވާ ކަމެއް ކަމަށް މެންބަރު ޝަމްހީދު ވިދާޅުވެއްޖެ. ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ހުށަހަޅާފައިވާ މި ބަދަލުގެ ސަބަބުން، އަމިއްލަ ފަރާތްތަކުގެ މުދަލަށް އުނިކަން ލިބި ލާމަރުކަޒީ ނިޒާމުގެ ބާރުތައް ކުޑަވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 އޯގަސްޓު 2026 | ބުދަ 08:54
ބުދަ ދުވަހުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވާހަކަ ދައްކަވަނީ

ބުދަ ދުވަހުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ ބަދަލުގައި ހިމެނޭ ބައެއް މާއްދާތައް ޤާނޫނުއަސާސީއާ ތަޢާރުޒުވާ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ލާމަރުކަޒީ ގާނޫނަށް ގެނައުމަށް ހުށަހެޅިފައިވާ ބަދަލުތަކަށް ބަހުސް ކުރައްވަމުން ޑރ. ޝަމްހީދު ވިދާޅުވީ، މި ބިލުގައި ހިމެނޭ ގޮތަށް އިންވެސްޓްމަންޓުގެ ހަތްދިހަ ފަސް އިންސައްތަ މަސައްކަތް ކުރާ ފަހުންވެސް އެއްވެސް ބަދަލެއް ނެތި އެ މުދާ ދައުލަތަށް ނެގޭ ގޮތަށް އޮތުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

މެންބަރު ޝަމްހީދު ވިދާޅުވީ، ދިމާވާ ކަމަކުން އެ ޕްރޮޖެކްޓެއް ހުއްޓިދާނެ ކަމަށާއި، ދުނިޔެއަށް ދިމާވާ ކާރިސާއެއްގެ ސަބަބުން ވެސް މަޝްރޫއެއް ހުއްޓިދާނެ ކަމަށެވެ. އެހެންވެ އެ ހިސާބުން ސަރުކާރުން އެ ޕްރޮޖެކްޓެއް ބަދަލު ނުދީ ދައުލަތަށް އެ މުދާ ނެގޭ ގޮތަށް މި ޤާނޫނުގައި އޮތް އޮތުމަކީ ޤާނޫނުއަސާސީއާ ވެސް ތަޢާރުޒުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މެންބަރު އިތުރަށް ވިދާޅުވީ، މީހުންގެ މުދާ ނެގެންވާނީ އަދުލުވެރި ބަދަލެއް ދީގެން ކަމަށާއި އެ ކަންކަން ބަދަލުވާން ޖެހޭނެ ކަމަށެވެ.

ބިލުގައި އެބަވޭ އިންވެސްޓްމަންޓުގެ 75 އިންސައްތަ މަސައްކަތް ކުރާ ފަހުންވެސް އެއްވެސް ބަދަލެއް ނެތި، އެ މުދާ ދައުލަތަށް ނެގޭ ގޮތަށް، އަޅުގަނޑު ޤަބޫލެއް ނުކުރަން އެއީ ރަނގަޅު ގޮތެއް ކަމަކަށް، ހަމަ ދިމާވާ ކަމަކުން އެ ޕްރޮޖެކްޓެއް ހުއްޓިދާނެ، ދުނިޔެއަށް ދިމާވާ ކާރިސާއެއްގެ ސަބަބުންވެސް ހުއްޓިދާނެ، އެހާ ހިސާބުން ސަރުކާރުން އެ ޕްރޮޖެކްޓެއް ބަދަލު ނުދީ، ދައުލަތަށް އެ މުދާ ނެގޭގޮތަށް މި ޤާނޫނުގައި އޮތް އޮތުން ޤާނޫނުއަސާސީއާވެސް ތައާރުޒުވޭ، މީހުންގެ މުދާ ނެގެންވާނީ އަދުލުވެރި ބަދަލެއް ދީގެން، އެ ކަންކަން ބަދަލުވާން ޖެހޭނެ 
ޑރ. އަހުމަދު ޝަމްހީދު 

މި ބިލުގައި ހިމެނޭ ގޮތުން ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރުމަށް މައި ސަރުކާރުން ނިންމާ ހާލަތެއްގައި އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ހަދާފައިވެ އެވެ.

މި ބަދަލުގެ ސަބަބުން ކައުންސިލްތަކުގެ ބާރުތައް ކުޑަވެ ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބައެއް މެންބަރުން ފާހަގަކުރައްވަ އެވެ. މި ބިލަކީ ސަރުކާރުން ބޭނުންވާ ތަންތަން ކައުންސިލްތަކުގެ އިހުތިސާސުން ނަގައި ސަރުކާރުގެ އިހުތިސާސަށް ބަދަލުކުރެވޭނެ ގޮތް ހަދާ ބިލެއް ކަމަށް ވެސް ބައެއް މެންބަރުން ތަކުރާރުކޮށް ފާހަގަކުރައްވަ އެވެ.

ޑރ. އަހްމަދު ޝަމްހީދު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުޤާނޫނުއަސާސީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

05 އޯގަސްޓު 2026

ޕްރޮޖެކްޓް އައިލާ އެސްއީޒެޑަކަށް ބަދަލުކުރިގޮތާއި ރާއްޖެއިން ބޭރު މީހުންނަށް ރަށްވެހިކަން ލިބޭ ވިސާ ޕްރޮގްރާމަށް ހެންލީ އެންޑް ޕާޓްނާސް ހޮވި ގޮތާ ގުޅޭ ސުވާލުތަކަށް ސަރުކާރުން ޖަވާބުދާރީވާންޖެހޭ!

04 އޯގަސްޓު 2026

ކައުންސިލުގެ ބަހެއް ނެތި ކައުންސިލުގެ އިހުތިސާސުގައި ހުންނަ ބިންތަކާއި ތަންތަން ކެބިނެޓަށް ނެގޭ ގޮތަށް ހަދަނީ

04 އޯގަސްޓު 2026
ކައުންސިލުގެ ބަހެއް ނެތި ކައުންސިލުގެ އިހުތިސާސުގައި ހުންނަ ބިންތަކާއި ތަންތަން ކެބިނެޓަށް ނެގޭ ގޮތަށް ހަދަނީ
01 އޯގަސްޓު 2026

ރައީސްއެވެ. ފުރަތަމަ އިހުތިރާމްކުރުމުގެ ގައުމީ ކެމްޕެއިން ހިންގެވުމުގެ ބަދަލުގައި، މަޝްވަރާގެ މޭޒަށް ވަޑައިގަންނަވާށެވެ!

01 އޯގަސްޓު 2026
ރައީސްއެވެ. ފުރަތަމަ އިހުތިރާމްކުރުމުގެ ގައުމީ ކެމްޕެއިން ހިންގެވުމުގެ ބަދަލުގައި، މަޝްވަރާގެ މޭޒަށް ވަޑައިގަންނަވާށެވެ!
29 ޖުލައި 2026

ހުޅުމާލޭގެ ރައްޔިތުން ތިބީ ކުނި ނެރެވޭނެ ގޮތެއް ނެތި ކޮޓަރިތަކުގައި ކުނި ޖަމާކޮށްގެން: ޝަމްހީދު

29 ޖުލައި 2026
ހުޅުމާލޭގެ ރައްޔިތުން ތިބީ ކުނި ނެރެވޭނެ ގޮތެއް ނެތި ކޮޓަރިތަކުގައި ކުނި ޖަމާކޮށްގެން: ޝަމްހީދު
28 ޖުލައި 2026

އަޑިނޭނގޭ އެއްބަސްވުމެއްގެ ދަށުން ޖިނާއީ ކުށްތައް ކޮށްފައިވާ ކުންފުންޏެއް މެދުވެރިކޮށް ރާއްޖެއިން ބިދޭސީންނަށް ދާއިމީ ރެސިޑެންސީ ވިއްކަން ސަރުކާރުން އުޅޭ މައްސަލަ މަޖިލިހަށް ވައްދައިފި، އެކަން މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފައިވޭ

ގާނޫނުއަސާސީ ގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން އެންމެ ގިނަ ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ: ޝަމްހީދު

28 ޖުލައި 2026
ގާނޫނުއަސާސީ ގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން އެންމެ ގިނަ ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ: ޝަމްހީދު
25 ޖުލައި 2026

މަސައްކަތްކުރާނެ މީހުން ނެތް ކަމަށް ބުނެ ރިޓަޔަރމަންޓް އުމުރު އިތުރު ކުރުމަށްފަހު، މުވައްޒަފުން ވަޒީފާއިން ކަނޑަމުންދާދިއުން ހަމައެއް ނުޖެހޭ: މެންބަރު ޝަމްހީދު

25 ޖުލައި 2026
މަސައްކަތްކުރާނެ މީހުން ނެތް ކަމަށް ބުނެ ރިޓަޔަރމަންޓް އުމުރު އިތުރު ކުރުމަށްފަހު، މުވައްޒަފުން ވަޒީފާއިން ކަނޑަމުންދާދިއުން ހަމައެއް ނުޖެހޭ: މެންބަރު ޝަމްހީދު
23 ޖުލައި 2026

އައްޑޫ ސިޓީގެ އިހްތިސާސުން އެ އަތޮޅު ސަވާހެލި ވަކިކޮށްފި

23 ޖުލައި 2026
އައްޑޫ ސިޓީގެ އިހްތިސާސުން އެ އަތޮޅު ސަވާހެލި ވަކިކޮށްފި
20 ޖުލައި 2026

ސަރުކާރުން މަޝްރޫއުތައް ހިންގުމުގެ ބަދަލުގައި އިސްކަންދެނީ ވާދައަށް އިވެންޓުތައް ބޭއްވުމަށް: ޝަމްހީދު

20 ޖުލައި 2026
ސަރުކާރުން މަޝްރޫއުތައް ހިންގުމުގެ ބަދަލުގައި އިސްކަންދެނީ ވާދައަށް އިވެންޓުތައް ބޭއްވުމަށް: ޝަމްހީދު
19 ޖުލައި 2026

އާދައިގެ މުވައްޒަފުން ވަކި ކުރަން ޖެހޭނީ، ސަރުކާރުގެ އިސްރާފު ހުއްޓާލައި ސިޔާސީ މުވައްޒަފުން ވަކި ކުރުމަށް ފަހު: މެންބަރު ޝަމްހީދު

19 ޖުލައި 2026
އާދައިގެ މުވައްޒަފުން ވަކި ކުރަން ޖެހޭނީ، ސަރުކާރުގެ އިސްރާފު ހުއްޓާލައި ސިޔާސީ މުވައްޒަފުން ވަކި ކުރުމަށް ފަހު: މެންބަރު ޝަމްހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް