Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މިއަދަކީ ސަރުކާރުން ރައްޔިތުންގެ ނިންމުންތަކަށް ގޮންޖަހާ، އެ މީހުންގެ ބާރު ދައްކާލުމުގެ ކުޅަދާނަކަމާއި ކެރުންތެރިކަން ދައްކާލާ ތާރީޚީ ދުވަސް: މެންބަރު އަމީން

23 އޯގަސްޓު 2026 | އާދީއްތަ 10:09

މަޖިލީހުގެ ގަދަރާއި އިއްޒަތް އަދި އިތުބާރު ގެއްލިގެން ދަނީ ދިވެހި ރައްޔިތުން ދީފައިވާ މެޖޯރިޓީގެ ނާޖައިޒު ފައިދާ ނަގާތީވެ ކަމަށް ފާހަގަ ކުރައްވާ މެންބަރު އަމީން ވިދާޅުވީ، ރައްޔިތުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނަށް ބާރު ދެއްކުމުގެ ގޮތުން ޤާނޫނަށް ބަދަލު ގެނައުމަކީ ހެޔޮ ނިޔަތެއްގައި ކޮށްފައިވާ ކަމެއް ކަމަށް ރައްޔިތުން ގަބޫލެއް ނުކުރާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 އޯގަސްޓު 2026 | އާދީއްތަ 10:09
ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް

ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް | ޕީޕަލްސް މަޖްލިސް

މިއަދަކީ ސަރުކާރުން ރައްޔިތުންގެ ނިންމުންތަކަށް ގޮންޖަހާ، އެ މީހުންގެ ބާރު ދައްކާލުމުގެ ކުޅަދާނަކަމާއި ކެރުންތެރިކަން ދައްކާލާ ތާރީހީ ދުވަސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.

އިދާރީ ދާއިރާތައް ލާމާރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލާ ހުށަހަޅާފައިވާ ޕެޓިޝަނަށް ބަހުސް ކުރައްވަމުން މެންބަރު އަމީން ވިދާޅުވީ، ކިތަންމެ ވަރަކަށް ދޮގު ހަދާ އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ޕެޓިޝަނަކީ ފުރަތަމަ ޕެޓިޝަނަށް ގޮންޖެހުމަށް ޕީއެންސީގެ ބައިވެރިވުމާ އެކު ހުށަހަޅާފައިވާ ޕެޓިޝަނެއް ކަމަށެވެ.

Advertisement - newsAdvertisement
ޕީއެންސީގެ ބައިވެރިވުން އޮތް ޕެޓިޝަނަކަށް އަޅުގަނޑުމެން މި ބަހުސް ކުރަނީ. ކިތަންމެ ވަރަކަށް ދޮގު ހަދާ އޮޅުވާލަން އުޅުނަކަސް ދިވެހި ރައްޔިތުންނަށް އެނގޭ ފުރަތަމަ ޕެޓިޝަނަށް ގޮންޖަހާލާ ބާރު ދައްކާލުމުގެ ދެވަނަ ޕެޓިޝަންކަން މިއަދު މިއޮތީ ހުށަހަޅާފައި
އަމީން ފައިސަލް 

މަޖިލީހުގެ ގަދަރާއި އިއްޒަތް އަދި އިތުބާރު ގެއްލިގެން ދަނީ ދިވެހި ރައްޔިތުން ދީފައިވާ މެޖޯރިޓީގެ ނާޖައިޒު ފައިދާ ނަގާތީވެ ކަމަށް ފާހަގަ ކުރައްވާ މެންބަރު އަމީން ވިދާޅުވީ، ރައްޔިތުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނަށް ބާރު ދެއްކުމުގެ ގޮތުން ޤާނޫނަށް ބަދަލު ގެނައުމަކީ ހެޔޮ ނިޔަތެއްގައި ކޮށްފައިވާ ކަމެއް ކަމަށް ރައްޔިތުން ގަބޫލެއް ނުކުރާނެ ކަމަށެވެ.

މެންބަރު އަމީން ވިދާޅުވީ، އެމްއެންޔޫ އިން ހަދާފައިވާ ސާރވޭ އަދި ރިސާރޗްތަކުން ރައްޔިތުންގެ ބަހެއް ރައްޔިތުންނާ ގުޅޭ ކަންކަމުގައި އޮންނަން ޖެހޭކަން ދައްކައިދޭ ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލާއެކު މިއަދާ ހަމައަށް ރައްޔިތުންނަށް ގޯތި ގެދޮރު ހަވާލު ނުކުރެވޭ ރަށްތަކެއް އެބަހުރި ކަމަށާއި، ޓޫރިޒަމް ޒޯނުގެ ބިންތައް ހަވާލު ނުކުރެވި ހުރި ރަށްތައް ވެސް އެބަހުރި ކަމަށް މެންބަރު އަމީން ވިދާޅުވި އެވެ. އަދި ސަރުކާރަށް މަޝްރޫއުތައް ހިންގުމަށް އެކި ރަށްތަކުގެ ކައުންސިލުން ބިންތައް ދީފައިވާއިރު މަސައްކަތްތައް ކުރިޔަށް ނުދާކަމަށް މެންބަރު އަމީން ވިދާޅުވި އެވެ.

މިއަދާ ހަމައަށް ލާމަރުކަޒީ ނިޒާމު އައިސް އެމްއެންޔޫ އިން ހަދައިފައިވާ ސާރވޭތަކާއި ރިސާރޗްތަކުން ދައްކަނީ ރައްޔިތުންގެ ބަހެއް ރައްޔިތުންނާ ގުޅޭ ކަންކަމުގައި އޮންނަން ޖެހޭކަމަށް. ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުތަކާއެކު ވަރަށް ބޮޑެތި ގެއްލުން ވަނީ ލިބިފައި. ބިންތައް ނުދެވޭނެ ކަމަށް އިއުލާނުކޮށް މިއަދާ ހަމައަށް ބިންތައް ނުދެވި އެބަހުރި ރަށްތައް. ޓުއަރިޒަމް ޒޯނަށް ބިންތައް ނުދެވި އެބަހުރި އިއުލާނުކޮށްފަ ބިޑް ހުށަހަޅާފަައި
އަމީން ފައިސަލް 

މެންބަރު އަމީން ވިދާޅުވީ، އީ-ޕެޓިޝަންގެ ގާނޫނަކީ މިވަގުތު މަޖިލީހުގެ މެޖޯރިޓީ އޮތް ޕީއެންސީ މެންބަރުންނަށް ވަގުތު ދީގެން އެ ބޭފުޅުން ހަދައިފައިވާ ގާނޫނެއް ކަމަށެވެ.

2026 އޮގަސްޓް 18 ގައި މަޖިލީހުން ވަނީ އެއް މައްސަލައަކާ ގުޅޭ ގޮތުން އެއް ޕެޓިޝަނަށް ވުރެ ގިނަ ޕެޓިޝަން ހުށަހެޅޭނެ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރަން ފާސްކޮށްފައި އެވެ.

ރައްޔިތުންގެ މަޖިލިސްއަމީން ފައިސަލް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

23 އޯގަސްޓު 2026

ސަވާހިލި އައްޑޫ އިން ވަކިކޮށް، އެ ސިޓީގެ ރައްޔިތުން ޓޫރިޒަމަށް އަލިކުރި އުއްމީދުގެ ހުޅުކޮޅު މި ސަރުކާރުން ނިއްވާލައިފި: މެންބަރު ދީދީ

23 އޯގަސްޓު 2026
ސަވާހިލި އައްޑޫ އިން ވަކިކޮށް، އެ ސިޓީގެ ރައްޔިތުން ޓޫރިޒަމަށް އަލިކުރި އުއްމީދުގެ ހުޅުކޮޅު މި ސަރުކާރުން ނިއްވާލައިފި: މެންބަރު ދީދީ
23 އޯގަސްޓު 2026

ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިވެހިރާއްޖެ ރޫޅާލަން: ރައީސް ނަޝީދު

23 އޯގަސްޓު 2026
ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިވެހިރާއްޖެ ރޫޅާލަން: ރައީސް ނަޝީދު
22 އޯގަސްޓު 2026

ސަރުކާރުން ނުފޫޒާއި ވަޒީފާގެ ބިރު ދައްކާކަމުގެ ބޮޑެތި ތުހުމަތުތައް އޮއްވައި، ބިންތައް އަތުލެވޭ އިސްލާހު އޮތް ގޮތަށް ފާސްކުރަން ގޮވާލާ ޕެޓިޝަނަށް 10،000 ސޮއި!

22 އޯގަސްޓު 2026
ސަރުކާރުން ނުފޫޒާއި ވަޒީފާގެ ބިރު ދައްކާކަމުގެ ބޮޑެތި ތުހުމަތުތައް އޮއްވައި، ބިންތައް އަތުލެވޭ އިސްލާހު އޮތް ގޮތަށް ފާސްކުރަން ގޮވާލާ ޕެޓިޝަނަށް 10،000 ސޮއި!
20 އޯގަސްޓު 2026

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އޮތް ގޮތަށް ފާސްކުރުމަށް ގޮވާލާ، ސަރުކާރަށް ތާއީދުކުރާ މީހުންގެ ޕެޓިޝަނުގައި ސޮއިކުރުމަށް އެސްއޯއީތަކުގެ މުވައްޒަފުންނަށް އަންނަނީ މަޖުބޫރު ކުރަމުން: ރައީސް ނަޝީދު

19 އޯގަސްޓު 2026

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އޮތް ގޮތަށް ފާސްކުރުމަށް ގޮވާލާ ޕެޓިޝަނަށް 6000ށް ވުރެ ގިނަ މީހުންގެ ސޮއި ހޯދިއިރު، މުވައްޒަފުންނަށް މަޖުބޫރު ކުރާކަމުގެ ތުހުމަތު!

ދިގުރަށު އަލިފާނުގެ ހާދިސާ: މަރުވި ބިދޭސީންނަކީ ނުގަވާއިދުން އުޅެމުން ދިޔަ މީހުންނާއި ޕާމިޓް ހަމަވެފައިވާ މީހުން، އެކަކަކީ ގެއްލިގެން ހޯދާ މީހެއް!

19 އޯގަސްޓު 2026
ދިގުރަށު އަލިފާނުގެ ހާދިސާ: މަރުވި ބިދޭސީންނަކީ ނުގަވާއިދުން އުޅެމުން ދިޔަ މީހުންނާއި ޕާމިޓް ހަމަވެފައިވާ މީހުން، އެކަކަކީ ގެއްލިގެން ހޯދާ މީހެއް!
18 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ގޮތަށް ހުށަހަޅާފައިވާ ބިލަކީ އަލުން މަރުކަޒީ ވުޒާރާތަކުގެ ދަށަށް ބާރުތައް ޖަމާކުރުމަށް ސިޔާސީ މަގުސަދެއްގައި ހުށަހަޅާފައިވާ ބިލެއް: ހޯރަފުށީ ކައުންސިލް

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލާއި ސަރުކާރުގެ މަސްލަހަތު ހިމެނޭ ބައެއް ބިލުތައް ނުނިމޭތީ އަނެއްކާ ވެސް ދައުރު ދަންމާލައިފި

18 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލާއި ސަރުކާރުގެ މަސްލަހަތު ހިމެނޭ ބައެއް ބިލުތައް ނުނިމޭތީ އަނެއްކާ ވެސް ދައުރު ދަންމާލައިފި
18 އޯގަސްޓު 2026

ސިޔާސީ މަޤާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު މިނިސްޓަރު ޒަރީރު ވިދާޅެއް ނުވި، ވިދާޅުވީ ސިޔާސަތުގެ ބޭރުން އެއްވެސް މުވައްޒަފަކު ނުނަގާ ކަމަށް

18 އޯގަސްޓު 2026
ސިޔާސީ މަޤާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު މިނިސްޓަރު ޒަރީރު ވިދާޅެއް ނުވި، ވިދާޅުވީ ސިޔާސަތުގެ ބޭރުން އެއްވެސް މުވައްޒަފަކު ނުނަގާ ކަމަށް
18 އޯގަސްޓު 2026

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 40،000 އަށް ވުރެ ގިނަ މުވައްޒަފުން، މިނިސްޓަރު ވިދާޅުވީ ވަކިކުރަނީ ވަކި ކުލައަކަށް ބަލައިގެން ނޫން ކަމަށް

18 އޯގަސްޓު 2026
ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 40،000 އަށް ވުރެ ގިނަ މުވައްޒަފުން، މިނިސްޓަރު ވިދާޅުވީ ވަކިކުރަނީ ވަކި ކުލައަކަށް ބަލައިގެން ނޫން ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް