Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ބޭރުކޮށްލަން ގޮވާލާ ޕެޓިޝަނަށް ބެލުމެއް ނެތި ކޮމިޓީ އިން އެ ބިލުގެ މަސައްކަތް ނިންމަނީ!

23 އޯގަސްޓު 2026 | އާދީއްތަ 11:40

ސަރުކާރުގެ މަޝްރޫއުތަކަށް ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިންތައް ނެގޭގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހާ ދެކޮޅަށް ހުށަހެޅި ޕެޓިޝަނަށް ބެލުމެއްނެތި، ބިލުގެ މަސައްކަތް ނިންމުމަށް މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައި. މި އިސްލާހުގެ ސަބަބުން ކައުންސިލްތަކުގެ ބާރު ކެނޑިދާނެތީ އާންމުންނާއި ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ސަރުކާރު ހިންގާ ޕާޓީގެ މެޖޯރިޓީ އޮތް ކޮމިޓީން ނިންމީ މިއަދުގެ ނިޔަލަށް ބިލުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 23 އޯގަސްޓު 2026 | އާދީއްތަ 11:40
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނައަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރުން

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނައަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރުން | ރައްޔިތުންގެ މަޖިލިސް

ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރަން ސަރުކާރުން ނިންމާ ހާލަތެއްގައި، އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ބޭރު ކޮށްލުމަށް ގޮވާލައި، ހުށަހަޅާފައިވާ ޕެޓިޝަނަށް ބެލުމެއް ނެތި، އެ ބިލުގެ މަސައްކަތް ނިންމުމަށް، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އިން ނިންމައިފި އެވެ.

އާދިއްތަ ދުވަހު އެ ކޮމިޓީ އިން ބޭއްވި ބައްދަލުވުމުގައި، އެ ބިލު ބޭރުކޮށްލުމަށް ގޮވާލައި ހުށަހަޅާފައިވާ ޕެޓިޝަނަށް ރިއާޔަތް ކުރުމެއް ނެތި ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒް އެެވެ. އަދި އެ ބިލު މަސައްކަތް ހޯމަ ދުވަހުގެ މެންދުރު 02:00 ގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ވަނީ ހުށަހަޅުއްވާފަ އެވެ. އެ ދެ ހުށަހެޅުއްވުން ވެސް ކޮމިޓީގެ އަޣުލަބިއްޔަތުން ވަނީ ފާސްވެފަ އެވެ. 

Advertisement - newsAdvertisement

އެހެން ނަމަވެސް އެ ބިލާ ގުޅޭގޮތުން މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައި އެ ޕެޓިޝަނާ ގުޅޭގޮތުން ލާމަރުކަޒީ ކޮމިޓީގެ ޚިޔާލެއް ވެސް ހޯދަން ޕެޓިޝަން ކޮމިޓީން އެދިފައިވާކަން ފާހަގަ ކުރައްވާ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު ވަނީ އެފަދަ ޕެޓިޝަނެއް މަޖިލީހަށް ހުށަހެޅިފައި ވަނިކޮށް، އެއަށް ބެލުމެއްނެތި ބިލުގެ މަސައްކަތް ނިންމައިފި ނަމަ، ޕެޓިޝަންތައް މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ދިނުމުގެ އެއްވެސް ބޭނުމެއް ނެތް ކަަމަށް ވިދާޅުވެފަ އެވެ. 

އެއީ ހަމަ ޖެހޭ ކަމެއް ނޫން ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. އެއާއެކު މެންބަރު ވަނީ ޕެޓިޝަނަށް ރިއާޔަތް ކުރުމަށްފަހު ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅުއްވާފަ އެވެ. އެހެން ނަމަވެސް ޕީއެންސީގެ މެޖޯރިޓީ އޮތް އެ ކޮމިޓީ އިން އެ ހުށަހެޅުން ވަނީ ބޭރުކޮށްލާފަ އެވެ. 

ތުޅާދޫ ދާއިރާ މެންބަރު އަބްދުލް ހައްނާން އަބޫބަކުރު ސްޕޮންސަރ ކުރައްވާ ހުށަަހަޅުއްވާފައިވާ މި ބިލުގެ މަސައްކަތް ކޮމިޓީ އިން ކުރަމުން ދާއިރު އެ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ އިސްލާހުތަކެއް ވެސް ހުށަހަޅުއްވާފަ އެވެ. 

މި ބިލާ ގުޅިގެން އާންމުންނާއި ކައުންސިލްތަކުން ބޮޑެތި ކަންބޮޑުވުންތަކެއް ދަނީ ފާޅުކުރަމުންނެވެ. އެގޮތުން މަޖިލީހަށް ހުށަހެޅި ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި، މި އިސްލާހުގެ ސަބަބުން ރައްޔިތުންގެ ވޯޓުން ހޮވާފައިވާ ކައުންސިލަރުންގެ ބާރު ކެނޑި، އެ ބާރުތައް ވަޒީރުންގެ މަޖިލީހުގެ އަތްމައްޗަށް ފުރޮޅިގެންދާނެ އެވެ. އެއާއެކު މި އިސްލާހުތަކުން ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުންތަކާއި ދެކޮޅު ހަދާކަމަށް ނުވަތަ އެއްބާރުލުން ނުދޭ ކަމަށް ބުނެ ރައްޔިތުން ތަމްސީލު ކުރަން ވޯޓަކުން ހޮވާފައިވާ ކައުންސިލަރުންނަށް ފިޔަވަޅު އަޅަން ފުރުސަތު ވެސް ލިބޭނެކަން މި ޕެޓިޝަނުގައި ފާހަގަކޮށްފައިވެ އެވެ. 

މިކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލާ ބައެއް ކައުންސިލްތަކުން ބަޔާންތަކާއި ގަރާރުތައް ވެސް ނެރެފައިވެ އެވެ. 

ލާމަރުކަޒީ ކޮމިޓީރައްޔިތުންގެ މަޖިލިސް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

23 އޯގަސްޓު 2026

ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް 10 އިންސައްތަ އިން ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި

23 އޯގަސްޓު 2026
ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް 10 އިންސައްތަ އިން ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި
23 އޯގަސްޓު 2026

ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަން މަޖިލީހުން ފާސްކޮށްފި

23 އޯގަސްޓު 2026
ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަން މަޖިލީހުން ފާސްކޮށްފި
23 އޯގަސްޓު 2026

މިއަދަކީ ސަރުކާރުން ރައްޔިތުންގެ ނިންމުންތަކަށް ގޮންޖަހާ، އެ މީހުންގެ ބާރު ދައްކާލުމުގެ ކުޅަދާނަކަމާއި ކެރުންތެރިކަން ދައްކާލާ ތާރީޚީ ދުވަސް: މެންބަރު އަމީން

23 އޯގަސްޓު 2026
މިއަދަކީ ސަރުކާރުން ރައްޔިތުންގެ ނިންމުންތަކަށް ގޮންޖަހާ، އެ މީހުންގެ ބާރު ދައްކާލުމުގެ ކުޅަދާނަކަމާއި ކެރުންތެރިކަން ދައްކާލާ ތާރީޚީ ދުވަސް: މެންބަރު އަމީން
23 އޯގަސްޓު 2026

ސަވާހިލި އައްޑޫ އިން ވަކިކޮށް، އެ ސިޓީގެ ރައްޔިތުން ޓޫރިޒަމަށް އަލިކުރި އުއްމީދުގެ ހުޅުކޮޅު މި ސަރުކާރުން ނިއްވާލައިފި: މެންބަރު ދީދީ

23 އޯގަސްޓު 2026
ސަވާހިލި އައްޑޫ އިން ވަކިކޮށް، އެ ސިޓީގެ ރައްޔިތުން ޓޫރިޒަމަށް އަލިކުރި އުއްމީދުގެ ހުޅުކޮޅު މި ސަރުކާރުން ނިއްވާލައިފި: މެންބަރު ދީދީ
23 އޯގަސްޓު 2026

ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިވެހިރާއްޖެ ރޫޅާލަން: ރައީސް ނަޝީދު

23 އޯގަސްޓު 2026
ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިވެހިރާއްޖެ ރޫޅާލަން: ރައީސް ނަޝީދު
22 އޯގަސްޓު 2026

ސަރުކާރުން ނުފޫޒާއި ވަޒީފާގެ ބިރު ދައްކާކަމުގެ ބޮޑެތި ތުހުމަތުތައް އޮއްވައި، ބިންތައް އަތުލެވޭ އިސްލާހު އޮތް ގޮތަށް ފާސްކުރަން ގޮވާލާ ޕެޓިޝަނަށް 10،000 ސޮއި!

22 އޯގަސްޓު 2026
ސަރުކާރުން ނުފޫޒާއި ވަޒީފާގެ ބިރު ދައްކާކަމުގެ ބޮޑެތި ތުހުމަތުތައް އޮއްވައި، ބިންތައް އަތުލެވޭ އިސްލާހު އޮތް ގޮތަށް ފާސްކުރަން ގޮވާލާ ޕެޓިޝަނަށް 10،000 ސޮއި!
20 އޯގަސްޓު 2026

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އޮތް ގޮތަށް ފާސްކުރުމަށް ގޮވާލާ، ސަރުކާރަށް ތާއީދުކުރާ މީހުންގެ ޕެޓިޝަނުގައި ސޮއިކުރުމަށް އެސްއޯއީތަކުގެ މުވައްޒަފުންނަށް އަންނަނީ މަޖުބޫރު ކުރަމުން: ރައީސް ނަޝީދު

19 އޯގަސްޓު 2026

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އޮތް ގޮތަށް ފާސްކުރުމަށް ގޮވާލާ ޕެޓިޝަނަށް 6000ށް ވުރެ ގިނަ މީހުންގެ ސޮއި ހޯދިއިރު، މުވައްޒަފުންނަށް މަޖުބޫރު ކުރާކަމުގެ ތުހުމަތު!

ދިގުރަށު އަލިފާނުގެ ހާދިސާ: މަރުވި ބިދޭސީންނަކީ ނުގަވާއިދުން އުޅެމުން ދިޔަ މީހުންނާއި ޕާމިޓް ހަމަވެފައިވާ މީހުން، އެކަކަކީ ގެއްލިގެން ހޯދާ މީހެއް!

19 އޯގަސްޓު 2026
ދިގުރަށު އަލިފާނުގެ ހާދިސާ: މަރުވި ބިދޭސީންނަކީ ނުގަވާއިދުން އުޅެމުން ދިޔަ މީހުންނާއި ޕާމިޓް ހަމަވެފައިވާ މީހުން، އެކަކަކީ ގެއްލިގެން ހޯދާ މީހެއް!
18 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ގޮތަށް ހުށަހަޅާފައިވާ ބިލަކީ އަލުން މަރުކަޒީ ވުޒާރާތަކުގެ ދަށަށް ބާރުތައް ޖަމާކުރުމަށް ސިޔާސީ މަގުސަދެއްގައި ހުށަހަޅާފައިވާ ބިލެއް: ހޯރަފުށީ ކައުންސިލް

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް