Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް 10 އިންސައްތަ އިން ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި

23 އޯގަސްޓު 2026 | އާދީއްތަ 10:47

ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިން ޓެކްސް 5 އިންސައްތައިން 10 އިންސައްތައަށް ބޮޑުކުރުމަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި. މި ބަދަލުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް 251 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ މައިގަނޑު މަގްސަދަކީ ކޮންސްޓްރަކްޝަން ދާއިރާގައި ދިވެހި ކުންފުނިތަކަށް އޮތް ފުރުސަތުތައް ފަހިކޮށްދިނުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 23 އޯގަސްޓު 2026 | އާދީއްތަ 10:47
އާމްދަނީ އިން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހެޅުއްވި މި ބިލު މަޖިލީހުން ފާސް ކޮށްފައި ވަނީ 54 މެންބަރުންގެ އަޣުލަބިއްޔަތުން

އާމްދަނީ އިން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހެޅުއްވި މި ބިލު މަޖިލީހުން ފާސް ކޮށްފައި ވަނީ 54 މެންބަރުންގެ އަޣުލަބިއްޔަތުން | ރާއްޖެއެމްވީ

ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިން ޓެކްސް އިތުރުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. 

އާމްދަނީ އިން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހަޅުއްވާފައިވާ އެ ބިލު ދިރާސާ ކޮށްފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީ އިންނެވެ. އެ ބިލަށް މުޅި މަޖިލީހުގެ ކޮމިޓީ އިން އިސްލާހެއް ގެނަސްފައި ނުވާއިރު އާދިއްތަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ 54 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ ދެ މެންބަރުންނެވެ. 

Advertisement - newsAdvertisement

މެންބަރު ޒަރީރު ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނީ މި އިސްލާހަކީ މިހާރު ނަގަމުންދާ ޓެކްސް 5 އިންސައްތަ އިން 10 އިންސައްތަ އަށް އިތުރުކުރުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.

މި ބިލު ސަރުކާރުން ހުށަހަޅާފައިވާ އިތުރު މަގްސަދުތަކުގެ ތެރޭގައި ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގައި ބޭރުގެ ކޮންޓްރެކްޓަރުންނާއި ދިވެހި ކޮންޓްރެކްޓަރުންނާ ދެމެދު ވާދަވެރި މާހައުލެއް ގާއިމު ކުރުން ހިމެނެ އެވެ. އަދި މި އިސްލާހުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނަށް މަސައްކަތްތައް ލިބުމުގެ ފުރުސަތު އިތުރުވެގެން ދާނެކަމަށް ވަނީ ބުނެފަ އެވެ.

ނަމަވެސް، ވިތްހޯލްޑިން ޓެކްސް ހަމައެކަނި 5 އިންސައްތަ އިން 10 އިންސައްތަ އަށް މަތިކުރުމުން ރާއްޖޭގެ ވިޔަފާރިތަކަށް މަޝްރޫއުތައް ކުރިޔަށް ގެންދިއުމުގެ އިތުރު ފުރުސަތެއް ލިބިގެން ނުދާނެކަމަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ވިދާޅުވެ އެވެ.

މި ބިލަށް ބަހުސްކުރައްވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވީ، ވިދާޅުވީ މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބުނެފައި ވަނީ ދިވެހިންނަށް ފުރުސަތު ދިނުން ކަމަށެވެ. އަދި މިވަގުތު ރާއްޖޭގައި ހިނގާ އެންމެ ބޮޑު ޕްރޮޖެކްޓަކީ ފުށިދިއްގަރު ޕްރޮޖެކްޓް ކަމަށްވާއިރު، އެ ބިން ހިއްކާ ކަމަށް ބުނަނީ އެމްއޭސީއެލް ނަމަވެސް، ހުރިހާ މަސައްކަތެއް ކުރަނީ ބޭރުގެ ފަރާތްތައް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ހަމައެއާއެކު ރަށްރަށުގެ ޒުވާނުންގެ މަރުކަޒުގެ މަސައްކަތްތަ ވެސް ސަރުކާރުން މިހާރު ހަވާލުކުރަމުންދަނީ ޗައިނާގެ ކުންފުނިތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މަޝްރޫއުތަކުގެ ސަބް ކޮންޓްރެކްޓް ދިވެހި ކުންފުނިތަކަށް ނުލިބޭކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ ބޭރު ކުންފުނިތަކުގެ މަޝްރޫއުތަކުގައި ދިވެހި ކޮންޓްރެކްޓަރުންނަށް 30 އިންސައްތަގެ ސަބް ކޮންޓްރެކްޓެއް ދިނުމުގެ އިސްލާހެއް ހުށަހަޅައިފި ނަމަ ދިވެހި ކުންފުނިތަކަށް ލިބޭ މަސައްކަތްތައް އިތުރުވެގެން ދާނެކަމަށެވެ.

މެންބަރު ޝަމްހީދު ވިދާޅުވީ، ސަރުކާރުން ބޭރު ކުންފުނިތަކުން ގެންނަ އެކްސްކަވޭޓަރު އަދި އިތުރު މެޝިނަރީތަކުން ޑިއުޓީ ނުނަގާ ކަމަށެވެ. ނަމަވެސް ރާއްޖޭއަށް ނިސްބަތްވާ ކުންފުނިތަކުން މިފަދަ މެޝިނަރީތަކުން ޑިއުޓީ ނަގަމުންދާކަމަށް މެންބަރު ވިދާޅުވި އެވެ.

ސަރުކާރުން ލަފާކޮށްފައިވާ ގޮތުގައި ޓެކްސް އިތުރު ކުރުމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް 251 މިލިއަން ރުފިޔާ އިތުރުވާނެ އެވެ. ނަމަވެސް މި ގާނޫނަށް މި ގެންނަ ބަދަލުތަކުގެ ހެޔޮ ނަތީޖާ ފެނިގެންދާނީ މީގެ ތިން އަހަރު ނުވަތަ ހަތަރު އަހަރު ފަހުން ކަމަށް ސަރުކާރަށް ނިސްބަތްވާ އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރު ވަނީ ވިދާޅުވެފަ އެވެ. 

ވިތްހޯލްޑިން ޓެކްސްރައްޔިތުންގެ މަޖިލިސްއާމްދަނީ އިން ޓެކްސް ނެގުމުގެ ގާނޫނު

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

23 އޯގަސްޓު 2026

ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަން މަޖިލީހުން ފާސްކޮށްފި

23 އޯގަސްޓު 2026
ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަން މަޖިލީހުން ފާސްކޮށްފި
23 އޯގަސްޓު 2026

މިއަދަކީ ސަރުކާރުން ރައްޔިތުންގެ ނިންމުންތަކަށް ގޮންޖަހާ، އެ މީހުންގެ ބާރު ދައްކާލުމުގެ ކުޅަދާނަކަމާއި ކެރުންތެރިކަން ދައްކާލާ ތާރީޚީ ދުވަސް: މެންބަރު އަމީން

23 އޯގަސްޓު 2026
މިއަދަކީ ސަރުކާރުން ރައްޔިތުންގެ ނިންމުންތަކަށް ގޮންޖަހާ، އެ މީހުންގެ ބާރު ދައްކާލުމުގެ ކުޅަދާނަކަމާއި ކެރުންތެރިކަން ދައްކާލާ ތާރީޚީ ދުވަސް: މެންބަރު އަމީން
19 އޯގަސްޓު 2026

ދިގުރަށު އަލިފާނުގެ ހާދިސާ: މަރުވި ބިދޭސީންނަކީ ނުގަވާއިދުން އުޅެމުން ދިޔަ މީހުންނާއި ޕާމިޓް ހަމަވެފައިވާ މީހުން، އެކަކަކީ ގެއްލިގެން ހޯދާ މީހެއް!

19 އޯގަސްޓު 2026
ދިގުރަށު އަލިފާނުގެ ހާދިސާ: މަރުވި ބިދޭސީންނަކީ ނުގަވާއިދުން އުޅެމުން ދިޔަ މީހުންނާއި ޕާމިޓް ހަމަވެފައިވާ މީހުން، އެކަކަކީ ގެއްލިގެން ހޯދާ މީހެއް!
18 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލާއި ސަރުކާރުގެ މަސްލަހަތު ހިމެނޭ ބައެއް ބިލުތައް ނުނިމޭތީ އަނެއްކާ ވެސް ދައުރު ދަންމާލައިފި

18 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލާއި ސަރުކާރުގެ މަސްލަހަތު ހިމެނޭ ބައެއް ބިލުތައް ނުނިމޭތީ އަނެއްކާ ވެސް ދައުރު ދަންމާލައިފި
18 އޯގަސްޓު 2026

ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް 10 އިންސައްތަ އިން ބޮޑުކުރާ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

18 އޯގަސްޓު 2026
ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް 10 އިންސައްތަ އިން ބޮޑުކުރާ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
18 އޯގަސްޓު 2026

ސިޔާސީ މަޤާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު މިނިސްޓަރު ޒަރީރު ވިދާޅެއް ނުވި، ވިދާޅުވީ ސިޔާސަތުގެ ބޭރުން އެއްވެސް މުވައްޒަފަކު ނުނަގާ ކަމަށް

18 އޯގަސްޓު 2026
ސިޔާސީ މަޤާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު މިނިސްޓަރު ޒަރީރު ވިދާޅެއް ނުވި، ވިދާޅުވީ ސިޔާސަތުގެ ބޭރުން އެއްވެސް މުވައްޒަފަކު ނުނަގާ ކަމަށް
18 އޯގަސްޓު 2026

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 40،000 އަށް ވުރެ ގިނަ މުވައްޒަފުން، މިނިސްޓަރު ވިދާޅުވީ ވަކިކުރަނީ ވަކި ކުލައަކަށް ބަލައިގެން ނޫން ކަމަށް

18 އޯގަސްޓު 2026
ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 40،000 އަށް ވުރެ ގިނަ މުވައްޒަފުން، މިނިސްޓަރު ވިދާޅުވީ ވަކިކުރަނީ ވަކި ކުލައަކަށް ބަލައިގެން ނޫން ކަމަށް
17 އޯގަސްޓު 2026

ޕެޓިޝަންތައް "ބަލިކަށި" ކުރުމުގެ މަސައްކަތް: ކުރިން ހުށަހަޅާފައިވާ ޕެޓިޝަނަކާ ދެކޮޅު ޕެޓިޝަނެއް ހުށަހެޅޭ ގޮތަށް ގަވާއިދު ބަދަލުކުރަން ކޮމިޓީން ފާސްކޮށްފި

17 އޯގަސްޓު 2026
ޕެޓިޝަންތައް "ބަލިކަށި" ކުރުމުގެ މަސައްކަތް: ކުރިން ހުށަހަޅާފައިވާ ޕެޓިޝަނަކާ ދެކޮޅު ޕެޓިޝަނެއް ހުށަހެޅޭ ގޮތަށް ގަވާއިދު ބަދަލުކުރަން ކޮމިޓީން ފާސްކޮށްފި
17 އޯގަސްޓު 2026

މި ސަރުކާރު ވެރިކަމަށް އައި ފަހުން ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތައް އޮތީ ފުނޑިފައި: ޝަމްހީދު

17 އޯގަސްޓު 2026
މި ސަރުކާރު ވެރިކަމަށް އައި ފަހުން ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތައް އޮތީ ފުނޑިފައި: ޝަމްހީދު
17 އޯގަސްޓު 2026

ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް 10 އިންސައްތަ އިން ބޮޑުކުރާ ބިލު ބަލައިގަނެފި

17 އޯގަސްޓު 2026
ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް 10 އިންސައްތަ އިން ބޮޑުކުރާ ބިލު ބަލައިގަނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް