Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ބިންގަލެއް އަޅާފައި ހުރިއްޔާ މައްޗަށް އަރާނެ، ކުޑަކޮށް ލަސްވެސް ވެދާނެ: މިނިސްޓަރު ޝަހީމް

4 އޯގަސްޓު 2026 | އަންގާރަ 05:13

ބިންގާ މައްޗަށް އަރާނެ ކަމަށާއި، އެކަމުގައި އެއްވެސް ޝައްކެއް ނެތް ކަމަށް ވެސް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވި. އެހެން ނަމަވެސް، އެކަން ލަސްވުމަށް ދިމާވާ ބައެއް ސަބަބުތައް ހުރެދާނެ ކަމަށާއި، އެހެން ވިޔަސް އެކަން އެއްކޮށް ނެތިގެން ނުދާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 އޯގަސްޓު 2026 | އަންގާރަ 05:13
އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ވާހަކަ ދައްކަވަނީ

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ވާހަކަ ދައްކަވަނީ | ޕީޕަލްސް މަޖްލިސް

ސަރުކާރުން މަޝްރޫއެއްގެ ބިންގަލެއް އަޅާފައި ހުރިއްޔާ މައްޗަށް އަރާނެ ކަމަށާއި، ނަމަވެސް ބައެއް ސަބަބުތަކާ ހުރެ ލަސްތަކެއް ވެސް ކުރިމަތި ވެދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް މިހެން ވިދާޅުވެފައި ވަނީ، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. 

Advertisement - newsAdvertisement

މެންބަރު އަމީން ވިދާޅުވީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ރައީސް މުއިއްޒު ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ނޫމަރާ އަށް ވަޑައިގެން، މިސްކިތެއްގެ ބިންގާ އަޅުއްވާފައިވާ ކަމަށެވެ. ނަމަވެސް، މިއަދާ ހަމައަށް އައިއިރު އެ މިސްކިތުގެ އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް މެންބަރު ފާހަގަކުރެއްވި އެވެ.

އެހެންކަމުން ނޫމަރާގައި މިސްކިތެއް އިމާރާތް ކުރުމަށް އެޅި ބިންގަލުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ތާރީހެއް ދެންނެވުމަށް މެންބަރު އަމީން ވަނީ އެދިވަޑައިގެންފައި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ނޫމަރާ މިސްކިތުގެ މައުލޫމާާތު އެހެން ވަގުތެއްގައި ޖަވާބު ދެއްވާނެ ކަމަށެވެ. އެގޮތުން އެ މަޝްރޫއުގެ ތަފްސީލު ބައްލަވާލެއްވުމަށް ފަހު، ޖަވާބު ދެއްވާނެ ކަމަށް ވެސް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ. އެއާ އެކު މިނިސްޓަރު ޝަހީމް ވިދާޅުވީ ނޫމަރާގެ ރައްޔިތުން އަދި ރާއްޖޭގެ ރައްޔިތުންނަށް ދޭން ބޭނުންވާ ޔަޤީންކަމަކީ، ބިންގަލެއް އެޅިފައި ހުރެއްޖެ ނަމަ، އޭގެ މައްޗަށް ބިނާ ވެގެން ދާނެ ކަމަށެވެ. އެހެން ނަމަވެސް، އެކަން ލަސްވުމަށް ދިމާވާ ބައެއް ސަބަބުތައް ހުރެދާނެ ކަމަށާއި، އެހެން ވިޔަސް އެކަން އެއްކޮށް ނެތިގެން ނުދާނެ ކަމަށް ވެސް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފައި އެވެ.

އެހެން ނަމަވެސް އަޅުގަނޑު ޔަޤީންކަން އަރުވާާލަން ބޭނުންވޭ މެންބަރަށް ވެސް، އަދި އެ ރަށުގެ ލޮބުވެތި ރައްޔިތުންނަށް ވެސް، ބިންގަލެއް އެޅިގައި ހުރިއްޔާމުން އޭގެ މައްޗަށް ބިނާ ވެގެން ދާނެ. އާދެ، ބިންގާ މައްޗަށް އަރާނެ، އެޔަކު އެއްވެސް ޝައްކެއް ނެތް. ދެން އެކަން ލަސްވާން ދިމާވާ ބައެއް ސަބަބުތައް އެބަހުރި، ހުރެދާނެ އެނގޭތޯ. އެހެން ނަމަވެސް، އެކަން އެއްކޮށް ނެތިވެގެން ނުދާނެ
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު 

ސަރުކާރަށް ތިން އަހަރުވާން ކައިރިވެފައިވާއިރު، ރައީސް މުއިއްޒު އަތޮޅުތެރޭގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި ވަނީ ގިނަ މަޝްރޫއުތަކެއްގެ އެއްބަސްވުމުގައި ސޮއިކޮށް، އަދި ބިންގާ ވެސް އަޅުއްވައިފަ އެވެ. އޭގެ ތެރޭގައި ގިނަ ރަށްތަކެއްގައި މިސްކިތް އެޅުމަށް އެއްބަސްވުމުގައި ސޮއި ކުރުމުގެ އިތުރުން، ބިންގާ ވެސް ވަނީ އަޅުއްވައިފަ އެވެ. ނަމަވެސް، އެ މަޝްރޫއުތަކުގެ އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށްނުދެ އެވެ.

މީގެ އިތުރުން އަންގާރަ ދުވަހުގެ ޖަލްސާގައި މިނިސްޓަރު ޝަހީމް ވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ހަވާލު ކޮށްފައިވާ މިސްކިތްތަކުގެ ވާހަކަ ދައްކަވައިފަ އެވެ. އޭގެ ތެރެއިން ގިނަ މަސައްކަތްތަކުގެ އަމަލީ އެއްވެސް މަސައްކަތެއް މިއަދާ ހަމައަށް ފެށިފައި ނުވާކަން، މިނިސްޓަރު ޝަހީމްގެ ވާހަކަ އިން ވަނީ ސާފުވެފައި އެވެ.

ރައްޔިތުންގެ މަޖިލިސްށ. ނޫމަރާޝަހީމް އަލީ ސައީދު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

04 އޯގަސްޓު 2026

މަސައްކަތް ހަވާލުކުރިތާ އެއް އަހަރު ފަހުން، ކުޑަރިކިލު މިސްކިތުގެ އަމަލީ މަސައްކަތް އޮގަސްޓު 15 ގައި ފެށޭނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

04 އޯގަސްޓު 2026
މަސައްކަތް ހަވާލުކުރިތާ އެއް އަހަރު ފަހުން، ކުޑަރިކިލު މިސްކިތުގެ އަމަލީ މަސައްކަތް އޮގަސްޓު 15 ގައި ފެށޭނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ
03 އޯގަސްޓު 2026

ފެނަކައިގެ އޮޕަރޭޝަންތައް ފުޅާވުމުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދިޔަ: ނާޒިލް

03 އޯގަސްޓު 2026
ފެނަކައިގެ އޮޕަރޭޝަންތައް ފުޅާވުމުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދިޔަ: ނާޒިލް
03 އޯގަސްޓު 2026

އައްޑޫ ބްރިޖާ ގުޅިގެން ހުޅުދޫ ދާއިރާގެ މެންބަރު ޝާހިދު ކުރެއްވި އުއްމީދީ ސުވާލަށް މިނިސްޓަރު ދެއްވީ ނާއުއްމީދީ ޖަވާބެއް

03 އޯގަސްޓު 2026
އައްޑޫ ބްރިޖާ ގުޅިގެން ހުޅުދޫ ދާއިރާގެ މެންބަރު ޝާހިދު ކުރެއްވި އުއްމީދީ ސުވާލަށް މިނިސްޓަރު ދެއްވީ ނާއުއްމީދީ ޖަވާބެއް
03 އޯގަސްޓު 2026

އިންހައުސް މަސައްކަތުގައި އުޅުނު މީހުންގެ ތެރެއިން އިތުރަށް 2 ލައްކަ ރުފިޔާ ދީފައިވާ މީހުންގެ އަތުން އެ ފައިސާ އަނބުރާ ހޯދަން މަޖިލީހުން ފެނަކަ އަށް އަންގައިފި

03 އޯގަސްޓު 2026
އިންހައުސް މަސައްކަތުގައި އުޅުނު މީހުންގެ ތެރެއިން އިތުރަށް 2 ލައްކަ ރުފިޔާ ދީފައިވާ މީހުންގެ އަތުން އެ ފައިސާ އަނބުރާ ހޯދަން މަޖިލީހުން ފެނަކަ އަށް އަންގައިފި
03 އޯގަސްޓު 2026

ކުނި އުކާލުމުގެ ތެރެއިން ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅި، ފަޅު ހަޑިވަމުންދާ މައްސަލައިގައި މެންބަރު ކުޑޫގެ ސުވާލުތަކެއް ވެމްކޯގެ އެމްޑީ މުޖުތަބާ އަށް!

03 އޯގަސްޓު 2026
ކުނި އުކާލުމުގެ ތެރެއިން ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅި، ފަޅު ހަޑިވަމުންދާ މައްސަލައިގައި މެންބަރު ކުޑޫގެ ސުވާލުތަކެއް ވެމްކޯގެ އެމްޑީ މުޖުތަބާ އަށް!
03 އޯގަސްޓު 2026

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް 2 މެންބަރުން އިތުރު ކުރާ ބިލު ބަލައިގަނެ، ކޮމިޓީ އަށް

03 އޯގަސްޓު 2026
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް 2 މެންބަރުން އިތުރު ކުރާ ބިލު ބަލައިގަނެ، ކޮމިޓީ އަށް
03 އޯގަސްޓު 2026

ރަށްރަށަށް ވަޑައިގެން 6 މަސް ދުވަހުން މަޝްރޫއުތައް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވަނީ މިނިސްޓްރީން ބުނެގެންތޯ ކުރި ސުވާލަށް މިނިސްޓަރު މުއްތަލިބު ޖަވާބެއް ނުދެއްވި

03 އޯގަސްޓު 2026
ރަށްރަށަށް ވަޑައިގެން 6 މަސް ދުވަހުން މަޝްރޫއުތައް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވަނީ މިނިސްޓްރީން ބުނެގެންތޯ ކުރި ސުވާލަށް މިނިސްޓަރު މުއްތަލިބު ޖަވާބެއް ނުދެއްވި
03 އޯގަސްޓު 2026

2025 ވަނަ އަހަރުގެ ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްތަލިބު: "އެޖެންޑާ ކުރެވޭލެއް ލަސްވުމަކީ އަޅުގަނޑު ޒިންމާވާން ޖެހޭ ކަމެއް ނޫން"

03 އޯގަސްޓު 2026
2025 ވަނަ އަހަރުގެ ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްތަލިބު: "އެޖެންޑާ ކުރެވޭލެއް ލަސްވުމަކީ އަޅުގަނޑު ޒިންމާވާން ޖެހޭ ކަމެއް ނޫން"
01 އޯގަސްޓު 2026

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް!

01 އޯގަސްޓު 2026
މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް!
01 އޯގަސްޓު 2026

ނޫމަރާގައި މަސައްކަތް ކުރާ ފެނަކަ މުވައްޒަފުން، ވަރަށް ބޮޑަށް ހަލާކުވެ ބައުވެފައިވާ އިމާރާތަކަށް ވަޒީފާއަށް ނުކުތުމަށް އަންގައިފި

01 އޯގަސްޓު 2026
ނޫމަރާގައި މަސައްކަތް ކުރާ ފެނަކަ މުވައްޒަފުން، ވަރަށް ބޮޑަށް ހަލާކުވެ ބައުވެފައިވާ އިމާރާތަކަށް ވަޒީފާއަށް ނުކުތުމަށް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް