Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މަސައްކަތް ހަވާލުކުރިތާ އެއް އަހަރު ފަހުން، ކުޑަރިކިލު މިސްކިތުގެ އަމަލީ މަސައްކަތް އޮގަސްޓު 15 ގައި ފެށޭނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

4 އޯގަސްޓު 2026 | އަންގާރަ 05:08

ކުޑަރިކިލު މިސްކިތުގެ މަޝްރޫއު ފެނަކަ ކޯޕަރޭޝަންއާ ހަވާލުކޮށްފައި ވަނީ 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 11 ވަނަ ދުވަހު ރައީސް މުއިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. އޭގެ ފަހުން މިއަދާ ހަމައަށް އެ މަޝްރޫއުގެ އެއްވެސް އަމަލީ މަސައްކަތެއް ކުރިއަށް ގެންގޮސްފައިނުވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 އޯގަސްޓު 2026 | އަންގާރަ 05:08
އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަ ދައްކަވަނީ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަ ދައްކަވަނީ. | ޕީޕަލްސް މަޖްލިސް

ބ. ކުޑަރިކިލުގައި އައު މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކޮށްފައިވާތާ އެއް އަހަރު ދުވަސް ފަހުން، މި ހިނގާ އޮގަސްޓު މަހުގެ 15 ވަނަ ދުވަހު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ޝަހީމް މިހެން ވިދާޅުވެފައި ވަނީ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލުގެ ޖަވާބުގައި އެވެ. އެގޮތުން ކުޑަރިކިލު ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލު ކުރައްވައި، މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރި ފަހުން، އަމަލީ މަސައްކަތް ފެށިފައި ނުވާތީ، މަސައްކަތް ފެށޭނެ ތާާރީޚެއް، އަދި މަސައްކަތް ނިންމޭނެ ތާރީޚެއް ދެންނެވުމަށް މެންބަރު ވަނީ އެދިވަޑައިގެންފައި އެވެ.

Advertisement - newsAdvertisement

ކުޑަރިކިލު މިސްކިތުގެ މަޝްރޫއު ފެނަކަ ކޯޕަރޭޝަންއާ ހަވާލު ކޮށްފައި ވަނީ 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 11 ވަނަ ދުވަހު ރައީސް މުއިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އޭގެ ފަހުން މިއަދާ ހަމައަށް އެ މަޝްރޫއުގެ އެއްވެސް އަމަލީ މަސައްކަތެއް ކުރިއަށް ގެންގޮސްފައި ނުވެ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ އެ ރަށުގައި އިމާރާތް ކުރާ މިސްކިތުގެ މަޝްރޫއު އަކީ 500 މީހުންގެ ޖާގައިގެ މަސައްކަތެއް ކަމަށެވެ. އެއީ ފެނަކައާ ހަވާލު ކޮށްފައިވާ މަސައްކަތެއް ކަމަށާއި، ސަރުކާރުގެ ކުންފުނިތައް ހިންގުމުގެ ހަރުދަނާކޮށް މަސައްކަތްތައް އަވަސް ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ފެނަކަ ހިންގުމަށް ގެންނަ ބަދަލުތަކުގެ ސަބަބުން އެ ކުންފުނިން ހިންގާ މަޝްރޫއުތަކުގެ އިދާރީ ބައެއް މަސައްކަތް ކުރިއަށްދާތީ މަސައްކަތް ލަސްވެފައިވާ ކަަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް، މި ހިނގާ އޮގަސްޓު މަހުގެ 15 ވަނަ ދުވަހު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ފެނަކަ އިން މައުލޫމާތު ދީފައިވާ ކަމަށް ވެސް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ. އެ މަސައްކަތް ނިންމައި، ރައްޔިތުންނަށް މިސްކިތް ބޭނުން ކުރެވޭ ވަރަށް ހަވާލު ކުރުމަށް ފެނަކަ އަށް ދީފައި ވަނީ 365 ދުވަހުގެ މުއްދަތެއް ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން އަމަލީ މަސައްކަތް ފެށޭތާ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމައި، ރައްޔިތުންނާ ހަވާލު ކުރެވޭނެ ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައި އެވެ. 

ސަރުކާރުގެ ކުންފުނިތައް ހިންގުން ހަރުދަނާކޮށް، މަސައްކަތް އަވަސް ކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ފެނަކަ ކޯޕަރޭޝަން ހިންގުމަށް ގެންނަ ބަދަލުތަކާ ގުޅިގެން ކުންފުނީގެ ދަށުން ހިންގާ ބައެއް އައު މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ސައިޓުތަކުގައި ފެށުމަށް ބައެއް އިދާރީީ ތައްޔާރީތައް ކުރިއަށްދާތީ، މިކަމާ ގުޅިގެން މި މަޝްރޫއު ލަސްވެފައިވާ ކަމަށް ފެނަކަ އިން މައުލޫމާތު ދޭ. އެގޮތުން ފެނަކަ އިން މައުލޫމާތު ދީފައި ވަނީ ކުޑަރިކިލު މިސްކިތުގެ އަމަލީ މަސައްކަތް ފަށައި އޮގަސްޓު ދެހާ ސައްބީހުގައި ފެށިގެން ދާނެ. މި މަސައްކަތް ނިންމުމަށް ފެނަކަ އަށް ދީފައި ވަނީ ޖުމުލަ ތިން ސަތޭކަ ފަސްދޮޅަށް ދުވަސް
މުހައްމަދު ޝަހީމް އަލީ ސައީދު

ކުޑަރިކިލު މިސްކިތުގެ މަޝްރޫއު ފެނަކައާ ހަވާލުކުރިތާ އެއް އަހަރު ފަހުން، މި މަހުގެ 15 ވަނަ ދުވަހު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެފައިވާއިރު، ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ މަސައްކަތް ލަސްވާކަމުގެ ޝަކުވާ އާއި މަސައްކަތް ނުފެށޭ ކަމުގެ ޝަކުވާ ގިނަ ރައްޔިތުން އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން ރާއްޖޭގެ އެގެން ރަށްރަށުގައި ވެސް މިސްކިތް ޤާއިމު ކުރުމަށް ސަރުކާރުން ހަވާލު ކޮށްފައިވާ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ނުފެށި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވެ އެވެ. އަދި ބައެއް ރަށް ރަށުގައި ރައްޔިތުން ބޭނުން ކުރަމުން އައި މިސްކިތް ތަޅާލުމަށް ފަހު ވެސް، އައު މިސްކިތް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ނުފަށައި ވަރަށް ގިނަ ދުވަސްވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސްބ. ކުޑަރިކިލުޝަހީމް އަލީ ސައީދު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

03 އޯގަސްޓު 2026

ފެނަކައިގެ އޮޕަރޭޝަންތައް ފުޅާވުމުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދިޔަ: ނާޒިލް

03 އޯގަސްޓު 2026
ފެނަކައިގެ އޮޕަރޭޝަންތައް ފުޅާވުމުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދިޔަ: ނާޒިލް
03 އޯގަސްޓު 2026

އައްޑޫ ބްރިޖާ ގުޅިގެން ހުޅުދޫ ދާއިރާގެ މެންބަރު ޝާހިދު ކުރެއްވި އުއްމީދީ ސުވާލަށް މިނިސްޓަރު ދެއްވީ ނާއުއްމީދީ ޖަވާބެއް

03 އޯގަސްޓު 2026
އައްޑޫ ބްރިޖާ ގުޅިގެން ހުޅުދޫ ދާއިރާގެ މެންބަރު ޝާހިދު ކުރެއްވި އުއްމީދީ ސުވާލަށް މިނިސްޓަރު ދެއްވީ ނާއުއްމީދީ ޖަވާބެއް
03 އޯގަސްޓު 2026

އިންހައުސް މަސައްކަތުގައި އުޅުނު މީހުންގެ ތެރެއިން އިތުރަށް 2 ލައްކަ ރުފިޔާ ދީފައިވާ މީހުންގެ އަތުން އެ ފައިސާ އަނބުރާ ހޯދަން މަޖިލީހުން ފެނަކަ އަށް އަންގައިފި

03 އޯގަސްޓު 2026
އިންހައުސް މަސައްކަތުގައި އުޅުނު މީހުންގެ ތެރެއިން އިތުރަށް 2 ލައްކަ ރުފިޔާ ދީފައިވާ މީހުންގެ އަތުން އެ ފައިސާ އަނބުރާ ހޯދަން މަޖިލީހުން ފެނަކަ އަށް އަންގައިފި
03 އޯގަސްޓު 2026

ކުނި އުކާލުމުގެ ތެރެއިން ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅި، ފަޅު ހަޑިވަމުންދާ މައްސަލައިގައި މެންބަރު ކުޑޫގެ ސުވާލުތަކެއް ވެމްކޯގެ އެމްޑީ މުޖުތަބާ އަށް!

03 އޯގަސްޓު 2026
ކުނި އުކާލުމުގެ ތެރެއިން ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅި، ފަޅު ހަޑިވަމުންދާ މައްސަލައިގައި މެންބަރު ކުޑޫގެ ސުވާލުތަކެއް ވެމްކޯގެ އެމްޑީ މުޖުތަބާ އަށް!
03 އޯގަސްޓު 2026

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް 2 މެންބަރުން އިތުރު ކުރާ ބިލު ބަލައިގަނެ، ކޮމިޓީ އަށް

03 އޯގަސްޓު 2026
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް 2 މެންބަރުން އިތުރު ކުރާ ބިލު ބަލައިގަނެ، ކޮމިޓީ އަށް
03 އޯގަސްޓު 2026

ރަށްރަށަށް ވަޑައިގެން 6 މަސް ދުވަހުން މަޝްރޫއުތައް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވަނީ މިނިސްޓްރީން ބުނެގެންތޯ ކުރި ސުވާލަށް މިނިސްޓަރު މުއްތަލިބު ޖަވާބެއް ނުދެއްވި

03 އޯގަސްޓު 2026
ރަށްރަށަށް ވަޑައިގެން 6 މަސް ދުވަހުން މަޝްރޫއުތައް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވަނީ މިނިސްޓްރީން ބުނެގެންތޯ ކުރި ސުވާލަށް މިނިސްޓަރު މުއްތަލިބު ޖަވާބެއް ނުދެއްވި
03 އޯގަސްޓު 2026

2025 ވަނަ އަހަރުގެ ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްތަލިބު: "އެޖެންޑާ ކުރެވޭލެއް ލަސްވުމަކީ އަޅުގަނޑު ޒިންމާވާން ޖެހޭ ކަމެއް ނޫން"

03 އޯގަސްޓު 2026
2025 ވަނަ އަހަރުގެ ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްތަލިބު: "އެޖެންޑާ ކުރެވޭލެއް ލަސްވުމަކީ އަޅުގަނޑު ޒިންމާވާން ޖެހޭ ކަމެއް ނޫން"
01 އޯގަސްޓު 2026

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް!

01 އޯގަސްޓު 2026
މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް!
30 ޖުލައި 2026

އެމްޑީޕީ މެންބަރުންގެ 50ށް ވުރެ ގިނަ ސުވާލުގެ ނޯޓިސް މިނިސްޓަރު މުއްތަލިބަށް

30 ޖުލައި 2026
އެމްޑީޕީ މެންބަރުންގެ 50ށް ވުރެ ގިނަ ސުވާލުގެ ނޯޓިސް މިނިސްޓަރު މުއްތަލިބަށް
29 ޖުލައި 2026

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް 2 މެންބަރުން އިތުރު ކުރުމަށް ގާނޫނަށް އިސްލާހެއް

29 ޖުލައި 2026
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް 2 މެންބަރުން އިތުރު ކުރުމަށް ގާނޫނަށް އިސްލާހެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް