Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

އައްޑޫ ބްރިޖާ ގުޅިގެން ހުޅުދޫ ދާއިރާގެ މެންބަރު ޝާހިދު ކުރެއްވި އުއްމީދީ ސުވާލަށް މިނިސްޓަރު ދެއްވީ ނާއުއްމީދީ ޖަވާބެއް

3 އޯގަސްޓު 2026 | ހޯމަ 12:57

އައްޑޫ ބްރިޖްގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ޑިޒައިނާއި ފީސިބިލިޓީގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ވިދާޅުވެއްޖެ. ނަމަވެސް ރާއްޖޭގެ އިގްތިސާދީ ހާލަތާއި ދަރަނި ހުރި ގޮތުން މިވަގުތު މިފަދަ ބޮޑު މަޝްރޫއަކަށް ލޯނު ނެގުމުގައި ދަތިތަކެއް ހުރިކަން މިނިސްޓަރު ވިދާޅުވި. 2025 ވަނަ އަހަރު ރައީސް އައްޑޫއަށް ވަޑައިގެން ވިދާޅުވެފައި ވަނީ އަމާޒަކީ 2026 ވަނަ އަހަރު ބްރިޖްގެ އަމަލީ މަސައްކަތް ފެށުން ކަމަށް

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 3 އޯގަސްޓު 2026 | ހޯމަ 12:57
ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު

ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު | ރައްޔިތުންގެ މަޖިލިސް

އައްޑޫ ބްރިޖް މަޝްރޫއުއާ ގުޅިގެން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ކުރެއްވި ސުވާލަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ނާއުއްމީދީ ޖަވާބެއް ދެއްވައިފި އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހަޅުއްވާފައިވާ ސުވާލުތަކާ ގުޅިގެން މިނިސްޓަރު މުއްތަލިބު ވަނީ މަޖިލީހަށް ހާޒިރުވެވަޑައިގެންފަ އެވެ.

Advertisement - newsAdvertisement

މަޖިލީހުގައި ހުޅުދޫ ދައީރާގެ މެންބަރު ޝާހިދު ވަނީ، އައްޑޫ ހުޅުދޫ ކައުންސިލަށް އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ފަރާތުން  ބްރިޖްގެ މަސައްކަތް ކުރުމަށްޓަކައި ވޯކް ސައިޓް ގާއިމުކުރުމަށް ބިން ހޯދުމަށް ލިޔުމަކުން އަންގާފައިވާކަން ފާހަގަކުރައްވައި، މި މަޝްރޫއުއަކީ އައްޑޫ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް ކަމުން މިކަމުގެ އަދާހަމަ ދެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ. 

ނަމަވެސް މިނިސްޓަރު ޖަވާބުގައި ވިދާޅުވެފައިވަނީ އެ މަސައްކަތް އިގްތިސާދީ ގޮތުން ދަތި މި ދަނޑިވަޅުގައި ކުރިއަށް ނުގެންދެވޭނެ ކަމަށާއި ވޯކް ސައިޓްގެ ބިން ފާހަގަކުރަން އެންގީ މިހާރު ލިޔެކިޔުމުން ތައްޔާރު ކުރަންޖެހޭ ކަންކަން ނިންމާފައި ބެހެއްޓުމަށް ކަމަށެވެ.  

ލަސްވާ ލަސްވުން ފޫބެއްދުމަށް މިކުރާ ކަމަކީ ވީހާވެސް އަވަހަކަށް ޑިޒައިން މަސައްކަތްތަކާއި އެހެން ހުރިހާ މަސައްކަތްތަކެއް ނިންމުން. އެހެންވީމަ އިގްތިސާދީ ގޮތުން އަޅުގަނޑުމެންނަށް ފުރުސަތު ލިބެން ވައިރަށް މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ހުރިހާ ޑިޒައިންނާއި ޑޮކިޔުމެންޓޭޝަނާއި ހުރިހާ މަސައްކަތެއް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ 
ޑރ. އަބްދުﷲ މުއްތަލިބު

އައްޑޫ ބްރިޖްގައި މިހާރު ކުރިއަށް ދަނީ ޑީޓެއިލް ޑިޒައިންނާއި އީއައިއޭ މަސައްކަތްތަކާއި ފީސިބިލިޓީގެ މަސައްކަތްތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރާއްޖޭގެ އިގްތިސާދާއި ދަރަނިތައް އޮތްގޮތުން އެވަރުގެ ބޮޑު މަޝްރޫއުއެއް ހިންގުމަށް ލޯނު ނެގުމަކީ ދަތިކަމެއް ކަމަށް ވިދާޅުވި އެެވެ. 

5 ނޮވެންބަރު 2025 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫއަށް ކުރެއްވި ދަތަރުފުޅުގައި ހުޅުދޫ އަދި މީދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ބްރިޖް މަޝްރޫއުގެ ޑިޒައިން ހެދުމާއި ފަންނީ މަސައްކަތް ޗައިނާ ކުންފުންޏަކަށް، އެއް މިލިއަން ޑޮލަރަށް ހަވާލުކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މި މަސައްކަތް 6 މަސް ދުވަސް ތެރޭގައި ނިންމައި، ތިން އޮޕްޝަނަކަށް ޑިޒައިން ހަދާފައި ސަރުކާރަށް ހުށަހަޅަން ހަވާލުކުރެވިފައިވާނެކަމަށް ވެސް ވިދާޅުވި އެވެ. އެ ދަތުރުފުޅުގައި ރައީސް ވިދާޅުވީ އަމާޒަކީ 2026 ވަނަ އަހަރު ބްރިޖްގެ މަސައްކަތް ފެށުން ކަަމަށެވެ. 

އައްޑޫ ބްރިޖުޑރ. އަބްދުﷲ މުއްތަލިބުރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

03 އޯގަސްޓު 2026

އިންހައުސް މަސައްކަތުގައި އުޅުނު މީހުންގެ ތެރެއިން އިތުރަށް 2 ލައްކަ ރުފިޔާ ދީފައިވާ މީހުންގެ އަތުން އެ ފައިސާ އަނބުރާ ހޯދަން މަޖިލީހުން ފެނަކަ އަށް އަންގައިފި

03 އޯގަސްޓު 2026
އިންހައުސް މަސައްކަތުގައި އުޅުނު މީހުންގެ ތެރެއިން އިތުރަށް 2 ލައްކަ ރުފިޔާ ދީފައިވާ މީހުންގެ އަތުން އެ ފައިސާ އަނބުރާ ހޯދަން މަޖިލީހުން ފެނަކަ އަށް އަންގައިފި
03 އޯގަސްޓު 2026

ކުނި އުކާލުމުގެ ތެރެއިން ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅި، ފަޅު ހަޑިވަމުންދާ މައްސަލައިގައި މެންބަރު ކުޑޫގެ ސުވާލުތަކެއް ވެމްކޯގެ އެމްޑީ މުޖުތަބާ އަށް!

03 އޯގަސްޓު 2026
ކުނި އުކާލުމުގެ ތެރެއިން ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅި، ފަޅު ހަޑިވަމުންދާ މައްސަލައިގައި މެންބަރު ކުޑޫގެ ސުވާލުތަކެއް ވެމްކޯގެ އެމްޑީ މުޖުތަބާ އަށް!
03 އޯގަސްޓު 2026

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް 2 މެންބަރުން އިތުރު ކުރާ ބިލު ބަލައިގަނެ، ކޮމިޓީ އަށް

03 އޯގަސްޓު 2026
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް 2 މެންބަރުން އިތުރު ކުރާ ބިލު ބަލައިގަނެ، ކޮމިޓީ އަށް
03 އޯގަސްޓު 2026

އައްޑޫ ލިންކް ރޯޑް: 1 އަހަރު ފާއިތުވިއިރު އާރްޑީސީ އަށް ކުރެވުނު ހަމައެކަނި ކަމަކީ މަގު ސާފުކުރުން

03 އޯގަސްޓު 2026
އައްޑޫ ލިންކް ރޯޑް: 1 އަހަރު ފާއިތުވިއިރު އާރްޑީސީ އަށް ކުރެވުނު ހަމައެކަނި ކަމަކީ މަގު ސާފުކުރުން
03 އޯގަސްޓު 2026

ރަށްރަށަށް ވަޑައިގެން 6 މަސް ދުވަހުން މަޝްރޫއުތައް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވަނީ މިނިސްޓްރީން ބުނެގެންތޯ ކުރި ސުވާލަށް މިނިސްޓަރު މުއްތަލިބު ޖަވާބެއް ނުދެއްވި

03 އޯގަސްޓު 2026
ރަށްރަށަށް ވަޑައިގެން 6 މަސް ދުވަހުން މަޝްރޫއުތައް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވަނީ މިނިސްޓްރީން ބުނެގެންތޯ ކުރި ސުވާލަށް މިނިސްޓަރު މުއްތަލިބު ޖަވާބެއް ނުދެއްވި
03 އޯގަސްޓު 2026

2025 ވަނަ އަހަރުގެ ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްތަލިބު: "އެޖެންޑާ ކުރެވޭލެއް ލަސްވުމަކީ އަޅުގަނޑު ޒިންމާވާން ޖެހޭ ކަމެއް ނޫން"

03 އޯގަސްޓު 2026
2025 ވަނަ އަހަރުގެ ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްތަލިބު: "އެޖެންޑާ ކުރެވޭލެއް ލަސްވުމަކީ އަޅުގަނޑު ޒިންމާވާން ޖެހޭ ކަމެއް ނޫން"
01 އޯގަސްޓު 2026

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް!

01 އޯގަސްޓު 2026
މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް!
30 ޖުލައި 2026

އެމްޑީޕީ މެންބަރުންގެ 50ށް ވުރެ ގިނަ ސުވާލުގެ ނޯޓިސް މިނިސްޓަރު މުއްތަލިބަށް

30 ޖުލައި 2026
އެމްޑީޕީ މެންބަރުންގެ 50ށް ވުރެ ގިނަ ސުވާލުގެ ނޯޓިސް މިނިސްޓަރު މުއްތަލިބަށް
29 ޖުލައި 2026

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް 2 މެންބަރުން އިތުރު ކުރުމަށް ގާނޫނަށް އިސްލާހެއް

29 ޖުލައި 2026
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް 2 މެންބަރުން އިތުރު ކުރުމަށް ގާނޫނަށް އިސްލާހެއް
29 ޖުލައި 2026

މުވައްޒަފުން މަދުކުރުމުގެ ނަމުގައި ސަރުކާރާ ދެކޮޅު މީހުން ވަޒީފާ އިން ކަނޑާކަމަށް ބުނާ މައްސަލަ ބަލައިނުގަނެ ބޭރު ކޮށްލައިފި!

29 ޖުލައި 2026
މުވައްޒަފުން މަދުކުރުމުގެ ނަމުގައި ސަރުކާރާ ދެކޮޅު މީހުން ވަޒީފާ އިން ކަނޑާކަމަށް ބުނާ މައްސަލަ ބަލައިނުގަނެ ބޭރު ކޮށްލައިފި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް