Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމ. މުލަކު

މުލަކުގައި 30 އެނދުގެ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހުއްޓިފައި އޮތުމުން ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް!

8 އޯގަސްޓު 2026 | ހޮނިހިރު 14:07

މ. މުލަކުގައި 30 އެނދުގެ ހޮސްޕިޓަލެއް ބިނާކުރުމަށް ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުގެ އަމަލީ މަސައްކަތް ކުރިއަށް ނުދާތީ އެ ރަށު ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި. އަތޮޅުގެ އެންމެ އާބާދީ ބޮޑު މި ރަށުގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ހުއްޓިފައިވާ މި މަޝްރޫއު އަވަސްކޮށްދިނުމަށް ކައުންސިލުން މިހާރު ވަނީ ސަރުކާރަށް ގޮވާލާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 އޯގަސްޓު 2026 | ހޮނިހިރު 14:07

މުލަކުގައި އަޅާ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓިފައި | ރާއްޖެ އެމްވީ

މީމު އަތޮޅު މުލަކުގައި 30 އެނދުގެ ހޮސްޕިޓަލެއް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ މަސައްކަތް އެދެވޭ ގޮތެއްގައި ކުރިއަށް ނުދާތީ އެރަށު ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން އެރަށު ކައުންސިލުން ހާމަކޮށްފި އެވެ.

މުލަކުގައި އައު ހޮސްޕިޓަލެއް ބިނާކޮށްދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

Advertisement - newsAdvertisement

މި މަޝްރޫއާ ގުޅޭގޮތުން މުލަކު ކައުންސިލުން ރާއްޖެޓީވީއަށް މައުލޫމާތު ދެމުން ބުނީ، މި ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ކަމަށެވެ. ނަމަވެސް ބިންގާ އެޅި ފަހުން މިހާތަނަށް އައިއިރު، އަމަލީ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށްދާ މަންޒަރު ނުފެންނާތީ ރަށުގެ ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށް ކައުންސިލުން ބުނެ އެވެ.

މުލަކަކީ މީމު އަތޮޅުގެ ރަށްތަކުގެ ތެރެއިން އާބާދީގެ ގޮތުން އެންމެ ބޮޑު ރަށެވެ. އަދި ނިސްބަތުން ސިއްހީ ހިދުމަތް ހޯދުމަށް ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދުވެސް އެރަށުގައި ވަރަށް ގިނަ އެވެ. މިހާރު ހުރި ސިއްހީ މަރުކަޒުން އެކަށީގެންވާ ހިދުމަތް ދިނުމުގައި ދަތިތަކެއް ހުރުމާއެކު، އައު ހޮސްޕިޓަލުގެ މަސައްކަތް އަވަސްވުމަކީ މުޅި ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއްކަމަށް ވެސް ކައުންސިލުން ބުނެ އެވެ.

ކައުންސިލުން އިތުރަށް ބުނި ގޮތުގައި، ރަށުގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި މި މަޝްރޫއަކީ ކޮންމެހެން މުހިއްމު މަޝްރޫއެކެވެ. އެހެންކަމުން މަސައްކަތް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ވީހާވެސް އަވަހަކަށް ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ބާރުމިނުގައި ކުރިއަށް ގެންގޮސްދިނުމަށް ރަށުގެ ރައްޔިތުންނާއި ކައުންސިލުން ސަރުކާރަށް ގޮވާލަ އެވެ.

މުލަކުމ އަތޮޅުސިއްހީ ޚިދުމަތް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

05 އޯގަސްޓު 2026

މުލަކުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ހުއްޓިފައި، ވެރިކަން ބަދަލުވި ފަހުން ބިން ސާފުކޮށްލުން ނޫން ކަމެއް ނުކުރޭ!

05 އޯގަސްޓު 2026
މުލަކުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ހުއްޓިފައި، ވެރިކަން ބަދަލުވި ފަހުން ބިން ސާފުކޮށްލުން ނޫން ކަމެއް ނުކުރޭ!
26 ޖުލައި 2026

ވަޒީފާގެ ފުރުސަތުތަކާއި ކިޔެވުމަށް އޮތް ހުރަސް: ނާލާފުށީ ރައްޔިތުންގެ އެންމެ ބޮޑު އާދޭހަކީ ކޯޒްވޭ

26 ޖުލައި 2026
ވަޒީފާގެ ފުރުސަތުތަކާއި ކިޔެވުމަށް އޮތް ހުރަސް: ނާލާފުށީ ރައްޔިތުންގެ އެންމެ ބޮޑު އާދޭހަކީ ކޯޒްވޭ
12 ޖުލައި 2026

އަތޮޅު ކައުންސިލްއާ ނުލައި އަތޮޅެއް ތަރައްގީވެ ކުރިއަށް ނުދާނެ: ނިމާލު

12 ޖުލައި 2026
އަތޮޅު ކައުންސިލްއާ ނުލައި އަތޮޅެއް ތަރައްގީވެ ކުރިއަށް ނުދާނެ: ނިމާލު
12 ޖުލައި 2026

ކައުންސިލްތަކާ ހަވާލުނުކޮށް ސަރުކާރުން ކުރިއަށް ގެންދާ ކުދި މަޝްރޫއުތައް ދަނީ ފަނުފުލުން: ނިމާލު

12 ޖުލައި 2026
ކައުންސިލްތަކާ ހަވާލުނުކޮށް ސަރުކާރުން ކުރިއަށް ގެންދާ ކުދި މަޝްރޫއުތައް ދަނީ ފަނުފުލުން: ނިމާލު
12 ޖުލައި 2026

މަސްވެރިކަމަށް މ. އަތޮޅުގައި ހަރުކުރި ހުރިހާ ބޮޔެއް ވެސް މިހާރު ހުރީ އެއްގަމުގެ އެކި ތަންތާ!

12 ޖުލައި 2026
މަސްވެރިކަމަށް މ. އަތޮޅުގައި ހަރުކުރި ހުރިހާ ބޮޔެއް ވެސް މިހާރު ހުރީ އެއްގަމުގެ އެކި ތަންތާ!
11 ޖުލައި 2026

ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވިޔަކަސް މ. އަތޮޅުން މަސްވެރިންނަށް ތެލެއް، އައިސް އެއް ނުލިބޭ

11 ޖުލައި 2026
ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވިޔަކަސް މ. އަތޮޅުން މަސްވެރިންނަށް ތެލެއް، އައިސް އެއް ނުލިބޭ
07 ޖުލައި 2026

ސިއްހީ އިހުމާލާއި ރަހުމެއްނެތް ނިންމުންތަކުން އަޙްސަނާގެ ދިރިއުޅުން ކަރުނައިގެ ތެރޭގައި!

07 ޖުލައި 2026
ސިއްހީ އިހުމާލާއި ރަހުމެއްނެތް ނިންމުންތަކުން އަޙްސަނާގެ ދިރިއުޅުން ކަރުނައިގެ ތެރޭގައި!
01 ޖުލައި 2026

މުލަކު ފިޓްނަސް ސެންޓަރުގެ ޤާއިމު ކުރަން ކުރީ ސަރުކާރުން ގިނަ މަސައްކަތް ތަކެއް ކުރި: މިނިސްޓަރު ރާފިޢު

01 ޖުލައި 2026
މުލަކު ފިޓްނަސް ސެންޓަރުގެ ޤާއިމު ކުރަން ކުރީ ސަރުކާރުން ގިނަ މަސައްކަތް ތަކެއް ކުރި: މިނިސްޓަރު ރާފިޢު
21 ޖޫން 2026

މ.އަތޮޅުގެ 8 ރަށަކަށް ދެމުންދާ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކޮށްފި

21 ޖޫން 2026
މ.އަތޮޅުގެ 8 ރަށަކަށް ދެމުންދާ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކޮށްފި
14 ޖޫން 2026

މ. އަތޮޅަކީ މަސްވެރިކަމުގެ އަތޮޅެއް، މި ސަރުކާރާއެކު މުޅި އަތޮޅުގެ އިގްތިސާދަށް ލިބުނީ ހީނަރުކަން: އިހުސާން

14 ޖޫން 2026
މ. އަތޮޅަކީ މަސްވެރިކަމުގެ އަތޮޅެއް، މި ސަރުކާރާއެކު މުޅި އަތޮޅުގެ އިގްތިސާދަށް ލިބުނީ ހީނަރުކަން: އިހުސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް