Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަރ މިއާމީ

މޮންޓެރޭ ކޮޅަށް ލަނޑު ޖެހުމަށް ފަހު، ޑި ޕޯލް އެ ލަނޑު ޚާއްސަ ކުރީ ބައްޕަ މަރުވުމުގެ ސަބަބުން ޓީމާ ދުރުގައި ހުރި މެސީ އަށް

10 އޯގަސްޓު 2026 | ހޯމަ 03:06

މިއާމީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ކަސެމީރޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހުމަށް ފަހު، ޑި ޕޯލް ވަނީ އޭނާ ލައިގެން ހުރި ޖާޒީ ބާލައި، އެ ޖާޒީގެ ދަށުން މެސީގެ ނަން ޖަހާފައިވާ މިއާމީ ޖާޒީ ދައްކާލާފައި. ޑި ޕޯލް އާއި މެސީ އަކީ ޤައުމީ ޓީމުގެ އިތުރުން، މިއާމީގައި ވެސް ވަރަށް ގާތް ދެ ކުޅުންތެރިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 އޯގަސްޓު 2026 | ހޯމަ 03:06
އިންޓަރ މިއާމީ އިން ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު ޑި ޕޯލް އުފާ ފާޅު ކުރަނީ

އިންޓަރ މިއާމީ އިން ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު ޑި ޕޯލް އުފާ ފާޅު ކުރަނީ | ގެޓީ އިމޭޖަސް

ލީގްސް ކަޕްގައި އިންޓަރ މިއާމީ އިން މޮންޓެރޭއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު، ރޮޑްރީގޯ ޑި ޕޯލް އެ ލަނޑު ލިއޮނަލް މެސީ އަށް ޚާއްސަކޮށްފި އެވެ.

އާޖެންޓީނާ އާއި އިންޓަރ މިއާމީގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ މެސީ މިވަގުތު ހުރީ، އޭނާގެ ބައްޕަ ޖޯޖް މެސީ މަރުވުމުގެ ސަބަބުން ޓީމާ ދުރުގައި އެވެ. ބައްޕަ މަރުވުމާ އެކު މެސީ ވަނީ އާޖެންޓީނާ އަށް ގޮސްފި އެވެ. އެކަމުގެ ސަބަބުން، މިއާމީ އިން މޮންޓެރޭއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ކުޅެފައި ނުވެ އެވެ. 

މޮންޓެރޭއާ ދެކޮޅަށް ކުޅުނު މެޗުގައި، މެސީގެ ބައްޕަގެ ހަނދާނުގައި މިއާމީގެ ހުރިހާ ކުޅުންތެރިން ވެސް ނުކުތީ އަތުގައި ކަޅު ކުލައިގެ ބޭންޑެއް އަޅައިގެންނެވެ. މި މެޗުގައި ޑި ޕޯލް ޖެހި ލަނޑަށް ފަހު، އޭނާ ވަނީ އަސަރުގަދަ ގޮތަކަށް އެ ލަނޑު ފާހަގަކޮށް، މެސީ އަށް އެ ލަނޑު ޚާއްސަކޮށްފައި އެވެ. 

މެޗުގައި ލަނޑު ޖެހުމަށް ފަހު ޑި ޕޯލް މެސީ އަށް އެ ލަނޑު ޚާއްސަކުރަނީ

މިއާމީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ކަސެމީރޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހުމަށް ފަހު، ޑި ޕޯލް ވަނީ އޭނާ ލައިގެން ހުރި ޖާޒީ ބާލައި، އެ ޖާޒީގެ ދަށުން މެސީގެ ނަން ޖަހާފައިވާ މިއާމީ ޖާޒީ ދައްކާލައިފަ އެވެ. ޑި ޕޯލް އާއި މެސީ އަކީ ޤައުމީ ޓީމުގެ އިތުރުން، މިއާމީގައި ވެސް ވަރަށް ގާތް ދެ ކުޅުންތެރިންނެވެ. 

އެންމެ ބޮޑަށް އެކަން ފާހަގަ ވެގެން ދަނީ އަބަދުވެސް މެސީގެ އެންމެ ގާތުގައި ޑި ޕޯލް ހުންނާތީ އެވެ. ބައެއް ފަރާތްތަކުން ވަނީ، ޑި ޕޯލް އަކީ މެސީގެ ބޮޑީގާޑުގެ ގޮތުގައި ވެސް ސިފަކޮށްފައި އެވެ. މެސީ އާއި ޑި ޕޯލްއާ ދެމެދު އޮންނަ ގާތް ގުޅުމަކީ އަބަދުވެސް ފާހަގަ ކޮށްލެވޭ ގުޅުމެކެވެ. 

އެ މެޗުގައި މިއާމީ 2-1 އިން ބަލިވި ނަމަވެސް، ޑި ޕޯލްގެ އަމަލު ގިނަ ބަޔަކަށް ވަނީ ވަރަށް ބޮޑަށް ފާހަގަވެފައި އެވެ. 

އެމެރިކާ ލީގްސް ކަޕްއިންޓަ މިއާމީލިއޮނެލް މެސީރޮޑްރީގޯ ޑެ ޕޯލް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

09 އޯގަސްޓު 2026

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

09 އޯގަސްޓު 2026
ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ
08 އޯގަސްޓު 2026

މެސީގެ ބައްޕަ މަރުވެއްޖެ

08 އޯގަސްޓު 2026
މެސީގެ ބައްޕަ މަރުވެއްޖެ
08 އޯގަސްޓު 2026

ކުޅުން ހުއްޓާލާނެ ވަގުތެއް ނިންމާނީ މެސީ އަމިއްލަ އަށް: ޓަޕިއާ

08 އޯގަސްޓު 2026
ކުޅުން ހުއްޓާލާނެ ވަގުތެއް ނިންމާނީ މެސީ އަމިއްލަ އަށް: ޓަޕިއާ
06 އޯގަސްޓު 2026

މެސީގެ ދެ ލަނޑާ އެކު އިންޓަރ މިއާމީ މޮޅުވެއްޖެ

06 އޯގަސްޓު 2026
މެސީގެ ދެ ލަނޑާ އެކު އިންޓަރ މިއާމީ މޮޅުވެއްޖެ
02 އޯގަސްޓު 2026

ވޯލްޑް ކަޕަށް ފަހު އެނބުރި އައިސް، މިއާމީގައި މެސީ ކުޅުނު ފުރަތަމަ މެޗު އެއްވަރުވެއްޖެ

02 އޯގަސްޓު 2026
ވޯލްޑް ކަޕަށް ފަހު އެނބުރި އައިސް، މިއާމީގައި މެސީ ކުޅުނު ފުރަތަމަ މެޗު އެއްވަރުވެއްޖެ
27 ޖުލައި 2026

ވޯލްޑް ކަޕްގެ ފައިނަލްއިން ބަލިވުމަކީ، މެސީ ރިޓަޔަރކުރަން ޖެހޭ ސަބަބެއް ނޫން: ޑި މާާރިއާ

27 ޖުލައި 2026
ވޯލްޑް ކަޕްގެ ފައިނަލްއިން ބަލިވުމަކީ، މެސީ ރިޓަޔަރކުރަން ޖެހޭ ސަބަބެއް ނޫން: ޑި މާާރިއާ
27 ޖުލައި 2026

ސްޕެއިންއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗަކީ، ޤައުމީ ޓީމަށް މެސީ ކުޅުނު ފަހު މެޗު: ޕަރޭޑަސް

27 ޖުލައި 2026
ސްޕެއިންއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗަކީ، ޤައުމީ ޓީމަށް މެސީ ކުޅުނު ފަހު މެޗު: ޕަރޭޑަސް
27 ޖުލައި 2026

ވޯލްޑް ކަޕްގެ ނާކާމިޔާބަށް ފަހު، މެސީ ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް

27 ޖުލައި 2026
ވޯލްޑް ކަޕްގެ ނާކާމިޔާބަށް ފަހު، މެސީ ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް
23 ޖުލައި 2026

ކަސެމީރޯ، އިންޓަރ މިއާމީ އަށް ސޮއިކޮށްފި

23 ޖުލައި 2026
ކަސެމީރޯ، އިންޓަރ މިއާމީ އަށް ސޮއިކޮށްފި
21 ޖުލައި 2026

ވޯލްޑް ކަޕްގެ ފައިނަލް އިން ބަލިވެ ތަށި ދިފާއު ނުކުރެވުމުގެ ހިތާމަ ވަރަށް ބޮޑު، އެކަމުން އަރައިގަންނަން ވަގުތު ނަގާނެ: މެސީ

21 ޖުލައި 2026
ވޯލްޑް ކަޕްގެ ފައިނަލް އިން ބަލިވެ ތަށި ދިފާއު ނުކުރެވުމުގެ ހިތާމަ ވަރަށް ބޮޑު، އެކަމުން އަރައިގަންނަން ވަގުތު ނަގާނެ: މެސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް