Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަރ މިއާމީ

ކަސެމީރޯ، އިންޓަރ މިއާމީ އަށް ސޮއިކޮށްފި

23 ޖުލައި 2026 | ބުރާސްފަތި 07:15

އުމުރުން 34 އަހަރުގެ ކަސެމީރޯ މިއާމީ އަށް ބަދަލުވެފައި ވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް. ނަމަވެސް، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން 2029 ވަނަ އަހަރާ ހަމައަށް އެއްބަސްވުން އައު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޖުލައި 2026 | ބުރާސްފަތި 07:15
އިންޓަރ މިއާމީގެ ޖާޒީ އާއެކު ކަސެމީރޯ

އިންޓަރ މިއާމީގެ ޖާޒީ އާއެކު ކަސެމީރޯ | ސޯޝަލް މީޑިއާ

މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށްލި ބްރެޒިލްގެ ކަސެމީރޯ، އެމެރިކާާގެ އިންޓަރ މިއާމީ އަށް ސޮއިކޮށްފި އެވެ.

ދާދި ފަހުން ނިމުނު ފީފާ ވޯލްޑް ކަޕްގެ ކުރިން ވެސް، ކަސެމީރޯ މިއާމީ އަށް ބަދަލުވާ ވާހަކަ އޮތީ ދެކެވިފައި އެވެ. އެގޮތުން މިއާމީ އިން އޭނާ ހޯދުމުގެ ޑީލް އޭރު ވެސް ކާމިޔާބު ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. 

ވޯލްޑް ކަޕަށް ފަހު ބުދަ ދުވަހު މިއާމީ އިން ވަނީ ކަސެމޯރީ އެ ކުލަބަށް ސޮއި ކޮށްފައިވާކަން ރަސްމީކޮށް އިއުލާން ކޮށްފައި އެވެ. އުމުރުން 34 އަހަރުގެ ކަސެމީރޯ މިއާމީ އަށް ބަދަލުވެފައި ވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށެވެ. ނަމަވެސް، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން 2029 ވަނަ އަހަރާ ހަމައަށް އެއްބަސްވުން އައު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

މިއާމީ އަށް ބަދަލުވުމަށް ފަހު ވާހަކަ ދައްކަމުން ކަސެމީރޯ ބުނެފައި ވަނީ، އެ ކުލަބަށް ބަދަލުވެވުމުން އޭނާާ ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި، އެ ކުލަބުގެ ޖާޒީގައި ކުޅެން ކެތް މެދުވެފައި ހުރި ކަމަަށެވެ. މިއާމީ އިން އޭނާ އަށް ކުރި އިތުބާރަށް ޝުކުރު އަދާ ކުރާކަން ފާާހަގަކޮށް ކަސެމީރޯ ބުނީ، އެ ކުލަބަށް ކާމިޔާބު ހޯދައި ދިނުމަށް އޭނާ ހުރިހާ މަސައްކަތެއް ކުރާާނެ ކަމަށެވެ. އޭނާ ގެނައުމަށް މިއާމީ އިން ކުރި މަސައްކަތަކީ، އޭނާގެ މުހިންމުކަން އިހުސާސް ކުރެވޭ ކަމެއް ކަމަށް ވެސް ކަސެމީރޯ ވަނީ ބުނެފައި އެވެ.

މިއާމީގައި ކަސެމީރޯ ބޭނުން ކުރާނީ ފަސް ނަންްބަރު ޖާޒީ އެވެ. އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކެޕްޓަންކަން ކުރަމުން އަންނަ މިއާމީ އަށް ކަސެމީރޯ ބަދަލުވީއިރު، މިއީ މެސީއާ އެއް ޓީމަކަށް އޭނާ ކުޅޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މެސީ ބާސެލޯނާ އަށް ކުޅުނުއިރު، އަދި ކަސެމީރޯ ރެއާލް މެޑްރިޑަށް ކުޅުނުއިރު މި ދެ ކުޅުންތެރިން ވަނީ ބައްދަލު ކޮށްފައި އެވެ.

މިއާމީ އަކީ ކަސެމީރޯގެ ކެރިއަރުގައި އޭނާ ކުޅޭނެ ފަސް ވަނަ ކުލަބެވެ. ބްރެޒިލްގެ ސައު ޕައޮލޯ އިން ކެރިއަރު ފެށި ކަސެމީރޯ ވަނީ، ރެއާލް މެޑްރިޑާއި، ޕޯޓޯ އަދި މެންޗެސްޓަރ ޔުނައިޓެޑަށް ވެސް ކުޅެފައި އެވެ. މީގެ އިތުރުން ކަސެމީރޯ އަކީ ބްރެޒިލްގެ ޤައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ކުޅުންތެރިޔެކެވެ.

އިންޓަ މިއާމީކަސެމީރޯ

އިތުރަށް ކިޔާލަން

04 ޖޫން 2026

ޕްރިންސަސް އޮފް އެސްޓޫރިއަސް އެވޯޑު މެސީ އަށް ދޭން ނިންމައިފި

04 ޖޫން 2026
ޕްރިންސަސް އޮފް އެސްޓޫރިއަސް އެވޯޑު މެސީ އަށް ދޭން ނިންމައިފި
10 މެއި 2026

މިއާމީ އިން ޓޮރޮންޓޯ ބަލި ކުރި މެޗުގައި، މެސީ އަށް ޚާއްސަ ރެކޯޑެއް

10 މެއި 2026
މިއާމީ އިން ޓޮރޮންޓޯ ބަލި ކުރި މެޗުގައި، މެސީ އަށް ޚާއްސަ ރެކޯޑެއް
29 މާރިޗު 2026

ކަސެމީރޯ ހޯދުމަށް އިންޓަރ މިއާމީ އިން މަސައްކަތް ކުރަނީ

29 މާރިޗު 2026
ކަސެމީރޯ ހޯދުމަށް އިންޓަރ މިއާމީ އިން މަސައްކަތް ކުރަނީ
23 މާރިޗު 2026

މެސީގެ ލަނޑުން މޮޅުވެ، މިއާމީ ތިން ވަނަ އަށް

23 މާރިޗު 2026
މެސީގެ ލަނޑުން މޮޅުވެ، މިއާމީ ތިން ވަނަ އަށް
19 މާރިޗު 2026

އިންޓަރ މިއާމީ ކަޓައިފި، މެސީ އަށް ކެރިއަރުގައި 900 ލަނޑު

19 މާރިޗު 2026
އިންޓަރ މިއާމީ ކަޓައިފި، މެސީ އަށް ކެރިއަރުގައި 900 ލަނޑު
20 ޑިސެމްބަރު 2025

މެސީ އަށް 1.3 މިލިއަން ޑޮލަރުގެ ގަޑިއެއް އަމްބާނީ ހަދިޔާ އަކަށް ދީފި

20 ޑިސެމްބަރު 2025
މެސީ އަށް 1.3 މިލިއަން ޑޮލަރުގެ ގަޑިއެއް އަމްބާނީ ހަދިޔާ އަކަށް ދީފި
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް