Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާޖެންޓީނާ

ވޯލްޑް ކަޕްގެ ނާކާމިޔާބަށް ފަހު، މެސީ ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް

27 ޖުލައި 2026 | ހޯމަ 04:29

ހޮނިހިރު ދުވަހު އާންމުންގެ ތެރެއިން މެސީ ފެނިފައި ވަނީ އާޖެންޓީނާގެ ހަތަރު ވަނަ ޑިވިޝަން ނުވަތަ، ސީ ލީގުގައި އޭނާގެ އަމިއްލަަ އާއިލާ އިން ހިންގާ ކުލަބެއް ކަމަށްވާ ލިއޯނެސް އެފްސީ އާއި ސެންޓްރަލް ކޯޑޯބާ ބައްދަލު ކުރި މެޗު ބަލަން ގޮސް ހުއްޓައި. އެންޓޯނިއޯ ޑި ޖިއާކޯމޯ ސްޓޭޑިއަމް އިން މެސީ ފެނިފައި ވަނީ ކަޅު ކުލައިގެ ހުޑީއެއް ލައިގެން ހުއްޓައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ޖުލައި 2026 | ހޯމަ 04:29

ވޯލްޑް ކަޕްގެ ނާާކާމިޔާބަށް ފަހު، ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއިން މެސީ ފެނުނު ވަގުތު | ސޯޝަލް މީޑިއާ

ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ސްޕެއިން އަތުން އާޖެންޓީނާ ބަލިވި މެޗަށް ފަހު، އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއިން ފެނިއްޖެ އެވެ.

މެސީ ފެނިފައި ވަނީ އޭނާގެ އުފަން ރަށުގައި ކުރިއަށް ދިޔަ ފުޓުބޯޅަ މެޗެއް ބެލުމުގެ ތެރެއިންނެެވެ. މެސީ މިވަގުތު ހުރީ އޭނާގެ އާއިލާ އާއެކު، އާޖެންޓީނާގެ ރޮސާރިއޯގައި އެވެ. 

ހޮނިހިރު ދުވަހު އާންމުންގެ ތެރެއިން މެސީ ފެނިފައި ވަނީ އާޖެންޓީނާގެ ހަތަރު ވަނަ ޑިވިޝަން ނުވަތަ، ސީ ލީގުގައި އޭނާގެ އަމިއްލަަ އާއިލާ އިން ހިންގާ ކުލަބެއް ކަމަށްވާ ލިއޯނެސް އެފްސީ އާއި ސެންޓްރަލް ކޯޑޯބާ ބައްދަލު ކުރި މެޗު ބަލަން ގޮސް ހުއްޓައި އެވެ. އެންޓޯނިއޯ ޑި ޖިއާކޯމޯ ސްޓޭޑިއަމް އިން މެސީ ފެނިފައި ވަނީ ކަޅު ކުލައިގެ ހުޑީއެއް ލައިގެން ހުއްޓައި އެވެ. 

ދަނޑުގެ ގޯލުގެ ފަހަތުގައި ހުރި އެކަހެރި ސަރަހައްދެއްގައި މެޗު ބެލުމަށް މެސީ ހުރިއިރު، ގިނަ ބަޔަކަށް އޭނާ ފެނިފައިވެ އެވެ. އަދި ގިނަ ބަޔަކު ވަނީ މެސީގެ ވީޑިއޯ އާއި ފޮޓޯ ނަގައި، ސޯޝަލް މީޑިއާގައި އާންމުކޮށްފައި އެވެ. އެވަގުތު ދަނޑުގައި ތިބި ކުޑަ ކުދިންތަކެއް މެސީގެ ނަމުން އޭނާ އަށް ގޮވާ އަޑު ވެސް އިވެ އެވެ. މެސީ ވަނީ ހިނިތުންވެލައިގެން ހުރެ، ދަނޑުގައި ތިބި މީހުންނަށް އަތުން އިޝާރާތްކޮށްލައިފަ އެވެ. 

އެންޓޯނިއޯ ޑި ޖިއާކޯމޯ ސްޓޭޑިއަމްގައި ކުޅުނު މެޗު ބަލަން މެސީ

އާޖެންޓީނާގައި މިވަގުތު މެސީ ޗުއްޓީ ހޭދަ ކުރަމުން އަންނައިރު، އަންނަ ހަފުތާގައި އެމެރިކާގެ ނޯތު ކެރޮލައިނާގެ ޝާލޮޓްގައި ކުޅުމަށް ހަމަޖެހިފައިވާ އެމްއެލްއެސް އޯލް ސްޓާ މެޗުގައި މެސީ ނުކުޅޭނެ އެވެ. މެސީ ނެތުމަކީ މި މެޗުގެ މާކެޓިން އަށް ލިބޭ ބޮޑު ގެއްލުމަކަށް ވީ ނަމަވެސް، އެ މެޗުގެ ސްކޮޑުގައި މަޝްހޫރު އެހެން ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރޭގައި ލޮސް އެންޖެލެސް އެފްސީގެ ސޮން ހިއުން މިން އާއި ވެންކޫވާ ވައިޓްކެމްޕްސްގެ ތޯމަސް މުލާ ވެސް ހިމެނެ އެވެ. 

އެމެރިކާގެ އިންޓަރ މިއާމީ އަށް ކުޅެމުން އަންނަ މެސީ، އެ ކުލަބުގެ ފަރިތަކުރުންތަކާ ގުޅުމަށް ހަމަޖެހިފައި ވަނީ އޯގަސްޓު މަހުގެ ތެރޭގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. މިވަގުތު މެސީ ހުރީ 21 ދުވަހުގެ ޗުއްޓީއެއްގައި ކަމަށާއި، އޭނާ ގެންދަނީ އާއިލާ އާއެކު ވަގުތު ހޭދަ ކުރަމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

ފީފާ ވޯލްޑް ކަޕް 2026އާޖެންޓީނާ ޤައުމީ ފުޓުބޯޅަ ޓީމުލިއޮނެލް މެސީ

އިތުރަށް ކިޔާލަން

26 ޖުލައި 2026

ސެމީ ފައިނަލްގައި އިންގްލެންޑު ބަލިކުރުމާއެކު، އާޖެންޓީނާ އަށް ވޯލްޑް ކަޕް ނިމިއްޖެ: ޑި މާރިއާ

26 ޖުލައި 2026
ސެމީ ފައިނަލްގައި އިންގްލެންޑު ބަލިކުރުމާއެކު، އާޖެންޓީނާ އަށް ވޯލްޑް ކަޕް ނިމިއްޖެ: ޑި މާރިއާ
23 ޖުލައި 2026

ބަލިވީ ރެފްރީންގެ ސަބަބުންނެއް ނޫން، ރަނގަޅަށް ކުޅުނީ ސްޕެއިން: ސްކަލޯނީ

23 ޖުލައި 2026
ބަލިވީ ރެފްރީންގެ ސަބަބުންނެއް ނޫން، ރަނގަޅަށް ކުޅުނީ ސްޕެއިން: ސްކަލޯނީ
22 ޖުލައި 2026

މިފަހަރުގެ ވޯލްޑް ކަޕް އަކީ ކުރީގެ މުބާރާތްތަކާ އަޅާބަލާއިރު، ހަތަރު ގުނަ ކާމިޔާބު މުބާރާތެއް: ޓްރަމްޕް

22 ޖުލައި 2026
މިފަހަރުގެ ވޯލްޑް ކަޕް އަކީ ކުރީގެ މުބާރާތްތަކާ އަޅާބަލާއިރު، ހަތަރު ގުނަ ކާމިޔާބު މުބާރާތެއް: ޓްރަމްޕް
21 ޖުލައި 2026

ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާ އާއި އިސްރާއީލްއާ ދެކޮޅަށް ތިބި ރައްޔިތުންނަށް ލިބުނު އުފަލެއް: އީރާން

21 ޖުލައި 2026
ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާ އާއި އިސްރާއީލްއާ ދެކޮޅަށް ތިބި ރައްޔިތުންނަށް ލިބުނު އުފަލެއް: އީރާން
21 ޖުލައި 2026

ވޯލްޑް ކަޕްގެ ފައިނަލް އިން ބަލިވެ ތަށި ދިފާއު ނުކުރެވުމުގެ ހިތާމަ ވަރަށް ބޮޑު، އެކަމުން އަރައިގަންނަން ވަގުތު ނަގާނެ: މެސީ

21 ޖުލައި 2026
ވޯލްޑް ކަޕްގެ ފައިނަލް އިން ބަލިވެ ތަށި ދިފާއު ނުކުރެވުމުގެ ހިތާމަ ވަރަށް ބޮޑު، އެކަމުން އަރައިގަންނަން ވަގުތު ނަގާނެ: މެސީ
21 ޖުލައި 2026

ވޯލްޑް ކަޕް ފައިނަލް މެޗު ނިމުމާއެކު އާޖެންޓިނާގެ ޓީމުން ދަނޑުމަތީގައި މާރާމާރީ ހިންގި މައްސަލަ ތަހުގީގު ކުރަން ފީފާ އިން ޕްރޮސެކިއުޓަރަކު އައްޔަނު ކޮށްފި

21 ޖުލައި 2026
ވޯލްޑް ކަޕް ފައިނަލް މެޗު ނިމުމާއެކު އާޖެންޓިނާގެ ޓީމުން ދަނޑުމަތީގައި މާރާމާރީ ހިންގި މައްސަލަ ތަހުގީގު ކުރަން ފީފާ އިން ޕްރޮސެކިއުޓަރަކު އައްޔަނު ކޮށްފި
21 ޖުލައި 2026

ވޯލްޑް ކަޕް ކާމިޔާބު ނުކޮށް، ބެލެންޑިއޯ އެވޯޑު ހޯދިދާނެ ހެއްޔެވެ؟

21 ޖުލައި 2026
ވޯލްޑް ކަޕް ކާމިޔާބު ނުކޮށް، ބެލެންޑިއޯ އެވޯޑު ހޯދިދާނެ ހެއްޔެވެ؟
21 ޖުލައި 2026

ވޯލްޑް ކަޕްގެ ފައިނަލް އަށް ޗެފެރިން ވަޑައިނުގެންނެވީ، ފީފާގެ ނިންމުންތަކާ ދެކޮޅު ހެދުމުގެ ގޮތުން

21 ޖުލައި 2026
ވޯލްޑް ކަޕްގެ ފައިނަލް އަށް ޗެފެރިން ވަޑައިނުގެންނެވީ، ފީފާގެ ނިންމުންތަކާ ދެކޮޅު ހެދުމުގެ ގޮތުން
20 ޖުލައި 2026

ސްޕެއިންގެ ކާމިޔާބަށް ފުއެންޓޭގެ ތައުރީފު، ކާމިޔާބުގެ ސިއްރަކީ އެކުވެރިކަމާއި އެއްބައިވަންތަކަން!

20 ޖުލައި 2026
ސްޕެއިންގެ ކާމިޔާބަށް ފުއެންޓޭގެ ތައުރީފު، ކާމިޔާބުގެ ސިއްރަކީ އެކުވެރިކަމާއި އެއްބައިވަންތަކަން!
20 ޖުލައި 2026

ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ހާފް-ޓައިމްގައި، މެޑޯނާ، ބީޓީއެސް، ޝަކީރާ އަދި ޖަސްޓިން ބީބަރ ފަދަ މަޝްހޫރު ތަރިންގެ ވިދުވަރުން ދިއްލާލައިފި

20 ޖުލައި 2026
ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ހާފް-ޓައިމްގައި، މެޑޯނާ، ބީޓީއެސް، ޝަކީރާ އަދި ޖަސްޓިން ބީބަރ ފަދަ މަޝްހޫރު ތަރިންގެ ވިދުވަރުން ދިއްލާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް