Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލީގްސް ކަޕް

މެސީގެ ދެ ލަނޑާ އެކު އިންޓަރ މިއާމީ މޮޅުވެއްޖެ

6 އޯގަސްޓު 2026 | ބުރާސްފަތި 07:26

މެޗުން މިއާމީ މޮޅުވެފައިވާއިރު، މިއީ ފީފާ ވޯލްޑް ކަޕްގެ ފަހުން މެސީ އެ ޓީމަށް ކުޅެދިން ދެ ވަނަ މެޗު. މެސީ ކުޅުނު ފުރަތަމަ މެޗުގައި މިއާމީ ވަނީ އެއްވަރުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 އޯގަސްޓު 2026 | ބުރާސްފަތި 07:26
މެޗުގައި ލަނޑު ޖެހުމަށް ފަހު މިއާމީގެ ކެޕްޓަން ލިއޮނަލް މެސީ އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު މިއާމީގެ ކެޕްޓަން ލިއޮނަލް މެސީ އުފާ ފާޅު ކުރަނީ. | ގެޓީ އިމޭޖަސް

ލީގްްސް ކަޕްގައި އެޓްލެޓިކޯ ޑި ސަން ލުއިސްއާ ދެކޮޅަށް ކުޅުނު މެޗުން އިންޓަރ މިއާމީ މޮޅުވެއްްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ފަތިހު ކުޅުނު މެޗު މިއާމީ އިން ކާމިޔާބު ކޮށްފައި ވަނީ 4-2 އިންނެވެ. މެޗުގައި ސަން ލުއިސް އިން ލަނޑު ޖަހާފައި ވަނިކޮށް، މިއާމީ އިން ވަނީ ފަހަތުން އަރައި މޮޅުވެފައި އެވެ.

މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ސަން ލުއިސް އަށް ލީޑު ނަގައިދިނީ ޑޭވިޑް ރޮޑްރިގޭޒް އެވެ. އޭގެ ހަތް މިނެޓު ފަހުން މިއާމީގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ލަނޑު ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައި އެވެ. 

މެޗުގައި މިއާމީ އަށް ލީޑު ނަގައިދިނީ 26 ވަނަ މިނެޓުގައި ޓެލަސްކޯ ސެގޯވިއާ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާާން މިނެޓަކަށް ވެފައި ވަނިކޮށް، މެސީ ވަނީ މިއާމީގެ ތިން ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފައި އެވެ. 

އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މިއާމީގެ ހަތަރު ވަނަ ލަނޑު ޖެހީ މިކޭލް އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ މެސީ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ސަން ލުއިސްގެ ދެ ވަނަ ލަނޑު ޖެހީ ރަފާ ލޮރެންޓޭ އެވެ.

މެޗުން މިއާމީ މޮޅުވެފައިވާއިރު، މިއީ ފީފާ ވޯލްޑް ކަޕްގެ ފަހުން މެސީ އެ ޓީމަށް ކުޅެދިން ދެ ވަނަ މެޗެވެ. މެސީ ކުޅުނު ފުރަތަމަ މެޗުގައި މިއާމީ ވަނީ އެއްވަރުވެފައި އެވެ.

އެމެރިކާ ލީގްސް ކަޕްއިންޓަ މިއާމީލިއޮނެލް މެސީ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

02 އޯގަސްޓު 2026

ވޯލްޑް ކަޕަށް ފަހު އެނބުރި އައިސް، މިއާމީގައި މެސީ ކުޅުނު ފުރަތަމަ މެޗު އެއްވަރުވެއްޖެ

02 އޯގަސްޓު 2026
ވޯލްޑް ކަޕަށް ފަހު އެނބުރި އައިސް، މިއާމީގައި މެސީ ކުޅުނު ފުރަތަމަ މެޗު އެއްވަރުވެއްޖެ
27 ޖުލައި 2026

ވޯލްޑް ކަޕްގެ ފައިނަލްއިން ބަލިވުމަކީ، މެސީ ރިޓަޔަރކުރަން ޖެހޭ ސަބަބެއް ނޫން: ޑި މާާރިއާ

27 ޖުލައި 2026
ވޯލްޑް ކަޕްގެ ފައިނަލްއިން ބަލިވުމަކީ، މެސީ ރިޓަޔަރކުރަން ޖެހޭ ސަބަބެއް ނޫން: ޑި މާާރިއާ
27 ޖުލައި 2026

ސްޕެއިންއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗަކީ، ޤައުމީ ޓީމަށް މެސީ ކުޅުނު ފަހު މެޗު: ޕަރޭޑަސް

27 ޖުލައި 2026
ސްޕެއިންއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗަކީ، ޤައުމީ ޓީމަށް މެސީ ކުޅުނު ފަހު މެޗު: ޕަރޭޑަސް
27 ޖުލައި 2026

ވޯލްޑް ކަޕްގެ ނާކާމިޔާބަށް ފަހު، މެސީ ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް

27 ޖުލައި 2026
ވޯލްޑް ކަޕްގެ ނާކާމިޔާބަށް ފަހު، މެސީ ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް
23 ޖުލައި 2026

ކަސެމީރޯ، އިންޓަރ މިއާމީ އަށް ސޮއިކޮށްފި

23 ޖުލައި 2026
ކަސެމީރޯ، އިންޓަރ މިއާމީ އަށް ސޮއިކޮށްފި
21 ޖުލައި 2026

ވޯލްޑް ކަޕްގެ ފައިނަލް އިން ބަލިވެ ތަށި ދިފާއު ނުކުރެވުމުގެ ހިތާމަ ވަރަށް ބޮޑު، އެކަމުން އަރައިގަންނަން ވަގުތު ނަގާނެ: މެސީ

21 ޖުލައި 2026
ވޯލްޑް ކަޕްގެ ފައިނަލް އިން ބަލިވެ ތަށި ދިފާއު ނުކުރެވުމުގެ ހިތާމަ ވަރަށް ބޮޑު، އެކަމުން އަރައިގަންނަން ވަގުތު ނަގާނެ: މެސީ
20 ޖުލައި 2026

ފީފާ ވޯލްޑް ކަޕް 2026 - އެންމެ މޮޅު ކުޅުންތެރިޔާ ސްޕެއިންގެ ރޮޑްރީ އަށް ގޯލްޑަން ބޯލް ގެ އިނާމު

20 ޖުލައި 2026
ފީފާ ވޯލްޑް ކަޕް 2026 - އެންމެ މޮޅު ކުޅުންތެރިޔާ ސްޕެއިންގެ ރޮޑްރީ އަށް ގޯލްޑަން ބޯލް ގެ އިނާމު
20 ޖުލައި 2026

ފީފާ ވޯލްޑް ކަޕް 2026 - އެމްބާޕޭ ދެވަނަ ފަހަރަށް ވޯލްޑް ކަޕް ރަން ބޫޓު ކާމިޔާބުކޮށްފި

20 ޖުލައި 2026
ފީފާ ވޯލްޑް ކަޕް 2026 - އެމްބާޕޭ ދެވަނަ ފަހަރަށް ވޯލްޑް ކަޕް ރަން ބޫޓު ކާމިޔާބުކޮށްފި
19 ޖުލައި 2026

ސްޕެއިން އާއި އާޖެންޓީނާ 2026 ވޯލްޑް ކަޕް ފައިނަލްގައި ބައްދަލުކުރާއިރު މެޗުގެ ނަތީޖާ ބަދަލުކޮށްލުމުގެ ފުރުސަތު އޮތް މުހިންމު ފަސް ކަމެއް

19 ޖުލައި 2026
ސްޕެއިން އާއި އާޖެންޓީނާ 2026 ވޯލްޑް ކަޕް ފައިނަލްގައި ބައްދަލުކުރާއިރު މެޗުގެ ނަތީޖާ ބަދަލުކޮށްލުމުގެ ފުރުސަތު އޮތް މުހިންމު ފަސް ކަމެއް
19 ޖުލައި 2026

މެސީގެ ނުރައްކާތެރިކަން ބުނެދިނުމާ އެކު، ފުއެންޓޭ ބުނީ މެސީ "މޭން މާކް" ނުކުރާނެ ކަމަށް

19 ޖުލައި 2026
މެސީގެ ނުރައްކާތެރިކަން ބުނެދިނުމާ އެކު، ފުއެންޓޭ ބުނީ މެސީ "މޭން މާކް" ނުކުރާނެ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް