Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހިރާއްޖެ-ކެނެޑާ

ކެނެޑާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

23 ޖުލައި 2026 | ބުރާސްފަތި 10:14

މި ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި މޫސުމީ ބަދަލުތަކާއި، ސީޕްލޭންގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އިތުރުން ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ޔަޤީންކަން މި ބައްދަލުވުމުގައި ވަނީ ދެއްވާފައި.

ރާއްޖެ އެމްވީ | 23 ޖުލައި 2026 | ބުރާސްފަތި 10:14
ކެނެޑާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވަނީ

ކެނެޑާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވަނީ | ރައީސް އޮފީސް

ކެނެޑާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ، ހަރ އެކްސަލަންސީ އިޒަބެލް މެރީ ކެތެރިން މަރޓިން، އެކމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ކެނެޑާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރު، މި ރަސްމިއްޔާތަށް ވަޑައިގެންނެވީ، ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކެނެޑާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރުގެ ފަތްކޮޅު ޤަބޫލުފުޅުކުރައްވައި، އެކަމަނާއަށް ރަސްމީގޮތުން މަރުޙަބާ ވިދާޅުވެފައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ކެނެޑާގެ ހައިކޮމިޝަނަރު ވަނީ ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މިގޮތުން މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ސީޕްލޭންގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުމުގެ އިތުރުން، މިންތީގެ ހަމަހަމަކަން ހިމެނެއެވެ. ބައްދަލުވުން ނިންމަވާލައްވަމުން، ދެ ޤައުމުގެ ދެމެދުގައި އޮތް ދޭދޭ، އަދި ބައިނަލްއަޤުވާމީ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެބޭފުޅުންވެސް ވަނީ ދެއްވާފައެވެ.

ދިވެހިރާއްޖެއާއި ކެނެޑާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1981ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

ދިވެހިރާއްޖެ-ކެނެޑާއިޒަބެލް މެރީ ކެތެރިން މަރޓިންޑރ. މުޙައްމަދު މުޢިއްޒުކްލައިމެޓް ޗޭންޖް

އިތުރަށް ކިޔާލަން

22 ޖުލައި 2026

ފީޖީގެ އައު ސަފީރުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި

22 ޖުލައި 2026
ފީޖީގެ އައު ސަފީރުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި
22 ޖުލައި 2026

ސްލޮވޭނިއާގެ އައު ސަފީރުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި

22 ޖުލައި 2026
ސްލޮވޭނިއާގެ އައު ސަފީރުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި
22 ޖުލައި 2026

ސޯމާލިޔާގެ އައު ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި

22 ޖުލައި 2026
ސޯމާލިޔާގެ އައު ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި
22 ޖުލައި 2026

ގަތަރުގެ އައު ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި

22 ޖުލައި 2026
ގަތަރުގެ އައު ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި
22 ޖުލައި 2026

ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި

22 ޖުލައި 2026
ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި
22 ޖުލައި 2026

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި

22 ޖުލައި 2026
ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި
22 ޖުލައި 2026

ނެމީބިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރ، ރައީސްއަށް ފަތްކޮޅު އަރުވައިފި

22 ޖުލައި 2026
ނެމީބިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރ، ރައީސްއަށް ފަތްކޮޅު އަރުވައިފި
22 ޖުލައި 2026

ކޮސޯވޯގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި

22 ޖުލައި 2026
ކޮސޯވޯގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި
22 ޖުލައި 2026

ފިރިހެނުން ސޯޓުލައިގެން ވަޒީފާ އަށް އަންނަން ޓޯކިޔޯ ގައި ހުއްދަ ދީފި

22 ޖުލައި 2026
ފިރިހެނުން ސޯޓުލައިގެން ވަޒީފާ އަށް އަންނަން ޓޯކިޔޯ ގައި ހުއްދަ ދީފި
21 ޖުލައި 2026

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަމްޖަދު މުސްތަފާ އައްޔަނު ކުރައްވައިފި

21 ޖުލައި 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަމްޖަދު މުސްތަފާ އައްޔަނު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް