ރައީސް މިހާރު ވިދާޅުވަނީ މޫސުމަށް އަންނަ ބަދަލުތަކަކީ ހަގީގަތެއް ކަމަށް
1 އޯގަސްޓު 2026 | ހޮނިހިރު 04:50މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ކްލައިމެޓް ޗޭންޖްއަކީ ހަގީގަތެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް، އިންތިހާބީ ރައީސްގެ ގޮތުގައި ހުންނަވާ ދެއްވި އިންޓަވިއުގައި ވިދާޅުވީ އެއީ ދެކެވޭ ވާހަކަތަކެއް ކަމަށް


މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ | ރައީސް އޮފީސް
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިން ދެއްކެވި ވާހަކަފުޅު ބަދަލުކުރައްވައި، އެއީ ހަގީގަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމަށް އަންނަ ބަދަލުތަކަކީ ހަގީގަތެއް ކަމަށާއި، އެ ހަގީގަތުގެ ވާހަކަފުޅު ދައްކަން ވަރަށް މަސައްކަތް ކުރައްވާ ކަމަށެވެ. އަދި އެންމެ ކުދި ޖަޒީރާތަކުގެ މި މައްސަލައަށް އިސްނަގައިގެން އެންމެ ފުރަތަމަ ބައްދަލުވުމެއް ވެސް ބޭއްވުނީ ރާއްޖެގައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ބޮޑެތި ގައުމުތަކުން ކުދި ގައުމުތަކުގެ އަޑު އަހަން އެދިވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް އިންތިހާބީ ރައީސްގެ ގޮތުގައި ހުންނަވައިގެން 14 އޮކްޓޫބަރު 2023 ގައި "އަލްޖަޒީރާ" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ކްލައިމެޓް ޗޭންޖްގެ ވާހަކަ އަކީ އަބަދުވެސް އިވޭ އެއްކަހަލަ ވާހަކަތަކެއް ކަމަށާއި، މި ވާހަކައަކީ އެހާ ގަބޫލު ކުރާ ވާހަކައެއް ނޫންކަމަށެވެ.
މީގެ 50 އަހަރު ކުރިން ވެސް ދެކެވެމުން އައީ މިފަދަ ވާހަކަތަކެއް ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު ވިދާޅުވީ ކަނޑުގެ ލެވެލް މީހުން ބުނާ މިންވަރަށް އުފުލެމުން ދާ ތަނެއް ނުފެންނަ ކަމަށެވެ.
ޓުބީ އޮނަސްޓް އައި ޑޯންޓް ތިންކް ދެޓް މަޗް އެކިއުރޭޓް، އެންޑް އިޓް އޯލްވޭސް ބީން ދަ ސްޓޯރީ 50 ޔާރސް އެގޯ، އެންޑް ވީ ޑޯންޓް ސީ ސީލެވެލް ގޮއިން އަޕް ދެޓް މަޗް، އެންޑް އިޓްސް ބީން ދަ ސޭމްރައީސް މުއިއްޒު
މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ މީހުން ރާއްޖެ އައިސް އަމިއްލަ ލޮލުން ބަލާފި ނަމަ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އެ ދެކެވޭ ވާހަކައަކީ ހަގީގަތެއް ނޫންކަން އެމީހުންނަށް ސާފު ވާނެ ކަމަށެވެ.











