Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުނައިޖީރިއާ

ނައިޖީރިއާ ގައި އެއްފަހަރާ 1،500 ކައިވެނިކޮށްފި

9 އޯގަސްޓު 2026 | އާދީއްތަ 12:55

ނައިޖީރިއާގެ ކާނޯ ސްޓޭޓް ސަރުކާރުގެ ޚަރަދުގައި 1،500 ޖޯޑެއްގެ ކައިވެނި އެކުގައި ކޮށްދީ، އެ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަމާއި ގޭތެރޭގެ ސާމާނު ފޯރުކޮށްދީފި. މާލީ ތަނަވަސްކަން ނެތް މީހުންނަށް އަމާޒުކޮށްގެން ހިންގި މި މަޝްރޫއަށް ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، މިއީ އެ ގައުމުގެ އިގްތިސާދީ ހާލަތު ދަށްވުމުގެ ސަބަބުން ކައިވެނި ނުކުރެވިފައި ތިބި ގިނަ ބަޔަކަށް ލިބުނު ބޮޑު ލުޔެއް

ރާއްޖެ އެމްވީ | 9 އޯގަސްޓު 2026 | އާދީއްތަ 12:55
ނައިޖީރިއާގެ ކާނޯ ސްޓޭޓްގެ މަރުކަޒީ މިސްކިތުގައި ބޭއްވި ހާއްސަ ކައިވެނީގެ ހަފްލާގައި ބައިވެރިވި އަންހެނަކު ކެމެރާ އަށް ބަލަހައްޓައިގެން

ނައިޖީރިއާގެ ކާނޯ ސްޓޭޓްގެ މަރުކަޒީ މިސްކިތުގައި ބޭއްވި ހާއްސަ ކައިވެނީގެ ހަފްލާގައި ބައިވެރިވި އަންހެނަކު ކެމެރާ އަށް ބަލަހައްޓައިގެން | ގެޓީ އިމޭޖަސް

ނައިޖީރިއާގެ އުތުރުގެ ސިޓީއެއް ކަމަށްވާ ކާނޯގައި، އެކުގައި 1،500 ކައިވެނިކުރުމަށް ބޭއްވި ބޮޑު ހަފުލާއާއެކު، ވޭތުވެދިޔަ ހަފުތާގައި އެ ސިޓީއަށް ވަނީ އުފާވެރިކަމާއި ކުލަގަދަ ދިރުމެއް އައިސްފަ އެވެ.

މިދިޔަ ދުވަސްތަކުގައި އެ ސިޓީގެ މަގުތަކުން ފެނިގެންދިޔައީ، ކައިވެނިކުރާ ޖޯޑުތަކާއި އެމީހުންގެ އާއިލާތަކުން ހެދުންތައް ތައްޔާރުކުރުމާއި، މި މުނާސަބަތާ ގުޅިގެން ރޭވިފައިވާ އެކި ހަރަކާތްތަކުގައި ބައިވެރިވަމުންދިޔަ މަންޒަރުތަކެވެ.

މިދިޔަ ހުކުރު ދުވަހު، ރަތް ކުލައިގެ ބޮލު ފޮތި ނުވަތަ ހިޖާބު އަޅައިގެން ތިބި އަލަތު އަނބިންނާއި، އެއާ ގުޅޭ ރަތް ތޮތްޕާއި ހުދު ކުލައިގެ ހެދުން އަޅައިގެން ތިބި ފިރިހެނުން  ވަނީ، އެ ސިޓީގެ މުސްލިމުންގެ ދީނީ އަދި ސަގާފީ ލީޑަރު ކަމަށްވާ "އަމީރު" ގެ ގަނޑުވަރަށް ޒިޔާރަތްކޮށްފަ އެވެ. އެތަނުގައި ބޭއްވުނު ރަސްމީ ހަފުލާގައި އެ އެންމެން ވަނީ ރަސްމީކޮށް ކައިވެނީގެ ގޮތުން ގުޅިފަ އެވެ.

ކައިވެނީގެ މި އުފާވެރި ހަރަކާތްތައް ނިންމާލުމުގެ ގޮތުން ހޮނިހިރު ދުވަހު ވަނީ، ގަވަރުނަރު އައްބާ ކަބީރު ޔޫސުފް ކައިވެނީގެ ހެނދުނުގެ ނާސްތާއެއް ބާއްވާފަ އެވެ. މި ހަފުލާގައި ގަވަރުނަރު ވަނީ އަލަތު ކައިވެނިކުރި ކުރި މީހުންނަށް ބަރަކާތައް އެދިވަޑައިގެންފަ އެވެ.

ކާނޯ ސްޓޭޓް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި މަޝްރޫއަށް 1.5 ބިލިއަން ނައިރާ (1 މިލިއަން ޑޮލަރު ނުވަތަ 815،000 ޕައުންޑް) ހޭދަކޮށްފައިވެ އެވެ. މި ފައިސާ ހޭދަކޮށްފައިވަނީ ކައިވެނިކުރި މީހުންނަށް އެހީތެރިވުމުގެ ގޮތުން، ކައިވެނީގެ ރަން ދިނުމަށާއި، އެމީހުން އަލަށް ދިރިއުޅެން ފަށާ ގޭގެ ފަރުނީޗަރު ހޯދައިދިނުމަށެވެ.

މި ސްކީމަކީ ކައިވެނިކުރުމަށް ބޭނުންވާ ބޮޑެތި ޚަރަދުތައް އަމިއްލައަށް ހަމަޖެއްސުމުގެ މާލީ ތަނަވަސްކަން ނެތް، އާމްދަނީ މަދުން ލިބޭ މީހުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.

ކޮންމެ އަހަރަކު ބާއްވާ މި ހަރަކާތް އެންމެ ފުރަތަމަ ފެށީ 2012 ވަނަ އަހަރު އޭރު ހުންނެވި ގަވަރުނަރެވެ. އެ އަހަރު 100 ކައިވެނި އަމީރުގެ ގަނޑުވަރުގައި ކުރިއިރު، އޭގެ ތެރޭގައި ގިނައީ ހުވަފަތްވެފައިވާ އަންހެނުންނާއި ވަރިވެފައިވާ މީހުންނެވެ.

އޭގެ ފަހުން އައި ގަވަރުނަރުންގެ ދައުރުގައި ވެސް މިގޮތަށް ގިނަ ބަޔަކު އެކުގައި ކައިވެނިކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި މިކަމަށް އޮތް ތަރުހީބު ބޮޑުވެ، އެއްފަހަރާ ކައިވެނިކުރާ މީހުންގެ އަދަދު އަހަރަކަށްވުރެ އަހަރެއް އިތުރުވަމުން ގޮސް، ގިނަ އަނބިން ހޯދާ ކައިވެނިތައް ވެސް މިހާރު މި ޕްރޮގްރާމުގައި ހިމެނެ އެވެ. މި ސްކީމަށް އޮތް މަގުބޫލުކަން ބޮޑުކަމުން، މިއަހަރު އެކަނިވެސް 5،000 ޖޯޑަކު ވަނީ ބައިވެރިވުމަށް އެދި ހުށަހަޅާފަ އެވެ.

މި ހަރަކާތް އަބަދުވެސް ބަލަހައްޓަނީ އެ ސިޓީގެ އިސްލާމީ ފުލުހުންގެ ފައުޖު ކަމަށްވާ "ހިސްބާ" އިންނެވެ. އެމީހުންގެ އެންމެ މުހިންމު އެއް މަސައްކަތަކީ ކައިވެނިކުރަން އެދޭ މީހުންގެ ކަންކަން ބަލައި، އެއީ އެކަމަށް ޝަރުތު ހަމަވާ ބައެއްތޯ ކަށަވަރުކުރުމެވެ.

ކާނޯއަކީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ސިޓީއަކަށް ވުމުން، އެ ސްޓޭޓުގައި އާންމު ގާނޫނީ ނިޒާމުގެ އިތުރުން އިސްލާމީ ޝަރީއަތް ވެސް ހިނގަ އެވެ.

ހިސްބާގެ ޑެޕިއުޓީ ކޮމާންޑަރ-ޖެނެރަލް މުޖާހިދު އަމީނުއްދީން ވިދާޅުވި ގޮތުގައި، ކައިވެނިކުރަން އެދޭ މީހުން ސްކްރީން ކުރުމަކީ ފަސޭހަ މަސައްކަތެއް ނޫނެވެ.

"ކައިވެނިކުރަން ހުށަހަޅާ ޖޯޑަކާ މެދު އެއްވެސް ޝައްކެއް އުފެދޭ ކަމެއް ނުވަތަ އޮޅުވާލުމެއް އުޅޭކަން އެނގިއްޖެ ނަމަ، އަޅުގަނޑުމެން އެމީހުން ޑިސްކޮލިފައި ކުރަން،" އޭނާ ބީބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ބައެއް ޖޯޑުތަކުން ސަރުކާރުން ދޭ އިނާޔަތްތައް ހޯދުމުގެ ބޭނުމުގައި، އެމީހުންނަކީ ހަގީގީ ލޯބީގެ ގުޅުމެއް އޮތް ބައެއްކަން ކަމާބެހޭ ފަރާތްތަކަށް ދެއްކުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރެ އެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ޖޯޑަކަށް ސަރުކާރުން ގާތްގަނޑަކަށް 1 މިލިއަން ނައިރާ (735 ޑޮލަރު ނުވަތަ 544 ޕައުންޑް) ހޭދަކުރެ އެވެ.

ހިސްބާއިން މައުލޫމާތު ދޭ ގޮތުގައި، ކޮންމެ ޖޯޑަކަށް ލިބޭ އެހީގެ ތެރޭގައި އާ ގެއެއް ބިނާކުރުމަށް ބޭނުންވާ ޒަރޫރީ ސާމާނު ހިމެނެ އެވެ. އޭގެ ތެރޭގައި އެނދު، ގޮދަޑި، ބެޑްޝީޓް، ބާލީސް، ފަރުނީޗަރު އަދި ކާބޯތަކެތީގެ ސާމާނު ހިމެނެ އެވެ.

މީގެ އިތުރުން، ކޮންމެ އަލަތު އަނތްބަކަށް ރަނުގެ ގޮތުގައި 100،000 ނައިރާ ލިބޭއިރު، ކައިވެންޏަށްފަހު އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިވުމުގެ ގޮތުން ކުދި ވިޔަފާރި ފެށުމަށް އިތުރު 100،000 ނައިރާގެ ރައުސްމާލު ވެސް ސަރުކާރުން ފޯރުކޮށްދެ އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ހުއްދަ ދިނުމުގެ ކުރިން، ކައިވެނިކުރަން އެދޭ ހުރިހާ ޖޯޑުތަކަކުން ސިއްހީ ފުރިހަމަ ޓެސްޓުތަކެއް ހަދަންޖެހެ އެވެ. އޭގެ ތެރޭގައި އެޗް.އައި.ވީ، ހެޕަޓައިޓިސް، މާބަނޑުތޯ ބެލުމުގެ ޓެސްޓު އަދި ޖެނޮޓައިޕް ދިމާވޭތޯ ބަލާ ޓެސްޓުތައް ހިމެނެ އެވެ.

އަމީނުއްދީން ހާމަކުރެއްވި ގޮތުގައި، ބައެއް ޖޯޑުތަކުން ސިއްހީ ޓެސްޓުތަކުގެ ނަތީޖާއަށް ބަދަލު ގެނެސްފައިވާކަން އެނގުމުން، އެމީހުން ވަނީ ޕްރޮގްރާމުން ވަކިކޮށްފަ އެވެ.

އެއް ހާދިސާއެއްގައި، މި ސްކީމުގެ ފައިދާ ހޯދުމުގެ ބޭނުމުގައި، އަންހެނަކު އޭނާގެ އަމިއްލަ ބޭބެއަކީ އޭނާގެ ވާން އުޅޭ ފިރިމީހާ ކަމަށް ދައްކައިގެން ކައިވެނިކުރަން މަސައްކަތް ކުރިކަން ވަނީ ފަޅާއަރާފަ އެވެ.

މި ހަރަކާތްތައް ރިޕޯޓުކުރާތާ އަހަރުތަކެއް ވެފައިވާ އެ ސަރަހައްދުގެ ނޫސްވެރިއެއް ކަމަށްވާ ޔޫސުފް އަލީ އަބްދުﷲ ބުނި ގޮތުގައި، ނައިޖީރިއާގެ އިގްތިސާދީ ހާލަތު ދަށްވުމުގެ ސަބަބުން މިއަހަރު މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ މީހުންގެ މެދުގައި އޮތް ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.

"އަޅުގަނޑުމެން އެންމެންނަށް އެނގޭ ފަދައިން، ކައިވެނިކުރުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމެއް. އަދި މިވަގުތު ގައުމުގެ އިގްތިސާދީ ހާލަތު އޮތީ އެހާ ރަނގަޅަކަށް ނޫން،" އޭނާ ބީބީސީއަށް ކިޔައިދިނެވެ.

"މީގެ ސަބަބުން، މި ލިސްޓުގައި ހިމެނުމަށްޓަކައި ބައެއް މީހުން ކޮންމެ ފަދަ ކަމެއްވެސް ކުރަން ތައްޔާރަށް ތިބޭ." އޭނާ ބުނި ގޮތުގައި، ކުރިން ކައިވެނިކޮށްގެން އުޅޭ ދެމަފިރިއަކު ވެސް، އަލަށް ކައިވެނިކުރަން އުޅޭ ބައެއްގެ ގޮތުގައި ހުށަހަޅައިގެން އުޅެނިކޮށް ފަޅާއަރައި، ޕްރޮގްރާމުން ވަނީ ބޭރުކޮށްފަ އެވެ.

ހޮނިހިރު ދުވަހުގެ ކައިވެނީގެ ބޮޑު ސަޔަށްފަހު، ކައިވެނިކުރި ފަރާތްތަކަށް ގޭތެރޭގެ ސާމާނު ހަވާލުކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

އަލަތު ކައިވެނިކުރި މިހާރު މިހާރު ބުރަކޮށް އުޅެމުންދަނީ އެމީހުންގެ އާ ދިރިއުޅުން އެކުގައި ބިނާކުރުމުގެ މަސައްކަތުގަ އެވެ.

ނައިޖީރިއާކައިވެނި

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

11 ޖުލައި 2026

ރައީސް އޮފީހަށް ނޭގި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށް، ސިވިލް ސާވިސް މުވައްޒަފުންނާއެކު ފޭކު އޮފީހެއް ނައިޖީރިއާގައި ހިންގީ ކިހިނެއް؟

11 ޖުލައި 2026
ރައީސް އޮފީހަށް ނޭގި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށް، ސިވިލް ސާވިސް މުވައްޒަފުންނާއެކު ފޭކު އޮފީހެއް ނައިޖީރިއާގައި ހިންގީ ކިހިނެއް؟
02 ޖުލައި 2026

މެކްސިކޯގެ މޭޔަރަކު ކިނބުލަކާ ކައިވެނި ބައްލަވައިގެންފި

02 ޖުލައި 2026
މެކްސިކޯގެ މޭޔަރަކު ކިނބުލަކާ ކައިވެނި ބައްލަވައިގެންފި
24 ޖޫން 2026

ނައިޖީރިއާގައި ހަތިޔާރު އެޅި ބަޔަކު ހަމަލާދީ 20 މީހުން މަރުވެއްޖެ

24 ޖޫން 2026
ނައިޖީރިއާގައި ހަތިޔާރު އެޅި ބަޔަކު ހަމަލާދީ 20 މީހުން މަރުވެއްޖެ
16 މެއި 2026

އައިސިސްގެ ދެވަނަ އިސްވެރިޔާ މަރާލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

16 މެއި 2026
އައިސިސްގެ ދެވަނަ އިސްވެރިޔާ މަރާލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
27 ޖެނުއަރީ 2026

ތުރުކީ ވިލާތުން ރަސްމީ މަރުހަބާ ދަންނަވަމުން ދަނިކޮށް އަރިއަޅާލައިގެން ނައިޖީރިއާގެ ރައީސް ބިންމައްޗަށް ވެއްޓިއްޖެ

27 ޖެނުއަރީ 2026
ތުރުކީ ވިލާތުން ރަސްމީ މަރުހަބާ ދަންނަވަމުން ދަނިކޮށް އަރިއަޅާލައިގެން ނައިޖީރިއާގެ ރައީސް ބިންމައްޗަށް ވެއްޓިއްޖެ
15 ޖެނުއަރީ 2026

އެފްކޮން: މޮރޮކޯ އާއި ސެނެގާލް ފައިނަލަށް

15 ޖެނުއަރީ 2026
އެފްކޮން: މޮރޮކޯ އާއި ސެނެގާލް ފައިނަލަށް
11 ޖެނުއަރީ 2026

އެފްކޮން: ނައިޖީރިއާ އާއި މިޞްރު ސެމީ ފައިނަލަށް

11 ޖެނުއަރީ 2026
އެފްކޮން: ނައިޖީރިއާ އާއި މިޞްރު ސެމީ ފައިނަލަށް
26 ޑިސެމްބަރު 2025

ނައިޖީރިއާ ގެ އިސްލާމިކް ސްޓޭޓް ޖަމާއަތައް އަމާޒު ކޮށް "ގަދަފަދަ، ނުރައްކާތެރި" ހަމަލާތަކެއް އެމެރިކާ އިން ދީފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

26 ޑިސެމްބަރު 2025
ނައިޖީރިއާ ގެ އިސްލާމިކް ސްޓޭޓް ޖަމާއަތައް އަމާޒު ކޮށް "ގަދަފަދަ، ނުރައްކާތެރި" ހަމަލާތަކެއް އެމެރިކާ އިން ދީފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
25 ޑިސެމްބަރު 2025

ނައިޖީރިއާގެ މިސްކިތެއްގައި ބޮމެއް ގޮއްވުމުގެ ހާދިސާގައި ހަތް މީހަކު މަރުވެއްޖެ

25 ޑިސެމްބަރު 2025
ނައިޖީރިއާގެ މިސްކިތެއްގައި ބޮމެއް ގޮއްވުމުގެ ހާދިސާގައި ހަތް މީހަކު މަރުވެއްޖެ
17 ޑިސެމްބަރު 2024

އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނައިޖީރިރާގެ ލުކްމަން

17 ޑިސެމްބަރު 2024
އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނައިޖީރިރާގެ ލުކްމަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް