Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނައިޖީރިއާ

ނައިޖީރިއާގެ މިސްކިތެއްގައި ބޮމެއް ގޮއްވުމުގެ ހާދިސާގައި ހަތް މީހަކު މަރުވެއްޖެ

މިސްކިތުގެ ލީޑަރުންގެ ތެރޭގައި ހިމެނޭ މަލަލް އަބޫ ޔޫސުފް ބުނެފައިވާ ގޮތުގައި، އެ ހަމަލާގައި އަށް މީހަކު މަރުވެފައިވޭ. ނަމަވެސް، ރަސްމީ އިދާރާ ތަކުން ސީދާ އަދަދެއް ހާމަ ކޮށްފައި ނުވާއިރު، ކޮލޯ ބުނީ މަރުވެފައި ވަނީ ހަތް މީހުން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2025 | ބުރާސްފަތި 05:38
ނައިޖީރިއާގެ މިސްކިތެއްގައި ބޮން ގޮއްވާލުމުގެ ތެރެއިން

ނައިޖީރިއާގެ މިސްކިތެއްގައި ބޮން ގޮއްވާލުމުގެ ތެރެއިން

ނައިޖީރިއާގެ އުތުރު ހުޅަނގު ސިޓީއެއްގެ މިސްކިތެއްގައި ބޮމެއް ގޮވުމުގެ ހާދިސާގައި ހަތް މީހަކު މަރުވެއްޖެ އެވެ. 

ނައިޖީރިއާގެ އަސްކަރިއްޔާ އިން ހާމަ ކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ބުދަ ދުވަހުގެ މަޣްރިބު ނަމާދު ވަގުތުގަ އެވެ. އެ ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ބަޔަކު އުފުލާފައި ނުވެ އެވެ.

އެކަމާ ގުޅިގެން މައުލޫމާތު ދެމުން އެންޓި އެކްސްޓްރިމިސްޓް މިލިޝިއާގެ ލީޑަރު ބަބަކުރާ ކޮލޯ ބުނީ، އެއީ ބޮމެއް ގޮއްވާލައިގެން ދިން ހަމަލާއެއް ކަމަށް ބެލެވިފައިވާ ކަމަށެވެ. 

މިސްކިތުގެ ލީޑަރުންގެ ތެރޭގައި ހިމެނޭ މަލަލް އަބޫ ޔޫސުފް ބުނެފައިވާ ގޮތުގައި، އެ ހަމަލާގައި އަށް މީހަކު މަރުވެފައިވެ އެވެ. ނަމަވެސް، ރަސްމީ އިދާރާ ތަކުން ސީދާ އަދަދެއް ހާމަ ކޮށްފައި ނުވާއިރު، ކޮލޯ ބުނީ މަރުވެފައި ވަނީ ހަތް މީހުން ކަމަށެވެ. 

ކޮލޯ ބުނީ އެ ބޮން ގޮއްވާލާފައި ވަނީ މިސްކިތުގެ އެތެރޭގައި ބަހައްޓައިގެން ކަމަށާއި، ބެލެވޭ ގޮތުގައި ބޮން ގޮވާފައި ވަނީ ނަމާދު ކުރަން ފެށިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ކަމަށެވެ. ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެއީ ސުއިސައިޑް ބޮމުގެ ހަމަލާއެއް ކަމަށް ބެލެވެ އެވެ. 

އެ ހަމަލާގައި ޒަޚަމުވެފައިވާ މީހުންގެ އަދަދު ކަށަވަރުވެފައި ނުވެ އެވެ. ނަމަވެސް،  މޫސާ ޔުޝާއު ނަމަކަށް ކިޔާ މީހަކު އޭއެފްޕީ އަށް މައުލޫމާތު ދެމުން ބުނީ، އަނިޔާވެގެން އެތައް ބަޔަކު ފަރުވާ ދިނުމަށް ގެންދިޔަ މަންޒަރު ފެނުނު ކަމަށެވެ. އާންމުވެފައިވާ ވީޑިއޯ ތަކުގައި ލެއިން ފޯވެފައިވާ މީހަކު ބިން މަތީގައި އޮންނަ މަންޒަރު ފެންނައިރު، މަރުވި މީހުންގެ ހަށިގަނޑުތައް ނިވާ ކޮށްފައިވާ މަންޒަރު ވެސް ފެނެ އެވެ. 

ބޮން ގޮއްވާލި މިސްކިތް ހުރީ މައިދުގުރީގަ އެވެ. އެއީ ބޮރްނޯ ސްޓޭޓްގެ ވެރި ރަށް ކަމަށްވާއިރު، އެ ސަރަހައްދުގައި ބޯކޯ ހަރާމް އަދި އިސްލާމިކް ސްޓޭޓް ވެސްޓް އެފްރިކާ ޕްރޮވިންސް ފަދަ ހަތިޔާރުވެފައި ޖަމާއަތް ތަކުން ދިގު މުއްދަތެއް ވަންދެން ޙަރަކާތްތެރި ވަމުން އާދެ އެވެ. މި ސިޓީގައި ބޮޑެތި ހަމަލާ ތަކެއް ނުހިނގާތާ ވެސް ގިނަ އަހަރު ތަކެއް ވެއްޖެ އެވެ. 

ނައިޖީރިއާގައި 2009 ވަނަ އަހަރުން ފެށިގެން ހަތިޔާރުވެރި ޖަމާއަތް ތަކުގެ ޙަރަކާތްތައް ހިންގަމުން އަންނައިރު، އެ ފަރާތްތަކުގެ ހަމަލާގައި މަދުވެގެން 40،000 މީހުން މަރުވެފައިވާއިރު، ދެ މިލިއަން މީހުން އުތުރު ހުޅަނދު ސަރަހައްދުން ބަދަލުވެފައިވާ ކަމަށް އދ އިން ވަނީ ބުނެފަ އެވެ. 

މި އަނިޔާވެރި އަމަލުތައް މީގެ ދިހަ އަހަރު ކުރިން އޮތް މިންވަރަށް ވުރެ މިހާރު ދަށްވެފައިވާއިރު، މި ހަނގުރާމަ ވަނީ ކައިރި ޤައުމު ތަކަށް ވެސް ފެތިރިގެން ގޮސްފަ އެވެ. އެގޮތުން ނައިޖަރު، ޗާޑް އަދި ކެމަރޫން ފަދަ ޤައުމު ތަކަށް ވެސް އެކަން ވަނީ ފެތުރިފަ އެވެ. 

މަސްދަރު: އަލް އަރަބިއްޔާ

ނައިޖީރިއާބޯކޯ ހަރާމްއިސްލާމިކް ސްޓޭޓް ވެސްޓް އެފްރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނައިޖީރިރާގެ ލުކްމަން

އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނައިޖީރިރާގެ ލުކްމަން

17 ޑިސެމްބަރު 2024
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފި

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފި

05 އެޕްރީލު 2024
ރާއްޖޭގައިވެސް ވަރުގަދަ ޓެލެކޮމް ކުންފުނިތަކެއް...އެއްވެސް ބަޔަކަށް މިފަދަ ޚިދުމަތަކާ މެދު ވިސްނާލެވުނުބާ؟

ރާއްޖޭގައިވެސް ވަރުގަދަ ޓެލެކޮމް ކުންފުނިތަކެއް...އެއްވެސް ބަޔަކަށް މިފަދަ ޚިދުމަތަކާ މެދު ވިސްނާލެވުނުބާ؟

20 މާރިޗު 2024
ނައިޖީރިޔާގައި ހިނގަމުންދާ ދާޚިލާ ހަމަނުޖެހުންތައް އިތުރު ނުރައްކަލަކަށް، ހަތިޔާރު އެޅި ޖަމާޢަތަކުން ޙަމަލަދީ 160 މީހުން މަރައިލައިފި

ނައިޖީރިޔާގައި ހިނގަމުންދާ ދާޚިލާ ހަމަނުޖެހުންތައް އިތުރު ނުރައްކަލަކަށް، ހަތިޔާރު އެޅި ޖަމާޢަތަކުން ޙަމަލަދީ 160 މީހުން މަރައިލައިފި

28 ޑިސެމްބަރު 2023
ނައިޖީރިއާގެ ރިޔާސީ އިންތިޚާބު ބޮލާ ޓިނުބޫ ކާމިޔާބު ކުރައްވައިފި

ނައިޖީރިއާގެ ރިޔާސީ އިންތިޚާބު ބޮލާ ޓިނުބޫ ކާމިޔާބު ކުރައްވައިފި

01 މާރިޗު 2023

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު