Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްކޮން

އެފްކޮން: ނައިޖީރިއާ އާއި މިޞްރު ސެމީ ފައިނަލަށް

މުބާރާތުގެ ސެމީ ފައިނަލްގައި ނައިޖީރިއާ ނިކުންނާނީ މޮރޮކޯއާ ދެކޮޅަށް. އަދި މުބާރާތުގެ ސެމީ ފައިނަލްގައި މިޞްރު ނިކުންނާނީ ސެނެގާލްއާ ދެކޮޅަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2026 | އާދީއްތަ 04:18
މެޗުގައި ލަނޑު ޖެހުމަށް ފަހު މިޞްރުގެ ކުޅުންތެރިންނާ އެކު ޞަލާޙު އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު މިޞްރުގެ ކުޅުންތެރިންނާ އެކު ޞަލާޙު އުފާ ފާޅު ކުރަނީ | ރޮއިޓަސް

މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކުއާޓާ ފައިނަލްގައި ކުޅުނު މެޗު ތަކުން މޮޅުވެ، ނައިޖީރިއާ އާއި މިޞްރުން މުބާރާތުގެ ސެމީ ފައިނަލްގެ ޖާާގަ ހޯދައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ތިން ވަނަ ކުއާޓާ ފައިނަލްގައި ނައިޖީރިއާ ނިކުތީ އަލްޖީރިއާއާ ދެކޮޅަށެވެ. އެ މެޗުގައި ނައިޖީރިއާ އިން ވަނީ 2-0 އިން އަލްޖީރިއާގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގައި ނައިޖީރިއާ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ނައިޖީރިއާ އަށް ލީޑު ނަގައިދިނީ ވިކްޓާ އޮސީމެން އެވެ. އޭގެ ފަހުން މެޗުގެ 57 ވަނަ މިނެޓުގައި ނައިޖީރިއާގެ އަކޯރް އެޑަމްސް ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި ނައިޖީރިއާ ނިކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ.

ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ކުޅުނު ހަތަރު ވަނަ ކުއާޓާ ފައިނަލްގައި މިޞްރުން ވަނީ 3-2 އިން އައިވަރީ ކޯސްޓުގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި މިޞްރުން ދެ ލަނޑު ޖެހިއިރު، އައިވަރީ ކޯސްޓުން އެއް ލަނޑު ޖެހި އެވެ. އަނެއް ލަނޑު މިޞްރުން ދެ ވަނަ ހާފުގައި ޖެހިއިރު، މި ހާފުގައި އައިވަރީ ކޯސްޓުން ވެސް ލަނޑެއް ޖެހި އެވެ.

މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި މިޞްރަށް ލީޑު ނަގައިދިނީ އޮމަރު މާމޫޝް އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ރަމީ ރަބީއާ ވަނީ ލަނޑު ޖަހައި މިޞްރުގެ ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ މުޙައްމަދު ޞަލާޙު އެވެ. 

އޭގެ ފަހުން ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި އައިވަރީ ކޯސްޓުގެ ފުރަތަމަ ލަނޑަކީ މިޞްރުގެ އަހުމަދު ފަތޫހު އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި ޞަލާޙު ވަނީ މިޞްރުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މުބާރާތުގައި ޞަލާޙު ކުޅުނު ކޮންމެ މެޗެއްގައި ވެސް އޭނާ ވަނީ ލަނޑު ޖަހައިފަ އެވެ. މެޗުގައި އައިވަރީ ކޯސްޓުގެ ދެ ވަނަ ލަނޑު، 73 ވަނަ މިނެޓުގައި ޖެހީ ގުއޭލާ ޑޫއޭ އެވެ. 

މުބާރާތުގެ ސެމީ ފައިނަލްގައި މިޞްރު ނިކުންނާނީ ސެނެގާލްއާ ދެކޮޅަށެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންސްނައިޖީރިއާމިޞްރު

ކޮމެންޓް

އިތުރަށް ކިޔާލަން

އެފްކޮން: ސެނެގާާލް އާއި މޮރޮކޯ ސެމީ ފައިނަލްގެ ޖާގަ ހޯދައިފި

އެފްކޮން: ސެނެގާާލް އާއި މޮރޮކޯ ސެމީ ފައިނަލްގެ ޖާގަ ހޯދައިފި

10 ޖެނުއަރީ 2026
ނައިޖީރިއާ ގެ އިސްލާމިކް ސްޓޭޓް ޖަމާއަތައް އަމާޒު ކޮށް "ގަދަފަދަ، ނުރައްކާތެރި" ހަމަލާތަކެއް އެމެރިކާ އިން ދީފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ނައިޖީރިއާ ގެ އިސްލާމިކް ސްޓޭޓް ޖަމާއަތައް އަމާޒު ކޮށް "ގަދަފަދަ، ނުރައްކާތެރި" ހަމަލާތަކެއް އެމެރިކާ އިން ދީފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

26 ޑިސެމްބަރު 2025
ނައިޖީރިއާގެ މިސްކިތެއްގައި ބޮމެއް ގޮއްވުމުގެ ހާދިސާގައި ހަތް މީހަކު މަރުވެއްޖެ

ނައިޖީރިއާގެ މިސްކިތެއްގައި ބޮމެއް ގޮއްވުމުގެ ހާދިސާގައި ހަތް މީހަކު މަރުވެއްޖެ

25 ޑިސެމްބަރު 2025
ސުލްޙަވެރިކަން ޤާއިމު ކުރެވޭނެ ހަމައެކަނި މަގަކީ ދެ ދައުލަތުގެ ޙައްލު: އަލް ސީސީ

ސުލްޙަވެރިކަން ޤާއިމު ކުރެވޭނެ ހަމައެކަނި މަގަކީ ދެ ދައުލަތުގެ ޙައްލު: އަލް ސީސީ

14 އޮކްޓޯބަރު 2025
ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއިން، މެކްރޮން މިޞްރަށް ވަޑައިގަންނަވަނީ

ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއިން، މެކްރޮން މިޞްރަށް ވަޑައިގަންނަވަނީ

12 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު