އެމްޑީޕީ މެންބަރުންގެ 50ށް ވުރެ ގިނަ ސުވާލުގެ ނޯޓިސް މިނިސްޓަރު މުއްތަލިބަށް
30 ޖުލައި 2026 | ބުރާސްފަތި 21:55މަޖިލީހުގެ އެމްޑީޕީ މެންބަރުން މިހާތަނަށް ވަޒީރުންނާ 258 ސުވާލު ކޮށްފައިވާއިރު، މީގެ ތެރެއިން އެންމެ ގިނަ ސުވާލު އަމާޒުވީ ހައުސިންގ މިނިސްޓަރު ޑރ. މުއްތަލިބަށް. އޭނާ އަށް 56 ސުވާލެއް ފޮނުވާފައިވާއިރު، ދެން އެންމެ ގިނައިން ސުވާލު ކުރި ވަޒީރުންގެ ތެރޭގައި ފިނޭންސް މިނިސްޓަރާއި އިގްތިސާދީ ވަޒީރު ހިމެނޭ. މި ތަފްސީލްތައް ހާމަކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)


ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް | މަޖިލިސް
ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވަޒީރުންނާއި ކުރަން ފޮނުވާފައި ހުރި ސުވާލުތަކުގެ ތެރެއިން އިންފްރާސްޓްރަކްޗާރާއި ބޯހިޔާވަހިކަމުގެ ވުޒާރާއަށް 56 ސުވާލުގެ ނޯޓިސް ފޮނުވާފައިވާކަން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ހާމަކުރައްވައިފި އެވެ.
ބުދަ ދުވަހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މެންބަރު ވިދާޅުވީ އެމްޑީޕީ މެންބަރުން މިހާތަނަށް 258 ސުވާލު ވަޒީރުންނާއި ކޮށްފައިވާނެ ކަމަށެވެ. އަދި މީގެތެރެއިން އެންމެ ގިނަ ސުވާލު އަމާޒުވެފައި ވަނީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އަށެވެ. މިނިސްޓަރު މުއްތަލިބް އަށް 56 ސުވާލެއް އަމާޒުވެފައިވާއިރު އެއީ އެހެން މިނަސްޓަރުންނާއި އަޅާ ބަލާއިރު ނިސްބަތުން ވަރަށް މަތީ އަދަދެކެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް 26 ސުވާލު ފޮނުވާފައިވާއިރު، އެލިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއަށް 22 ސުވާލު ފޮނުވާފައިވެ އެވެ. އަދި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރަފީއުއަށް 20 ސުވާލާއި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރަށް 19 ސުވާލު ފޮނުވާފައިވާކަން މެންބަރު ހާމަކުރެއްވި ތަފްސީލުތަކުން ދައްކަ އެވެ.
މީގެއިތުރުން ހޯމް މިނިސްޓަރު އަލީ އިހުސާނަށް 18 ސުވާލު، ހެލްތު މިނިސްޓަރު ގީލާ އަލީއަށް 10 ސުވާލު އަދި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދަށް 9 ސުވާލު ފޮނުވާފައިވެ އެވެ.
އެންމެ ގިނައިން ސުވާލު ކުރެވުނު މި 8 ވަޒީރުންނަށް މުޅި ޖުމްލަ 180 ސުވާލު ފޮނުވާފައިވެ އެވެ.










