Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް!

1 އޯގަސްޓު 2026 | ހޮނިހިރު 12:39

އިގްތިސާދީ ހާލަތު ގޯސްވެ ޑޮލަރުގެ އަގު އުފުލުމާއި، ދައުލަތުގެ މާލިއްޔަތަށް އިހުމާލުވުމުގެ އިތުރުން މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއަޅުއްވާ ކަމަށް ބުނެ މިނިސްޓަރު ސައީދުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް އެމްޑީޕީން ވަނީ ކޮށްފައި. މީގެ އިތުރުން ތަރައްގީގެ މަޝްރޫއުތައް ހުއްޓި، ގައުމުގެ އިސްތިގުލާލަށް ގެއްލުންވާ ގޮތަށް ގާނޫނުތަކަށް ބަދަލު ގެނެސްފައިވާތީ މިނިސްޓަރުގެ އިތުބާރު ނެތްކަމަށް އެ ޕާޓީން ބުނޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 1 އޯގަސްޓު 2026 | ހޮނިހިރު 12:39
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދު

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދު | ރައީސް އޮފީސް

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އިދިކޮޅު އެމްޑީޕީގެ 13 މެންބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ. 

އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގައި ބުނީ މިނިސްޓަރު ސައީދު، ގާނޫނު އަސާސީގެ 132 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ގާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފުވެފައިވާ އިރު، ގާނޫނު އަސާސީގެ 134 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގެ ވާޖިބު އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 136 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ކުރުން މަނާކޮށްފައިވާ އަމަލުތަކެއް ހިންގާފައިވާތީ މިނިސްޓަރުގެ މައްޗަށް މަޖިލީހުގެ އިތުބާރު ގެއްލިގައިވާ ކަމަށެވެ. 

Advertisement - newsAdvertisement

އެ މައްސަލައިގައި އެ ޕާޓީ އިން ވަނީ 6 ކަމެއް ހުށަހަޅާފަ އެވެ. 

އެގޮތުން ޑޮލަރުގެ އަގު ކަޅުބާޒާރުގައި ހުއްޓުމެއްނެތި މައްޗަށް ގޮސް، ތަކެތީގެ އަގު އިންތިހާ އަށް އުފުލިފައިވާ ކަން ފާހަގަކޮށް އެމްޑީޕީ އިން ބުނީ އިގްތިސާދީ ރިފޯމްތައް ގެނައުމަށް އެދެވޭ އެއްވެސް ސިޔާސަތެއް އަމަލީގޮތުން މިއަދާ ހަމައަށް ވެސް ތަންފީޒުކޮށްފައި ނުވުމުގެ ސަބަބުން ބޭރު ފައިސާގެ ބާޒާރުގައި ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު 21 ރުފިޔާ އަށް ވުރެ ވެސް މައްޗަށް ގޮސްފައިވާ ކަމަށެވެ. އެހެން ނަމަވެސް މިނިސްޓަރު ވަނީ މިކަމުގެ ސީރިއަސްކަން ކަނޑުވާލާފައި ކަމަށް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ. 

އަދި ދައުލަތުގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއެކު މިނިސްޓަރު ސައީދު ބަލަހައްޓައިފައި ނުވާ ކަން ފާހަގަކޮށް މައްސަލައިގައި ބުނީ ދައުލަތުގެ މާލީ ހާލަތު ގޯސް ދަނޑިވަޅެއްގައި ރާއްޖޭން ބޭރުގައި ބޭއްވި އިންވެސްޓަރު ފޯރަމްތަކަށާއި މަޝްރޫއުތައް އިފުތިތާހުކުރުމުގެ ރަސްމިއްޔާތުތަކަށް ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާއާއި ވަސީލަތްތައް ބޭނުންކޮށްފައިވާ ކަމަށެވެ. 

އެގޮތުން ޑިވެލޮޕްމަންޓް ބޭންކް ހުޅުވައި ޚިދުމަތް ދޭން ފަށާނެ ކަމަށް ވައުދުވެވަޑައިގެންފައިވީ ނަމަވެސް އެ ބޭންކުގެ ޚިދުމަތްތައް ނުފެށި މިދިޔަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް 6.56 މިލިއަން ރުފިޔާ އެ ބޭންކަށް ޚަރަދުކޮށްފައިވާ ކަން އެ މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ. 

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ވެސް މިނިސްޓަރު ހުރަސްއަޅުއްވާފައިވާ ކަމަށާއ އެގޮތުން މަޖިލީހަށް ހާޒިރު ވުމަށްފަހު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި، ސުވާލާ ނުގުޅޭ ސިޔާސީ ވާހަކަ ދައްކަވާކަން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި އަމިއްލަ ވިޔަފާރިތައް ހިމާޔަތް ކުރުމުގައި ވެސް މިނިސްޓަރު ފެއިލްވެވަޑައިގެންފައިވާ ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚިދުމަތް ދޭން ބިޒްނަސް ސެންޓަރު ބަންދުކޮށް، އެ ދާއިރާގެ ކުރިއެރުމަށް ހުރަސްއަޅައި، ކާމިޔާބު ކަމާއެކު ހިންގަމުން ދިޔަ އެސްޑީއެފްސީގެ މަސައްކަތް މިނިސްޓަރުގެ އިހުމާލުން މަޑުޖެހިފައިވާ ކަމަށް ވެސް މައްސަލައިގައިވެ އެވެ. 

އެ މައްސަލައިގައި އެމްޑީޕީ އިން އިތުރަށް ބުނެފައި ވަނީ، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގެ އެއް މަގުސަދަކީ ރާއްޖޭގެ އިގުތިސާދު ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިގުތިސާދީ ދާއިރާތައް ސިންދަފާތުކުރުން ކަމަށް ވީ ނަމަވެސް މި ސަރުކާރުން އެ ގާނޫނު އިސްލާހުކުރީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އެގޮތުން ޓައުންޝިޕް ތައާރަފުކޮށް ދައުލަތުގެ ބާރު ކެނޑޭ ގޮތަށް ރާއްޖޭގެ ބައެއް ސަރަހައްދުތަކެއް ބޭރުގެ އަތް މައްޗަށް ދޫކޮށް އެ ފަރާތްތަކަށް ބޮޑެތި ލުއިތައް ދީފައިވާ ކަމަށް، މައްސަލައިގައި ބުނެފައިވެ އެވެ. އޭގެ ސަބަބުން ދިވެހި ދައުލަތުގެ ސަރަހައްދެއް ގެއްލި، ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބުން އެކަށީގެންވާ ކަމަށް ވެސް ވެ އެވެ.

ފަހު ކަމެއްގެ ގޮތުގައި އެ ޕާޓީ އިން ފާހަގަކޮށްފައި ވަނީ ރާއްޖޭގެ އިގްތިސާދީ މަލަމަތި ބަދަލުކޮށްލާނެ ކަމަށް ބުނެ ސަރުކާރުގެ ފަރާތުން މިނިސްޓަރު ތަފާތު އެކި މުނާސަބަތުތަކުގައި ބިޔަ މަޝްރޫއުތަކެއް އިއުލާނު ކުރައްވަމުން ގެންދެވި ނަމަވެސް ގިނަ މަޝްރޫއުތައް ހުއްޓިފައިވާ ކަމެވެ. އެގޮތުން ބަންކަރިންގެ ޚިދުމަތާއި، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު އެ މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ. 

އެހެންކަމުން މި ހުރިހާ ކަމަކާއެކު މިނިސްޓަރުގެ މައްޗަށް މަޖިލީހުގެ އިތުބާރު ގެއްލިގައިވާތީ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ހ) އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 229 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ މިނިސްޓަރު ސައީދަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް އެމްޑީޕީ އިން ވަނީ ހުށަހަޅާފަ އެވެ. 

މުހައްމަދު ސައީދު އެމްޑީޕީރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

31 ޖުލައި 2026

އޭޕްރީލް މަހު އޮތް އިންތިޚާބުތަކުގައި ވޯޓަކަށް 3،000 އާއި 10،000ރ. އާ ދެމެދުގެ ރިޝްވަތު ހުށަހެޅި، ޕީއެސްއެމް ވަކިފަރާތަކަށް ޖެހި، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރި: ޓްރާންސްޕޭރަންސީ

31 ޖުލައި 2026
އޭޕްރީލް މަހު އޮތް އިންތިޚާބުތަކުގައި ވޯޓަކަށް 3،000 އާއި 10،000ރ. އާ ދެމެދުގެ ރިޝްވަތު ހުށަހެޅި، ޕީއެސްއެމް ވަކިފަރާތަކަށް ޖެހި، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރި: ޓްރާންސްޕޭރަންސީ
30 ޖުލައި 2026

އެމްޑީޕީ މެންބަރުންގެ 50ށް ވުރެ ގިނަ ސުވާލުގެ ނޯޓިސް މިނިސްޓަރު މުއްތަލިބަށް

30 ޖުލައި 2026
އެމްޑީޕީ މެންބަރުންގެ 50ށް ވުރެ ގިނަ ސުވާލުގެ ނޯޓިސް މިނިސްޓަރު މުއްތަލިބަށް
30 ޖުލައި 2026

އެމްޑީޕީއަކީ އިސްރާއީލަށް ތާއީދުކުރާނެ ޕާޓީއެއް ނޫން، އަބަދުވެސް ތެދުވެ ތިބޭނީ މިނިވަންކަމަށްޓަކައި މަސައްކަތް ކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނާއެކު: ނަޝީދު

30 ޖުލައި 2026
އެމްޑީޕީއަކީ އިސްރާއީލަށް ތާއީދުކުރާނެ ޕާޓީއެއް ނޫން، އަބަދުވެސް ތެދުވެ ތިބޭނީ މިނިވަންކަމަށްޓަކައި މަސައްކަތް ކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނާއެކު: ނަޝީދު
29 ޖުލައި 2026

ރާއްޖެ އަންނަ ބޯޓުފަހަރަށް ބަނދަރުގެ ކީ-ވޯލްތަކުގެ ފެންވަރު ހުރިގޮތުން ކްރޭންތަކަށް ނޭރޭ މައްސަލަ ވަރަށް ބޮޑު: އެމްޑީޕީ

29 ޖުލައި 2026
ރާއްޖެ އަންނަ ބޯޓުފަހަރަށް ބަނދަރުގެ ކީ-ވޯލްތަކުގެ ފެންވަރު ހުރިގޮތުން ކްރޭންތަކަށް ނޭރޭ މައްސަލަ ވަރަށް ބޮޑު: އެމްޑީޕީ
29 ޖުލައި 2026

އެމްޕީއެލްގެ ހިންގުން ދަނީ ހުއްޓެމުން، ޕޯޓް އޮޕަރޭޓް ކުރާނެ ފައިސާ އެތަނުގައި ނެތް: އެމްޑީޕީ

29 ޖުލައި 2026
އެމްޕީއެލްގެ ހިންގުން ދަނީ ހުއްޓެމުން، ޕޯޓް އޮޕަރޭޓް ކުރާނެ ފައިސާ އެތަނުގައި ނެތް: އެމްޑީޕީ
29 ޖުލައި 2026

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް 2 މެންބަރުން އިތުރު ކުރުމަށް ގާނޫނަށް އިސްލާހެއް

29 ޖުލައި 2026
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް 2 މެންބަރުން އިތުރު ކުރުމަށް ގާނޫނަށް އިސްލާހެއް
29 ޖުލައި 2026

މުވައްޒަފުން މަދުކުރުމުގެ ނަމުގައި ސަރުކާރާ ދެކޮޅު މީހުން ވަޒީފާ އިން ކަނޑާކަމަށް ބުނާ މައްސަލަ ބަލައިނުގަނެ ބޭރު ކޮށްލައިފި!

29 ޖުލައި 2026
މުވައްޒަފުން މަދުކުރުމުގެ ނަމުގައި ސަރުކާރާ ދެކޮޅު މީހުން ވަޒީފާ އިން ކަނޑާކަމަށް ބުނާ މައްސަލަ ބަލައިނުގަނެ ބޭރު ކޮށްލައިފި!
29 ޖުލައި 2026

ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލެއް: ކުއްޔަށް ދޭ ރަށެއް ނުވަތަ ފަޅެއްގެ މައްސަލައިގައި ގާނޫނާ ޚިލާފުވުމުން 1 މިލިއަނާ ހަމައަށް ޖޫރިމަނާ ކުރެވޭނެ

29 ޖުލައި 2026
ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލެއް: ކުއްޔަށް ދޭ ރަށެއް ނުވަތަ ފަޅެއްގެ މައްސަލައިގައި ގާނޫނާ ޚިލާފުވުމުން 1 މިލިއަނާ ހަމައަށް ޖޫރިމަނާ ކުރެވޭނެ
29 ޖުލައި 2026

ރައްޔިތުންގެ މަޖިލީހަކީ ބަކަރި ކޮށްޓެކޭ، ޖަނަވާރު ކޮށްޓެކޭ ރައްޔިތުން އެބަ ބުނޭ: މަޖިލީހުގެ ނައިބު ރައީސް ސަލީމް

29 ޖުލައި 2026
ރައްޔިތުންގެ މަޖިލީހަކީ ބަކަރި ކޮށްޓެކޭ، ޖަނަވާރު ކޮށްޓެކޭ ރައްޔިތުން އެބަ ބުނޭ: މަޖިލީހުގެ ނައިބު ރައީސް ސަލީމް
29 ޖުލައި 2026

ތިލަފުށިން އެނދި ކުނިތައް ކުނބުރުދޫ އަށް ގެންދާތީ ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

29 ޖުލައި 2026
ތިލަފުށިން އެނދި ކުނިތައް ކުނބުރުދޫ އަށް ގެންދާތީ ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް