Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހދ. ހިރިމަރަދޫ

ހިރިމަރަދޫ ފަޅުކުރަން ސަރުކާރުން ނިންމި ނިންމުން ބާތިލުކޮށް، އެރަށުގައި ކައުންސިލެއް އިންތިޚާބު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެމްޑީޕީން ގޮވާލައިފި

9 އޯގަސްޓު 2026 | އާދީއްތަ 07:22

ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމުގެ މަޝްރޫއު ހުއްޓި، ރައްޔިތުންގެ ހައްގުތަކަށް އުނިކަން އަންނާތީ އެމްޑީޕީން އެ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހަޅައިފި. އެ ރަށުގެ އިދާރީ ހިންގުން ހުއްޓިފައިވާތީ، ރަށުން ބަދަލުވުމުގެ ކަންކަން ނިމެންދެން ކައުންސިލް އިންތިޚާބު ބޭއްވޭނެ މަގު ފަހިކޮށްދިނުމަށް އެ ޕާޓީން ވަނީ ސަރުކާރަށް ގޮވާލާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 އޯގަސްޓު 2026 | އާދީއްތަ 07:22
ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަރުހަލާގައި އިންސާނީ ހައްގުތަކަށް އުނިކަން އަންނަ ފަދަ ކަންބޮޑުވުންތަކެއް ހުރުމުން، އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ހުށަހެޅުމަށްފަހު އެމްޑީޕީން ނޫސްވެރިންނާ ބައްދަލުކުރުން

ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަރުހަލާގައި އިންސާނީ ހައްގުތަކަށް އުނިކަން އަންނަ ފަދަ ކަންބޮޑުވުންތަކެއް ހުރުމުން، އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ހުށަހެޅުމަށްފަހު އެމްޑީޕީން ނޫސްވެރިންނާ ބައްދަލުކުރުން | ރާއްޖެ އެމްވީ

ހދ. ހިރިމަރަދޫ ފަޅުވެގެންދާ ގޮތަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނެރުއްވާފައިވާ ގަރާރު ބާތިލުކޮށް، އެ ރަށުގައި އަލުން ކައުންސިލެއް އިންތިޚާބު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް ގޮވާލައިފި އެވެ.

އެމްޑީޕީން މިކަމަށް ގޮވާލާފައިވަނީ ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަރުހަލާގައި އިންސާނީ ހައްގުތަކަށް އުނިކަން އަންނަ ފަދަ ކަންބޮޑުވުންތަކެއް ހުރުމުން، އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ހުށަހެޅުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވަ އެވެ.

Advertisement - newsAdvertisement

އެޗްއާރްސީއެމްގެ އިދާރާގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު އަލީ ނިޔާޒް ވިދާޅުވީ، ހިރިމަރަދޫ ރައްޔިތުން ހދ. ހަނިމާދޫގައި އާބާދުކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ ހައުސިންގ މަޝްރޫއު ކުރިއަށްދާނެ ކަމުގެ އެއްވެސް އުއްމީދެއް މިހާރު ނެތް ކަމަށެވެ. އެގޮތުން ހަނިމާދޫގައި އިމާރާތް ކުރަމުންދާ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް އެއްކޮށް ހުއްޓިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ނިޔާޒް އިތުރަށް ވިދާޅުވީ، ހިރިމަރަދޫ ފަޅުރަށަކަށް ހެދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރާއެކު ސަރުކާރުން ކުރިން ނިންމާފައި އޮތީ 18 މަސް ދުވަހުގެ ތެރޭގައި އެ ރަށުގެ ރައްޔިތުން ހަނިމާދޫގައި އާބާދުކޮށް ނިންމުމަށް ކަމަށެވެ. ނަމަވެސް މިހާރު މަސައްކަތްތައް ހުރި ގޮތުންނާއި އަމަލީ މަސައްކަތް ހުއްޓިފައި އޮތުމުން ކަނޑައެޅިފައިވާ މުއްދަތަށް އެކަން ވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި އެމްޑީޕީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށުގެ އިދާރީ ހިންގުން ހުއްޓި، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތަކަށް ބުރޫއެރުމެވެ. ނިޔާޒް ވިދާޅުވީ މިހާރުވެސް 300 އަށްވުރެ ގިނަ ރައްޔިތުން ހިރިމަރަދޫގައި ދިރިއުޅެމުންދާއިރު، ރަށުގެ މުސްތަގުބަލާ މެދު ރައްޔިތުން ތިބީ "ވާނުވާ" އެއް ނޭނގިފައިވާ ހާލަތެއްގައި ކަމަށެވެ.

ސަރުކާރުން ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުން އާބާދު ކުރުމަށް ފަށާފައިވާ ހައުސިންގ މަޝްރޫއު ކުރިއަށްދާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް، ސަބަބަކީ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް އޮތީ އެއްކޮށް ހުއްޓިފައި، ހިރިމަރަދޫ ފަޅުރަށަކަށް ހެދުމަށްޓަކައި ރައީސް ނެރުއްވި ޤަރާރާއެކު ސަރުކާރުން ނިންމާފައި އޮތީ 18 މަސް ދުވަހުގެ ތެރޭގައި ހަނިމާދޫގައި އެރަށު ރައްޔިތުން އާބާދު ކުރުމަށް، ނަމަވެސް މިހާރު މަސައްކަތް ދާ ގޮތުން އެކަންވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް، މިހާރުވެސް 300 އަށްވުރެ ގިނަ ރައްޔިތުން އެރަށުގައި ދިރިއުޅެމުންދާއިރު، ރައްޔިތުން ތިބީ ވާނުވާއެއް ނޭނގިފައި
އަލީ ނިޔާޒު

އެހެންކަމުން، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި، ހިރިމަރަދޫ ފަޅުކުރުމަށް ނެރުއްވާފައިވާ ގަރާރު މިހާރުން މިހާރަށް ބާތިލުކުރުމަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ. އަދި އެ ރަށުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި، ގާނޫނީ ހަމަތަކުގެ މަތިން އަލުން ކައުންސިލް އިންތިޚާބު ބޭއްވޭނެ މަގު ފަހިކޮށްދިނުމަށް ވެސް އެ ޕާޓީން ވަނީ ސަރުކާރަށް އިލްތިމާސްކޮށްފަ އެވެ.

މި މައްސަލައިގައި ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހީމް ވިދާޅުވީ، ހިރިމަރަދޫ ރައްޔިތުންނަށް ޚާއްސަކޮށްގެން އަޅާ ގެތަކުގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމައި ތަޅުދަނޑި ހަވާލުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވީ ނަމަވެސް، އެކަމުގެ އަމަލީ މަސައްކަތްތައް ފެންނަނީ ވަރަށް ބޮޑަށް އޮޅުންބޮޅުން ބޮޑުކޮށް ކަމަށެވެ.

ހިރިމަރަދޫ ރައްޔިތުންނާ ހަވާލާދީ އަލީ އިބްރާހީމް ވިދާޅުވީ، ރަށެއް ފަޅުކޮށްލާފައި އެހެން ރަށަކަށް ބަދަލުވާއިރު ސަރުކާރުން ގެންގުޅޭ ޕްލޭނެއް އެ ރައްޔިތުންނަށް ވެސް ސާފުނުވާ ކަމަށެވެ. ވަކިން ޚާއްސަކޮށް، ސަރުކާރުން ބުނާ 184 ގެއަކީ ކޮން ތަނަކުން ލިބޭނެ ގެތަކެއް ކަމެއް ނުވަތަ އެތަންތަނުގެ ރަޖިސްޓްރީއެއް އޮތްކަމެއް ވެސް އެ ރައްޔިތުންނަށް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހދ. ހިރިމަރަދޫއިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީސްއަލީ ނިޔާޒް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

27 ޖުލައި 2026

ލާމަރުކަޒީ ނިޒާމު އަޅުވެތި ކުރުމަށް މި ސަރުކާރުން އަޅުވަމުންދާ ތަޅުތައް ނެއްޓުމަށްޓަކައި، އެ ނިޒާމުގެ ފައިދާތައް ރައްޔިތުންނަށް އެނގެންޖެހޭ: ނިޔާޒު

27 ޖުލައި 2026
ލާމަރުކަޒީ ނިޒާމު އަޅުވެތި ކުރުމަށް މި ސަރުކާރުން އަޅުވަމުންދާ ތަޅުތައް ނެއްޓުމަށްޓަކައި، އެ ނިޒާމުގެ ފައިދާތައް ރައްޔިތުންނަށް އެނގެންޖެހޭ: ނިޔާޒު
27 ޖުލައި 2026

ލާމަރުކަޒީ ނިޒާމު ބަލިކަށިކޮށްލިކަމުގެ ޗެންޕިއަންކަން ރައީސް މުއިއްޒަށް ލިބިވަޑައިގަންނަވާ، އެއީ ސުވާލެއް ވެސް ނެތް ކަމެއް: ނިޔާޒު

27 ޖުލައި 2026
ލާމަރުކަޒީ ނިޒާމު ބަލިކަށިކޮށްލިކަމުގެ ޗެންޕިއަންކަން ރައީސް މުއިއްޒަށް ލިބިވަޑައިގަންނަވާ، އެއީ ސުވާލެއް ވެސް ނެތް ކަމެއް: ނިޔާޒު
22 ޖުލައި 2026

އަތޮޅު ކައުންސިލްތައް އުވާލުމަކީ ޤާނޫނުއަސާސީގެ ރޫހާ ޚިލާފަށް ކުރި ކަމެއް، އެމްޑީޕީން ކޯޓަށް ދާން ނިންމީ އެ ސަބަބާހުރެ: ނިޔާޒް

22 ޖުލައި 2026
އަތޮޅު ކައުންސިލްތައް އުވާލުމަކީ ޤާނޫނުއަސާސީގެ ރޫހާ ޚިލާފަށް ކުރި ކަމެއް، އެމްޑީޕީން ކޯޓަށް ދާން ނިންމީ އެ ސަބަބާހުރެ: ނިޔާޒް
13 ޖުލައި 2026

ހިރިމަރަދޫ ރައްޔިތުންނަށް ބޭނުންވާ ހައުސިންގ އަޅަން ހަނިމާދޫ ކައުންސިލުން އެއްބާރުލުމެއް ނުދޭ: މުއްތަލިބު

13 ޖުލައި 2026
ހިރިމަރަދޫ ރައްޔިތުންނަށް ބޭނުންވާ ހައުސިންގ އަޅަން ހަނިމާދޫ ކައުންސިލުން އެއްބާރުލުމެއް ނުދޭ: މުއްތަލިބު
04 ޖުލައި 2026

ހިރިމަރަދޫ ރައްޔިތުން: މިރަށު ކައުންސިލުގައި ދިދަ ނަގާފައި ބަހައްޓާނެ ކަމެއް ނެތް، ފަޅު ރަށްރަށުގައި ދިދަ އެއް ނުހުންނާނެ

04 ޖުލައި 2026
ހިރިމަރަދޫ ރައްޔިތުން: މިރަށު ކައުންސިލުގައި ދިދަ ނަގާފައި ބަހައްޓާނެ ކަމެއް ނެތް، ފަޅު ރަށްރަށުގައި ދިދަ އެއް ނުހުންނާނެ
28 ޖޫން 2026

ހަނިމާދޫ ރައްޔިތުންނަށް ރުށްގަހުގެ ބަދަލެއް ނުލިބޭ، މިއީ ރުށްގަހުން ވެސް ވައްކަން ކުރާ ސަރުކާރެއް: ކައުންސިލްގެ ރައީސް

28 ޖޫން 2026
ހަނިމާދޫ ރައްޔިތުންނަށް ރުށްގަހުގެ ބަދަލެއް ނުލިބޭ، މިއީ ރުށްގަހުން ވެސް ވައްކަން ކުރާ ސަރުކާރެއް: ކައުންސިލްގެ ރައީސް
27 ޖޫން 2026

ހިރިމަރަދޫގެ ހިތްދަތި ހަގީގަތް: ސިޔާސީ ވަކި މަންފާއަކަށް ރާއްޖޭގެ ޗާޓުން އެރަށް ވަނީ ގެއްލުވާލާފައި!

27 ޖޫން 2026
ހިރިމަރަދޫގެ ހިތްދަތި ހަގީގަތް: ސިޔާސީ ވަކި މަންފާއަކަށް ރާއްޖޭގެ ޗާޓުން އެރަށް ވަނީ ގެއްލުވާލާފައި!
26 ޖޫން 2026

އެމްޑީޕީއަކީ މުއައްސަސާއެއްގެ ގޮތުގައި ހިނގާ ހަމައެކަނި ޕާޓީ، ކުރިއަށް އޮތް އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނެ: އަލީ ނިޔާޒު

26 ޖޫން 2026
އެމްޑީޕީއަކީ މުއައްސަސާއެއްގެ ގޮތުގައި ހިނގާ ހަމައެކަނި ޕާޓީ، ކުރިއަށް އޮތް އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނެ: އަލީ ނިޔާޒު
25 ޖޫން 2026

ހޯރަފުއްޓަކީ އަބަދުވެސް ކުދި އާބާދީތަކުން ރަށަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް މަރުޙަބާ ކިޔާ ރަށެއް، ހިރިމަރަދޫ ރައްޔިތުންނަށް ދައުވަތުދިނީ ވެސް އެހެންވެ: ކައުންސިލް

25 ޖޫން 2026
ހޯރަފުއްޓަކީ އަބަދުވެސް ކުދި އާބާދީތަކުން ރަށަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް މަރުޙަބާ ކިޔާ ރަށެއް، ހިރިމަރަދޫ ރައްޔިތުންނަށް ދައުވަތުދިނީ ވެސް އެހެންވެ: ކައުންސިލް
19 ޖޫން 2026

އެމް.ޑީ.ޕީން ކޯޓަށް ގޮސް ވަޒީފާއިން ކަނޑާލި މުވައްޒަފުންގެ ޙައްޤު ހޯދައިދޭނަން: ނިޔާޒު

19 ޖޫން 2026
އެމް.ޑީ.ޕީން ކޯޓަށް ގޮސް ވަޒީފާއިން ކަނޑާލި މުވައްޒަފުންގެ ޙައްޤު ހޯދައިދޭނަން: ނިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް