Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލާމަރުކަޒީ ނިޒާމު

ލާމަރުކަޒީ ނިޒާމު ބަލިކަށިކޮށްލިކަމުގެ ޗެންޕިއަންކަން ރައީސް މުއިއްޒަށް ލިބިވަޑައިގަންނަވާ، އެއީ ސުވާލެއް ވެސް ނެތް ކަމެއް: ނިޔާޒު

27 ޖުލައި 2026 | ހޯމަ 07:33

ލާމަރުކަޒީ ނިޒާމު ބަލިކަށިކުރުމަށްފަހު އެ ނިޒާމުގެ ޗެމްޕިއަނަކަށް ވުމަކީ ކުރިއެރުމެއް ނޫން ކަމަށް ވިދާޅުވެ، ކުރީގެ މެންބަރު އަލީ ނިޔާޒު ރައީސް މުއިއްޒަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. ކައުންސިލްތަކުގެ ބާރުތައް ކުޑަކޮށް ގާނޫނަށް ގެންނަ ބަދަލުތަކަކީ ރައްޔިތުންނަށް ދޭ ބާރުވެރިކަން ނިގުޅައިގަތުން ކަމަށާއި، މި ސަރުކާރުން މި ނިޒާމު ގަބޫލުނުކުރާ ކަމަށްވެސް އޭނާ ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 27 ޖުލައި 2026 | ހޯމަ 07:33
މިނިވަން ދުވަހާ ގުޅިގެން ރާއްޖެޓީވީން ގެނެސްދޭ ''މިނިވަންކަމުން އަޅުވެތި ކަމަށް''  ޚާއްސަ ކަވަރޭޖްގައި ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަދި 19 ވަނަ ރައްޔިތުން މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުގައްރިރު އަލީ ނިޔާޒު ވާހަކަ ދައްކަވަނީ

މިނިވަން ދުވަހާ ގުޅިގެން ރާއްޖެޓީވީން ގެނެސްދޭ ''މިނިވަންކަމުން އަޅުވެތި ކަމަށް''  ޚާއްސަ ކަވަރޭޖްގައި ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަދި 19 ވަނަ ރައްޔިތުން މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުގައްރިރު އަލީ ނިޔާޒު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ލާމަރުކަޒީ ނިޒާމު ބަލިކަށިކޮށްލިކަމުގެ ޗެންޕިއަންކަން ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގަންނަވާ ކަމަށް ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަދި 19 ވަނަ ރައްޔިތުން މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ. 

މިނިވަން ދުވަހާ ގުޅިގެން ރާއްޖެޓީވީން ގެނެސްދޭ ''މިނިވަންކަމުން އަޅުވެތިކަމަށް'' ޚާއްސަ ކަވަރޭޖްގައި ވާހަކަ ދައްކަވަމުން ނިޔާޒު ވަނީ ލާމަރުކަޒީ ނިޒާމުގެ ޗެޕްމިއަންކަން ކުރައްވާނީ ރައީސް މުއިއްޒު ކަމަށް އެމަނިކުފާނު ވިދާޅުވާ ބަސްފުޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

ނިޔާޒު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ބަލިކަށިކޮށް، އެ ނިޒާމު އެއްފަރާތް ކުރުމަށްފަހު ޗެމްޕިއަނަކަށް ވުމަކީ އެ ނިޒާމަށް ލިބުނު ކުރިއެރުމެއް ނޫން ކަމަށެވެ. 

ނިޔާޒު ވިދާޅުވީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އާއި ދައުލަތުގެ ތެރެއިން ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން ލާމަރުކަޒީ ނިޒާމު ވަރަށް ބޮޑަށް ބަލިކަށި ކުރަމުންދާ ކަމަށެވެ. 

އެގޮތުން އަތޮޅު ކައުންސިލްތައް އުވާލައި، ކައުންސިލަރުންގެ އަދަދު މަދުކޮށް، ކައުންސިލްގެ ފަހު ދައުރު އެއްވެސް މަސައްކަތެއް ނުކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހު އޭނާ ފާހަގަކުރެއްވި އެވެ. އަދި މިއީ އެއްވެސް ހާލެއްގައި މި ނިޒާމުގެ ޗެމްޕިއަނެކޭ ބުނެވޭ ފަދަ ބަދަލުތަކެއް ނޫން ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ.

ޗެމްޕިއަންކަން މި ހޯދަނީ ހޯދުމަށްޓަކައި ވާދަކުރަން އެބަޖެހޭ އެނގޭތޯ. އަޅުގަނޑު ދެކޭގޮތުގައި ލާމަރުކަޒީ ނިޒާމު ބަލިކޮށްފައި ޗެމްޕިއަނަކަށް އެވަޑައިގަންނަވާނީ އެނގޭތޯ. އެކަމުގެ ޗެމްޕިއަނުން ލާމަރުކަޒީ ނިޒާމު އެއްފަރާތަށް ލާފައި އެޔާ ވާދަކުރައްވައިގެން އެ ނުހިނގާ ގޮތަށް ހަދައިގެން އެ ބަލިކުރައްވާފައި ބުނެފާނެ ޗެމްޕިއަނަކަށް ވަނީ. އެއްވެސް ހާލެއްގައި މި ނިޒާމުގެ ޗެމްޕިއަނެކޭ ބުނެވޭ ފަދަ ބަދަލުތަކެއް ނޫން ގެނެސްފައި ހުރީ
އަލީ ނިޔާޒު

ނިޔާޒު ވިދާޅުވީ އެމްޑީޕީ ފިޔަވައި އެހެން ސިޔާސީ ޕާޓީއަކުން މި ނިޒާމު ގަބޫލު ނުކުރާ ކަމަށާއި، އެ ސިޔާސަތު ގެންނަން ބޭނުންނުވާ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނަށް ބާރުވެރިކަން ދޭނެ ވާހަކަތައް ދައްކަމުން ދަނީ ވެރިކަމަށް އައުމުގެ މަގުސަދުގައި ރައްޔިތުންގެ ތާއީދު ހޯދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

އަލީ ނިޔާޒްލާމަރުކަޒީ ނިޒާމުމުއިއްޒު ސަރުކާރު

އިތުރަށް ކިޔާލަން

27 ޖުލައި 2026

ލާމަރުކަޒީ ނިޒާމު އަޅުވެތި ކުރުމަށް މި ސަރުކާރުން އަޅުވަމުންދާ ތަޅުތައް ނެއްޓުމަށްޓަކައި، އެ ނިޒާމުގެ ފައިދާތައް ރައްޔިތުންނަށް އެނގެންޖެހޭ: ނިޔާޒު

27 ޖުލައި 2026
ލާމަރުކަޒީ ނިޒާމު އަޅުވެތި ކުރުމަށް މި ސަރުކާރުން އަޅުވަމުންދާ ތަޅުތައް ނެއްޓުމަށްޓަކައި، އެ ނިޒާމުގެ ފައިދާތައް ރައްޔިތުންނަށް އެނގެންޖެހޭ: ނިޔާޒު
25 ޖުލައި 2026

މި ސަރުކާރުން ދިވެހި ރައްޔިތުން ލޭބަލް ކުރަނީ ކުށްވެރިން ގޮތުގައި، ސަރުކާރު މުވައްޒަފުންނާމެދު އަމަލު ވެސް ކުރަނީ އެހެން: ނިޝާން

25 ޖުލައި 2026
މި ސަރުކާރުން ދިވެހި ރައްޔިތުން ލޭބަލް ކުރަނީ ކުށްވެރިން ގޮތުގައި، ސަރުކާރު މުވައްޒަފުންނާމެދު އަމަލު ވެސް ކުރަނީ އެހެން: ނިޝާން
25 ޖުލައި 2026

ފިރިމީހާ ޚަރަދުކޮށްދޭތީ ކޮންމެ ދުވަހަކު ތޭންކްސް ބުނަންވީތަ؟

25 ޖުލައި 2026
ފިރިމީހާ ޚަރަދުކޮށްދޭތީ ކޮންމެ ދުވަހަކު ތޭންކްސް ބުނަންވީތަ؟
25 ޖުލައި 2026

މަސައްކަތްކުރާނެ މީހުން ނެތް ކަމަށް ބުނެ ރިޓަޔަރމަންޓް އުމުރު އިތުރު ކުރުމަށްފަހު، މުވައްޒަފުން ވަޒީފާއިން ކަނޑަމުންދާދިއުން ހަމައެއް ނުޖެހޭ: މެންބަރު ޝަމްހީދު

25 ޖުލައި 2026
މަސައްކަތްކުރާނެ މީހުން ނެތް ކަމަށް ބުނެ ރިޓަޔަރމަންޓް އުމުރު އިތުރު ކުރުމަށްފަހު، މުވައްޒަފުން ވަޒީފާއިން ކަނޑަމުންދާދިއުން ހަމައެއް ނުޖެހޭ: މެންބަރު ޝަމްހީދު
25 ޖުލައި 2026

ސޯލިހުގެ ސަރުކާރު ނިމުނުއިރު ސަރުކާރުގެ ކުންފުނިތަކުގައި މުވައްޒަފުން ތިބީ ރައިޓް ސައިޒްގައި ކަމަށް މިސަރުކާރުން ގަބޫލުކުރޭ: ހަސަން ލަތީފް

25 ޖުލައި 2026
ސޯލިހުގެ ސަރުކާރު ނިމުނުއިރު ސަރުކާރުގެ ކުންފުނިތަކުގައި މުވައްޒަފުން ތިބީ ރައިޓް ސައިޒްގައި ކަމަށް މިސަރުކާރުން ގަބޫލުކުރޭ: ހަސަން ލަތީފް
24 ޖުލައި 2026

ރައީސް މުއިއްޒެވެ. ޒުވާނުންނަށް ކުޅިވަރު ވެސް ކުޅެވޭނީ އަނގަޔާއި އަތާދިމާވެގެން ނޫން ހެއްޔެވެ؟

24 ޖުލައި 2026
ރައީސް މުއިއްޒެވެ. ޒުވާނުންނަށް ކުޅިވަރު ވެސް ކުޅެވޭނީ އަނގަޔާއި އަތާދިމާވެގެން ނޫން ހެއްޔެވެ؟
24 ޖުލައި 2026

ބަޖެޓު ޚަރަދުގެ 87 އިންސައްތަ ހިންގުމަށް، ޕީއެސްއައިޕީ މަޝްރޫއުތަކަށްކުރި ހޭދަ 16 އިންސައްތަ ދަށަށް، ބަޖެޓް ޑެފިސިޓް 1.5 ބިލިއަނަށް

24 ޖުލައި 2026
ބަޖެޓު ޚަރަދުގެ 87 އިންސައްތަ ހިންގުމަށް، ޕީއެސްއައިޕީ މަޝްރޫއުތަކަށްކުރި ހޭދަ 16 އިންސައްތަ ދަށަށް، ބަޖެޓް ޑެފިސިޓް 1.5 ބިލިއަނަށް
24 ޖުލައި 2026

މަސްވެރިކަމުގެ ސިނާއަތް ހީނަރުވީ ކުރީ ސަރުކާރުން ވަޒީފާތައް ބަހާލުމުން ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މި ސަރުކާރުން އިންތިހާބާ ދިމާކޮށް އެތައް ބަޔަކަށް ވަޒީފާ ދީފައިވޭ!

24 ޖުލައި 2026
މަސްވެރިކަމުގެ ސިނާއަތް ހީނަރުވީ ކުރީ ސަރުކާރުން ވަޒީފާތައް ބަހާލުމުން ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މި ސަރުކާރުން އިންތިހާބާ ދިމާކޮށް އެތައް ބަޔަކަށް ވަޒީފާ ދީފައިވޭ!
24 ޖުލައި 2026

ކުންފުނިތަކުގައި މަސައްކަތްކުރާ އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަންވާނީ، ދައުލަތުން ކުރާ އިސްރާފާއި އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުން މަދުކުރުމަށް ފަހު: ޝަމްހީދު

ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ ހުރިހާ މަގެއް މި ސަރުކާރުން ވަނީ ބަންދުކޮށްފައި: ހަސަން ލަތީފް

24 ޖުލައި 2026
ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ ހުރިހާ މަގެއް މި ސަރުކާރުން ވަނީ ބަންދުކޮށްފައި: ހަސަން ލަތީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް