Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހދ. ހަނިމާދޫ

ހަނިމާދޫ ރައްޔިތުންނަށް ރުށްގަހުގެ ބަދަލެއް ނުލިބޭ، މިއީ ރުށްގަހުން ވެސް ވައްކަން ކުރާ ސަރުކާރެއް: ކައުންސިލްގެ ރައީސް

28 ޖޫން 2026 | އާދީއްތަ 07:20

ހދ. ހަނިމާދޫގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ނަގާފައިވާ ރައްޔިތުންގެ ގިނަ އަދަދެއްގެ ރުށްގަހަށް ބަދަލު ނުލިބޭތީ އެރަށު ކައުންސިލްގެ ރައީސް އަލީ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައި. ހިރިމަރަދޫ މީހުން ބަދަލުކުރާ ބިމާއި އެއާޕޯޓުގެ ސޭފް ޒޯނުން ނެގި 9،000 އަށްވުރެ ގިނަ ރުށްގަހަށް ބަދަލުދޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، މިހާތަނަށް އެ ފައިސާ ދީފައިނުވާ ކަމަށް އޭނާ ވިދާޅުވި. އެހެންކަމުން ބަދަލު ނުދީ ރައްޔިތުންގެ މުދަލަށް އަރައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 28 ޖޫން 2026 | އާދީއްތަ 07:20
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ހދ. ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ހދ. ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ހދ.ހަނިމާދޫ ރައްޔިތުންނަށް ރުށްގަސްތަކުން ލިބެންޖެހޭ ބަދަލު ނުލިބޭ ކަމަށާއި، މިއީ ރުށްގަހުން ވެސް ވައްކަން ކުރާ ސަރުކާރެއް ކަމަށް އެރަށުގެ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ފަށާއިރު ޕްރޮގްރާމްގައި ކައުންސިލްގެ ރައީސް އަލީ ވަނީ ހަނިމާދޫ ރައްޔިތުންގެ ރުށްގަސްތައް ކަނޑާ މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. 

ހދ.ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ އަށް ބަދަލު ކުރުމަށް މިސަަރުކާރުން ނިންމާފައިވާއިރު، އެރަށުން ކަނޑައަޅާފައިވާ ބިމަށް އިޝާރާތް ކުރައްވައި އަލީ ވިދާޅުވީ އެއީ ޗަކަ ބިމެއް ކަމަށާއި، އެބިމުގައި ވެސް ރައްޔިތުންގެ ވަރަށް ގިނަ ރުށްގަސް އެބަހުރި ކަމަށެވެ. އެއަށް ބަދަލު ދޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް މިހާތަނަށް އެ މަސައްކަތް ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެބިމުގައި ފެންސް ޖެހުމަށް ވެސް ބަދަލު ނުދީ ހާހަކަށް ނުވަތަ ދޮޅުހާހަކަށް ގާތްކުރާ އަދަދަށް ރުށްގަސް ނަގާ ވައްޓާލާފައިވާ ކަމަށެވެ. 

އަލީ ވިދާޅުވީ ރުށްގަސްތަކުގެ ބަދަލު ނުދޭތީ ރައްޔިތުން ވެސް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުންދާ ކަމަށެވެ. މިފައިސާ ލިބޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެ މިބިމުގައި މިހުންނަނީ ޗަކަ. އެޗަކަ ކަހާފައި ވެލި އަޅާފައި އެތާގައި ގެ އެޅޭނީ. އެތާގައި އެބަހުރި ރައްޔިތުންގެ 9000 ނުވަތަ 8000 ގާތްކުރާ އަދަދަށް ރުށްގަސް. އެރުށްގަހަށް ބަދަލު ދީފައި ނޫނީ އަޅުގަނޑުމެން މި ބުނަނީ އެރުށްގަސް ނުނަގާށޭ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ މަސައްކަތް ކުރަން އައި އެޗްޑީސީގެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ ވެސް ބޭނުންނުވާނެ ކަންނެންގެ އާއްމު ރައްޔިތުންގެ މުދަލަށް އަރައިގަނެފައި އެކަން ކުރާކަށެއް. ބަދަލު ނުދީއެއް. 
ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް 

މީގެ އިތުރުން އަލީ ވަނީ ހަނިމާދޫ އެއަރޕޯޓު ހުޅުވިއިރު ސޭފް ޒޯން ސަރަހައްދުގައި ހުރި ރުށްގަސްތައް ނަގައި ބަދަލު ނުދޭ މައްސަލަ ވެސް ފާހަގަކުރައްވާފަ އެވެ. އަލީ ވިދާޅުވީ އެސަރަހައްދުން ވެސް ގާތްގަނޑަށް 9000 ށް ވުރެ ރުށް ނަގާފައިވާ ކަމަށާއި، މިއަދާ ހަމަައަށް ބަދަލު ދީފައިނުވާ ކަމަށެވެ. 

ދެން ހަމަ ރުށްގަހުގެ ކަންތަކުގައި އަޅުގަނޑުމެންނަށް އަނެއްކާ ވެސް ފެނިގެން މިދަނީ މިރަށުގައި އެއީ ވަރަށް ބޮޑު މައްސަލައެއް އާމިރު. އެއާޕޯޓު ހުޅުވިއިރު ސޭފް ޒޯން އެތަނުން ވެސް 9000ށް ވުރެ ގިނަ ރުށް ސޭފް ޒޯނުން ހަމަ ބަދަލު ދޭނަމޭ ރައްޔިތުން ކައިރީގައި ބުނެފައި ނަގާފި. ކައުންސިލުން ހުންނާނެ ކޮން ރައްޔިތުންގެ ރުށްގަހެއްތޯ ބަލާފައި އެ ރައްޔިތުންގެ އެކައުންޓާއި އަދަދާއި، ހުރިހާ އެއްޗެއް ފޮނުވާފައި. އަދި މިހާތަނަށް ލާރިއެއް ނުދޭ. އެކަމަކު ރުށްގަސްތައް ވައްޓާލާފައި.
ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް 

އަލީ ވިދާޅުވީ ރުށްގަހަށް ދޭން ޖެހޭ ބަދަލު ނުދީ މިހައި ގިނަ ދުވަސްވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިހާރު ފެންނަ މަންޒަރުތަކުން މިއީ ރުށްގަހުން ވެސް ވައްކަން ކުރާ ސަރުކާރެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ހދ. ހަނިމާދޫއަލީ އިބްރާހިމްހދ. ހިރިމަރަދޫހަނިމާދޫ އެއަރޕޯޓް

އިތުރަށް ކިޔާލަން

27 ޖޫން 2026

ހިރިމަރަދޫގެ ހިތްދަތި ހަގީގަތް: ސިޔާސީ ވަކި މަންފާއަކަށް ރާއްޖޭގެ ޗާޓުން އެރަށް ވަނީ ގެއްލުވާލާފައި!

27 ޖޫން 2026
ހިރިމަރަދޫގެ ހިތްދަތި ހަގީގަތް: ސިޔާސީ ވަކި މަންފާއަކަށް ރާއްޖޭގެ ޗާޓުން އެރަށް ވަނީ ގެއްލުވާލާފައި!
27 ޖޫން 2026

ހިރިމަރަދޫ ޗާޓުން ގެއްލުވާލުމަށްފަހު އެކަމުގައި އުޅުނު ސިޔާސީ ބޭފުޅުން މިހާރު ތިއްބެވީ ފިލާ: ކައުންސިލްގެ ރައީސް

27 ޖޫން 2026
ހިރިމަރަދޫ ޗާޓުން ގެއްލުވާލުމަށްފަހު އެކަމުގައި އުޅުނު ސިޔާސީ ބޭފުޅުން މިހާރު ތިއްބެވީ ފިލާ: ކައުންސިލްގެ ރައީސް
26 ޖޫން 2026

ހަނިމާދޫއަށް ހިރިމަރަދޫގެ ރައްޔިތުން ބަދަލުކުރާ ކަމަށް ބުނެ، މިސަރުކާރުން ދަނީ ދެރަށުގެ ރައްޔިތުން ނިކަމެތި ކުރަމުން: ކައުންސިލް

26 ޖޫން 2026
ހަނިމާދޫއަށް ހިރިމަރަދޫގެ ރައްޔިތުން ބަދަލުކުރާ ކަމަށް ބުނެ، މިސަރުކާރުން ދަނީ ދެރަށުގެ ރައްޔިތުން ނިކަމެތި ކުރަމުން: ކައުންސިލް
26 ޖޫން 2026

ހަނިމާދޫ އެއާޕޯޓަކީ ކުރީގެ ސަރުކާރުން ކޮށްފައި އޮތް ބޭކާރު ހަރަދެއްގެ ގޮތުގައި ދެއްކުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ދަނީ ކުރަމުން: ކައުންސިލްގެ ރައީސް

26 ޖޫން 2026
ހަނިމާދޫ އެއާޕޯޓަކީ ކުރީގެ ސަރުކާރުން ކޮށްފައި އޮތް ބޭކާރު ހަރަދެއްގެ ގޮތުގައި ދެއްކުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ދަނީ ކުރަމުން: ކައުންސިލްގެ ރައީސް
25 ޖޫން 2026

ހޯރަފުއްޓަކީ އަބަދުވެސް ކުދި އާބާދީތަކުން ރަށަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް މަރުޙަބާ ކިޔާ ރަށެއް، ހިރިމަރަދޫ ރައްޔިތުންނަށް ދައުވަތުދިނީ ވެސް އެހެންވެ: ކައުންސިލް

25 ޖޫން 2026
ހޯރަފުއްޓަކީ އަބަދުވެސް ކުދި އާބާދީތަކުން ރަށަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް މަރުޙަބާ ކިޔާ ރަށެއް، ހިރިމަރަދޫ ރައްޔިތުންނަށް ދައުވަތުދިނީ ވެސް އެހެންވެ: ކައުންސިލް
23 ޖޫން 2026

ޑްރަގް ޓްރެފިކްކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

23 ޖޫން 2026
ޑްރަގް ޓްރެފިކްކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި
23 މެއި 2026

ހިރިމަރަދޫ ރައްޔިތުންނަށް ހަނިމަދޫގައި ގެ އަޅާ ސަރަހައްދު އެޗްޑީސީ އިން ސާފުކުރުމުގެ ތެރެއިން، ކައުންސިލަށް އެންގުމެެއް ނެތި ހަނިމާދޫ ދަނޑުވެރިންގެ އެތަކެއް ހާސް ރުއްގަހެއް މުލުން ލުހެލައިފި

18 މެއި 2026

ހިރިމަރަދޫ ކައުންސިލާއި އަތޮޅު ކައުންސިލްތައް ރަސްމީކޮށް އުވާލައިފި

18 މެއި 2026
ހިރިމަރަދޫ ކައުންސިލާއި އަތޮޅު ކައުންސިލްތައް ރަސްމީކޮށް އުވާލައިފި
02 ޖެނުއަރީ 2026

އެއަރޕޯޓް ވިއްކާލި ކަމަށް ބުނެ ބަޣާވާތް ކުރި މީހުން، އުނބަށްޖަހާ އަނެއްކާ އެއްކަލަ އައުޓް ކުރަން އުޅުނު އިންޑިއާ ގެ ފައިބުޑަށް!

02 ޖެނުއަރީ 2026
އެއަރޕޯޓް ވިއްކާލި ކަމަށް ބުނެ ބަޣާވާތް ކުރި މީހުން، އުނބަށްޖަހާ އަނެއްކާ އެއްކަލަ އައުޓް ކުރަން އުޅުނު އިންޑިއާ ގެ ފައިބުޑަށް!
31 ޑިސެމްބަރު 2025

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ އަށް ވޯޓުލާން ޖެހޭ ގޮތައް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ކަނޑައެޅިގެން ގާނޫނު އަސާސީ އާއި ގާނޫނާ ޚިލާފު ނިންމެވުމެއް: މެމްބަރު ގަފޫރު

31 ޑިސެމްބަރު 2025
ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ އަށް ވޯޓުލާން ޖެހޭ ގޮތައް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ކަނޑައެޅިގެން ގާނޫނު އަސާސީ އާއި ގާނޫނާ ޚިލާފު ނިންމެވުމެއް: މެމްބަރު ގަފޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް