Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ހިރިމަރަދޫ ރައްޔިތުންނަށް ބޭނުންވާ ހައުސިންގ އަޅަން ހަނިމާދޫ ކައުންސިލުން އެއްބާރުލުމެއް ނުދޭ: މުއްތަލިބު

13 ޖުލައި 2026 | ހޯމަ 08:42

ހދ. ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުން އާބާދުކުރުމަށް ހިންގާ މަޝްރޫއުގެ އަމަލީ މަސައްކަތްތައް އޮޅުންބޮޅުން ބޮޑުވެ، އެކަމުގެ ޕްލޭން ސާފުނުވާތީ ހަނިމާދޫ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ. ކައުންސިލުން ބާރުއަޅަނީ އާ މަޝްރޫއުތައް ފެށުމުގެ ކުރިން ހުއްޓިފައިވާ މަސައްކަތްތައް ނިންމުމަށް. އެހެންނަމަވެސް، މި މަޝްރޫއަށް ކައުންސިލުން އެއްބާރުލުން ނުދޭކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ މަޖިލީހުގައި ވިދާޅުވެފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 13 ޖުލައި 2026 | ހޯމަ 08:42
ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުން އާބާދުކުރުމުގެ މަޝްރޫއަށް ޚާއްސަކުރި ސަރަޙައްދު

ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުން އާބާދުކުރުމުގެ މަޝްރޫއަށް ޚާއްސަކުރި ސަރަޙައްދު | ރާއްޖެ އެމްވީ

ހދ. ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުން އާބާދުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުންނަށް އިމާރާތް ކުރާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތަށް ހަނިމާދޫ ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރު ހާޒިރު ކޮށްފައިވާއިރު ސުވާލު ކުރުމުގެ ވަގުތުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވަނީ ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫގައި އަޅައިދޭނެ ކަމަށް މި ސަރުކާރުން ވައުދުވެފައިވާ ހައުސިންގ ޔުނިޓްތަކާ ގުޅޭ ގޮތުން ސުވާލު ކުރައްވާފަ އެވެ. 

Advertisement - newsAdvertisement

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެކަމުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން އެއްބާރުލުން ސަރުކާރަށް ލިބެމުން ނުދާ ކަމަށެވެ. 

ކައުންސިލްގެ ފަރާތުން އަޅުގަނޑުމެންނަކަށް އެއްބާރުލުމެއް ނުލިބޭ، ނުލިބި ދަތިތަކާ ކުރިމަތިވަމުން ދޭ. އަޅުގަނޑުމެން މި ދަންނަވަނީ އަޅުގަނޑުމެން ހަނިމާދޫގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން އިމާރާތް ކޮށްދޭނަމޭ. އެ ރަށުގެ މަޝްރޫއު ހުއްޓިފަ އޮތީ އޭރުގަ ކޯޓަށް މައްސަލައެއް ލުމާއެކު އެޑްވާންސް ފައިސާ ނަގާފަ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާތީ. އެހެން ނަމަވެސް އަޅުގަނޑުމެން މި ދަންނަވަނީ ހިރިމަރަދޫ ރައްޔިތުންނަށް މި އަޅާ ބޯހިޔާވަހިކަމާ ހަނިމާދޫ ރައްޔިތުންނަށް މި އަޅާ ބޯހިޔާވަހިކަމާ ގުޅުވާނުލާށޭ. އަޅުގަނޑުމެން ދެ މަޝްރޫއު ވެސް ކުރިއަށް ގެންގޮސްދޭނަމޭ. އެހެންވީމާ ހިރިމަރަދޫ ރައްޔިތުން ބަދަލު ކުރުމަށްޓަކައި އަޅުގަނޑުމެންނަށް އަވަހަށް އެ މަސައްކަތް ފެށިގެން ދިއުމަކީ އެއީ ވަރަށް މުހިއްމުކަމެއް. އެ ރަށެއްގެ، ހަނިމާދޫ އިހުތިސާސްގެ ތެރެއަށް ލާފަ މިހާރު އެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭ ވީހާ ވެސް ބާރުމިނުގައި. އެކަމުގައި ރަށު ރައްޔިތުންގެ އަދި ރަށު ކައުންސިލްގެ ވަރަށް ބޮޑު އެއްބާރުލުމެއް ބޭނުންވޭ. 
ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް 

މިނިސްޓަރު އެހެން ވިދާޅުވި އިރު ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުން އާބާދުކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭނަކީ ކޮބައިކަން ސާފުނުވާ ކަމަށާއި، އެ މަޝްރޫއު ކުރިއަށްދަނީ ދެފުށް ފެންނަ އުސޫލަކުން ނޫން ކަމަށް ބުނެ ހަނިމާދޫ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. 

ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް ވިދާޅުވީ، ހިރިމަރަދޫ ރައްޔިތުންނަށް ޚާއްސަކޮށްގެން އަޅާ ގެތަކުގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމައި ތަޅުދަނޑި ހަވާލުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވީ ނަމަވެސް، އެކަމުގެ އަމަލީ މަސައްކަތްތައް ފެންނަނީ ވަރަށް ބޮޑަށް އޮޅުންބޮޅުން ބޮޑުކޮށް ކަމަށެވެ.

އަލީ އިބްރާހިމް ވިދާޅުވީ ހަނިމާދޫގައި 500 ހައުސިންގ ޔުނިޓު އެޅުމަށާއި، އަލަށް ދޫކުރި 200 ގެވަޅު ހިމެނޭ ސަރަޙައްދަށް ފެނާއި ނަރުދަމާ ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދީފައިވާ ކަމަށެވެ. ނަމަވެސް މިހާރު ފެންނަމުންދަނީ ކުރިން ފަށާފައި ހުރި މުހިއްމު މަޝްރޫއުތައް ވެސް ހުއްޓިފައި ހުރި މަންޒަރު ކަމަށާއި، ކައުންސިލްގެ އެންމެ ބޮޑު ޝަކުވާއަކީވެސް އެއީ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ކައުންސިލުން އަބަދުވެސް ބާރުއަޅަމުންދަނީ އަލަށް މަޝްރޫއުތައް ފެށުމުގެ ކުރިން، ފަށާފައި ހުރި މަސައްކަތްތައް ނިންމުމަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހިރިމަރަދޫ ރައްޔިތުން އާބާދުކުރުމަށް ޚާއްސަކުރި ބިން އަނބުރާ ސަރުކާރަށް ނަގަނީ ކައުންސިލުން އެއްބާރުލުން ނުދޭތީ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން އަލީ އިބްރާހިމް ވިދާޅުވީ، ކައުންސިލުން އެއްބާރުލުން ނުދޭން ކުރި އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

ހިރިމަރަދޫ ރައްޔިތުންނާ ހަވާލާދީ އަލީ އިބްރާހިމް ވިދާޅުވީ، ރަށެއް ފަޅުކޮށްލާފައި އެހެން ރަށަކަށް ބަދަލުވާއިރު ސަރުކާރުން ގެންގުޅޭ ޕްލޭނެއް އެ ރައްޔިތުންނަށްވެސް ސާފުނުވާ ކަމަށެވެ. ވަކިން ޚާއްސަކޮށް، ސަރުކާރުން ބުނާ 184 ގެއަކީ ކޮން ތަނަކުން ލިބޭނެ ގެތަކެއް ކަމެއް ނުވަތަ އެތަންތަނުގެ ރަޖިސްޓްރީއެއް އޮތްކަމެއްވެސް އެ ރައްޔިތުންނަށް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ހަނިމާދޫ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރާނީ ހިރިމަރަދޫ ރައްޔިތުންގެ ހައްގުގައި ކަމަށާއި، އެ ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް ފުރިހަމައަށް ލިބޭތޯ ކަށަވަރު ކުރާނެ ކަމަށްވެސް އަލީ އިބްރާހިމް ވިދާޅުވި އެވެ.

ހދ. ހަނިމާދޫހދ. ހިރިމަރަދޫޑރ. އަބްދުﷲ މުއްތަލިބުހައުސިންގް މިނިސްޓްރީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ޖުލައި 2026

ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ

13 ޖުލައި 2026
ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ
13 ޖުލައި 2026

ސަރުކާރުގެ ވިސްނުމަކީ ރަކީދޫ މީހުން އެހެން ރަށަކަށް ބަދަލުކުރުން: މިނިސްޓަރު މުއްތަލިބު

13 ޖުލައި 2026
ސަރުކާރުގެ ވިސްނުމަކީ ރަކީދޫ މީހުން އެހެން ރަށަކަށް ބަދަލުކުރުން: މިނިސްޓަރު މުއްތަލިބު
13 ޖުލައި 2026

ހަވާލުކުރިތާ 7 މަސް ފަހުން ފެށި އައްޑޫ ލިންކް ރޯޑް މަޝްރޫއު އާ ގުޅޭ ސުވާލަށް މިނިސްޓަރަށް ޖަވާބެއް ނުދެއްވުނު

13 ޖުލައި 2026
ހަވާލުކުރިތާ 7 މަސް ފަހުން ފެށި އައްޑޫ ލިންކް ރޯޑް މަޝްރޫއު އާ ގުޅޭ ސުވާލަށް މިނިސްޓަރަށް ޖަވާބެއް ނުދެއްވުނު
08 ޖުލައި 2026

އިން ވަކިނުކޮށް މަސައްކަތް ފެށުމުން ހަނިމާދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ހުއްޓިއްޖެ، ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތްވެސް ކުރިޔަށް ނުދޭ: ކައުންސިލް

08 ޖުލައި 2026
އިން ވަކިނުކޮށް މަސައްކަތް ފެށުމުން ހަނިމާދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ހުއްޓިއްޖެ، ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތްވެސް ކުރިޔަށް ނުދޭ: ކައުންސިލް
07 ޖުލައި 2026

ދައުރު ދެބައިވެގެން ދިޔައިރު، ސަރުކާރަށް ކުރެވުނު ވަރަކީ ހަނިމާދޫ މިސްކިތުގެ ޝީޓު އަޅާލުން: ކައުންސިލް

07 ޖުލައި 2026
ދައުރު ދެބައިވެގެން ދިޔައިރު، ސަރުކާރަށް ކުރެވުނު ވަރަކީ ހަނިމާދޫ މިސްކިތުގެ ޝީޓު އަޅާލުން: ކައުންސިލް
04 ޖުލައި 2026

ހިރިމަރަދޫ ރައްޔިތުން: މިރަށު ކައުންސިލުގައި ދިދަ ނަގާފައި ބަހައްޓާނެ ކަމެއް ނެތް، ފަޅު ރަށްރަށުގައި ދިދަ އެއް ނުހުންނާނެ

04 ޖުލައި 2026
ހިރިމަރަދޫ ރައްޔިތުން: މިރަށު ކައުންސިލުގައި ދިދަ ނަގާފައި ބަހައްޓާނެ ކަމެއް ނެތް، ފަޅު ރަށްރަށުގައި ދިދަ އެއް ނުހުންނާނެ
28 ޖޫން 2026

ހަނިމާދޫ ރައްޔިތުންނަށް ރުށްގަހުގެ ބަދަލެއް ނުލިބޭ، މިއީ ރުށްގަހުން ވެސް ވައްކަން ކުރާ ސަރުކާރެއް: ކައުންސިލްގެ ރައީސް

28 ޖޫން 2026
ހަނިމާދޫ ރައްޔިތުންނަށް ރުށްގަހުގެ ބަދަލެއް ނުލިބޭ، މިއީ ރުށްގަހުން ވެސް ވައްކަން ކުރާ ސަރުކާރެއް: ކައުންސިލްގެ ރައީސް
27 ޖޫން 2026

ހިރިމަރަދޫގެ ހިތްދަތި ހަގީގަތް: ސިޔާސީ ވަކި މަންފާއަކަށް ރާއްޖޭގެ ޗާޓުން އެރަށް ވަނީ ގެއްލުވާލާފައި!

27 ޖޫން 2026
ހިރިމަރަދޫގެ ހިތްދަތި ހަގީގަތް: ސިޔާސީ ވަކި މަންފާއަކަށް ރާއްޖޭގެ ޗާޓުން އެރަށް ވަނީ ގެއްލުވާލާފައި!
25 ޖޫން 2026

ހޯރަފުއްޓަކީ އަބަދުވެސް ކުދި އާބާދީތަކުން ރަށަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް މަރުޙަބާ ކިޔާ ރަށެއް، ހިރިމަރަދޫ ރައްޔިތުންނަށް ދައުވަތުދިނީ ވެސް އެހެންވެ: ކައުންސިލް

25 ޖޫން 2026
ހޯރަފުއްޓަކީ އަބަދުވެސް ކުދި އާބާދީތަކުން ރަށަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް މަރުޙަބާ ކިޔާ ރަށެއް، ހިރިމަރަދޫ ރައްޔިތުންނަށް ދައުވަތުދިނީ ވެސް އެހެންވެ: ކައުންސިލް
24 ޖޫން 2026

އެފްޑީސީ ފްލެޓުތަކުގައި ގާބެޖް ޝޫޓް ހަރުނުކުރާ މައްސަލައިގައި މިނިސްޓަރ މުއްތަލިބު މަޖިލީހަށް ހާޒިރުކުރަނީ

24 ޖޫން 2026
އެފްޑީސީ ފްލެޓުތަކުގައި ގާބެޖް ޝޫޓް ހަރުނުކުރާ މައްސަލައިގައި މިނިސްޓަރ މުއްތަލިބު މަޖިލީހަށް ހާޒިރުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް