Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ އަހަރީ ދުވަސް

އެމްޑީޕީއަކީ މުއައްސަސާއެއްގެ ގޮތުގައި ހިނގާ ހަމައެކަނި ޕާޓީ، ކުރިއަށް އޮތް އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނެ: އަލީ ނިޔާޒު

އެމްޑީޕީއަށް 21 އަހަރު ފުރުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި އަލީ ނިޔާޒު ވިދާޅުވީ، އެ ޕާޓީއަކީ ވަކި އުސޫލުތަކެއްގެ މަތިން ހިންގާ ހަރުދަނާ މުއައްސަސާއެއް ކަމަށާއި، މިއީ ރާއްޖޭގެ އެހެން ޕާޓީތަކަށް ނަމޫނާއެއް ކަމަށް. ވެރިކަން ގެއްލޭ ކޮންމެ ފަހަރަކުވެސް އިތުރު ހިތްވަރަކާއެކު އެނބުރި އައުމުގެ ގާބިލުކަން އެމްޑީޕީގައި ހުރިކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި. އަދި އެމްޑީޕީގެ ސިޔާސަތުތަކަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ސިޔާސަތުތައް ކަމަށްވެސް ނިޔާޒު ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ޖޫން 2026 | ހުކުރު 04:50
ހުޅުމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު

ހުޅުމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު | ރާއްޖެ އެމްވީ

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ޕާޓީތަކުގެ ތެރެއިން، ހަރުދަނާ އުސޫލުތަކެއްގެ މަތިން މުއައްސަސާއެއްގެ ގޮތުގައި ހިނގަމުންދާ ހަމައެކަނި ސިޔާސީ ޕާޓީއަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކަމަށް ހުޅުމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެމްޑީޕީއަށް 21 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އަލީ ނިޔާޒު ވިދާޅުވީ، އެމްޑީޕީއަށް 21 އަހަރުވެގެންދާއިރު އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެ ޕާޓީއަކީ ވަކި އުސޫލުތަކެއްގެ މަތިން ހިނގާ މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ. މިއީ ރާއްޖޭގެ އެހެން އެއްވެސް ސިޔާސީ ޕާޓީއަކަށް މިހާތަނަށް ހާސިލުކުރެވިފައިވާ ކަމެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ސިޔާސީ ޕާޓީތައް ހިންގާ ގޮތާއި ވެރިކަން ކުރާ ގޮތަށް ބަލާއިރު، ހަގީގީ ފުރުސަތުތައް ލިބެނީ މިފަދަ އިންތިޒާމުވެގެން ހިންގާ ޕާޓީތަކަށް ކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ތާރީޚަށް އަލިއަޅުވާލައްވަމުން ނިޔާޒު ވިދާޅުވީ، އެ ޕާޓީއަކީ އަބަދުވެސް ވަރަށް ބޮޑަށް އިންތިޒާމުވެގެން މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ. އެގޮތުން ވެރިކަން ގެއްލޭ ކޮންމެ ފަހަރަކުވެސް، އިތުރު ހިތްވަރަކާއެކު މަސައްކަތްކޮށްގެން އަލުން ވެރިކަމަށް އައުމުގެ ގާބިލުކަން އެމްޑީޕީން އަބަދުވެސް ދައްކަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނިޔާޒު އިތުރަށް ވިދާޅުވީ، އެމްޑީޕީއަށް އޮތް އިތުބާރު ބޮޑުވަނީ އެ ޕާޓީއަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި އަދި އެންމެ ރަނގަޅު ސިޔާސަތުތައް އެކުލަވާލައިގެން މަސައްކަތްކުރާ ޕާޓީއަށް ވާތީ ކަމަށެވެ. ރައްޔިތުންނަށް ކަމެއް ކޮށްދިނުމުގެ އިޚްލާސްތެރި ނިޔަތުގައި ނުކުމެ އުޅޭ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށް އޭނާ ސިފަކުރެއްވިއެވެ.

އަބަދުވެސް ފެނިގެންދަނީ އިންތިޒާމުވެގެން ހިންގާ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ހިންގަމުން އަންނަ ތަން، އެގޮތުން ވެރިކަން ގެއްލޭއިރަށް އިތުރު މަސައްކަތްތަކެއް ކޮށްގެން އެމްޑީޕީން އަބަދުވެސް ރާއްޖޭގެ ވެރިކަމަށް އާދޭ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުވެސް އެމްޑީޕީން ކާމިޔާބުކުރާނެ ކަމުގެ އުއްމީދު ބޮޑު، ސަބަބަކީ އެންމެ ރަނގަޅު ސިޔާސަތުތައް އެކުލަވާލާއިގެން ރައްޔިތުންނަށް ކަމެއް ކޮށްދިނުމަށް ނުކުމެ އުޅޭ ޕާޓީއަކީ ހަމައެކަނި އެމްޑީޕީ،
ހުޅުމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު 

މި ރަސްމިއްޔާތުގައި ވާހަކަ ނިންމަވާލައްވަމުން ނިޔާޒު ވިދާޅުވީ، އާންމު ރައްޔިތުން ސިޔާސީ ޕާޓީތަކުގެ ސިޔާސަތުތައް އަޅާކިޔާއިރު، އެ ރައްޔިތުންނަށް އެންމެ ފައިދާހުރި އަދި އެންމެ ބޮޑު ލުޔެއް ލިބެނީ އެމްޑީޕީގެ ސިޔާސަތުތަކުންކަން މިއަދު ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައިވެސް އެމްޑީޕީ ފެނިގެންދާނީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ، ވަރުގަދަ ސިޔާސީ މުއައްސަސާއެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޑަބްލިއު މޯލްޑިވްސްއެމްޑީޕީމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަލީ ނިޔާޒްހުޅުމާލެ

އިތުރަށް ކިޔާލަން

26 ޖޫން 2026

މިއަދު ފެންނަމުންދަނީ ހުދުމުހުތާރު ސަރުކާރެއްގެ މައްޗަށް ކުރިހޯދުމަށް އެމްޑީޕީ ތައްޔާރުވެފައި އޮތް މަންޒަރު: ފައްޔާޒް

26 ޖޫން 2026
މިއަދު ފެންނަމުންދަނީ ހުދުމުހުތާރު ސަރުކާރެއްގެ މައްޗަށް ކުރިހޯދުމަށް އެމްޑީޕީ ތައްޔާރުވެފައި އޮތް މަންޒަރު: ފައްޔާޒް
26 ޖޫން 2026

އެމްޑީޕީގެ މަސައްކަތްތައް އަބަދުވެސް ބައްޓަންވެގެންދާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން: ސޯލިޙު

26 ޖޫން 2026
އެމްޑީޕީގެ މަސައްކަތްތައް އަބަދުވެސް ބައްޓަންވެގެންދާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން: ސޯލިޙު
26 ޖޫން 2026

އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

26 ޖޫން 2026
އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
26 ޖޫން 2026

ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދު ނެތުމުން، ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު ދަނީ ފެންނަމުން: މެމްބަރު ދީދީ

26 ޖޫން 2026
ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދު ނެތުމުން، ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު ދަނީ ފެންނަމުން: މެމްބަރު ދީދީ
26 ޖޫން 2026

އެމްޑީޕީން ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުން ވަނީ ވެރިކަން ކުރަން ބޭނުންވާ މީހުން އެ ޕާޓީގައި ގިނަކަމުން: ރައީސް މުއިއްޒު

26 ޖޫން 2026
އެމްޑީޕީން ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުން ވަނީ ވެރިކަން ކުރަން ބޭނުންވާ މީހުން އެ ޕާޓީގައި ގިނަކަމުން: ރައީސް މުއިއްޒު
25 ޖޫން 2026

އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުން މުޅި ރާއްޖޭގައި!

25 ޖޫން 2026
އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުން މުޅި ރާއްޖޭގައި!
25 ޖޫން 2026

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހުއްދަނެތި ދަތުރުކުރި ދެ މަސްބޯޓު ހުއްޓުވަން އެމްއެންޑީއެފް ހަރަކާތްތެރިވެއްޖެ

25 ޖޫން 2026
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހުއްދަނެތި ދަތުރުކުރި ދެ މަސްބޯޓު ހުއްޓުވަން އެމްއެންޑީއެފް ހަރަކާތްތެރިވެއްޖެ
25 ޖޫން 2026

ރައްޔިތުންގެ ޝަކުވާ އަޑުއެހުމަށް ވަކި އޮފީހެއް ގާއިމުކުރަން ޖެހުމުން ސަރުކާރުން އައްޔަނުކޮށްފައި ތިބި މީހުންގެ ނާކާމިޔާބީ ހާމަވޭ: ރީކޯ

25 ޖޫން 2026
ރައްޔިތުންގެ ޝަކުވާ އަޑުއެހުމަށް ވަކި އޮފީހެއް ގާއިމުކުރަން ޖެހުމުން ސަރުކާރުން އައްޔަނުކޮށްފައި ތިބި މީހުންގެ ނާކާމިޔާބީ ހާމަވޭ: ރީކޯ
24 ޖޫން 2026

އެފްޑީސީ ފްލެޓުތަކުގައި ގާބެޖް ޝޫޓް ހަރުނުކުރާ މައްސަލައިގައި މިނިސްޓަރ މުއްތަލިބު މަޖިލީހަށް ހާޒިރުކުރަނީ

24 ޖޫން 2026
އެފްޑީސީ ފްލެޓުތަކުގައި ގާބެޖް ޝޫޓް ހަރުނުކުރާ މައްސަލައިގައި މިނިސްޓަރ މުއްތަލިބު މަޖިލީހަށް ހާޒިރުކުރަނީ
24 ޖޫން 2026

މަޖިލީހުގެ ކޮމިޓީތަކުން އިދިކޮޅަށް ޖާގަނުދީ ކުރަނީ ޖެއްސުން، ދޫދޭކަށް ނެތިން: ނާޒިލް

24 ޖޫން 2026
މަޖިލީހުގެ ކޮމިޓީތަކުން އިދިކޮޅަށް ޖާގަނުދީ ކުރަނީ ޖެއްސުން، ދޫދޭކަށް ނެތިން: ނާޒިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު