Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާން

ކަޝްމީރުގެ އިންތިޚާބާ ދިމާކޮށް ހިނގާ ހަމަނުޖެހުންތައް އިތުރުވަނީ

8 އޯގަސްޓު 2026 | ހޮނިހިރު 08:20

މަދަނީ ޖަމާއަތެއް ކަމަށްވާ ޖޮއިންޓް އަވާމީ އެކްޝަން ކޮމިޓީ (ޖޭއޭއޭސީ) އިން ތުހުމަތުކުރާ ގޮތުގައި، ޖުލައި 27 ގައި އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ފެށުނު ފަހުން، ސަލާމަތީ ބާރުތަކުން ދިން ހަމަލާތަކުގައި މުޒާހަރާގެ 44 ބައިވެރިޔަކު ވަނީ މަރުވެފައި. ނަމަވެސް، ކަޝްމީރުގެ ސަރަހައްދީ ސަރުކާރުން ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 އޯގަސްޓު 2026 | ހޮނިހިރު 08:20
ކަޝްމީރުގެ އިންތިޚާބާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ ކުރަމުން ގެންދިޔަ މުޒާހަރާގެ ތެރެއިން

ކަޝްމީރުގެ އިންތިޚާބާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ ކުރަމުން ގެންދިޔަ މުޒާހަރާގެ ތެރެއިން | ރޮއިޓާސް

ކަޝްމީރުގެ ޕާކިސްތާނު ފަޅީގައި ކުރިއަށްދާ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް، މުޒާހަރާކުރާ ފަރާތްތަކާއި ސަލާމަތީ ބާރުތަކާ ދެމެދު ހިންގި ކުރިމަތިލުންތަކެއްގައި ގިނަ ބަޔަކު މަރުވެ، އެ ސަރަހައްދުގެ މަސްރަހު އިތުރަށް ގޯސްވެއްޖެ އެވެ.

މަދަނީ ޖަމާއަތެއް ކަމަށްވާ ޖޮއިންޓް އަވާމީ އެކްޝަން ކޮމިޓީ (ޖޭއޭއޭސީ) އިން ތުހުމަތުކުރާ ގޮތުގައި، ޖުލައި 27 ގައި އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ފެށުނު ފަހުން، ސަލާމަތީ ބާރުތަކުން ދިން ހަމަލާތަކުގައި މުޒާހަރާގެ 44 ބައިވެރިޔަކު ވަނީ މަރުވެފައި އެވެ. ނަމަވެސް، ކަޝްމީރުގެ ސަރަހައްދީ ސަރުކާރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައި އެވެ.

ސަރުކާރުން ބުނީ ހަމަނުޖެހުންތަކުގައި ސަލާމަތީ ބާރުތަކުގެ ހަތް މީހަކު މަރުވެ، 45 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ. ސަރުކާރުން މިހާރު ވަނީ ޖޭއޭއޭސީ އަކީ މަނާ ކުރެވިފައިވާ ނުރައްކާތެރި ޖަމާއަތެއްގެ ގޮތުގައި ކަނޑަ އަޅައި، އެއީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ނިންމާފައި އެވެ.

އިންތިޚާބީ ހަމަނުޖެހުންތަކުގެ ކުރިން، އެ ސަރަހައްދަށް އިތުރު ސިޔާސީ ބާރުވެރިކަން ހޯދައިދިނުމަށާއި، ކަރަންޓާއި ކާބޯތަކެތީގެ އަގުތައް ހެޔޮ ކުރުމަށް އެދި ޖޫން މަހު މުޒާހަރާތައް ފެށި ފަހުން، ޖުމްލަ 88 މީހުން މަރުވެފައިވާ ކަމަށް ޖޭއޭއޭސީ އިން ބުނެ އެވެ. ނަމަވެސް، ސަރުކާރުން އިންޓަނެޓުގެ ޚިދުމަތްތައް މެދުކަނޑާލައި، ޚަބަރު ފަތުރާ ވަސީލަތްތަކަށް ހުރަސް އަޅާފައިވުމުން، މަރުވި މީހުންގެ ސީދާ އަދަދު ކަށަވަރު ކުރުން ވަނީ ދަތިވެފައި އެވެ.

މި އިންތިޚާބުގައި ވޯޓުލާ ފަރާތްތަކުން އިންތިޚާބު ކުރަނީ އެ ސަރަހައްދުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނެވެ. ނަމަވެސް، ކަޝްމީރުން ބޭރުގައި ދިރިއުޅޭ ރެފިއުޖީންނަށް ޚާއްސަ ކޮށްފައިވާ 12 ގޮނޑިއާ މެދު ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައި އެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، އެ ސަރަހައްދުގައި ދިރިއުޅޭ ބަޔަކު ނޫން މީހުންނަށް މި ގޮނޑިތަކުގެ ސަބަބުން ސިޔާސީ ގޮތުން ނާޖާއިޒު ނުފޫޒު ފޯރުވުމުގެ ފުރުސަތު ލިބިގެންދެ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާއަތެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ، މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކުރި ގޮތް މިނިވަންކަމާ އެކު ތަހުގީގު ކުރުމަށް ގޮވާލާފައި އެވެ.

ޖުލައި އަދި އޮގަސްޓު މަހަށް ބަހާލައިގެން ކުރިއަށްގެންދާ މި އިންތިޚާބުގެ ފަހު ބުރުގެ ވޯޓުލުން އޮންނާނީ އޮގަސްޓު 10 ގައި އެވެ.

މަސްދަރު: ބްލޫމްބާގް

ޕާކިސްތާންކަޝްމީރު

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

08 އޯގަސްޓު 2026

މައްކާގެ ދިފާއީ އެއްބަސްވުމުގެ ސަބަބުން މެދުއިރުމަތީގައި އެމެރިކާގެ ދައުރަށް ވާނީ ކިހިނެއް؟

08 އޯގަސްޓު 2026
މައްކާގެ ދިފާއީ އެއްބަސްވުމުގެ ސަބަބުން މެދުއިރުމަތީގައި އެމެރިކާގެ ދައުރަށް ވާނީ ކިހިނެއް؟
07 އޯގަސްޓު 2026

އީރާން ސައުދީއަށް: ދިފާއީ އެއްބަސްވުމުން ސަލާމަތެއް ނުލިބޭނެ

07 އޯގަސްޓު 2026
އީރާން ސައުދީއަށް: ދިފާއީ އެއްބަސްވުމުން ސަލާމަތެއް ނުލިބޭނެ
07 އޯގަސްޓު 2026

ސައުދީ، ޕާކިސްތާން، ތުރުކީން ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި - ކޮންމެ ގައުމަކަށް ދެވޭ ހަމަލާއަކީ، ތިން ގައުމަށްމެ ދެވޭ ހަމަލާއެއްގެ ގޮތުގައި ބަލާނެ

07 އޯގަސްޓު 2026
ސައުދީ، ޕާކިސްތާން، ތުރުކީން ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި - ކޮންމެ ގައުމަކަށް ދެވޭ ހަމަލާއަކީ، ތިން ގައުމަށްމެ ދެވޭ ހަމަލާއެއްގެ ގޮތުގައި ބަލާނެ
07 އޯގަސްޓު 2026

ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި އުރުދުޣާން ހުކުރު ދުވަހު ސައުދީއަށް ވަޑައިގަންނަވަނީ

07 އޯގަސްޓު 2026
ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި އުރުދުޣާން ހުކުރު ދުވަހު ސައުދީއަށް ވަޑައިގަންނަވަނީ
05 އޯގަސްޓު 2026

ކޮމަންވެލްތު ގޭމްސް އަށް ދިޔަ ޕާކިސްތާނާއި ޔޫގެންޑާގެ އެތުލީޓުންތަކެއް ފިލައިފި

05 އޯގަސްޓު 2026
ކޮމަންވެލްތު ގޭމްސް އަށް ދިޔަ ޕާކިސްތާނާއި ޔޫގެންޑާގެ އެތުލީޓުންތަކެއް ފިލައިފި
30 ޖުލައި 2026

އެމެރިކާ އާއި އީރާން އަލުން މަޝްވަރާގެ މޭޒަށް ގެނައުމަށް ގަދަ އަޅާ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕާކިސްތާން އިން ބުނެފި

30 ޖުލައި 2026
އެމެރިކާ އާއި އީރާން އަލުން މަޝްވަރާގެ މޭޒަށް ގެނައުމަށް ގަދަ އަޅާ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕާކިސްތާން އިން ބުނެފި
29 ޖުލައި 2026

ސާކް ސަމިޓް ބޭއްވުމަށް ރައީސް މުޢިއްޒު ގޮވާލެއްވުމުން، އިންޑިއާއިން ރައްދުގައި ބުނީ ސަރަޙައްދީ އެއްބާރުލުން ގާއިމުކުރެވޭނީ ޓެރަރިޒަމުން ސަލާމަތްވެފައިވާ ހެޔޮނިޔަތް އޮތް މާހައުލެއްގައި ކަމަށް

28 ޖުލައި 2026

އިމްރާންޚާން 33 މަސްދުވަހު އެކަހެރިކޮށް ޖަލު ބަންދުގައި ބަހައްޓާފައި ހުރުން އދ.ގެ ޓޯޗަރ އެކްސްޕާޓް ކުށްވެރިކޮށްފި

28 ޖުލައި 2026
އިމްރާންޚާން 33 މަސްދުވަހު އެކަހެރިކޮށް ޖަލު ބަންދުގައި ބަހައްޓާފައި ހުރުން އދ.ގެ ޓޯޗަރ އެކްސްޕާޓް ކުށްވެރިކޮށްފި
21 ޖުލައި 2026

2027 ވަނަ އަހަރުގެ ސާފް ގޭމްސް ބޭއްވުމަށް ޕާކިސްތާނުން ތައްޔާރުވަނީ

21 ޖުލައި 2026
2027 ވަނަ އަހަރުގެ ސާފް ގޭމްސް ބޭއްވުމަށް ޕާކިސްތާނުން ތައްޔާރުވަނީ
17 ޖުލައި 2026

ޕާކިސްތާނުން ތާލިބާން ހަނގުރާމަވެރިންނަށް ހަމަލާދީ 24 މީހުން މަރާލައިފި

17 ޖުލައި 2026
ޕާކިސްތާނުން ތާލިބާން ހަނގުރާމަވެރިންނަށް ހަމަލާދީ 24 މީހުން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް