Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާން

އިމްރާންޚާން 33 މަސްދުވަހު އެކަހެރިކޮށް ޖަލު ބަންދުގައި ބަހައްޓާފައި ހުރުން އދ.ގެ ޓޯޗަރ އެކްސްޕާޓް ކުށްވެރިކޮށްފި

28 ޖުލައި 2026 | އަންގާރަ 09:49

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ޖަލުގައި ބަންދުކޮށްފައި ހުންނެވީ ބައިނަލްއަގުވާމީ އުސޫލުތަކާ ޚިލާފަށް، އިންސާނީ ކަރާމާތް ގެއްލޭ ފަދަ ލާއިންސާނީ ހާލަތެއްގައި ކަމަށް ބުނެ އދ. އިން ކަންބޮޑުވުން ފާޅުކޮށްފި. އެމަނިކުފާނަށް ސިއްހީ ފަރުވާ ނުލިބޭ ކަމުގެ ޝަކުވާތަކާއެކު، އިމްރާން މިނިވަންކުރުމަށް ގޮވާލައި މުޅި ގައުމުގައި ބޮޑު އިހުތިޖާޖެއް ބޭއްވުމަށް ޕީ.ޓީ.އައި އިން ދަނީ ތައްޔާރުވަމުން

ރާއްޖެ އެމްވީ | 28 ޖުލައި 2026 | އަންގާރަ 09:49
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން، ގުޖްރަންވާލާގައި ކުރިއަށްދިޔަ ސަރުކާރާ ދެކޮޅު މުޒާހަރާގެ ހިނގާލުމެއްގެ ތެރެއިން ވާހަކަފުޅު ދައްކަވަނީ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން، ގުޖްރަންވާލާގައި ކުރިއަށްދިޔަ ސަރުކާރާ ދެކޮޅު މުޒާހަރާގެ ހިނގާލުމެއްގެ ތެރެއިން ވާހަކަފުޅު ދައްކަވަނީ. | ގެޓީ އިމޭޖަސް

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި އެމަނިކުފާނުގެ ޕާޓީން މުޅި ގައުމުގައި ބޮޑު ހިނގާލުމެއް ބޭއްވުމަށް ތައްޔާރުވަމުންދަނިކޮށް، ޖަލުގައި ހުންނެވި އިމްރާން ޚާނާ މެދު އަމަލުކުރަމުންދާ އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހުއްޓާލުމަށް އދ. ގެ ލާއިންސާނީ އަމަލުތަކާ ބެހޭ މާހިރަކު ޕާކިސްތާނަށް ގޮވާލައްވައިފި އެވެ.

އދ. އިން ލާއިންސާނީ އަމަލުތަކާ ބެހޭ ކަންކަމަށް ކަނޑައަޅާފައި ހުންނަވާ ޚާއްސަ ރެޕަޓުއާ އެލިސް ޖިލް އެޑްވާޑްސް ވިދާޅުވީ، ވޭތުވެދިޔަ 33 މަސްދުވަހު އިމްރާން ޚާން ބަންދުކޮށްފައި ހުންނެވީ 24 ގަޑިއިރު ސީސީޓީވީ ކެމެރާގެ މޮނިޓަރިންގެ ދަށުން، އެކަހެރިކޮށް ކަމަށެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ޖަލުގައި ހުންނަވާތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެމަނިކުފާނާއި އެމަނިކުފާނުގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީ.ޓީ.އައި) ޕާޓީން ބުނަމުންދަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ގިނަ ދައުވާތަކަކީ ސިޔާސީ މަގްސަދެއްގައި އުފުލާފައިވާ ދައުވާތަކެއް ކަމަށެވެ. 2022 ވަނަ އަހަރު ޕާލަމެންޓުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުން މަގާމުން ދުރުކުރި ފަހުން، އިމްރާން ޚާންގެ މައްޗަށް ކޮރަޕްޝަނާއި، ދައުލަތުގެ ސިއްރުތައް ހާމަކުރުމާއި، ޓެރަރިޒަމާ ގުޅުންހުރި ކުށްތައް ހިމެނޭހެން އެތައް ދައުވާއެއް ވަނީ އުފުލާފަ އެވެ. ނަމަވެސް އެމަނިކުފާނު ގެންދަވަނީ މި ހުރިހާ ތުހުމަތުތަކަކަށް އިންކާރު ކުރައްވަމުންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެޑްވާޑްސް ވިދާޅުވީ، ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިހާރު ބަންދުކޮށްފައި ހުރީ ކުޑަދޮރެއް ނެތް ކުޑަ ގޮޅިއެއްގައި، 24 ގަޑިއިރު ސީސީޓީވީ ކެމެރާގެ ބެލުމުގެ ދަށުން، ގާތްގަނޑަކަށް މުޅިން އެކަހެރިކޮށް ކަމަށެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ، ގިނަ ފަހަރަށް ދެ ހަފުތާއަށްވުރެ ގިނަ ދުވަސް ވަންދެން މެދުނުކެނޑި، ކަސްރަތު ކުރުމުގެ ފުރުސަތެއް ނުވަތަ އިންސާނަކާ ބައްދަލުވެ ވާހަކަދެއްކުމުގެ ފުރުސަތެއް ނެތި އިމްރާން ޚާން ބަންދުކޮށްފައި ހުންނަ ކަމަށެވެ. މިއީ "މަންޑޭލާ ރޫލްސް" ނުވަތަ ގައިދީންނާ މެދު އަމަލުކުރަންޖެހޭ ބައިނަލްއަގުވާމީ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް ވިދާޅުވެ، ޖަލުގެ ހާލަތު އިސްލާހުކުރުމަށް އެކަމަނާ ވަނީ ޕާކިސްތާނަށް ގޮވާލައްވާފަ އެވެ. އެޑްވާޑްސްގެ ޕޯސްޓުގައި އިޝާރާތް ކުރައްވާފައިވަނީ ގައިދީންގެ އިންސާނީ ކަރާމާތާއި ހައްގުތައް ކަށަވަރުކުރުމަށް އދ. އިން އެކުލަވާލާފައިވާ "ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނާސް" އަށެވެ.

މި އުސޫލުތަކުގައި ބަޔާންކޮށްފައިވާ ގޮތުން، ދުވާލަކު 22 ގަޑިއިރު ނުވަތަ އެއަށްވުރެ ގިނަ ވަގުތު އިންސާނަކާ ބައްދަލުނުވެ ބަންދުކޮށްފައި ބެހެއްޓުމަކީ އެކަހެރިކޮށް ބަންދުކުރުމެވެ. އަދި ވިދިވިދިގެން 15 ދުވަހަށްވުރެ ގިނަ ދުވަހު އެކަހެރިކޮށް ބަންދުކޮށްފައި ބެހެއްޓުމަކީ މަނާކަމެކެވެ. ސަބަބަކީ އެއީ އަނިޔާވެރި، ލާއިންސާނީ، ނުވަތަ އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަމަލަކަށް ވެދާނެތީ އެވެ. ލިންކްޑްއިންގައި ކުރެއްވި ދިގު ޕޯސްޓެއްގައި އެޑްވާޑްސް އިތުރަށް ވިދާޅުވީ، އިމްރާން ޚާނަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭ ކަމުގެ ރިޕޯޓުތަކާ މެދު ކަންބޮޑުވާ ކަމަށެވެ. ޚާއްސަކޮށް 2013 ވަނަ އަހަރުގެ އެކްސިޑެންޓެއްގައި ލިބުނު ބުރަކަށީގެ އަނިޔާއާއި، 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު އަވަހާރަކޮށްލަން ދިން ހަމަލާގައި ލިބުނު އަނިޔާތަކަށް އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން ސިއްހީ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް އެކަމަނާ ފާހަގަކުރެއްވި އެވެ.

އިނގިރޭސިވިލާތުގައި ހުންނަވާ އިމްރާން ޚާންގެ ބައިނަލްއަގުވާމީ މީޑިއާ އެޑްވައިޒަރު ސައްޔިދު ޒުލްފިކާރު ބުޚާރީ ވިދާޅުވީ، ވޭތުވެދިޔަ އަށް މަހަށްވުރެ ގިނަ ދުވަހު އިމްރާން ޚާން ހުންނެވީ އެއްވެސް މީހަކާ ބައްދަލުނުކުރެވޭ ގޮތަށް މުޅިން އެކަހެރިކޮށްފައި ކަމަށެވެ. އެޑްވާޑްސްގެ ޕޯސްޓަށް ރައްދު ދެއްވަމުން އޭނާ އެކްސްގައި ލިޔުއްވާފައިވަނީ، އިމްރާން ޚާނާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް ވެސް އިންސާފުވެރި ޝަރީއަތެއް ލިބުމާއި ގައިދީންގެ އަސާސީ ހައްގުތައް ލިބުމަކީ އަސާސީ ހައްގެއް ކަމަށެވެ. އަދި މިހާރުގެ ހާލަތަކީ ދެ ބޭފުޅުންނަށް ވެސް ނުހަނު ކަންބޮޑުވާންޖެހޭ ނުރައްކާތެރި ހާލަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިމްރާން ޚާންގެ ކޮއްކޯފުޅު އަލީމާ ޚާން މި ދުވަސްވަރު ގެންދަވަނީ ޕާކިސްތާނުގެ ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގެ އެކި ރަށްތަކަށް ދަތުރުކުރައްވައި، އޮގަސްޓް މަހުގެ 5 ވަނަ ދުވަހު އަދިއާލާ ޖަލާ ހަމައަށް ބޭއްވުމަށް ހަމަޖެހިފައިވާ ހިނގާލުމަށް ތާއީދު ހޯއްދަވަމުންނެވެ. އިމްރާން ޚާން ބަންދުކޮށްފައި ހުރީ އެ ޖަލުގައެވެ. މި ހިނގާލުން ބޭއްވުމަށް ނިންމާފައިވަނީ އެމަނިކުފާނު ޖަލަށްލީތާ ތިން އަހަރު ފުރުމާ ދިމާކޮށެވެ.

ޕާކިސްތާނުގެ ޕަންޖާބު ސަރުކާރުން ވަނީ ލާހޯރުގައި މި ހިނގާލުން ބޭއްވުމުގެ ހުއްދަ ނުދީފަ އެވެ. ނަމަވެސް ޕީ.ޓީ.އައި ޕާޓީގެ ލީޑަޝިޕުން ބުނީ، އޮގަސްޓް 5 ގައި ފަށާ މި އިހުތިޖާޖު ކުރިއަށް ގެންދިއުމުގެ ހުއްދައަށް ކޯޓުގައި އެދޭނެ ކަމަށާއި، އިމްރާން ޚާން މިނިވަންވަންދެން މި ހަރަކާތް ކުރިއަށްދާނެ ކަމަށެވެ. އެއްވުމެއްގައި ވާހަކަދައްކަވަމުން އަލީމާ ޚާން ވިދާޅުވީ، އިންސާފު ހޯދުމަށް އަންހެން ކޮއްކޮއިން މަގުމައްޗަށް ނުކުންނަން މަޖުބޫރުވުމުން ދޭހަވަނީ އަނިޔާވެރިން ހުރިހާ ރަތް ރޮނގަކުން ބޭރުވެފައިވާ ކަން ކަމަށެވެ. 

ކުރިން ކްރިކެޓް ތަރިއެއްގެ ގޮތުގައި މަޝްހޫރުވި އިމްރާން ޚާންގެ ސިއްހީ ހާލަތާ މެދު އެމަނިކުފާނުގެ ޕާޓީއާއި އާއިލާއިން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންދެ އެވެ. އެގޮތުން އެމަނިކުފާނުގެ ލޮލުގެ ފެނުން ދަށްވަމުންދާ ކަމަށާއި، އެއް ލޮލުގެ ފެނުން ގާތްގަނޑަކަށް ގެއްލިފައިވާ ކަމަށާއި، އެކަށީގެންވާ ސިއްހީ ފަރުވާ ދިނުމަށް ސަރުކާރުން ދެކޮޅު ހަދަމުންދާ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. ނަމަވެސް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިމްރާން ޚާނާ މެދު ގޯސްކޮށް އަމަލުކުރަމުންދާ ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

އިމްރާން ޚާންޕާކިސްތާންޕާކިސްތާން ތަހްރީކް އޭ އިންސާފް

އިތުރަށް ކިޔާލަން

21 ޖުލައި 2026

2027 ވަނަ އަހަރުގެ ސާފް ގޭމްސް ބޭއްވުމަށް ޕާކިސްތާނުން ތައްޔާރުވަނީ

21 ޖުލައި 2026
2027 ވަނަ އަހަރުގެ ސާފް ގޭމްސް ބޭއްވުމަށް ޕާކިސްތާނުން ތައްޔާރުވަނީ
17 ޖުލައި 2026

ޕާކިސްތާނުން ތާލިބާން ހަނގުރާމަވެރިންނަށް ހަމަލާދީ 24 މީހުން މަރާލައިފި

17 ޖުލައި 2026
ޕާކިސްތާނުން ތާލިބާން ހަނގުރާމަވެރިންނަށް ހަމަލާދީ 24 މީހުން މަރާލައިފި
11 ޖުލައި 2026

ޕާކިސްތާނާއި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުން މަޝްވަރާ ކުރައްވައިފި

11 ޖުލައި 2026
ޕާކިސްތާނާއި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުން މަޝްވަރާ ކުރައްވައިފި
11 ޖުލައި 2026

ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން 75 ހަނގުރާމަވެރިން މަރާލައިފި

11 ޖުލައި 2026
ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން 75 ހަނގުރާމަވެރިން މަރާލައިފި
11 ޖުލައި 2026

އޭޝިއާ ސަރަހައްދުން އިގްތިސާދު އެންމެ ކުޑަކޮށް ކުރިއަރާނީ އަފްޣާނިސްތާނާއި ދިވެހިރާއްޖެ: އޭޑީބީ

11 ޖުލައި 2026
އޭޝިއާ ސަރަހައްދުން އިގްތިސާދު އެންމެ ކުޑަކޮށް ކުރިއަރާނީ އަފްޣާނިސްތާނާއި ދިވެހިރާއްޖެ: އޭޑީބީ
08 ޖުލައި 2026

ޝާރްޖާ އިން ފުރައިގެން ކަރާޗީއަށް ދަތުރުކުރި ބޮއިންގް 737 މަރުކާގެ ބޯޓެއް ގެއްލިއްޖެ

08 ޖުލައި 2026
ޝާރްޖާ އިން ފުރައިގެން ކަރާޗީއަށް ދަތުރުކުރި ބޮއިންގް 737 މަރުކާގެ ބޯޓެއް ގެއްލިއްޖެ
07 ޖުލައި 2026

ޕާކިސްތާނުގައި ފުލުހުންގެ މަރުކަޒަށް ހަމަލާދީ 9 ފުލުހުން މަރައިފި

07 ޖުލައި 2026
ޕާކިސްތާނުގައި ފުލުހުންގެ މަރުކަޒަށް ހަމަލާދީ 9 ފުލުހުން މަރައިފި
05 ޖުލައި 2026

އިސްރާއީލުން ސަރަހައްދީ ހަނގުރާމައެއް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އިންޒާރު ތުރުކީވިލާތުން ދީފި

05 ޖުލައި 2026
އިސްރާއީލުން ސަރަހައްދީ ހަނގުރާމައެއް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އިންޒާރު ތުރުކީވިލާތުން ދީފި
03 ޖުލައި 2026

އިންސާނުންގެ ޕްލެސެންޓާގެ ވިޔަފާރިކުރާ ބައިނަލްއަގުވާމީ ނެޓްވޯކެއް ޕާކިސްތާނުން އަތުލައިގެންފި

03 ޖުލައި 2026
އިންސާނުންގެ ޕްލެސެންޓާގެ ވިޔަފާރިކުރާ ބައިނަލްއަގުވާމީ ނެޓްވޯކެއް ޕާކިސްތާނުން އަތުލައިގެންފި
03 ޖުލައި 2026

ޕާކިސްތާނުގައި މީހުން ތޮއްޖެހިފައިވާ ބަހެއް ފުރޮޅާލައިގެން ވެއްޓި 40 މީހުން މަރުވެއްޖެ

03 ޖުލައި 2026
ޕާކިސްތާނުގައި މީހުން ތޮއްޖެހިފައިވާ ބަހެއް ފުރޮޅާލައިގެން ވެއްޓި 40 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް