Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫސްވެރިކަން

ދައުލަތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް ވުރެ، މީޑިއާތަކަށް ފައިސާ ދިނުން މާ ހައްގުކަން ބޮޑު: ޔާމީން

8 އޯގަސްޓު 2026 | ހޮނިހިރު 06:56

ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދިނުމުގެ ބަދަލުގައި، މީޑިއާތަކަށް ދޭ އެހީ ބޮޑުކުރުން މާ މުހިންމު ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެ. ނޫސްވެރިކަން ޒިންމާދާރުކޮށް ކުރިއަށްގެންދަން ޖެހޭކަން ފާހަގަކުރައްވައި، ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ދޭ ފައިސާއަކީ ސަރުކާރުގެ ހެޔޮފުޅުކަމުން ދޭ އެއްޗެއްގެ ގޮތުގައި ނުދެކުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 8 އޯގަސްޓު 2026 | ހޮނިހިރު 06:56
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން | ރައީސް އޮފީސް

ދައުލަތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް ވުރެ، މީޑިއާތަކަށް ފައިސާ ދިނުން މާ ހައްގުކަން ބޮޑު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ ސިޔާސީ ޕާޓީ ހިންގަން ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ޖެހޭނެ ކަމަށް އެމަނިކުފާނު ދެކިވަޑައިނުގަންނަވާ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގެ ބަދަލުގައި މީޑިއާތަކަށް މިހާރު ދޭ ފައިސާގެ އަދަދު ބޮޑު ކުރުން މާ ރަނގަޅު ކަމަށް ޔާމީން ވިދާޅުވި އެވެ. 

Advertisement - newsAdvertisement

މިޑިއާތަކަށް ފައިސާ ދެނީ ސަރުކާރުން ކަމަށް ދެކި، މީޑިއާތައް ކޮމްޕްރޮމައިޒްވާ ކަމުގައި ވާނަމަ، އެމަނިކުފާނުގެ ހިތްހަމަނުޖެހުން އޮންނާނެ ކަމަށާއި ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދިނުމަކީ ރައްޔިތުންގެ މަޖިލީހުން ނިންމާފައިވާ ކަމަކަށް ވާއިރު، އެއީ ރައީސްގެ ހެޔޮފުޅުކަމުން ދޭ އެއްޗެއް ގޮތުގައި ދެކެން ނުޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ. 

މިހާރު ބައްލަވާ ސިޔާސީ ޕާޓީތަކަށް ވެސް ދައުލަތުގެ ބަޖެޓުން ހަމަ ފައިސާ ދޭ އެބަ އެކަމަކު އަޅުގަނޑު ނުދެކެން ސިޔާސީ ޕާޓީތައް ހިންގާކަށް ދައުލަތުން ފައިސާ ދޭން ޖެހޭނެ ކަމަކަށް އަޅުގަނޑެއް ނުދެކެން، އެކަމަކު އެއަށް ވުރެ މާ ހައްގު ކަންނޭނގެ މީޑިއާއަށް އެއްޗެއް ދިނިއްޔާ އެނގޭތޯ
އަބްދުﷲ ޔާމީން 

މީގެއިތުރުން ނޫސްވެރިކަން ބެލެންސްޑްއެއް ނޫން ކަމަށާއި، މުޅިން ވެސް ސަރުކާރަށް ސަނާ ކިޔާ ނޫސްވެރިން އުޅޭ ކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ ނޫސްވެރިން ވެސް ޒިންމާދާރު ނޫސްވެރިކަމެއް ކުރާ ކަމުގައި ވާނަމަ މި އިންބެލެންސްއެއް ނާންނާނެ ކަމަށެވެ. 

ނޫސްވެރިކަމަށް އެކި އެކި ހަމަލާތައް އަންނާނެ ކަމަށާއި، މިނިވަން ނޫސްވެރިކަން ހުދޫދެއްގެ ތެރޭގައި ގެންގުޅެން ޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ. އެގޮތުން ލިޔާ ވާހަކައަކީ ސާބިތު ހިފޭ ވާހަކައަކަށް ވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި އެގޮތަށް އެކަން ނުކުރެވޭ ކަމުގައި ވާނަމަ ނޫހެއްގައި ލިޔުމުގެ ބަދަލުގައި ހިޔާލުތަކެއްގެ ގޮތުގައި ބަޔަކު ލައްވާ އެ ވާހަކަތައް ދެއްކުމަށް ޔާމީން ގޮވާލެއްވި އެވެ. 

ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލެއް ސަރުކާރުން ފުރަތަމަ ފަހަރަށް އެކުލަވާލައި، 2025 ވަނަ އަހަރު އޮގަސްޓް 19 ވަނަ ދުވަހު އާންމުކޮށްފައިވެ އެވެ. އަދި ދައުލަތުގެ ބަޖެޓުގެ އަންދާޒާކުރެވޭ ރެވެނިއުގެ 0.1 އިންސައްތައަށް ވާ މިންވަރަށް މީޑިއާތަކަށް ފައިސާ ދޫކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވެ އެވެ. 

އަބްދުﷲ ޔާމީންނޫސްވެރިކަން

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

02 އޯގަސްޓު 2026

ފަޅުތަކާއި ގިރިތަކާއި ބިންތައް ބަހަމުންދާކަމުގެ ތުހުމަތާއެކު، ކުރީގެ ރައީސް ޔާމީންގެ ބަހުގެ ހަމަލާތަކެއް އޭސީސީ އަދި ފުލުހުންނަށް އަމާޒު ކުރައްވައިފި

02 އޯގަސްޓު 2026
ފަޅުތަކާއި ގިރިތަކާއި ބިންތައް ބަހަމުންދާކަމުގެ ތުހުމަތާއެކު، ކުރީގެ ރައީސް ޔާމީންގެ ބަހުގެ ހަމަލާތަކެއް އޭސީސީ އަދި ފުލުހުންނަށް އަމާޒު ކުރައްވައިފި
01 އޯގަސްޓު 2026

ރައީސް މުއިއްޒު ދައުލަތް ހިންގެވުމަށް މަސައްކަތް ކުރައްވަނީ ހުރިހާ ކަމެއްގައި ޗޯރުންނަށް ބާރުދީގެން: ޔާމީން

01 އޯގަސްޓު 2026
ރައީސް މުއިއްޒު ދައުލަތް ހިންގެވުމަށް މަސައްކަތް ކުރައްވަނީ ހުރިހާ ކަމެއްގައި ޗޯރުންނަށް ބާރުދީގެން: ޔާމީން
21 ޖުލައި 2026

އާރަށު މައްސަލައިގެ އަޑުއެހުންތައް އަންނަ މަހު ކްރިމިނަލް ކޯޓުން ފަށަނީ

21 ޖުލައި 2026
އާރަށު މައްސަލައިގެ އަޑުއެހުންތައް އަންނަ މަހު ކްރިމިނަލް ކޯޓުން ފަށަނީ
02 ޖުލައި 2026

ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާޙުކުރަނީ

02 ޖުލައި 2026
ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާޙުކުރަނީ
01 ޖުލައި 2026

އާރަށު މައްސަލައިގައި ދައުލަތުގެ އައު ހެކިތައް އެއްފަރާތްކުރަން ހައިކޯޓުން އެންގީ ރަނގަޅަށް: ސުޕްރީމް ކޯޓު

01 ޖުލައި 2026
އާރަށު މައްސަލައިގައި ދައުލަތުގެ އައު ހެކިތައް އެއްފަރާތްކުރަން ހައިކޯޓުން އެންގީ ރަނގަޅަށް: ސުޕްރީމް ކޯޓު
14 ޖޫން 2026

އާރަށު މައްސަލައިގައި ދައުލަތުން ހުށަހެޅި އައު ހެކީގެ މައްސަލަ ނިންމާ އަންނަ މަހު ހުކުމް ކުރަނީ

14 ޖޫން 2026
އާރަށު މައްސަލައިގައި ދައުލަތުން ހުށަހެޅި އައު ހެކީގެ މައްސަލަ ނިންމާ އަންނަ މަހު ހުކުމް ކުރަނީ
07 ޖޫން 2026

އަންގާރައިން އަންގާރައަށް... މިކަމެއް ނުވާނެ!

07 ޖޫން 2026
އަންގާރައިން އަންގާރައަށް... މިކަމެއް ނުވާނެ!
06 ޖޫން 2026

ފިޗް ރޭޓިންގ ގައި ދަށްވެފައި އޮތީ ކުރީ ސަރުކާރުގެ ސަބަބުން: މުންދު

06 ޖޫން 2026
ފިޗް ރޭޓިންގ ގައި ދަށްވެފައި އޮތީ ކުރީ ސަރުކާރުގެ ސަބަބުން: މުންދު
02 ޖޫން 2026

ރައީސް މުއިއްޒަކީ ޤައުމެއް ހިންގުމަށް ބޭނުންވާ ތަޖުރިބާއާއި ވިޝަން ނެތް ބޭފުޅެއް، މޭޔަރުކަމުގައިވެސް އޮތީ ހުސް ކޮރަޕްޝަން: އަލީ ހުސައިން

02 ޖޫން 2026
ރައީސް މުއިއްޒަކީ ޤައުމެއް ހިންގުމަށް ބޭނުންވާ ތަޖުރިބާއާއި ވިޝަން ނެތް ބޭފުޅެއް، މޭޔަރުކަމުގައިވެސް އޮތީ ހުސް ކޮރަޕްޝަން: އަލީ ހުސައިން
01 ޖޫން 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޔާމީނުގެ ތާއީދުވެސް ސޯބެއަށް، އެދިލެއްވީ ޕީއެންސީއަށް ވޯޓުނުދޭން

01 ޖޫން 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޔާމީނުގެ ތާއީދުވެސް ސޯބެއަށް، އެދިލެއްވީ ޕީއެންސީއަށް ވޯޓުނުދޭން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް