Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑރ. މުޙައްމަދު މުޢިއްޒު

ރައީސް މުއިއްޒަކީ ޤައުމެއް ހިންގުމަށް ބޭނުންވާ ތަޖުރިބާއާއި ވިޝަން ނެތް ބޭފުޅެއް، މޭޔަރުކަމުގައިވެސް އޮތީ ހުސް ކޮރަޕްޝަން: އަލީ ހުސައިން

ރައީސް ޑރ. މުޢިއްޒަކީ އަމިއްލަ ތަޞައްވުރެއް ނެތް އަދި މަޖިލީހުގެ ތަޖުރިބާ މަދު ބޭފުޅެއް ކަމަށް ވިދާޅުވެ، ކުރީގެ މެންބަރު ޢަލީ ޙުސައިން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ. ސަރުކާރުގެ އޮޑި ފެތެމުންދާ ކަމަށް ސިފަކުރައްވައި، ކެބިނެޓަށް ގެނައި ބަދަލުތަކާއި މަޖިލީހުގެ ތެރޭގައި ވަކި ބަޔަކު ބާރުވެރިކަން ދައްކަމުންދާ ދިއުމާ މެދު އޭނާ ކަންބޮޑުވުން ފާޅުކުރެއްވި. މީގެ އިތުރުން މޭޔަރުކަމުގައި ހުންނެވިއިރު ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކަށް ރައީސަށް އަދަބު ލިބެންޖެހޭނެ ކަމަށްވެސް ޢަލީ ޙުސައިން ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 2 ޖޫން 2026 | އަންގާރަ 04:03
ފަލަސުރުހީ ޕްރޮގްރާމްގައި ގާނޫނީ ވަކީލު އަލީ ހުސައިން ވާހަކަ ދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި ގާނޫނީ ވަކީލު އަލީ ހުސައިން ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ގައުމެއް ހިންގުމަށް ބޭނުންވާ ތަޖުރިބާއާއި ވިޝަން ނެތް ބޭފުޅެއް ކަމަށާއި، މޭޔަރުކަމުގައި ހުންނެވި އިރު ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކަށް ބަލާއިރު އެމަނިކުފާނަކީ ހަގީގަތުގައި އަދަބުދީފައި ހުންނަން ޖެހޭ ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ރައީސް މުއިއްޒަކީ އަމިއްލަ ވިޝަނެއް އޮތް ލީޑަރެއް ނޫން ކަމަށާއި، އެމަނިކުފާނަކީ އަބަދުވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވިޝަންގެ ދަށުން މަސައްކަތް ކުރައްވަމުން އައި ބޭފުޅެއް ކަމަށެވެ.

Advertisement - newsAdvertisement

ހަމައެއާއެކު، ސިޔާސީ ގޮތުން މީހާ ހޭލުންތެރިވެ ތަސައްރަފް ފުދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތަޖުރިބާ އަކީ ވަރަށް މުހިއްމު އެއްޗެއްކަން ފާހަގަކުރައްވައި، އަލީ ހުސައިން ވިދާޅުވީ ރައީސް މުއިއްޒުގެ ކިބައިގައި އެ ތަޖުރިބާވެސް ނެތް ކަމަށެވެ.

މީގެ އިތުރުން މާލެ ސިޓީގެ މޭޔަރުކަމުގައި ރައީސް މުއިއްޒު ހުންނެވި ދުވަސްވަރު ފެންނަން އޮތީ މުޅިންވެސް ކޮރަޕްޝަންގެ މައްސަލަތައް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އަލީ ހުސައިން ވިދާޅުވީ އެ މައްސަލަތަކުގައި އެމަނިކުފާނުގެ މައްޗަށް ދައުވާކޮށް، ގާނޫނީ ގޮތުން ދޭންޖެހޭ އަދަބު ދީފައި އޮންނަން ޖެހޭނެ ކަމަށެވެ.

ރައީސް މުއިއްޒަކީ ވިޝަނަރީ ލީޑަރެއް ނޫން، އެއީ ރައީސް ޔާމީނުގެ ވިޝަންގެ ދަށުން މަސައްކަތް ކުރައްވަމުން އައި ބޭފުޅެއް. ސިޔާސީ ގޮތުން މީހާ ހޭލައްވާލައި، ތަސައްރަފް ފުދުމަށްޓަކައި މަޖިލީހުގެ ތަޖުރިބާ ވަރަށް މުހިއްމު، އެ ތަޖުރިބާވެސް ރައީސް މުއިއްޒުގެ ނެތް، މޭޔަރުކަމުގައިވެސް ފެންނަން އޮތީ މުޅިންވެސް ކޮރަޕްޝަންގެ މައްސަލަތައް، ހަގީގަތުގައި ރައީސް މުއިއްޒަކީ އެ މައްސަލަތަކުގައި ދައުވާކޮށް، އަދަބުދީފައި ހުންނަން ޖެހޭ ބޭފުޅެއް
ގާނޫނީ ވަކީލް އަލީ ހުސައިން

ސަރުކާރުގެ ކެބިނެޓަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ސަރުކާރުގެ ސައިޒު ކުޑަކުރާ ވާހަކަ ދެއްކުމުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލުކުރެވުނު ނަމަވެސް، އަމަލީ ގޮތުން ފެނިގެންދިޔައީ އެހެން މަންޒަރެއް ކަމަށެވެ. ޑިފެންސް މިނިސްޓަރު ފަދަ މުހިއްމު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކިކުރާއިރު އެކަށީގެންވާ ސަބަބުތަކެއް އޮންނަންވާނެ ކަމަށާއި، ނަމަވެސް ފެނިގެންދިޔައީ ލަނޑެއް ޖަހަން އޮއްވައި ފަހަތަށް ޖެހި ޕާހެއްގެ ގޮތުގައި ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ސަރުކާރުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން އަލީ ހުސައިން ވިދާޅުވީ، ސަރުކާރުގެ އޮޑި މިހާރު ދަނީ ފެތެމުން ކަމަށާއި، ވަކި ހިސާބަކަށް ދިއުމުން ރިޔަލުގެ ދަށުވެ ސަލާމަތްވާން އުނދަގޫވާނެ ކަމަށެވެ. މިއަދު ގައުމުން ފެންނަމުންދަނީ އެ މަންޒަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކަންކަން ހިނގަމުންދާ ގޮތަށް ފާޑުވިދާޅުވަމުން އަލީ ހުސައިން ވިދާޅުވީ، ސަރުކާރުން ދޭ ހާއްސަ ނަފާއާއި މަންފާ ލިބެނީ ޕީއެންސީގެ ވަކި މެމްބަރުންތަކަކަށް ކަމަށެވެ. އަދި މަޖިލީހުގެ ތެރޭގައި ހުރިހާ ކަމެއް ލީޑުކޮށް ބާރުވެރިކަން ދައްކަނީވެސް ވަކި ބަޔަކު ކަން ސޯޝަލް މީޑިއާއިންވެސް ފެންނަން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް މިހާރު ބަދަލު ގެނެސްފައިވާއިރު، ކުރިއަށް އޮތް ތަނުގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް އަލީ ހުސައިން ވަނީ ވިދާޅުވެފައެވެ. 

ޑރ. މުޙައްމަދު މުޢިއްޒުއަލީ ހުސައިންއަބްދުﷲ ޔާމީން20 ވަނަ ރައްޔިތުންގެ މަޖިލީސްކަރަޕްޝަން ޕީއެންސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ސަލީމް ގެނައީ ކޮންޓްރޮވަރސީ އެންމެ ކުޑަ މީހަކު އެ މަޤާމަށް ގެނައުމަށް: އަލީ ހުސައިން

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ސަލީމް ގެނައީ ކޮންޓްރޮވަރސީ އެންމެ ކުޑަ މީހަކު އެ މަޤާމަށް ގެނައުމަށް: އަލީ ހުސައިން

01 ޖޫން 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޔާމީނުގެ ތާއީދުވެސް ސޯބެއަށް، އެދިލެއްވީ ޕީއެންސީއަށް ވޯޓުނުދޭން

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޔާމީނުގެ ތާއީދުވެސް ސޯބެއަށް، އެދިލެއްވީ ޕީއެންސީއަށް ވޯޓުނުދޭން

01 ޖޫން 2026
ކާޑުތަކުން ޑޮލަރު ބޭނުންކުރެވޭ ލިމިޓަށް މި މަސް ނިމޭއިރު ބޮޑު ލުޔެއް ލިބޭނެ: ރައީސް

ކާޑުތަކުން ޑޮލަރު ބޭނުންކުރެވޭ ލިމިޓަށް މި މަސް ނިމޭއިރު ބޮޑު ލުޔެއް ލިބޭނެ: ރައީސް

01 ޖޫން 2026
މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ތޯރިގު އާއި އާދަމް ޝަރީފް، ސަފީރު ކަމަަށް އައްޔަން ކުރަން ކޮމިޓީ އިން ރުހުން ދީފި

މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ތޯރިގު އާއި އާދަމް ޝަރީފް، ސަފީރު ކަމަަށް އައްޔަން ކުރަން ކޮމިޓީ އިން ރުހުން ދީފި

01 ޖޫން 2026
ބައެއް ނޫސްވެރިންނަކީ "ގަޓަރ ޕްރެސް" ކަމަށް ވިދާޅުވެ ރައީސް ނޫސްވެރިންނަށް މަލާމަތް ކުރައްވައިފި

ބައެއް ނޫސްވެރިންނަކީ "ގަޓަރ ޕްރެސް" ކަމަށް ވިދާޅުވެ ރައީސް ނޫސްވެރިންނަށް މަލާމަތް ކުރައްވައިފި

01 ޖޫން 2026

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު