Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާރަށު މައްސަލަ

އާރަށު މައްސަލައިގައި ދައުލަތުން ހުށަހެޅި އައު ހެކީގެ މައްސަލަ ނިންމާ އަންނަ މަހު ހުކުމް ކުރަނީ

ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލްކުރިއިރު، ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައި ނުގަނެވޭނެ ކަމަށް ނިންމި ނިންމުން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައި. މި މައްސަލައިގެ ހުކުމް އިއްވުން އަންނަ މަހުގެ އެއްވަނަ ދުވަހަށް މިހާރު ވަނީ ތާވަލުކޮށްފައި.

މަޚްތޫމް
މަޚްތޫމް | 14 ޖޫން 2026 | އާދީއްތަ 14:16
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން | ރާއްޖެ އެމްވީ

ވ. އާރަށުގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމުގައި ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އަންނަ މަހުގެ 1 ވަނަ ދުވަހު ހުކުމް ކުރަން ތާވަލުކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ތާވަލުން އެނގޭ ގޮތުގައި، ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ މި މައްސަލައިގެ ހުކުމް ކުރުން އޮތީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 09:00 ގަ އެވެ.

Advertisement - newsAdvertisement

މި މައްސަލައަކީ ވ. އާރަށުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން 25 ޑިސެންބަރު 2022 ގައި ކުރި ހުކުމާ ގުޅޭ މައްސަލައެކެވެ. އެ ފަހަރު ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އޭގެ ތެރޭގައި މަނީ ލޯންޑަރިންގގެ ކުށުގެ 7 އަހަރުގެ ޖަލު ހުކުމަކާއި 5 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ހިމެނޭއިރު، ރިޝްވަތު ގަބޫލުކުރުމުގެ ކުށުގައި 4 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. ނަމަވެސް، މި ހުކުމްތައް ހައިކޯޓުން ބާތިލުކޮށް، މައްސަލަ އަލުން ބަލަން އަމުރުކުރީ 18 އޭޕްރީލް 2024 ގަ އެވެ.

ހައިކޯޓުން މައްސަލަ އަލުން ބަލަން އެންގިއިރު، ދައުލަތުން ފަހުން ހުށަހެޅި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ހައިކޯޓުގެ އެ ނިންމުމެވެ. މި މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ބެއްލެވި ފަނޑިޔާރުންނަކީ ހުޒައިފާ މުހައްމަދާއި، ހަސަން ޝަފީއު އަދި މުހައްމަދު ސަލީމެވެ. މީގެ ތެރެއިން ފަނޑިޔާރު ސަލީމަކީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރެކެވެ.

މި މައްސަލައިގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ ބައިގެ ހުކުމް ކުރުން ވެސް އަންނަ މަހުގެ އެއްވަނަ ދުވަހަށް ވަނީ ތާވަލްކޮށްފަ އެވެ. އާރަށު މައްސަލައިގައި ޔޫސުފް ނައީމަށް ކޮށްފައިވަނީ ރިޝްވަތު ދިނުމުގެ ދައުވާގެ ޙުކުމެވެ. އެ ދައުވާ ސާބިތުވެ، އޭނާ 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ނަމަވެސް، ހައިކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް މައްސަލަ އަލުން ބަލަން އަންގާފަ އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗަށް މި ފަހުން ވަނީ ބަދަލުތަކެއް އައިސްފަ އެވެ. ކުރިން ބެންޗުގައި އިންނެވި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ސުލޫކީ މައްސަލައެއްގައި މަގާމުން ވަކިކުރުމާ ގުޅިގެން، މިހާރު ބެންޗުގައި އިންނަވަނީ ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ދެން މި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. އަންނަ މަހު ކުރާ ހުކުމާއެކު، އާރަށު މައްސަލައިގެ ޝަރީއަތް އަލުން ކުރިއަށްދާއިރު އާ ހެކިތައް ބޭނުންކުރެވޭނެތޯ ނުވަތަ ނޫންތޯ ކަށަވަރުވެގެންދާނެ އެވެ.

އަބްދުﷲ ޔާމީންވ. އާރަށްސުޕްރީމް ކޯޓުޔޫސުފް ނައީމްހައި ކޯޓުކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

14 ޖޫން 2026

މީދޫ ކައުންސިލް ރައީސް މަގާމުގެ އިތުރުބުރުގެ ރަސްމީ ނަތީޖާ އިއުލާނު ކޮށްފި، ވަގުތީ ނަތީޖާ އަށް ބަދަލެއް ނާދޭ

14 ޖޫން 2026
މީދޫ ކައުންސިލް ރައީސް މަގާމުގެ އިތުރުބުރުގެ ރަސްމީ ނަތީޖާ އިއުލާނު ކޮށްފި، ވަގުތީ ނަތީޖާ އަށް ބަދަލެއް ނާދޭ
13 ޖޫން 2026

މީދޫ ކައުންސިލް ރައީސްގެ އިންތިޚާބު ކާމިޔާބު ކުރެއްވީ ޕީއެންސީ ކެންޑިޑޭޓް ސުހާ

13 ޖޫން 2026
މީދޫ ކައުންސިލް ރައީސްގެ އިންތިޚާބު ކާމިޔާބު ކުރެއްވީ ޕީއެންސީ ކެންޑިޑޭޓް ސުހާ
11 ޖޫން 2026

ވޭވަށު ކައުންސިލް ހުވާކުރުމުގެ ކަންކަން ފަނޑިޔާރަކު ހަމަޖެހުނުހާ އަވަހަކަށް ކުރިއަށް ދާނެ: އެލްޖީއޭ

11 ޖޫން 2026
ވޭވަށު ކައުންސިލް ހުވާކުރުމުގެ ކަންކަން ފަނޑިޔާރަކު ހަމަޖެހުނުހާ އަވަހަކަށް ކުރިއަށް ދާނެ: އެލްޖީއޭ
11 ޖޫން 2026

ޗާޕުދެލީގެ ތިކި ހުރެގެން ވޯޓު ކަރުދާސް ބާތިލުކުރާނަމަ، މުޅި އިންތިޚާބީ ނިޒާމަށް އިޔާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ: ސުޕްރީމް ކޯޓު

11 ޖޫން 2026
ޗާޕުދެލީގެ ތިކި ހުރެގެން ވޯޓު ކަރުދާސް ބާތިލުކުރާނަމަ، މުޅި އިންތިޚާބީ ނިޒާމަށް އިޔާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ: ސުޕްރީމް ކޯޓު
11 ޖޫން 2026

ޝަމްއާންގެ ތުހުމަތުތައް ސާފުކޮށް ދިނުމަށް މިނިސްޓަރު އިހުސާން އެދުނުތާ އެއް ދުވަސްފަހުން ފުލުހުންގެ ބޮޑު ބަޔާނެއް!

11 ޖޫން 2026
ޝަމްއާންގެ ތުހުމަތުތައް ސާފުކޮށް ދިނުމަށް މިނިސްޓަރު އިހުސާން އެދުނުތާ އެއް ދުވަސްފަހުން ފުލުހުންގެ ބޮޑު ބަޔާނެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު