Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

ވޯލްޑް ކަޕްގެ ހިއްސާ ވިއްކާލުމަށް އިންފަންޓީނޯ ގެންގުޅުއްވި ޕްލޭންއަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ފީފާގެ ސެކްރެޓަރީ ޖެނަރަލް

5 އޯގަސްޓު 2026 | ބުދަ 04:27

ދާދި ފަހުން ހިނގައި ދިޔަ ކަންތައްތަކާ ގުޅޭ ގޮތުން ގްރާފްސްޓްރޯމް ލިޔުއްވާފައި ވަނީ، އެއީ ހިތާމަވެރި އަދި ކުށްވެރި ކުރަން ޖެހޭ ފަދަ ކަންތައްތަކެއް ކަމަށާއި، ނަސީބަކުން އެ މަޝްރޫއު މިހާރު ދާއިމީކޮށް ހުއްޓާލާފައިވާ ކަމަށް. އަދި މިކަމުގެ ސަބަބުން މުވައްޒަފުންގެ މާޔޫސްކަން އޮތް ނަމަވެސް، ފީފާގެ އަސްލު މަޤުސަދު އޮޅިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 އޯގަސްޓު 2026 | ބުދަ 04:27
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ފީފާގެ ސެކްރެޓަރީ ޖެނަރަލް މަޓިއަސް ގްރާފްސްޓްރޯމް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ފީފާގެ ސެކްރެޓަރީ ޖެނަރަލް މަޓިއަސް ގްރާފްސްޓްރޯމް | ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕްގެ ހިއްސާ ވިއްކާލުމަށް ރާވައި، ފަހުން އެ މަޝްރޫއު ހުއްޓާލާފައިވާއިރު އެއީ ވަރަށް ހިތާމަވެރި އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފީފާގެ ސެކްރެޓަރީ ޖެނަރަލް މަޓިއަސް ގްރާފްސްޓްރޯމް ވިދާޅުވެއްޖެ އެވެ.

ސްކައި ނިއުސް އިން ބުނެފައި ވަނީ، އެ ނޫހަށް ފީފާގެ އެތެރޭގެ މެމޯއެއް ލިބިފައިވާ ކަމަށެވެ. އެ މެމޯގައި މި ހާދިސާ އަކީ ދެނެގަންނަން ދަތި އަދި ޤަބޫލުކުރަން އުނދަގޫ ކަންތައްތަކެއްގެ ގޮތުގައި ގްރާފްސްޓްރޯމް ވަނީ ސިފަ ކުރައްވައިފަ އެވެ. 

ފީފާގެ އިދާރީ ކަންކަން ބަލަހައްޓަވާ ގްރާފްސްޓްރޯމް އަކީ، މީގެ 10 އަހަރު ކުރިން ޖިއާނީ އިންފަންޓީނޯ ފީފާގެ ރައީސްކަމާ ހަވާލުވެ ވަޑައިގަތުމާ އެކު ޔުއެފާ އިން ފީފާ އަށް ބަދަލުވި ބޭފުޅެކެވެ.

ފީފާގެ މުވައްޒަފުންނަށް އޭނާ ފޮނުއްވި އީމެއިލްގައި، "ފީފާ ފޯވާޑް އެންޓަޕްރައިޒް" ގެ ނަމުގައި އަމިއްލަ އިންވެސްޓަރުންނަށް ވޯލްޑް ކަޕްގެ ހިއްސާ ސިއްރިއްޔާތުގައި ވިއްކާލަން އުޅުނު މައްސަލައާ ގުޅިގެން، އިންފަންޓީނޯ މަޤާމުން ވަކިވުމަށް ޔޫރަޕުގެ ފުޓުބޯޅަ އެސޯސިއޭޝަންތަކުން ގޮވާލަމުންދާ ގޮވާލުންތަކަށް ސީދާ ގޮތެއްގައި އިޝާރާތް ކުރައްވާފައި ނުވެ އެވެ.

ނަމަވެސް، ދާދި ފަހުން ހިނގައި ދިޔަ ކަންތައްތަކާ ގުޅޭ ގޮތުން ގްރާފްސްޓްރޯމް ލިޔުއްވާފައި ވަނީ، އެއީ ހިތާމަވެރި އަދި ކުށްވެރި ކުރަން ޖެހޭ ފަދަ ކަންތައްތަކެއް ކަމަށާއި، ނަސީބަކުން އެ މަޝްރޫއު މިހާރު ދާއިމީކޮށް ހުއްޓާލާފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މުވައްޒަފުންގެ މާޔޫސްކަން އޮތް ނަމަވެސް، ފީފާގެ އަސްލު މަޤުސަދު އޮޅިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، މުޅި އިދާރާ މިހާރު އޮތީ ޤަބޫލު ކުރަން ދަތި ހަލަބޮލި ކަމެއްގެ ތެރޭގައި ކަމަށާއި، އެހެން ނަމަވެސް ހުރިހާ މުވައްޒަފުން ވެސް ފީފާގެ ޤަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ފުޓުބޯޅަ އަށް ޚިދުމަތް ކުރުމުގައި ދެމި ތިބުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައި އެވެ.

ނިއުޒިލެންޑުގެ ޒިއުރިކްގައި ހުންނަ ފީފާގެ ހެޑްކުއާޓާސްގައި މަސައްކަތް ކުރައްވާ ސެކްރެޓަރީ ޖެނެރަލް އިތުރަށް ވިދާޅުވީ، މިހާރު އުފެދިފައިވާ ސިޔާސީ ނުތަނަވަސް ކަމުން މުވައްޒަފުން ސަލާމަތްކޮށް، ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ. ވަކި ވަކި ފަރުދުންނާއި، ހަލަބޮލި ދަނޑިވަޅުތަކާއި، ހިތާމަވެރި ހާދިސާތަކަކީ އައިސް ގޮސްފައި ވާނެ ކަންތައްތައް ކަމަށާއި، ނަމަވެސް މުއައްސަސާގެ މަސްއޫލިއްޔަތު ދެމި އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ކޮންމެ ހާލަތެއްގައި ވެސް މުވައްޒަފުންގެ ކެތްތެރިކަމާއި ސާބިތުކަން އިސްކުރުމަށް އޭނާ އެދިވަޑައިގެންފައިވެ އެވެ. 

ވޭތުވެ ދިޔަ ހަފުތާ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފީފާގެ މުވައްޒަފުންނަށް އާދަޔާ ޚިލާފު އަދި ގޮންޖެހުންތައް ބޮޑު ހަފުތާއެއްކަން ފާހަގަ ކުރައްވައި، ގްރާފްސްޓްރޯމް ވަނީ މުވައްޒަފުން ފުޓުބޯޅަ އަށް ވަމުންދާ ޤުރުބާނީ އަށް ޝުކުރު އަދާކުރައްވާފައި އެވެ. އަދި އޭނާގެ ދޮރު މުވައްޒަފުންނަށް އަބަދުވެސް ހުޅުވިފައި ހުންނާނެ ކަމަށާއި، މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރާހާ ހިނދަކު، އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމި ހުންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފީފާޖިއާނީ އިންފަންޓީނޯމަޓިއަސް ގްރާފްސްޓްރޯމް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

04 އޯގަސްޓު 2026

ވޯލްޑްކަޕް ބަޔަކަށް ވިއްކާލަން އުޅުނު މައްސަލައިގައި ޔޫއެފާއިން ފީފާއަށް ލިޔެކިޔުން ރައްކާކުރުމަށް ރަސްމީ ގާނޫނީ ނޯޓިސް ފޮނުވައިފި

04 އޯގަސްޓު 2026
ވޯލްޑްކަޕް ބަޔަކަށް ވިއްކާލަން އުޅުނު މައްސަލައިގައި ޔޫއެފާއިން ފީފާއަށް ލިޔެކިޔުން ރައްކާކުރުމަށް ރަސްމީ ގާނޫނީ ނޯޓިސް ފޮނުވައިފި
04 އޯގަސްޓު 2026

އިންފަންޓީނޯގެ ހުށަހެޅުމާ ދެކޮޅަށް ފްރާންސްގެ ރައީސް މެކްރޮން ވެސް މަސައްކަތް ކުރެއްވިކަން ހާމަވެއްޖެ

04 އޯގަސްޓު 2026
އިންފަންޓީނޯގެ ހުށަހެޅުމާ ދެކޮޅަށް ފްރާންސްގެ ރައީސް މެކްރޮން ވެސް މަސައްކަތް ކުރެއްވިކަން ހާމަވެއްޖެ
03 އޯގަސްޓު 2026

ޕްރެޝަރު ބޮޑުވެ އެންމެފަހުން އިންފަންޓީނޯ ޓްރަމްޕްގެ އެހީތެރިކަމަށް އެދިވަޑައިގެންފި

03 އޯގަސްޓު 2026
ޕްރެޝަރު ބޮޑުވެ އެންމެފަހުން އިންފަންޓީނޯ ޓްރަމްޕްގެ އެހީތެރިކަމަށް އެދިވަޑައިގެންފި
03 އޯގަސްޓު 2026

އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން އިންފަންޓީނޯއަށް ކުރި ތާއީދު އަނބުރާ ގެންނަން ނިންމައިފި

03 އޯގަސްޓު 2026
އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން އިންފަންޓީނޯއަށް ކުރި ތާއީދު އަނބުރާ ގެންނަން ނިންމައިފި
03 އޯގަސްޓު 2026

ފީފާގެ ރައީސް އިންފަންޓީނޯއާ ދެކޮޅަށް އޮތް ހައިޖާނު: ފީފާގެ ރައީސް ކަމަށް ނުކުންނަވާނެ ކަމަށް ބެލެވޭ ބޭފުޅުން!

03 އޯގަސްޓު 2026
ފީފާގެ ރައީސް އިންފަންޓީނޯއާ ދެކޮޅަށް އޮތް ހައިޖާނު: ފީފާގެ ރައީސް ކަމަށް ނުކުންނަވާނެ ކަމަށް ބެލެވޭ ބޭފުޅުން!
03 އޯގަސްޓު 2026

އިންފަންޓީނޯގެ އިސްތިއުފާ އަށް ގޮވާލެއްވި ޤައުމެއްގެ ފުރަތަމަ ލީޑަރަކަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމް!

03 އޯގަސްޓު 2026
އިންފަންޓީނޯގެ އިސްތިއުފާ އަށް ގޮވާލެއްވި ޤައުމެއްގެ ފުރަތަމަ ލީޑަރަކަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމް!
03 އޯގަސްޓު 2026

އިންފަންޓީނޯގެ މަޤާމު ދެމެހެއްޓޭނެ ގޮތެއް ނެތް: ޔޫރަޕުގެ ލީގުތަކުގެ އިސްވެރިޔާ

03 އޯގަސްޓު 2026
އިންފަންޓީނޯގެ މަޤާމު ދެމެހެއްޓޭނެ ގޮތެއް ނެތް: ޔޫރަޕުގެ ލީގުތަކުގެ އިސްވެރިޔާ
02 އޯގަސްޓު 2026

އިންފަންޓީނޯއާ ދެކޮޅަށް ބައްދަލުވުމެއް ބޭއްވުމަށް ފީފާ ކައުންސިލްގެ މެންބަރުން މަސައްކަތް ކުރަނީ

02 އޯގަސްޓު 2026
އިންފަންޓީނޯއާ ދެކޮޅަށް ބައްދަލުވުމެއް ބޭއްވުމަށް ފީފާ ކައުންސިލްގެ މެންބަރުން މަސައްކަތް ކުރަނީ
01 އޯގަސްޓު 2026

ފީފާގެ ރައީސް އިންފަންޓީނޯއަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ އިން ބުނެފި

01 އޯގަސްޓު 2026
ފީފާގެ ރައީސް އިންފަންޓީނޯއަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ އިން ބުނެފި
01 އޯގަސްޓު 2026

ފީފާ ވޯލްޑްކަޕްގެ ހިއްސާ ވިއްކުމުގެ މަޝްރޫއު ހުއްޓާލައިފި

01 އޯގަސްޓު 2026
ފީފާ ވޯލްޑްކަޕްގެ ހިއްސާ ވިއްކުމުގެ މަޝްރޫއު ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް