Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

ވޯލްޑް ކަޕްގެ ހިއްސާ ވިއްކާލަން އުޅުނު މަޝްރޫއު ހުއްޓާލަން ޖެހުމަކީ، އެކަމާ ސުވާލު ވެސް އުފައްދަން ޖެހޭ ކަމެއް ނޫން: ވެންގާ

5 އޯގަސްޓު 2026 | ބުދަ 05:03

ވެންގާ ވިދާޅުވީ، ފީފާ އަކީ މިނިވަންކަމާ އެކު ހިނގާ، ދެފުށް ފެންނަ އަދި އިތުބާރު ހުރި ގޮތެއްގައި ފުޓުބޯޅަ އަށް ޚިދުމަތްކުރާ އިދާރާއަކަށް ވާން ޖެހޭނެ ކަމަށް އޭނާ ޤަބޫލު ކުރައްވާ ކަމަށް. އެހެންކަމުން، މި މަޝްރޫއު ކުރިއަށް ނުގެންދަން ނިންމި ނިންމުމަކީ ފުޓުބޯޅައިގެ ކުރިމަގަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 އޯގަސްޓު 2026 | ބުދަ 05:03
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ފީފާގެ ޗީފް ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓް އަދި އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ފީފާގެ ޗީފް ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓް އަދި އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ | ގެޓީ އިމޭޖަސް

ފީފާާ ވޯލްޑް ކަޕް ހިމެނޭހެން، ފީފާގެ މުބާރާތްތަކުގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ރޭވުންތައް އަނބުރާ ގެންގޮސްފައިވާއިރު، އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި އެކަމާ ސުވާލު އުފައްދާނެ ޖާާގައެއް ވެސް ނެތް ކަމަށް، ފީފާގެ ޗީފް ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓް އަދި އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ވިދާޅުވެއްޖެ އެވެ. 

މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވެންގާ ވިދާޅުވީ، ފީފާ އަކީ މިނިވަންކަމާ އެކު ހިނގާ، ދެފުށް ފެންނަ އަދި އިތުބާރު ހުރި ގޮތެއްގައި ފުޓުބޯޅަ އަށް ޚިދުމަތްކުރާ އިދާރާއަކަށް ވާން ޖެހޭނެ ކަމަށް އޭނާ ޤަބޫލު ކުރައްވާ ކަމަށެވެ. އެހެންކަމުން، މި މަޝްރޫއު ކުރިއަށް ނުގެންދަން ނިންމި ނިންމުމަކީ ފުޓުބޯޅައިގެ ކުރިމަގަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

ފީފާގެ އިސް މަޤާމެއް ފުރުއްވަމުން ގެންދަވާ ވެންގާ ފާހަގަ ކުރެއްވި ގޮތުގައި، އަމިއްލަ އިންވެސްޓަރުންނަށް ހިއްސާ ވިއްކުމުގެ މި ސްޓްރެޓީޖިކް ޕްލޭންގެ އެއްވެސް މަރުހަލާއެއްގައި އޭނާ ބައިވެރިވެފައި ނުވާނެ އެވެ. އަދި އެކަމުގައި އޭނާގެ އެއްވެސް ހިއްސާއެއް ނޯންނާނެ ކަމަށް ވެންގާ ކަށަވަރު ކޮށްދެއްވި އެވެ.  އެއާ އެކު ވެންގާ ވިދާޅުވީ، މިފަދަ މަޝްރޫއެއް ކުރިއަށްދާކަން އޭނާ އަށް އެންމެ ފުރަތަމަ އެނގި ވަޑައިގަތީ މީޑިއާ ރިޕޯޓުތަކުން ކަމަށެވެ. 

ދުނިޔޭގެ ފުޓުބޯޅައިގެ ގަވާއިދުތައް މުރާޖައާ ކުރުމާއި، ކުޅިވަރު ކުރިއެރުވުމަށް ހުށަހެޅުންތައް ތައްޔާރު ކުރުމުގައި އިސް ދައުރެއް އަދާކުރައްވާ ވެންގާ މިހާރު މަސައްކަތް ކުރައްވަނީ ފީފާގެ ފަންނީ ތަރައްޤީގެ އެންމެ އިސްވެރިޔާގެ ގޮތުގައި އެވެ. އޭނާގެ މި ބަޔާނާ އެކު، ފީފާގެ އެތެރޭގެ ނިންމުންތަކާމެދު އޮތް ހިޔާލު ތަފާތުވުން ތަކަށް ވަނީ އިތުރު ސަމާލުކަމެއް ލިބިފައި އެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ކުރިން ރާއްވަވާފައި އޮތީ، ވޯލްޑް ކަޕްގެ ވިޔަފާރީގެ މަންފާ އިތުރު ކުރުމަށްޓަކައި އަމިއްލަ ކުންފުނިތަކަށް ހިއްސާ ވިއްކައިގެން ބޮޑު އިންވެސްޓްމަންޓެއް ހޯދުމަށެވެ. ނަމަވެސް މި ނިންމުމާ މެދު ފުޓުބޯޅައިގެ އެކި ފަރާތްތަކުގެ ކިބައިން ފާޑުކިޔުންތަކެއް އަމާޒުވުމާ ގުޅިގެން، އެ އިދާރާ އިން މިހާރު ވަނީ އެ ނިންމުން އަނބުރާ ގެންގޮސްފައި އެވެ.

ފީފާޖިއާނީ އިންފަންޓީނޯއާސެން ވެންގާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

05 އޯގަސްޓު 2026

ވޯލްޑް ކަޕްގެ ހިއްސާ ވިއްކާލުމަށް އިންފަންޓީނޯ ގެންގުޅުއްވި ޕްލޭންއަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ފީފާގެ ސެކްރެޓަރީ ޖެނަރަލް

05 އޯގަސްޓު 2026
ވޯލްޑް ކަޕްގެ ހިއްސާ ވިއްކާލުމަށް އިންފަންޓީނޯ ގެންގުޅުއްވި ޕްލޭންއަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ފީފާގެ ސެކްރެޓަރީ ޖެނަރަލް
04 އޯގަސްޓު 2026

ވޯލްޑްކަޕް ބަޔަކަށް ވިއްކާލަން އުޅުނު މައްސަލައިގައި ޔޫއެފާއިން ފީފާއަށް ލިޔެކިޔުން ރައްކާކުރުމަށް ރަސްމީ ގާނޫނީ ނޯޓިސް ފޮނުވައިފި

04 އޯގަސްޓު 2026
ވޯލްޑްކަޕް ބަޔަކަށް ވިއްކާލަން އުޅުނު މައްސަލައިގައި ޔޫއެފާއިން ފީފާއަށް ލިޔެކިޔުން ރައްކާކުރުމަށް ރަސްމީ ގާނޫނީ ނޯޓިސް ފޮނުވައިފި
04 އޯގަސްޓު 2026

އިންފަންޓީނޯގެ ހުށަހެޅުމާ ދެކޮޅަށް ފްރާންސްގެ ރައީސް މެކްރޮން ވެސް މަސައްކަތް ކުރެއްވިކަން ހާމަވެއްޖެ

04 އޯގަސްޓު 2026
އިންފަންޓީނޯގެ ހުށަހެޅުމާ ދެކޮޅަށް ފްރާންސްގެ ރައީސް މެކްރޮން ވެސް މަސައްކަތް ކުރެއްވިކަން ހާމަވެއްޖެ
03 އޯގަސްޓު 2026

ޕްރެޝަރު ބޮޑުވެ އެންމެފަހުން އިންފަންޓީނޯ ޓްރަމްޕްގެ އެހީތެރިކަމަށް އެދިވަޑައިގެންފި

03 އޯގަސްޓު 2026
ޕްރެޝަރު ބޮޑުވެ އެންމެފަހުން އިންފަންޓީނޯ ޓްރަމްޕްގެ އެހީތެރިކަމަށް އެދިވަޑައިގެންފި
03 އޯގަސްޓު 2026

އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން އިންފަންޓީނޯއަށް ކުރި ތާއީދު އަނބުރާ ގެންނަން ނިންމައިފި

03 އޯގަސްޓު 2026
އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން އިންފަންޓީނޯއަށް ކުރި ތާއީދު އަނބުރާ ގެންނަން ނިންމައިފި
03 އޯގަސްޓު 2026

ފީފާގެ ރައީސް އިންފަންޓީނޯއާ ދެކޮޅަށް އޮތް ހައިޖާނު: ފީފާގެ ރައީސް ކަމަށް ނުކުންނަވާނެ ކަމަށް ބެލެވޭ ބޭފުޅުން!

03 އޯގަސްޓު 2026
ފީފާގެ ރައީސް އިންފަންޓީނޯއާ ދެކޮޅަށް އޮތް ހައިޖާނު: ފީފާގެ ރައީސް ކަމަށް ނުކުންނަވާނެ ކަމަށް ބެލެވޭ ބޭފުޅުން!
03 އޯގަސްޓު 2026

އިންފަންޓީނޯގެ އިސްތިއުފާ އަށް ގޮވާލެއްވި ޤައުމެއްގެ ފުރަތަމަ ލީޑަރަކަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމް!

03 އޯގަސްޓު 2026
އިންފަންޓީނޯގެ އިސްތިއުފާ އަށް ގޮވާލެއްވި ޤައުމެއްގެ ފުރަތަމަ ލީޑަރަކަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމް!
03 އޯގަސްޓު 2026

އިންފަންޓީނޯގެ މަޤާމު ދެމެހެއްޓޭނެ ގޮތެއް ނެތް: ޔޫރަޕުގެ ލީގުތަކުގެ އިސްވެރިޔާ

03 އޯގަސްޓު 2026
އިންފަންޓީނޯގެ މަޤާމު ދެމެހެއްޓޭނެ ގޮތެއް ނެތް: ޔޫރަޕުގެ ލީގުތަކުގެ އިސްވެރިޔާ
02 އޯގަސްޓު 2026

އިންފަންޓީނޯއާ ދެކޮޅަށް ބައްދަލުވުމެއް ބޭއްވުމަށް ފީފާ ކައުންސިލްގެ މެންބަރުން މަސައްކަތް ކުރަނީ

02 އޯގަސްޓު 2026
އިންފަންޓީނޯއާ ދެކޮޅަށް ބައްދަލުވުމެއް ބޭއްވުމަށް ފީފާ ކައުންސިލްގެ މެންބަރުން މަސައްކަތް ކުރަނީ
01 އޯގަސްޓު 2026

ފީފާގެ ރައީސް އިންފަންޓީނޯއަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ އިން ބުނެފި

01 އޯގަސްޓު 2026
ފީފާގެ ރައީސް އިންފަންޓީނޯއަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް