Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

ފީފާގެ އިސްވެރިންގެ ކުއްލި ބައްދަލުވުމަކަށް އިންފަންޓީނޯ ގޮވާލައްވައިފި

5 އޯގަސްޓު 2026 | ބުދަ 07:08

ފީފާގެ މުބާރާތްތައް ހިންގުން އަމިއްލަ ބަޔަކަށް ވިއްކާލުމަށް ރައީސް އިންފަންޓީނޯ ހުށަހެޅުއްވި "ފީފާ ފޯވާޑް އެންޓަޕްރައިޒް" މަޝްރޫއާ ދެކޮޅަށް އެ އިދާރާގެ އިސްވެރިން ވަނީ ތެދުވެފައި. މި މަޝްރޫއުގެ ސަބަބުން ފުޓްބޯޅައިގެ ނަޒާހަތްތެރިކަން ގެއްލޭނެ ކަމަށް ބުނެ އާސީން ވެންގާ އާއި ސެކްރެޓަރީ ޖެނެރަލް ފާޑުކިޔާފައިވާއިރު، މި މައްސަލައިގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް މޮރޮކޯގައި ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައި

ރާއްޖެ އެމްވީ | 5 އޯގަސްޓު 2026 | ބުދަ 07:08
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ | ގެޓީ އިމޭޖަސް

ފީފާގެ މުބާރާތްތަކާއި އަދި އިވެންޓްތައް ހިންގުމުގެ މަސައްކަތް އަމިއްލަ ބަޔަކަށް ވިއްކާލުމަށް ރޭވި ރޭވުމާ ގުޅިގެން ހަމަނުޖެހުންތައް އުފެދި އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް އަމާޒުވަމުންދާ ފާޑުކިޔުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި، ފީފާގެ އިސްވެރިންގެ ކުއްލި ބައްދަލުވުމަކަށް އޭނާ ގޮވާލައްވައިފި އެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަންގާރަ ދުވަހު މޮރޮކޯގަ އެވެ.

ފީފާގެ ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓްގެ އިސްވެރިޔާ އާސީން ވެންގާ އާއި، ސެކްރެޓަރީ ޖެނެރަލް މަޓިއަސް ގްރާފްސްޓްރޯމްގެ އިތުރުން އުރުދުންގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ޕްރިންސް އަލީ ވަނީ، އިންފަންޓީނޯ ހުށަހެޅުއްވި "ފީފާ ފޯވާޑް އެންޓަޕްރައިޒް" މަޝްރޫއާ ދެކޮޅުކަން ވަރަށް ސާފުކޮށް ހާމަކުރައްވާފަ އެވެ.

ވޭތުވެދިޔަ ހަފުތާގައި މޮރޮކޯގައި ހުންނެވި އިންފަންޓީނޯ، ރަބާތުގައި އެގްޒެކެޓިވް ބައްދަލުވުމެއް ބޭއްވުމަށް ނިންމެވީ މި މައްސަލައިގައި އުފެދިފައިވާ ހޫނު ބަހުސްތަކަށް ހައްލެއް ހޯއްދެވުމުގެ މަގުސަދުގަ އެވެ.

ބީބީސީ ސްޕޯޓްސް އިން ހާމަކޮށްފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ގްރާފްސްޓްރޯމްގެ އިތުރުން ފީފާގެ މެނޭޖްމަންޓް ބޯޑުގެ އިސް މެންބަރުން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ފައިނޭންސް ޗީފް ތޯމަސް ޕެޔާ، ލީގަލް ޗީފް އެމީލިއޯ ގާސިއާ ސިލްވެރޯ، ޗީފް އޮފް ސްޓާފް ޑެނިއަލް އޯޓޫލް، ޗީފް އޮފް މެމްބަރ އެސޯސިއޭޝަންސް އެލްޚާން މަމަޑޯވް އަދި މީޑިއާ ރިލޭޝަންސް ޑައިރެކްޓަރު ބްރަޔަން ސްވަންސަން ހިމެނެ އެވެ.

ފީފާ މެދުވެރިކޮށް ނެރުއްވި ބަޔާނެއްގައި ވެންގާ ވިދާޅުވީ، އެ މަޝްރޫއު ހުއްޓާލުމަކީ "ކޮންމެހެން ކުރަންޖެހޭ އަދި އެކަމާ މެދު ސުވާލު އުފެއްދުމުގެ ޖާގައެއް ނެތް" ކަމެއް ކަމަށެވެ.

ގްރާފްސްޓްރޯމް ފީފާގެ މުވައްޒަފުންނަށް ފޮނުއްވި އެތެރޭގެ އީމެއިލެއްގައި، ވޭތުވެދިޔަ ހަފުތާގައި ހިނގައިދިޔަ ކަންތައްތަކަކީ "ހިތާމަވެރި އަދި ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން" ކަމަށް ސިފަކުރައްވާފައިވެ އެވެ.

މީގެއިތުރުން ޕްރިންސް އަލީ ވަނީ، މުބާރާތްތަކުގެ އިނާމު ފައިސާ ނުދީ ހިފެހެއްޓުމާއި އިންފަންޓީނޯ އަލުން އިންތިޚާބު ކުރުމަށް ތާއީދު ހޯދުމަށް ފީފާއިން ކުރަމުންދާ މަސައްކަތްތަކަކީ "ބިރުދެއްކުމުގެ" އަމަލުތަކެއްގެ ގޮތުގައި ތުހުމަތު ކުރައްވާފަ އެވެ.

ވެންގާ 2019 ވަނަ އަހަރުން ފެށިގެން ފީފާގައި އަދާކުރައްވަމުން ގެންދަވާ މަގާމަކީ ފުޓްބޯޅައިގެ ޑޭޓާ އެނަލިސިސް އާއި، އޮންލައިން ތަމްރީނުތަކާއި ޒުވާން ކުޅުންތެރިންގެ މުބާރާތްތައް ބެލެހެއްޓުމުގެ މަގާމެވެ.

އާސެނަލްގެ ކުރީގެ ކޯޗު ވެންގާ މީގެ ކުރިން ވަނީ، ކޮންމެ ދެ އަހަރަކުން އެއްފަހަރު ފިރިހެނުންގެ ވޯލްޑް ކަޕް ބޭއްވުމަށް އިންފަންޓީނޯ ހުށަހެޅުއްވި ހުށަހެޅުމަށް ތާއީދުކޮށްފަ އެވެ.

ނަމަވެސް، އިންފަންޓީނޯގެ އިންވެސްޓްމަންޓް ޕްލޭން އާންމުކުރިތާ ހަފުތާއެއް ފަހުން، ވެންގާ ވަނީ ފީފާގެ ފަރާތުން ނެރުއްވި ބަޔާނެއްގައި އެ އިދާރާގެ "ދެފުށް ފެނުމާއި ނަޒާހަތްތެރިކަން" ކަށަވަރުކުރުމަށް ގޮވާލައްވާފަ އެވެ.

ވެންގާގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ފީފާގައި ދާދި ފަހުން ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން އޭނާގެ ފަރާތުން ކަންތައްތަކެއް ސާފުކޮށްދޭން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށާއި، އެ މަޝްރޫއާ ބެހޭ މައުލޫމާތު ފުރަތަމަ ލިބިވަޑައިގަތީ މީޑިއާ ރިޕޯޓްތަކުން ކަމަށެވެ.

އަދި އެ މަޝްރޫއު އަނބުރާ ގެންދަން ނިންމި ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، އެއީ ފީފާއަކީ މި ކުޅިވަރަށް އިޚްލާސްތެރިކަމާއި، ދެފުށް ފެންނަ ގޮތެއްގައި އަދި ނަޒާހަތްތެރިކަމާއެކު ޚިދުމަތްކުރާ މިނިވަން އިދާރާއަކަށް ވާންޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވާތީ ކަމަށްވެސް ވެންގާ ވިދާޅުވި އެވެ.

ޔޫއެފާއިން ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދީ ފީފާއަށް ފޮނުވި ލިޔުމުގައި ނަން ހިމަނާފައިވާ ފީފާގެ 18 އޮފިޝަލުންގެ ތެރޭގައި ވެންގާ ހިމެނިވަޑައިގަންނަވަ އެވެ.

މި މައްސަލައިގައި މިހާތަނަށް އިސްތިއުފާ ދެއްވި ފީފާގެ ހަމައެކަނި އޮފިޝަލަކީ، އިންފަންޓީނޯގެ ގްލޯބަލް ސްޓްރެޓީޖީ އެންޑް ގަވަރނަންސްގެ ސީނިއާ އެޑްވައިޒަރު ކާލޯސް ކޯޑޭރޯ އެވެ. އޭނާ އިސްތިއުފާ ދެއްވަމުން ވިދާޅުވީ، އެ ހުށަހެޅުމަކީ ފުޓްބޯޅައަށް އޮތް "ގޯސް އެއްބަސްވުމެއް" ކަމަށާއި، އޭގެ ސަބަބުން ފުޓްބޯޅައިގެ މުސްތަގުބަލު "ރަހުނު ކުރެވޭނެ" ކަމަށެވެ.

ޖިއާނީ އިންފަންޓީނޯއާސީން ވެންގާޕްރިންސް އަލީފީފާ ފޯވާޑް އެންޓަޕްރައިޒްފީފާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

05 އޯގަސްޓު 2026

ވޯލްޑް ކަޕްގެ ހިއްސާ ވިއްކާލަން އުޅުނު މަޝްރޫއު ހުއްޓާލަން ޖެހުމަކީ، އެކަމާ ސުވާލު ވެސް އުފައްދަން ޖެހޭ ކަމެއް ނޫން: ވެންގާ

05 އޯގަސްޓު 2026
ވޯލްޑް ކަޕްގެ ހިއްސާ ވިއްކާލަން އުޅުނު މަޝްރޫއު ހުއްޓާލަން ޖެހުމަކީ، އެކަމާ ސުވާލު ވެސް އުފައްދަން ޖެހޭ ކަމެއް ނޫން: ވެންގާ
05 އޯގަސްޓު 2026

ވޯލްޑް ކަޕްގެ ހިއްސާ ވިއްކާލުމަށް އިންފަންޓީނޯ ގެންގުޅުއްވި ޕްލޭންއަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ފީފާގެ ސެކްރެޓަރީ ޖެނަރަލް

05 އޯގަސްޓު 2026
ވޯލްޑް ކަޕްގެ ހިއްސާ ވިއްކާލުމަށް އިންފަންޓީނޯ ގެންގުޅުއްވި ޕްލޭންއަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ފީފާގެ ސެކްރެޓަރީ ޖެނަރަލް
04 އޯގަސްޓު 2026

ވޯލްޑްކަޕް ބަޔަކަށް ވިއްކާލަން އުޅުނު މައްސަލައިގައި ޔޫއެފާއިން ފީފާއަށް ލިޔެކިޔުން ރައްކާކުރުމަށް ރަސްމީ ގާނޫނީ ނޯޓިސް ފޮނުވައިފި

04 އޯގަސްޓު 2026
ވޯލްޑްކަޕް ބަޔަކަށް ވިއްކާލަން އުޅުނު މައްސަލައިގައި ޔޫއެފާއިން ފީފާއަށް ލިޔެކިޔުން ރައްކާކުރުމަށް ރަސްމީ ގާނޫނީ ނޯޓިސް ފޮނުވައިފި
04 އޯގަސްޓު 2026

އިންފަންޓީނޯގެ ހުށަހެޅުމާ ދެކޮޅަށް ފްރާންސްގެ ރައީސް މެކްރޮން ވެސް މަސައްކަތް ކުރެއްވިކަން ހާމަވެއްޖެ

04 އޯގަސްޓު 2026
އިންފަންޓީނޯގެ ހުށަހެޅުމާ ދެކޮޅަށް ފްރާންސްގެ ރައީސް މެކްރޮން ވެސް މަސައްކަތް ކުރެއްވިކަން ހާމަވެއްޖެ
03 އޯގަސްޓު 2026

ޕްރެޝަރު ބޮޑުވެ އެންމެފަހުން އިންފަންޓީނޯ ޓްރަމްޕްގެ އެހީތެރިކަމަށް އެދިވަޑައިގެންފި

03 އޯގަސްޓު 2026
ޕްރެޝަރު ބޮޑުވެ އެންމެފަހުން އިންފަންޓީނޯ ޓްރަމްޕްގެ އެހީތެރިކަމަށް އެދިވަޑައިގެންފި
03 އޯގަސްޓު 2026

އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން އިންފަންޓީނޯއަށް ކުރި ތާއީދު އަނބުރާ ގެންނަން ނިންމައިފި

03 އޯގަސްޓު 2026
އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން އިންފަންޓީނޯއަށް ކުރި ތާއީދު އަނބުރާ ގެންނަން ނިންމައިފި
03 އޯގަސްޓު 2026

ފީފާގެ ރައީސް އިންފަންޓީނޯއާ ދެކޮޅަށް އޮތް ހައިޖާނު: ފީފާގެ ރައީސް ކަމަށް ނުކުންނަވާނެ ކަމަށް ބެލެވޭ ބޭފުޅުން!

03 އޯގަސްޓު 2026
ފީފާގެ ރައީސް އިންފަންޓީނޯއާ ދެކޮޅަށް އޮތް ހައިޖާނު: ފީފާގެ ރައީސް ކަމަށް ނުކުންނަވާނެ ކަމަށް ބެލެވޭ ބޭފުޅުން!
03 އޯގަސްޓު 2026

އިންފަންޓީނޯގެ އިސްތިއުފާ އަށް ގޮވާލެއްވި ޤައުމެއްގެ ފުރަތަމަ ލީޑަރަކަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމް!

03 އޯގަސްޓު 2026
އިންފަންޓީނޯގެ އިސްތިއުފާ އަށް ގޮވާލެއްވި ޤައުމެއްގެ ފުރަތަމަ ލީޑަރަކަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމް!
03 އޯގަސްޓު 2026

އިންފަންޓީނޯގެ މަޤާމު ދެމެހެއްޓޭނެ ގޮތެއް ނެތް: ޔޫރަޕުގެ ލީގުތަކުގެ އިސްވެރިޔާ

03 އޯގަސްޓު 2026
އިންފަންޓީނޯގެ މަޤާމު ދެމެހެއްޓޭނެ ގޮތެއް ނެތް: ޔޫރަޕުގެ ލީގުތަކުގެ އިސްވެރިޔާ
02 އޯގަސްޓު 2026

އިންފަންޓީނޯއާ ދެކޮޅަށް ބައްދަލުވުމެއް ބޭއްވުމަށް ފީފާ ކައުންސިލްގެ މެންބަރުން މަސައްކަތް ކުރަނީ

02 އޯގަސްޓު 2026
އިންފަންޓީނޯއާ ދެކޮޅަށް ބައްދަލުވުމެއް ބޭއްވުމަށް ފީފާ ކައުންސިލްގެ މެންބަރުން މަސައްކަތް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް