8 މަސް ދުވަސް ފަހުން ފައިސާގެ އިނާމު ދިން ނަމަވެސް، އިންފަންޓީނޯ އަށް ތާާއީދުނުކުރައްވާނެ ކަމަށް އުރުދުންގެ އެފްއޭގެ ރައީސް ވިދާޅުވެއްޖެ
6 އޯގަސްޓު 2026 | ބުރާސްފަތި 15:27އަލީ ވިދާޅުވީ، އަށް މަސް ދުވަސް ކުރިން ލިބެން ޖެހޭ ފައިސާ މިއަދު ލިބުމުން އެކަމާ ހިތްހަމަޖެހިވަޑައިގެން ނަމަވެސް، ފީފާގެ އިސްވެރިން އަދި ލީޑަރޝިޕްއާ މެދު އުރުދުންގެ އެފްއޭގައި އޮތް ކަންބޮޑުވުންތައް ބަދަލު ނުވާނެ ކަމަށް. އަލީ ވިދާޅުވީ މި ފަދަ ކަންކަން ހިނގަނީ އާންމު ގޮތެއްގައި ފީފާގެ އިންތިހާބާ ގުޅިގެން ކަމަށް. އެހެންކަމުން އިންފަންޓީނޯ އަށް ތާއީދު ނުކުރައްވާނެ ކަމަށާއި، އޭނާ އަށް ވޯޓު ވެސް ނުދެއްވާނެ ކަމަށް


ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި، އުރުދުންގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ޕްރިންސް އަލީ ބިން ޙުސެއިން | ގެޓީ އިމޭޖަސް
އަރަބި ކަޕްގައި ބައިވެރިވުމުގެ އިނާމުގެ ފައިސާ ފީފާ އިން ދީފައިވާ ނަމަވެސް، އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ތާއީދު ނުކުރައްވާނެ ކަމަށް އުރުދުންގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ޕްރިންސް އަލީ ބިން ޙުސެއިން ވިދާޅުވެއްޖެ އެވެ.
ފީފާ އިން ބްލެކްމެއިލް ކުރި ކަމަށް ތުހުމަތު ކުރިތާ ދެ ދުވަސް ފަހުން އަލީ މިހެން ވިދާޅުވީ، ފީފާ އިން ވަރަށް ގިނަ މަސްދުވަހަށް ފަހު އިނާމުގެ ފައިސާ ދީފައިވާތީ އެވެ. އަލީ ވިދާޅުވީ އުރުދުންގެ ޤައުމީ ޓީމު ޤަތަރުގައި ބޭއްވި އަރަބި ކަޕްގެ ފައިނަލަށް ދިޔުމުގެ އިނާމު ފައިސާ ހޯދުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެދިފައި އޮތް ކަމަށާއި، ބުރާސްފަތި ދުވަހުގެ ހެނދުނު އެ ފައިސާ ލިބިފައިވާ ކަމަށެވެ.
އަދި އިންފަންޓީނޯގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވުމުން، އުރުދުންގެ މައްސަލަތައް ހައްލު ކުރުމަށް ފީފާ އިން އެހީތެރިވާނެ ކަމަށް ބުނި ކަމަށެވެ.
އަލީ ވިދާޅުވީ، އަށް މަސް ދުވަސް ކުރިން ލިބެން ޖެހޭ ފައިސާ މިއަދު ލިބުމުން އެކަމާ ހިތްހަމަޖެހިވަޑައިގެންނަވި ނަމަވެސް، ފީފާގެ އިސްވެރިން އަދި ލީޑަރޝިޕްއާ މެދު އުރުދުންގެ އެފްއޭގައި އޮތް ކަންބޮޑުވުންތައް ބަދަލު ނުވާނެ ކަމަށެވެ. އަލީ ވިދާޅުވީ މި ފަދަ ކަންކަން ހިނގަނީ އާންމު ގޮތެއްގައި ފީފާގެ އިންތިހާބާ ގުޅިގެން ކަމަށެވެ. އެހެންކަމުން އިންފަންޓީނޯ އަށް ތާއީދު ނުކުރައްވާނެ ކަމަށާއި، އޭނާ އަށް ވޯޓު ވެސް ނުދެއްވާނެ ކަމަށެވެ.
ފީފާ އިން ވޯލްޑް ކަޕްގެ ވިޔަފާރީގެ ހައްގުތައް ވިއްކުމުގެ ހުށަހެޅުން ދޫކޮށްލުމަށް ފަހު، މެންބަރުންގެ ކިބައިން މައާފަށް އެދިފައިވާއިރު މޮރޮކޯގައި ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައި ފީފާގެ ވެރިން ވަނީ އިންފަންޓީނޯ ދިފާއު ކުރައްވައިފަ އެވެ. އަދި ފީފާގެ ރައީސް ކަމުގައި އޭނާ ދެމިހުންނަވަން މެންބަރުން ވަނީ ތާއީދު ކުރައްވައިފަ އެވެ.
މިހާރު އިންފަންޓީނޯ މަސައްކަތް ކުރައްވަމުން ގެންދަވަނީ، ފީފާގެ ރައީސް ކަމުގެ އިތުރު ދައުރެއް ހޯއްދެވުމަށެވެ. އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ފީފާގެ އިންތިޚާބު އޮންނައިރު، އިންތިޚާބުގައި ވާދަ ކުރައްވާނެކަން އިންފަންޓީނޯ ވަނީ އިއުލާން ކުރައްވައިފަ އެވެ.
އުރުދުންގެ ޤައުމީ ޓީމަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ވަރަށް ބާރުގަދަ ޓީމެއްގެ ގޮތުގައި ފާހަގަ ކުރެވޭ ޓީމެކެވެ.










