މެންބަރު ޝުޖާއުގެ ވާހަކަތަކަށް ޔާމީންގެ ރައްދު: ވާހަކަ ދައްކާނަމަ އެނގޭ ކަންކަމުގެ ވާހަކަ ދައްކަވާ
7 އޯގަސްޓު 2026 | ހުކުރު 12:56ރައީސް ޔާމީނުގެ ވެރިކަމުގައި ދައުލަތް ހިންގީ ހައުސިންގ މިނިސްޓްރީ ތެރެއިން ކަމަށް ބާރަށު ދާއިރާގެ މެންބަރު ޝުޖާއު ވިދާޅުވުމުން، އެކަމަށް ރައީސް ޔާމީން ވަނީ ވަރުގަދަ ރައްދެއް ދެއްވާފައި. ޝުޖާއުއަކީ ކުރީގެ ނައިބު ރައީސް އަދީބުގެ އަރިސް ބޭފުޅެއް ކަމަށާއި، އޭނާއަށް އެނގޭނީ ހަމައެކަނި އަދީބު ކުރި ވައްކަމުގެ ވާހަކަ ދައްކަވަން ކަމަށް ޔާމީން ވިދާޅުވި. މީގެއިތުރުން، ޝުޖާއުއަކީ އެމަނިކުފާނާ އެއްވެސް ގާތް ގުޅުމެއް އޮތް މީހެއް ނޫން ކަމަށްވެސް ޔާމީން ވިދާޅުވި


ކުރީގެ ރައީސް އަބްދުﷲ ޔާމީން | ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)
ޕީއެންސީން އުކުޅަހުގައި ބެއްވި ހަރުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ދެއްކެވި ވާހަކައަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައްދު ދެއްވައި، ވާހަކަ ދައްކާ ކަމުގައި ވާނަމަ އެނގޭ ވާހަކަ ދެއްކެވުމަށް ނަސޭހަތްތެރިވެވަޑައިގެންފި އެވެ.
ބުދަ ދުވަހުގެރޭ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި މެންބަރު ޝުޖާއު ވަނީ ވަރަށް ބޮޑަށް ރައީސް ޔާމީނަށް ފާޑު ވިދާޅުވެފައި އެވެ. އެގޮތުން ރައީސް ޔާމީނުގެ ވެރިކަމުގައި ގިނަ ރޭރޭ އެމަނިކުފާނު ހޭދަކުރެއްވީ ތާސްކުޅުއްވުމުގައި ކަމަށާއި އޭރު ދައުލަތް ހިންގީ ހައުސިންގ މިނިސްޓްރީ ތެރެއިން ކަމަށް ޝުޖާއު ވިދާޅުވި އެވެ. އަދި އޭރު ޕާޓީ އޮފީހުގެ ބަދަލުގައި އޮންނަނީ މެޑަމް އޮފީހެއް ކަމަށް ވެސް ވިދާޅުވި އެވެ.
ޝުޖާއު ދެއްކެވި ވާހަކަތަކަށް ރައީސް ޔާމީން ވަނީ ބުރާސްފަތި ދުވަހުގެރޭ އޮތް ފްރޮންޓް އޮފީހުގެ ޖަލްސާގައި ރައްދު ދެއްވާފައި އެވެ.
އެގޮތުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މުޅި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ނިންމަން ޖެހޭ ކަންކަން ގިނަ ކަމަށެވެ. އެހެންކަމުން އޭރު ވަޒީރުންގެ މަޖިލިސް ހިންގެވީ އިޖުތިމާއި ކަންކަން ނިންމަން ވަކި ކޮމިޓީއަކަށް އަދި އިގުތިޞާދީ ކަންކަން ނިންމަން ވަކި ކޮމިޓީއެއް ހަދައިގެން ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު އެއިން އެއްވެސް ކޮމިޓީއެއްގައި ހިމެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.
ދެން ތި ބާރަށު މައިކުގެ ވާހަކަ އެނގޭތޯ ދެން މިއީ އެއް އިރަކުވެސް އަޅުގަނޑު މާ ގާތް ކޮށްގެން އުޅުނު މީހެއް ނޫން، އޭނަ އަކީ އަދީބުގެ ފަހުލަވާނެއް، އަދީބުގެ އައުވާނެއް، އެންމެ ފުރަތަމަ ޕާޓީ ދޫކޮށްލާފައި ރައީސް މައުމޫނު ކޮޅަށް އެރި އެ ބަގާވާތުގެ ބައިވެރިންގެ ތެރެއިން އެއް ބައިވެރިއެއް އެއީ އެހެންވީމަ މީނައަކާ އަޅުގަނޑާ ދޭތެރޭގައި މާ ބޮޑު ހިތް ހަލާލު ކަމެއް ހިތުގެ ގުޅުމެއް ނޯންނާނެއަބްދުﷲ ޔާމީން
މީގެއިތުރުން އަދީބު ކުރި ވައްކަމުގެ ވާހަކަ ކިޔާދޭން ޝުޖާއުއަށް ވަރަށް މޮޅަށް އެނގޭނެ ކަމަށާއި ޝުޖާއު އެއީ އޭރު އަދީބު ދޭ ފައިސާ ބަހަން އުޅުނު މީހުންގެ ތެރެއިން މީހެއް ކަމަށް ޔާމީން ވިދާޅުވި އެވެ. މިކަމުގެ އިތުރުން އިތުރު ވާހަކައެއް ކިޔާދޭން ޝުޖާއުއަށް ނޭނގޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.











