Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ސިޓީ ކައުންސިލް

މާލޭގައި އަމިއްލަ ފަރާތްތަކުން ކުނި އުކާލުމަށް ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށަނީ

5 އޯގަސްޓު 2026 | ބުދަ 17:38

މާލޭގައި އަމިއްލަ ފަރާތްތަކުން ކުނި އުކާލުމުގެ މަސައްކަތް ކުރަނީ ވަކި އުސޫލެއްގެ ދަށުން ނޫން ކަމަށްވާތީ، އެފަދަ ފަރާތްތައް ރަޖިސްޓްރީކޮށް ރެގިއުލޭޓް ކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފައި. މި އުސޫލުގެ ދަށުން ކުނި އުކާލާ ގަޑިތަކާއި އުޅަނދުތަކުގެ ސަލާމަތީ މިންގަނޑުތައް ކަނޑައަޅައި، ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަނީ ހުށަހަޅާފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 5 އޯގަސްޓު 2026 | ބުދަ 17:38
މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ ޖަލްސާއެއްގެ ތެރެއިން

މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ ޖަލްސާއެއްގެ ތެރެއިން | މާލެ ސިޓީ ކައުންސިލް

މާލޭގައި އަމިއްލަ ފަރާތްތަކުން ކުނި އުކާލުމަށް ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށަން ނިންމައިފި އެވެ. 

ބުދަ ދުވަހު އޮތް މާލެ ސިޓީ ކައުންސިލް ރަސްމީ ޖަލްސާގައި މައްޗަންގޮޅި ދެކުނު ދާއިރާގެ ކައުންސިލަރު ފަރުހާން ޝަފީއު ވަނީ މާލޭގެ ވިޔަފާރިތަކުން އުފައްދާ ކުނި އިތުރުވަމުން އަންނައިރު، ކުނި އުކާލުމުގެ ހިދުމަތް ދޭ ފަރާތްތައް ރެގިއުލޭޓް ކުރާނެ ހަރުދަނާ އުސޫލެއް ނެތުމުން ގިނަ ގޮންޖެހުންތަކާއި ކުރިމަތިވަމުންދާ ކަމަށް ވިދާޅުވެފައި އެވެ. 

Advertisement - newsAdvertisement

އެހެންކަމުން، މި މައްސަލަ ހައްލުކުރުމަށް ކައުންސިލަރު ޝަފީއު ހުށަހަޅުއްވާފައިވެ އެވެ. 

މި ހުށެހެޅުމުގައި ކުނި އުކާލުމުގެ ހިދުމަތްދޭ އަމިއްލަ ފަރާތްތަކުން ކައުންސިލުގައި ރަޖިސްޓްރީވާން ޖެހޭ ގޮތް ހަދައި، އަހަރަކު އެއްފަހަރު އެ ރަޖިސްޓްރީ އައުކުރަން ޖެހޭ ގޮތް ހެދުމަށާއި، ޓްރެފިކަށް ބާރުބޮޑުނުވާ ގޮތަށް ކުނި އުކާލުމަށް ގަޑިތަކެއް ތަރުތީބުކުރަން ހިމެނެ އެވެ. އަދި ކުނި އުކާލާ އުޅަނދުތަކުގައި ކުންފުނީގެ ނަމާއި ރަޖިސްޓްރީ ނަންބަރު ފެންނަ ގޮތަށް ބަހައްޓައި ސަލާމަތީ މިންގަނޑުތައް ވަރުގަދަ ކުރުން ވެސް ހުށަހެޅުމުގައިވެ އެވެ. 

މީގެއިތުރުން ކުނި އަޅާފައި، ރަނގަޅަށް ބަންދުކުރުމާއި މަގުމައްޗަށް ކުނި ނޭޅޭ ގޮތަށް ބެހެއްޓުމަށް ލާޒިމް ކުރަން ވެސް ހުށަހަޅާފައިވެ އެވެ.

މި އުސޫލަށް އަމަލު ނުކުރާ ކަމުގައިވާނަމަ ރަޖިސްޓްރީ ހިފެހެއްޓުމާއި ބާތިލު ކުރުމާއި ޖޫރިމަނާކުރުން ފަދަ ފިޔަވަޅުތައް އެޅުމަށް ވެސް ހުށަހަޅާފައިވެ އެވެ. 

މި ހުށަހެޅުމަށް ހުރިހާ ކައުންސިލަރުން ތާއިދުކޮށްފައިވެ އެވެ. އަދި މި އުސޫލު އެކުލަވާލަން ކައުންސިލްގެ ވޭސްޓް މެނޭޖްމަންޓް ކޮމިޓީއަށް ފޮނުވުމަށް ވެސް ވަނީ ނިންމައިފަ އެވެ.

މާލޭ ސިޓީ ކައުންސިލްފަރުހާން ޝަފީއު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

05 އޯގަސްޓު 2026

މޭޔަރުކަމުގައި ހުންނެވިއިރު މުއިއްޒުގެ އަރިސް ބޭފުޅެއްގެ ކުންފުންޏަކަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިންކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އަވަސް ތަހުގީގެއް ހިންގައިދޭން މާލޭ ސިޓީ ކައުންސިލުން އެދެނީ!

03 އޯގަސްޓު 2026

މާލެ ސިޓީ ކައުންސިލަށް ލިބޭ އުޅަނދުފަހަރުގެ ފީ ސަރުކާރުގެ ބަޖެޓަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް މިނިސްޓަރު މުއްތަލިބު އެދިވަޑައިގެންފި

03 އޯގަސްޓު 2026
މާލެ ސިޓީ ކައުންސިލަށް ލިބޭ އުޅަނދުފަހަރުގެ ފީ ސަރުކާރުގެ ބަޖެޓަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް މިނިސްޓަރު މުއްތަލިބު އެދިވަޑައިގެންފި
23 ޖުލައި 2026

ހުޅުމާލެ ފޭސް 2ގައި ބަސް ސްޓޮޕްތައް ގާއިމްކޮށްދިނުމަށް ސިޓީ ކައުންސިލުން އެމްޓީސީސީގައި އެދިއްޖެ

23 ޖުލައި 2026
ހުޅުމާލެ ފޭސް 2ގައި ބަސް ސްޓޮޕްތައް ގާއިމްކޮށްދިނުމަށް ސިޓީ ކައުންސިލުން އެމްޓީސީސީގައި އެދިއްޖެ
22 ޖުލައި 2026

މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނާއި އެ ރަށްރަށުގެ ކައުންސިލްތަކުން ބައްދަލުކުރަން ހިލޭ ޖާގަ ހަމަޖައްސައިދޭން ސިޓީ ކައުންސިލުން ނިންމައިފި

22 ޖުލައި 2026
މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނާއި އެ ރަށްރަށުގެ ކައުންސިލްތަކުން ބައްދަލުކުރަން ހިލޭ ޖާގަ ހަމަޖައްސައިދޭން ސިޓީ ކައުންސިލުން ނިންމައިފި
17 ޖުލައި 2026

މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަކި އޮފީހެއް ހެދި ނަމަވެސް މި މައްސަލަ ހައްލުކުރުމަކީ ކައުންސިލްގެ ޒިންމާއެއް: މޭޔަރު

17 ޖުލައި 2026
މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަކި އޮފީހެއް ހެދި ނަމަވެސް މި މައްސަލަ ހައްލުކުރުމަކީ ކައުންސިލްގެ ޒިންމާއެއް: މޭޔަރު
15 ޖުލައި 2026

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާ މެދު މަޝްވަރާ ކުރުމުގެ ފުރުސަތު އެޗްޑީސީއިން ނުދިން: މާލެސިޓީ ކައުންސިލް

15 ޖުލައި 2026
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާ މެދު މަޝްވަރާ ކުރުމުގެ ފުރުސަތު އެޗްޑީސީއިން ނުދިން: މާލެސިޓީ ކައުންސިލް
15 ޖުލައި 2026

އަލަތު ކައިވެނީގެ ހަފުލާއަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައިދޭން ނިންމައިފި

15 ޖުލައި 2026
އަލަތު ކައިވެނީގެ ހަފުލާއަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައިދޭން ނިންމައިފި
13 ޖުލައި 2026

މުއިއްޒުގެ "ވަރި މަދުކުރުމާ ބެހޭ ޤައުމީ އޮފީސް"

13 ޖުލައި 2026
މުއިއްޒުގެ "ވަރި މަދުކުރުމާ ބެހޭ ޤައުމީ އޮފީސް"
13 ޖުލައި 2026

އިންތިޚާބު ކޮށްފައި އޮތް ކައުންސިލަކާއި، އެތައްހާސް ޓްރެފިކް ޕޮލިހުން ތިއްބައި، މާލެ ސަރަޙައްދުގެ ޓްރެފިކް ބަލަހައްޓަން އައު އޮފީހެއް؟!

13 ޖުލައި 2026
އިންތިޚާބު ކޮށްފައި އޮތް ކައުންސިލަކާއި، އެތައްހާސް ޓްރެފިކް ޕޮލިހުން ތިއްބައި، މާލެ ސަރަޙައްދުގެ ޓްރެފިކް ބަލަހައްޓަން އައު އޮފީހެއް؟!
10 ޖުލައި 2026

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ކައުންސިލުތަކުގެ ޒިންމާތައް އަދާކުރުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި: މޭޔަރު އާޒިމް

10 ޖުލައި 2026
ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ކައުންސިލުތަކުގެ ޒިންމާތައް އަދާކުރުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި: މޭޔަރު އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް