Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކައިވެނި

އަލަތު ކައިވެނީގެ ހަފުލާއަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައިދޭން ނިންމައިފި

15 ޖުލައި 2026 | ބުދަ 13:25

އަލަތު ކައިވެނީގެ ވަލީމާ ބޭއްވުމަށް ޒުވާނުން ކުރަންޖެހޭ މާލީ ހޭދަ ކުޑަކުރުމަށްޓަކައި، މާލެ ސިޓީ ކައުންސިލުން ހިލޭ ޖާގަ ދޫކުރުމުގެ އުސޫލެއް އެކުލަވައިލުމުގެ މަސައްކަތް ވަނީ ފަށާފައި. މިކަމާ ގުޅޭ ދިރާސާތައް ކައުންސިލްގެ ކޮމިޓީތަކުން ކުރަމުންދާއިރު، މިއީ ކައިވެނިކުރާ ޒުވާނުންނަށް މާލީ ގޮތުން ބޮޑު ލުޔެއް ހޯދައިދިނުމަށް ނިންމި ނިންމުމެއް.

އަމްނާ އިމާދު
އަމްނާ އިމާދު | 15 ޖުލައި 2026 | ބުދަ 13:25
ފެމިލީ ކޯޓުގައި ގިނަ ކައިވެނިތަކެއް ތާވަލު ކުރި ދުވަހެއް- ފައިލް ފޮޓޯ

ފެމިލީ ކޯޓުގައި ގިނަ ކައިވެނިތަކެއް ތާވަލު ކުރި ދުވަހެއް- ފައިލް ފޮޓޯ | ފެމިލީ ކޯޓު

އަލަތު ކައިވެނީގެ ވަލީމާ ހިލޭ ބޭއްވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ބުދަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 8 ވަނަ ރަސްމީ އާންމު ޖަލްސާގައި އަލަތު ކައިވެނީގެ ވަލީމާ ހިލޭ ބޭއްވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން މަޝްވަރާތަކެއް ވަނީ ކޮށްފަ އެވެ.

Advertisement - newsAdvertisement

މި ޖަލްސާގައި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް ލަބާން ޝަރީފް ވާހަކަ ދައްކަވަމުން ވިދާޅުވީ މިކަމުގައި ވީހާވެސް އަވަހަށް އުސޫލެއް ހަމަޖައްސައި ޒުވާނުންނަށް މި ފުރުސަތު ލިބޭނެ މަގެއް ހަމަޖެހުމަށް އެދޭ ކަމަށެވެ.

ލަބާންގެ ވާހަކައަށް ތާއީދު ކުރައްވާ ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޣާލިބު ވިދާޅުވީ ޒުވާނުންނަށް ކޮށްދޭ ކޮންމެ ކަމެއްގައި މުޅި ކައުންސިލުގެ އެއްބާރުލުން ލިބޭނެ ކަމަށާއި މި ފުރުސަތުގެ މަގުސަދަކީ ކައިވެނިކުރާ ޒުވާނުންނަށް މާލީ ގޮތުން ލުއިތަކެއް ހޯދައިދިނުން ކަމަށެވެ.

މޭޔަރު އާދަމް އާޒިމް ވަނީ، މި މައްސަލަ އިތުރަށް ދިރާސާ ކުރުމަށް، ފައިނޭންޝަލް ބަޖެޓް ކޮމިޓީއަށް ފޮނުއްވައި، ސޯޝަލް ސާވިސް އެންޑް ޖެންޑާ އެންޑް ކޮމިއުނިޓީ ފޭސް ކޮމިޓީ ގުޅިގެން ވާހަކަދައްކައިގެން މިކަމަށް ގޮތެއް ނިންމުމަށް ހަމަޖައްސާފަ އެވެ.

މީގެ އިތުރުން މި މައްސަލައިގައި ގޮތެއް ނިންމުމަށް ޓަކައި، ކައުންސިލްގެ ދެން އޮންނަ ޖަލްސާއަކަށް މިކަން ތާވަލުކުރުމަށް ވަނީ ނިންމާފަ އެވެ. އަދި މި އިންތިޒާމު ހަމަޖެހުމުން މާލޭގައި ދިރިއުޅޭ ޒުވާނުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ކައުންސިލުން އުންމީދު ކުރާ ކަމަށް ވިދާޅުވެފައިވެ އެވެ.

އަލަތު ކައިވެނީގެ ހަފުލާއަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައިދޭން ނިންމައިވާއިރު، މިފަދަ ހަފްލާތަކަށް ބޮޑެތި އަދަދުތަކުން ރުފިޔާ ދައްކަން ޖެހުމަކީ ޒުވާނުންގެ ބޮޑު ޝަކުވާ އެކެވެ. ކޮންމެ މަހެއްގައި ވެސް މާލޭގައި އެތައް ކައިވެންޏެއް ކުރި ނަމަވެސް އެއް ފަހަރާ އަތުން އެހައި ބޮޑު ހަރަދެއް ދާތީ، ބައެއް މީހުން ލޯނު ނަގައިގެން ވެސް ކައިވެނީގެ ހަފްލާތައް ބާއްވަ އެވެ. 

ނަމަވެސް ސިޓީ ކައުންސިލްގެ މި ނިންމުމަކީ އަލަށް ދިރިއުޅުމެއް ފަށާ ޒުވާނުންނަށް މާލީ ގޮތުން ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.

މާލޭ ސިޓީ ކައުންސިލްކައިވެނި

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

13 ޖުލައި 2026

މުއިއްޒުގެ "ވަރި މަދުކުރުމާ ބެހޭ ޤައުމީ އޮފީސް"

13 ޖުލައި 2026
މުއިއްޒުގެ "ވަރި މަދުކުރުމާ ބެހޭ ޤައުމީ އޮފީސް"
13 ޖުލައި 2026

އިންތިޚާބު ކޮށްފައި އޮތް ކައުންސިލަކާއި، އެތައްހާސް ޓްރެފިކް ޕޮލިހުން ތިއްބައި، މާލެ ސަރަޙައްދުގެ ޓްރެފިކް ބަލަހައްޓަން އައު އޮފީހެއް؟!

13 ޖުލައި 2026
އިންތިޚާބު ކޮށްފައި އޮތް ކައުންސިލަކާއި، އެތައްހާސް ޓްރެފިކް ޕޮލިހުން ތިއްބައި، މާލެ ސަރަޙައްދުގެ ޓްރެފިކް ބަލަހައްޓަން އައު އޮފީހެއް؟!
10 ޖުލައި 2026

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ކައުންސިލުތަކުގެ ޒިންމާތައް އަދާކުރުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި: މޭޔަރު އާޒިމް

10 ޖުލައި 2026
ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ކައުންސިލުތަކުގެ ޒިންމާތައް އަދާކުރުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި: މޭޔަރު އާޒިމް
10 ޖުލައި 2026

އަލަށް އިންތިޚާބުވި މެންބަރުންނާއެކު މާލެ ސިޓީގެ ތަރައްޤީގެ އައު ބާބެއް ފެށިގެންދާނެ: މޭޔަރ ޢާޒިމް

10 ޖުލައި 2026
އަލަށް އިންތިޚާބުވި މެންބަރުންނާއެކު މާލެ ސިޓީގެ ތަރައްޤީގެ އައު ބާބެއް ފެށިގެންދާނެ: މޭޔަރ ޢާޒިމް
10 ޖުލައި 2026

މާލެ ސިޓީ ކައުންސިލުން، މަދުވެގެން 1.5 ބިލިޔަން ރުފިޔާގެ މަޝްރޫޢުތަކެއް ކުރިޔަށް ގެންދަން ނިންމައިފި

10 ޖުލައި 2026
މާލެ ސިޓީ ކައުންސިލުން، މަދުވެގެން 1.5 ބިލިޔަން ރުފިޔާގެ މަޝްރޫޢުތަކެއް ކުރިޔަށް ގެންދަން ނިންމައިފި
10 ޖުލައި 2026

5 އަހަރުގެ ތަރައްގީގެ ޕްލޭނަކާއެކު މާލެ ސިޓީ "ރިތިންކް" ކުރަނީ

10 ޖުލައި 2026
5 އަހަރުގެ ތަރައްގީގެ ޕްލޭނަކާއެކު މާލެ ސިޓީ "ރިތިންކް" ކުރަނީ
28 ޖޫން 2026

ސަރުކާރުގެ އިސް ތަރުޖަމާނު ދައްކާ ވާހަކަ އާ ސަރުކާރުގެ މިނިސްޓަރުން ދައްކާ ވާހަކަ ދިމާނުވެ ބޮޑު އޮޅުންބޮޅުން ގަނޑެއްގެ ތެރެއަށް ޙާޖީ ޢިމާދުއްދީންގެ އުސްގެކޮޅު ވައްދައިފި

28 ޖޫން 2026
ސަރުކާރުގެ އިސް ތަރުޖަމާނު ދައްކާ ވާހަކަ އާ ސަރުކާރުގެ މިނިސްޓަރުން ދައްކާ ވާހަކަ ދިމާނުވެ ބޮޑު އޮޅުންބޮޅުން ގަނޑެއްގެ ތެރެއަށް ޙާޖީ ޢިމާދުއްދީންގެ އުސްގެކޮޅު ވައްދައިފި
27 ޖޫން 2026

ޓީ-ޖެޓީ ސަރަހައްދުން 46 ޓަނުގެ ކުނި މާލޭ ސިޓީ ކައުންސިލުން ނަގައިފި

27 ޖޫން 2026
ޓީ-ޖެޓީ ސަރަހައްދުން 46 ޓަނުގެ ކުނި މާލޭ ސިޓީ ކައުންސިލުން ނަގައިފި
25 ޖޫން 2026

100 އަހަރަށްވުރެ ގިނަ ދުވަސްވީ އުސްގެކޮޅަށް ގެއްލުންދިން މައްސަލަ އެއް ފުލުހުންނާ ގުޅިގެން ބަލަން ފަށައިފި

25 ޖޫން 2026
100 އަހަރަށްވުރެ ގިނަ ދުވަސްވީ އުސްގެކޮޅަށް ގެއްލުންދިން މައްސަލަ އެއް ފުލުހުންނާ ގުޅިގެން ބަލަން ފަށައިފި
18 ޖޫން 2026

ކައުންސިލާ ބައްދަލުކުރުމަށް އިންކާރުކުރައްވައި ލިޔެކިޔުމުން މުއާމަލާތު ކުރަން މުއްޠަލިބު އެދިވަޑައިގަތުމުން މޭޔަރުގެ ފާޑުކިޔުން: "މުއްޠަލިބަށް ހީވަނީ އެއީ މަތިން ފައިބާފައި ހުރި ބޭފުޅެއް ހެން"

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް